18 މެއި 2017 - 13:35
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ވަރަށް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ. އަދި ބައެއް ސަރަހައްދުތަކަށް ނަގޫރޯޅި އެރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެ އިދާރާ އިން ބުންޏެވެ.
މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނިގޮތުގައި މި ވިއްސާރަ އެންމެ ގަދަޔަށް ކުރާނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ. އެގޮތުން 15 މޭލާއި 25 މޭލަށް ވައި ޖެހޭއިރު، ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށް އެތަނުން ލަފާ ކުރެ އެވެ.
"އެހެންވެ، ވިލާގަނޑުގައި ހާއްސަކޮށް ކަނޑުގަދަވާނެ،" މެޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ކަނޑުގަދަވުމުގެ ސަބަބުން އދ. ހަންޏާމީދޫ ކައިރި އަށް މިއަދު ވަނީ ދޯންޏެއް ވެސް އަޑިއަށް ގޮސްފަ އެވެ.
ވިއްސާޜައިގައި ކަނޑުގެ ބާނިތައް ބޮޑުވެ، އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ވެސް މެޓުން ބުންޏެވެ.
މެޓު އޮފީހުން ލަފާ ކުރާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ އެވެ. އެހެންވެ، ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވާނެ ކަމަށް އެތަނުން ލަފާ ކުރެ އެވެ.
މާލޭގެ ފަޅުން ފެރީއެއް ނިކުންނަނީ: ވިއްސާރައިގައި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ބުނޭ
މޫސުން ގޯސްވެ، ވަޔާއި ކަނޑު ގަދަވި ނަމަވެސް ވާރޭ ވެހޭ މިންވަރު އެހެން އަހަރުތަކަށް ވުރެ ވަކި އިތުރު ނުވާނެ ކަމަށް މެޓުން ބުންޏެވެ.
"ބައެއް ދުވަސް ދުވަހު ވަރަށް ބޯކޮށް ވެސް ވާރޭ ވެހިފާނެ. އެކަމަކު ޖުމްލަކޮށް ބަލާއިރު ވާރޭ ވެހޭ މިންވަރު އެހެން އަހަރުތަކަށް ވުރެ ވަކި އިތުރެއް ނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅަނގު މޫސުމް ފެށޭއިރު ކޮންމެ އަހަރަކު ވެސް މިގޮތަށް ގަދަވެ، ރަށްރަށަށް ގެއްލުން ލިބޭ ކަމަށެވެ.
މި ވިއްސާރަ އެންމެ ބޮޑަށް ކުރާނީ އުތުރުގެ އަތޮޅުތަކަށް ކަމަށް މެޓުން ބުނި ނަމަވެސް ވިއްސާރައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އައްޑު އަށާއި ފުވައްމުލަކުގެ އިތުރުން ގދ. ނަޑެއްލާ އަށެވެ.
އެގޮތުން ސ. ހިތަދުއަށް އެރި ނަގޫ ރޯޅިއެއްގައި އެ ރަށުގެ 12 ގެއަކަށް ގެއްލުން ލިބިފައިވާއިރު ނަޑެއްލާއަށް ބޯކޮށް ވާރޭ ވެހި، މުޅި ރަށުގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ފުވައްމުލަކުގައި ވެސް ފެންބޮޑުވެ ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުންމަތީގެ ޑޮކްޓަރު
19 May 2017
ކިހިނެތް މިވީ. ވާރޭކޮޅެއް ވެހެލިތަނުން މެޓުން ބުނި އާދައިގެ ހުޅުގަނގު މޫސުމެކޭ. މިހާރު ކަނޑުތައް ގަދަވެ ހިތާމަވެރި އެތައް ހާދިސާއެއް ހިނގައިފި. މިހާރު ދެނީ އިންޒާރު.
ކަމަނަ
19 May 2017
ތީފައިބަރު ޖެހުމަށް ބޭނުންކުރާ ސާމާނުވިއްކާ މެޓް އޮފީހެެއް ހަރާމެ ދުވަހަކުވެސްބުނާއެއްޗެއް ދިމާވާނަމަ މިހާރުވާރޭ ވެހެނީއެ ގެއަށް ވަންނާށެ ބުނާއިރަކަށް ވާރޭއެއް ނުވެހޭނެ ގެއިންހަމަނިކުންނާއިރަށް ސަލާމަތްވެސް ނުވާވަރަށް ވާރޭ ވެހޭނެ ތީކޮންތާކުން ކޯންޗެއް ކިޔަވަގެންތިބި ބައެއް އުޅޭ މެޓް އޮފީހެއްތަ؟
ޕޮގުބާ
19 May 2017
ކޮންއިންޒާރެދޭކަށް މެޓްއޮފީހުންބުނި އާދައިގެ ހުނޅަގެކެމީ ދެންޖެޖޭތަ މީހުންނަށް ބިރުދައްކަން ބަލާއެއްނު
މޯޑް
19 May 2017
ދިމާ އިދިކޮޅަށް ބަލާ އޭރުން ދިމާވާނެ ، މަމެން ވަރަށް އެކިޔުރޭޓް ވާނެ.
ބަޓޫކް
18 May 2017
މިކަހަލަ މެޓްއޮފީހެއް އަދިނުފެނޭ ވާރޭވެހިގަތީމާ ބުނާނީ ދެން އެވެހޭނޭ، ކަނޑުގަދަވިމާ ބުނާނީ އެގަދަވާނޭ މިއީ އާއްމުކޮށް މީހުނަށް އެގޭކަންތައް- ކޮންކަމެއްހޭ އެތަނަށް އެގިކުރަނީ
ގުއިރޯނު
19 May 2017
ނަގޫރޯޅި އެރިއިރު މެޓްއޮފީހުގެ ސިސްޓަމް އިނީ އެރާ އަރާފަޔޯ! އޭތި އެރީމަ އެބަބުނޭ އިތުރު ނަގޫރޯޅިއެއް އަރާފާނެޔޯ... ރާއްޖޭގެ މެޓއޮފީސްތަކުގައި ބޮޑެތި މުސާރަޔާއި އިނާޔަށްތައް ހޯދައިގެންތިބޭ މުވައްޒިފުން ތިބެނީ ނިދާފަ... މިހާރު ހިތަށް އަންނަނީ މީގެ އަހަރުތަކެއްކުރިން ސ.ގަމުގެ މެޓްއޮފީހުގެ މުވައްޒަުން ނިދާފަތިބެގެން ގަޑިންގަޢިއަށް އޮޓަމެޓިކު ރިޕޯޓް ފޮނުވި ދުވަސް.
ސަފުރާ
18 May 2017
ހަބަރު ކިޔާފަ ވަރައް ބިރުގެންފި މިހާލަތުގަ އިންދެ ކޮމެންޓުތައް ކިޔާލީމަ އަމަށަކު ހިންޏެނު މި އައީ،
ޝަނީފް
18 May 2017
އަޅެފަހެ މެޓް އޮފީހުން ވެއްޖެއެއްނު އެއްޗެކޭ ނުބުނަން. އަދި މިވީހާތާކަށް ކުރިޔަށް ލަފާކުރިކަމެއް ދިމާވަފައެއްނެތް. ހަމަ ވާރޭކޮޅެއް ވެހިލާއިރަށް "ކުރިޔަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ." ގޮވަންފަށާނެ. އެހިސާބުން ނިމުނީ. ކަންޏެއްވެސް ޖަހާނުލާނެ.
ފޯކާސްޓިންގ މޯރޑިސް ސްޓައިލް
18 May 2017
އިރު އޮއްސުމުން އަނދިރިވާނެ.
ފަހުލަވާނު
18 May 2017
ވިއްސާރަވިއްޔާ ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ. ވައިގަދަ ވެއްޖިއްޔާ ވަރަށް ކަނޑު ގަދަވާނެ ބޯޓު ފަހަރު ސަމާލުވުން އެދެން. ގަސްބުޑުން ލުހޭވަރު ވަންޏާ ފުރާޅު އެއްލާލުމުގު ފުރުސަތު ވަރަށްބޮޑު. ގޭގެ ވެރިން މިކަމަސް ސަމާލު ވެލައްވާ. އަދި މި ދުވަސްކޮޅު ވާރޭ ވެހުނަސް ނުވެހުނަސް ކޮންމެ ބޭފުޅަކުވެސް ކުޑަ ނުވަތަ ވިއްސާރަކޯޓެއް ގަނެ ގޭގަ ބާއްވާ. އަދި ވެހޭތާ ފެންނަގަން އާދައަކަށް ހައްދަވާ. އެހެނީ ވާރޭވެހޭގަޑީގަ މަގުމައްޗަށް ނުކުތިއްޔާ ތެމިދާނެ ކަމަށްވެސް ލަފާކުރެވިފައިވަނީ.
ޗިކުސް
18 May 2017
މެޓުން ކީއްވެބާ ގަދަވުމުގެ ކުރިން އިންޒާރު ނުދެނީ؟
މޯޑް
19 May 2017
އެެވެރިން މުސާރަ ނަގައިގެން ކަމެއް ނުކޮށް ތިބޭތީ . އަޅެ ފަހެ އެމީހުންނަށް ރައްޔިތުންގެ ފައިސާއިން ކިޔަވާދީފަ އެތިބީ . ނޭގެއެކޭ މަށަކު ނުބުނާނަން .