ނޫސްވެރިންގެ ބައްދަލުވުމެއްގައި މެންބަރު އަބްދުﷲ ހަލީލް (ވ) ވާހަކަ ދައްކަވަނީ. އިދިކޮޅު ޕާޓީތަކުން 45 ޕަސަންޓު ވޯޓު ހޯއްދެވި ކަމަށް އޭނާ ވިދާޅުވި. ފޮޓޯ: ނިޝާން އަލީ/ މިހާރު
18 މެއި 2017 - 18:08
މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާއި ގުޅިފައިވާ ޕާޓީތަކަށް 41 ޕަސެންޓު ވޯޓު ލިބުނު ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ނަމުގައި ލިބުނު ގޮނޑިތަކަށްވުރެ، އިދިކޮޅު ފަރާތްތަކަށް ލިބުނު ގޮނޑިތައް ގިނަ ކަމަށެވެ.
"ރާއްޖޭގެ ވޯޓުގެ ނިސްބަތުން ޕީޕީއެމަށް 41 ޕަސެންޓު ވޯޓު ލިބިފައި އެބައޮތް، އިދިކޮޅު ފަރާތްތަކަށް ލިބިފައި ވަނީ 45 ޕަސެންޓު ވޯޓު. ބާކީ 14 ޕަސެންޓު ވޯޓަކީ މިނިވަން ކެންޑިޑޭޓުން، މިނިވަން ކެންޑިޑޭޓުންނަށް ބަލައިފިނަމަ، ފެންނާނީ ސުޕަ މެޖޯރިޓީ އޮތީ ޕީޕީއެމަށް ތާއީދުކުރާ ޕާޓީގެ މެމްބަރުން،" އޭނާ ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ އިންތިހާބުގައި ނުކުތް ނަތީޖާގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ކާމިޔާބީ ފާހަގަކުރާ ވަރު ނުވާ ކަމަށެވެ. ރައީސް ޔާމީން ރިޔާސީ އިންތިހާބަކާ ކުރިމަތިލެއްވީ ވަޒީރެއްގެ މަގާމު ފުރުއްވުމަށް ފަހު ކަމަށާއި އެ ފަހަރުގެ ފުރަތަމަ ބުރުގައި 25 ޕަސެންޓު ވޯޓު ހޯއްދެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2018 ވަނަ އަހަރަކީ ރައީސް ޔާމީންގެ އަހަރަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"(އިންތިހާބުގައި) ރައީސް ޔާމީނަށް ވޯޓު ދެއްވި ސަބަބަކީ، ތިން އަހަރު ދުވަހު އެމަނިކުފާނުގެ ސިޔާސަތުތައް ސާބިތުވެގެން ހިނގައްޖެ، އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަންތައްތަކުގެ ނަތީޖާ ވަރަށް ރަނގަޅަށް ދައްކަމުންދާ ކަން ރައްޔިތުން ގަބޫލުކުރާ ކަމުގެ ހެއްކެއް ފެނިގެން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހަލީލް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އިންތިހާބުގައި ކާމިޔާބު ކުރި މިނިވަން ގިނަ ކެންޑިޑޭޓުން ޕީޕީއެމަށް ސޮއި ކުރައްވާނެ އެވެ. އެ ގޮތުން މިފަހަރުގެ އިންތިހާބުގައި ތ.އޮމަދޫ ކައުންސިލަށް ކުރިމަތިލައްވައިގެން ކާމިޔާބު ކުރި މިނިވަން ކެންޑިޑޭޓަކު ޕީޕީއެމަށް ސޮއިކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ސްޕޯކްސްޕާސަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބެއްގައި ވޯޓުތައް ބެހޭ ގިނަ ގޮތްތަކެއް ހުންނަ ކަމަށެވެ. އެ ގޮތުން ޕާޓީ އާއި އާއިލީ ކަންކަމާއި ރައްޓެހިންނަށް ވޯޓުތައް ބެހިގެން ދާނެ ކަމަށް ވިދާޅުވި އެވެ. އަދި ޕީޕީއެމަށް މެޖޯރިޓީ ނުލިބުނަސް، ރައީސް ޔާމީން ހޯއްދެވީ ބޮޑު ޕަސެންޓެއް ކަމަށް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މުޅި ރާއްޖޭން 66 ޕަސެންޓް މީހުން ވޯޓު ލާން ނުކުތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް 655 ކައުންސިލަރުން އިންތިހާބު ކުރާއިރު، ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ. އެ ގޮތުން މާލެ އާއި އައްޑޫ އާއި ފުވައްމުލައް ސިޓީގެ ފުރިހަމަ ކޮންޓްރޯލް ނަގާފައި ވަނީ ވެސް އެ ޕާޓީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްރިޓިކްސް
20 May 2017
ބަލިވީ ސަބަބަކީ ޢާއިލާއާއި ރައްޓެހިންނަށް ވޯޓު ދިނުން ކަމަށްވާ ނަމަ، މޮޅުވީ ދީލަތި އެހީއާއި ފައިސާއިން ކަމަށް ވެސް ވާނެ. އެހެންވީމަ، ބަލި ޤަބޫލު ކުރަން ޖެހޭ
ހައްބު
19 May 2017
އަނެއްކާވެސް ބަޔަކު ގުއި ރޯނުގައި ޖައްސަން ބުނި އެއްޗެއްތޭ؟ ތިޔަހެން ބުނި ނިހާނުވެސް ސެމީފައިނަލޭ! އެކަމަކު ފަހުން ބުނެވުނުއެތިން ސަލާމަތްނުވެވުމުން ބުނީ ބަޔަކު ގުއިރޯނުގައި ޖައްސަންށޯ! ހަމަރަނގަޅަށްވެސް ގުއިރޯނުގައި ޖެހުނީ އަމިއްލަޔަށް!
އުމަރު
19 May 2017
ހެޔޮނުވާނެ އަދިވެސް ބަލިގާބޫލުކޮށް ހަމަބިމަށް ތިރިވާށެވެ. އަބްދުއްﷲ ހަލީލު އަށް ވަރަށް ސާފްކޮށް އެބަވިސްނޭ ވޯޓްނުލިބުނު ސަބަބު، އަދި 41 ޕަސެންޓްވެސް ލިބުނުގޮތް، މިހާރު ޖެހެނީ ބަލި ގަބޫލުކޮށް ދެންވެސް އިތުރަށް ފަޞީހަތްނުވެ ރައްޔިތުންގެ އިތުރު ތާއިބްލިބޭތޯބެލުން އެކަމަކު ތާއިދު ލިބުނަސް ބަލާތި 2018 ގައި ޔާމީނުއާއި ދެކޮޅަށް ނިކުންނަ ރައްޔިތުންގެ އަދަދު، އަހަރެން ހަމަ ހުވާ ޔާމީނުއަށް %5 ޕަސެންޓްވެސް ނުލިބޭނެކަން ރިޔާސީ އިންތިހާބުގައި، އަދި %41 ޕަސެންޓް ލިބޭނެކަމަށް ހީކޮށްގެން ތިއްބަސް 2018 ގައި ރައީސް ޔާމީނުއާޢި ބައިވެރިވާނެ ސިޔާސީ ޕާޓީއެއް ނޮއޮންނާނެ ފަހުބުރުގައި، އެހެންކަމުން ދެންވެސް ފެތޭ އޮޑިއެއްގައި ނުތިބެ ރައްޔިތުންގެ އޮޑިއަށް އަރާށެވެ.
މުޅި
19 May 2017
އެކޮއި, ލިބުނު އެއްޗެއް ވިއްޔާ ލިބުނީ ދައުލަތުގެ ބާރަށް. އެ ސޮރުރަކަށް ނުލިބޭ އެކައްޗެއްވެސް.
ސސސް
19 May 2017
ހަލީލޫ އަދިވެސްކައުންސިލް އިނތިހާބުގަ މޮޅުވީ ކޮމްބައެއްކަން ބުނެދީ ނުނިމޭތަ. މޫވް އޮން މޭން! ވަރަށް ރަނގަޅަށް އަހަރެމެންނަށްވެސް އެނގެ ކިހިނެއްކަން ވީ... ހަހހަަ ބަލި ގަބޫލުކޮށްފަ ރައްޔިތުންގެ ލޯބިލިބޭތޯ މަސައްކަތް ފަށާބަލަ. މިހެން ބުނޏަސް ހިޔެއްނުވޭ މިސަރުކާރުން ރައްޔިތުންގެ ލޯބި ބޭނުންވާހެނެއް. އެހެން މިބުނީ އިއްޔެ މީޑިއާތަކުން ދުށިން ޖުލައި މަހުން ފެށިގެން ދިވެހިން ވިޔަސް އެބައެއްގެ ގެއިން ކުނިކޮޅުވެސް އުކާލެވޭނީ ރަޖިސްޓްރީ ކޮށްގެނޭ! މިދެން ކިހާ ހެއްވާކަމެއް. ބިދޭސީންނަށްކުނި ނޫކޭ ގޮތަށް އޮތުން އޯކޭ. އެކަން ދިވެހިންއެމީހުނާ އެއްދަރަޖައަކަށް ގެނައީމަ ފައްކަލީ އިނގޭ! ޝުކުރިއްޔާ ޔާމީން
ކެސްޓޯ
19 May 2017
އެހެންތަ ހާދަ ކަޑައޭ މަމެންހީކުރީ ޔާމީނަށް މަދުވެގެން 65% މީހުން ވޯޓް ދޭނެކަމަށް. އެހެނެއްނުވި އެންމެ %41 ވޯޓް ލިބުނުކަމަށް ތިބުނީ. ތީ ރައީސްގެ އަގުވައްޓާލަން ބުނި އެއްޗެއްތަ.
ހަޖަމިއްޔާ
19 May 2017
މީއެއްކަލަ ރޯދަމަހު ދައްކާ މުހަންމަދުއްރަސޫލައްﷲ ގެ އުޅޭކަހަލަބައެއް، އޭތް ކޮންކަހަލަ ގެރިޔެއްތަ ކަތިލަންވީ މޫސަ އަހަރެމެންނާ ސަމާސާކުރަނީތަ، ކޮބާތަ އަހަރުމެން މިސްރުގާކޭ ބަކަރިމަހާގެރިމަސް، މިކަހަލަ ކޮސްގޮވާތީ ހަމައެއްޗެއް ބުނެވުނީ ވަރައް އުޅެފިން ނުބުނަން
ޕަކާސް
19 May 2017
ހެހެ ހަގީގަތެއް އޮޅުވައެއް ނުލެވޭނެ ނަތީޖާ އެހެރީ ފެންނަން ނަތީޖާ ހޯދަން މަސައްކަތް ކުރިމީހުންގެ ކޮޅަށް ރައްޔިތުން އެވަނީ ނަތީޖާ ބެރެދީފަ
އިބޫ
19 May 2017
އަާދެ އާދެ %141 ލިބުނީ މިހާރު ހެޕީތޯ
ވަސީމާއްތަ
19 May 2017
މީ ދެން ކިހާ ބޮޑުވެއްޖަކަމެއް! ހަމަ ބަލިވެފަ އޮތީ. ދެން ރީތިކޮށް ބަލި ގަބޫލުކުރަންވެއްޖެ އެއްނޫންތަ!