މިހާރު ގެއްލިގެން ހޯދަމުން ދާ ސެނޮކް ކޮޅުވެއްޓި ލ. ގަމު ތުނޑީއަވަށުގައި ބަނދަރުކޮށްފައި: މި އުޅަނދުން ހަ މީހުން ދަތުރު ކުރި-- ފޮޓޯ/ޝަރީފް
19 މެއި 2017 - 16:01
މިދިޔަ އަންގާރަދުވަހު ލ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ކޮޅުވެއްޓި ހޯދަމުން ދަނިކޮށް، ޓީއެމްއޭގެ މަތިންދާބޯޓަށް، އޮޔާދާ އެއްޗެހިތަކަކާއި ކަނޑަށް އެޅިފައިވާ ތެޔޮގަނޑެއް ދެންމެ ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓި ހޯދަމުން ދިޔަ ޓީއެމްއޭގެ ބޯޓަށް އެތަކެތި ފެނުނީ ލ. އިސްދޫއާ 50 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
ތުލުސްދޫން ފުރި ކޮޅުވެއްޓި ގެއްލުނީ ކޮން ސަރަހައްދަކުން ކަމެއް އަދިއެއް ނޭނގެ އެވެ. އެކަމަކު މިދިޔަ ތިން ދުވަހު ވެސް އެ އުޅަނދުގެ ހަބަރެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އޮޔާދަނިކޮށް އެންމެ ފަހުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން މި އޮޕަރޭޝަނަށް ކުއްޔަށް ހިފާފައިވާ ޓީއެމްއޭގެ ސީޕްލޭނާއި ކޯސްޓްގާޑު ހެލިކޮޕްޓަރާއި ލޯންޗު ބޭނުންކޮށްގެން އެ އޮޔާދާ އެއްޗެހިތައް ބަލައި، އެ އުޅަނދާ އެއްވެސް ގުޅުމެއް ހުރިތޯ އަދި އެ ސަރަހައްދުން އެއްވެސް މީހަކު ފެނޭތޯ ބަލާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޯކްގެ "މާރިޔާ-3"އިން ތ. ވިލިފުއްޓަށް ނިސްބަތްވާ ދިވެހި ދެމަފިރިއަކާއި ހަތަރު ބިދޭސީން ދަތުރު ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
20 May 2017
ކޮންމެހެން އިންސާނުންގެ ރައްކާތެރިކަމަށް ޤާނޫނު ހަދާނެ ކަމެއް ނެތެއްނު ؟ އެކަމަކު ރައްޔިތުން ފެލާލަން އަބަދުވެސް ކޮންމެވެސް ޤާނޫނެއް ، ޤަވާއިދެއް ހަދައިގެން ދެއިރު ކާބޭހެއްހެން ނެރެވޭތޯ ބަލާތި !
އުއްމީދު
20 May 2017
ރާއްޖެއިން މިހާރަކަށް އައިސް ގެއްލޭ މީހެއް ވެއްޖިއްޔާ ދެން ނުފެނޭ... އެކަމުވެސް އުއްމީދުކުރަން މިދެމަފިރިން ސަލާމަތުން ހުއްޓާ ފެންނާނެ ކަމަށް.
ހާމިދު
19 May 2017
ކިހިނެތްތޯ ލ. ތުލުސްދޫއިން ފުރައިގެން ލ. ގަމަށް ދާނީ. "ލ" ގައިވެސް ތުލުސް ދޫއެއް މިހާރު އޮންނަނީތޯ....! ދެން ކީކޭ ބުނާނީ....!
ވިކާސް
20 May 2017
އޭ އަނގަ މަޑު ކުރޭ. ނޫސްވެރިން ހަމަ މާމޮޅީ.
ޙުސައިން
19 May 2017
ވޭތުވެދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރު ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކުގެ ސާވޭއެއް ކުރުމުގައި އަޅުގަނޑުވެސް ބައިވެރިވިން. މިހާރު ޢަމަލުކުރަމުންދާ ކަނޑު އުޅަނދު ތަކުގެ ސަލާމަތީ ޤަވާޢިދުގައި ބުނެފައިވާ ކަންތައްތައް ކުރުމަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހޭތީ އެކަން ދަތިކަމަކަށް ވެފައިވާކަމަށް ބުނެ ވަރަށް ގިނަ އޮޑިވެރިން ޝަކުވާކުރި. އަޅުގަނޑަށް ލަފާކުރެވެނީ އެ ޝަކުވާތައް އަޅުގަނޑު ނޫނަސް އެހެން މީހުންގެ ފަރާތުން ސަރުކާރާއި ހަމައަށްވެސް ގޮސްފައިވާނެ ކަމުގައި. ޤަބޫލު ކުރަން ޖެހޭ ކަމަކީ އޮޑިއެއް ނުވަތަ އުޅަނދެއް ގެއްލިގެން ހޯދުމަށް ހޭދަވާ ކޮންމެ ސިކުންތަކީވެސް އެތައް ހާސް ރުފިޔާއެއް އެކަމަށް ޚަރަދުވާ ކަމެއްކަން. މި ޚަރަދުގެ ބޮޑު ބަޔަކީ އުޅަނދު އޮތް ޞަރަޙައްދު ނޭނގިގެން ކުރަންޖެހޭ ހޭދަ. މިގޮތަށް ހޭދަވާ ކޮންމެ ސިކުންތަކީވެސް އުޅަނދުގައި ދަތުރުކުރަމުންދިޔަ އިންސާނުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅި ސަލާމަތަށް އެދި ގޮވަމުންދާ ވަގުތެއް. އަތުން ދާ ޚަރަދަކަށްވުރެ އޮޑިވެރިން ވިސްނަންވީ އުޅަނދުގައި ދަތުރުކުރާ ފުރާނަތައް ސަލާމަތްކުރުމަށް އެންމެ އަވަހަށް އެހީތެރިކަމަށް އެދެވޭނެ ވަޞީލަތްތައް ޤާއިމް ކުރުމަށް
ބޭބެ
19 May 2017
މިލިޔަނުން ޙަރަދުކޮއްގެން ބަންނަ އޮޑި ދޯނި ، ބާޖް ފަހަރުގައި ކުޑަ ޙަރަދަކުން ބަހައްޓާލެވޭ އޮޑިވެރިޔާގެ ފޯނުންވެސް އެންމެފަހުން އޮޑިއޮތް ޕޮއިންޓް އިނގޭނެ ހިދްމަތް / އެޕް ނުބަހައްޓާ އިންޝުއާ ނުކުރެވޭ ގޮތް ހަދަން އަދި ދުއްވުމުވެ ހުއްދަ ދިނުން މަނާ ކުރަން ޖެހޭ. ރާއްޖޭ އައް މިހާރު މިހާރައް ޤާނުނު / ޤަވާއިދެއްގެ ތެރެއިން މިކަން ކުރަން މާލަސްވެސް ވެއްޖެ. ޤާނޫނު ހަދާ މަޖްލިސް ހިސޯރު ކޮއްގެން ބަޔަކު އުޅެނީ ދައުރުނިމެންވާއިރައް ޑުބާއީއިން ފްލެޓް ނުގަނެވިގެން. މޯޑިސް ގެ ހާލަތު.
ވަަަަްނުވަް
19 May 2017
ﷲ ދެރަ ގޮތެެެެެން މެދުވެރި ނުކުރައްވަަަްނެ....
އެކްސް
19 May 2017
ކޮޅުވެއްޓިން ދަތުރުކުރި އެންމެން ސަލާމަތުން ތިއްބާ ފެންނާނެކަމަށް އުންމީދުކުރަން.
އަސާ
19 May 2017
ދުއާ އެބަ ކުރަން !
ސިންތިލީ ވޫމް
19 May 2017
ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތެއް މީ!!!!
މޫމެންޓް
19 May 2017
ލޮލް