މިހާރު ގެއްލިގެން ހޯދަމުން ދާ ސެނޮކް ކޮޅުވެއްޓި ލ. ގަމު ތުނޑީއަވަށުގައި ބަނދަރުކޮށްފައި: މި އުޅަނދުން ހަ މީހުން ދަތުރު ކުރި-- ފޮޓޯ/ޝަރީފް
20 މެއި 2017 - 00:06
މިދިއަ އަންގާރަދުވަހު ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރުކުރަނިކޮށް ގެއްލިފައިވާ ކޮޅުވެއްޓި ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން މިއަދު އެދިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޯކްގެ "މާރިޔާ-3" ހޯދުމުގައި އިންޑިއާގެ އެހީތެރިކަމަށް އެދުމާ ގުޅިގެން، މުމްބާއީގައި ހުންނަ މެރިޓައިމް ސެންޓަރުން އެ އުޅަނދު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
"މީގެ ސަބަބުން ކަނޑުގެ ވަރަށް ބޮޑު ސަރަހައްދެއް ބެލޭނެ. މިއީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ތ. ވިލުފުށީ ދެމަފިރިއަކާއި ލަންކާގެ ހަތަރު މީހަކު ތިބި ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ޓީއެމްއޭގެ ބޯޓެއްގެ އެހީތެރިކަމާ އެކު ރާއްޖޭގެ ކޯސްޓްގާޑުން ވެސް އަންނަނީ މިއަދު ހެނދުނުން ފެށިގެން ކުރަމުންނެވެ. އެކަމަކު މިހާތަނަށް އެ އުޅަނދުގެ އެއްވެސް ޚަބަރެއް ނެތް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ދިގު މިނުގައި 168 ފޫޓު ހުރި މާރިޔާ-3 ގެއްލުނީ ލ. ތުނޑީ އަވަށުގައި ހަދަމުން އަންނަ ބަނދަރަށް އެއްޗެހި ހިފައިގެން ދަނިކޮށެވެ. ބަނދަރު ހެދުމުގެ ސާމާނު ހިފައިގެން ތުލުސްދު އަށް ގޮސް، އެ ރަށުން ތުނޑީ އަވަށަށް ދިއުމަށް ކޮޅުވެއްޓި ފުރީ އަންގާރަދުވަހު ހަވީރު އެވެ.
ކޮޅުވެއްޓިން ދަތުރުކުރި ދިވެހި އަންހެންމީހާ ޒުލޭހާ އުސްމާންގެ ފިރިމީހާ އާދަމް ނައީމަކީ އެ އުޅަނދުގެ ކައްޕި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީނާ
20 May 2017
ޗައިނާ އަކަށް ނޭދެންތަ؟
ހަބޭސް13
20 May 2017
އެހީއެއްބޭނުންވެއްޖެއްޔާ ބޭރުމީހުން ރަގަޅު އެއްޗެއްބުނެފިއްޔާ ބޭރުމީހުންނަކާނުބެހެވޭނެ
ޒެޑްސް
20 May 2017
ސައޫދީގެ ޚާއްސަ މަތިންދާ ބޯޓު ހިލޭ ތެލާއި އެކު ފޮނުވަންވީ.
ގާޒީ
20 May 2017
ފެނޭ ޗައިނާ އަދި ސައުދީގެ އެހީއައްވެސް އެދެން
ޢހ
20 May 2017
ކީއްވެ ޗައިނާ އެހީއަށް ނޭދުނީ؟؟؟
ދޮންދީނި
20 May 2017
މިއީ އެހެންބައެއްގެ އެހީއެއް ބޭނުންވާ ސަރުކާރެއްނޫނެއްނު...
ރަދީފް އެންޑް ރަފައިދާ
20 May 2017
އެހީއަކަށް އެދެންޏާ އަބަދުވެސް އިންޑިޔާ ބޭބެ.
ސައްދާމް
20 May 2017
ހާލުގައި ޖެހުމުން އެހީއަށް އެކަމަކު އެއީ ތާކުންތާކު ޖެހޭ ބައެއް ކަމަކަށް ނުވޭ ކުރީގައި......... ހަމަ ބުނެލީ.......
ބަޢްދާދު
20 May 2017
އާން ދޯ މިއުޅޭ މަމެން ތަމެން ޕިންކޭމެން ބޭނުމެއް ނޫނޯ އިންޑިޔާ އެއް އެކަމު ކަމެއް ޖެހޭއިރައް ހަމަ ރޮމުން އެދިމާލައް..