ޚަބަރު / އޭލެވެލް ގަދަ ދިހައެއް

އޭ ލެވެލްގެ އެއްވަނައިގައި ރިކޯޑް އަދަދަކަށް ދަރިވަރުން ހިމެނިއްޖެ

އޭ ލެވެލް ގަދަ 10 ގައި ހިމެނެނު ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިދިޔަ އަހަރު ބޭއްވި އޭ ލެެވެލް އިމްތިހާނުން ފަސް މާއްދާ އިން އޭ ފާސް ހޯދައިގެން ރާއްޖޭގެ ގަދަ 10ގެ އެއްވަނައިގައި ރިކޯޑު އަދަދަކަށް ދަރިވަރުން ހިމެނިއްޖެ އެވެ.

މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ގަދަ 10 ގައި 190 ދަރިވަރުން ހިމެނުނުއިރު، އޭގެ ތެރެއިން 38 ދަރިވަރުން ވަނީ ފަސް މާއްދާ އިން އޭ ހޯދައިގެން އެ އިމްތިހާނުގެ އެއް ވަނަ ހޯދައިފަ އެވެ. މިއާއެކު މިދިޔަ އަހަރު ވެފައި ވަނީ ރިކޯޑު އަދަދަކަށް އޭ ލެވެލްގެ އެއްވަނާގައި ދަރިވަރުން ހިމެނެނު އަހަރަށެވެ.

ފަސް މާއްދާ އިން އޭ ފާސް ހޯދައިގެން 2015 ވަނަ އަހަރު އެއް ވަނަ ހޯދީ 28 ދަރިވަރުންނެވެ.

ދުނިޔޭގެ ގަދަ 10 މިދިޔަ އަހަރު ދިވެހި އަށް ދަރިވަރުން ވަނީ ހިމެނިފަ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މި ދަރިވަރުންނާ އިނާމާއި އެވޯޑް ހަވާލުކޮށްފަ އެވެ.

އޭ ލެވެލް ގަދަ 10ގައި ހިމެނެނު ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، ދަރިވަރުންތަކެއް ލަވައެއް ކިޔަނީ.- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުން ގަދަ 10 ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ މަތީ ސާނަވީ އިމްތިހާނުން ފާސްވާ ދަރިވަރުންނާއި ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވާއިރު، ރާއްޖޭގެ ތައުލީމީ ފެންވަރު ކުރިއަރަމުން އަންނަކަން ފާހަގަކޮށްލެވޭ ކަމަށެވެ.

ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރާއި ސްކޫލުތަކުން ކުރާ މަސައްކަތް ނަތީޖާތަކުން ފެންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 21 ވަނަ ގަރުނަށް ދަރިވަރުން ތައްޔާރުކުރާއިރު، މައްސަލަތަކުގެ ތެރެއިން އެ ދަރިވަރުންގެ ވިސްނުން ތަރައްގީ ކުރުމާއި އެހެން މީހުންނާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނެ ގޮތުގެ ހުނަރު ދަސްކޮށްދޭން ޖެހޭ ކަމަށެވެ. އަދި ކަންކަމުގައި އިސްނަގައި އިޖުތިމާއީ އަދި ތަފާތު ސަގާފަތުގެ މީހުންނާއެކު ވެސް އުޅެން އެނގެންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭ ލެވެލް ގަދަ 10 ގައި ހިމެނެނު ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަ ދައްކަވަނީ.- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

"މި ހުނަރުތަކަކީ ސާނަވީ ތައުލީމުގެ މަރުހަލާ ނިންމައި ދުނިޔޭގެ މައިދާނުގެ ތެރެއަށް ތި ދަރިވަރުން ނުކުންނަން ތައްޔާރުވާއިރު، ތި ކުދިން އަމިއްލަ އަށް ވެސް މަސައްކަތްކޮށްގެން ތި ކުދިންގެ ކިބައިގައި އަށަގެންނެވޭތޯ މަސައްކަތްކުރުން ކޮންމެހެން ވެސް ބޭނުންތެރި ހުނަރުތަކެއްކަން ތި ދަރިވަރުންނާއި އަދި ތިޔަ ދަރިވަރުންގެ ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި ފަހަގަކޮށްލަމެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލް ތައުލީމް ނިންމައި މަތީ ތައުލީމަށް ކިޔަވަން ދާއިރު ރާއްޖެ އިން ދަރިވަރުންގެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތައް ބަލައި އެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް، ރާއްޖެއަށް ހިދުމަތްކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

15 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 10%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢޭޭސެޓު

25 May 2017

ޢޭ ސެޓެއް ލިބުނަސް އަދި މާ މޮޅުތަކެއް ވީ ކީ އެއް ނޫން. ކޮބާ ތަ 3 ޢޭސްޓާ ގެންނަށް ކުދިން. ޢޭ ސެޓެއް އޭލެވެލް އިން ގެނައުމަކީ ފަސޭހަ ކަމެއް ޕާސްޓް ޕޭޕަރު އެފުންމިފުށައް ގިރައިގެނ ބޮއިފިނަމަ. ތިން މާދާ ނުވަތަ 4 މާދާއިން އޭ ގެނެވޭނީ ވިސްނުން ތޫނުވީމަ. ގަދަ ދިހަ އެއްގެ ކްރައިޓީރިއާ ބަދަލު ކުރަން ފެނޭ!!!

The name is already taken The name is available. Register?

އޭ ސްޓަރ

23 May 2017

160/200، 320/400ނޫނީ 480/600 އަކުން އޭ ލިބޭ. އެއާއެކު އައި.އޭ2 މޮޑިއުލްތަކުން 90% ހޯދީމަ އޭސްޓަރ ލިބޭނީ. ދިވެހި އިސްލާމް އިން އޭސްޓަރދޭން ފެށީމަ އޭ ލިބުނު ކުދިން އިތުރުވިކަން ސްޓެޓިސްޓިކްސް އިން ސާފު. އެކަމަކު މިއަހަރު ނެތް 4 މާއްދާއިން އޭސްޓަރ ހޯދި ދަރިވަރެއްވެސް. އެންމެ މަތިންވެސް 3އޭސްޓަރ. މިހާރު ދުނިޔޭގެ ވަރުގަދަ ޔުނިވަރސިޓީތަކުން އޭސްޓަރ ބޭނުންވޭ. އެކަމަކު ޓޮޕް ޓެންގެ އެއްވަނަ ދޭއިރު ނޫނީ ސްކޮލަރޝިޕް ދޭ އިރު އޭސްޓަރ ގްރޭޑަށް ބަލާނުލާތީ މިކުދިންގެ ފެންވަރާމެދު ސުވާލު ކުރުމުގެ ފުރުސަތު އެބޮތް. ކިރިޔާ 480/600ތލިބޭިކުއްޖަކާ އައި.އޭ2 އިން 90% ލިބޭ ކުއްޖަކާ ފެންވަރުގެ ގޮތުން ތަފާތު ބޮޑުވާނެ. ހަމައެގޮތަށް 2 އަހަރު ތެރޭ 6 މޮޑިއުލްްހަދާ ސައިންސް ކުދިންނާ ދެއަހަރު ތެރޭ ދެ މޮޑިއުލް ހަދާ އެކައުންޓިންގް ކުދިންގެ ފެންވަރުވެސް ތަފާތުވާނެ.

The name is already taken The name is available. Register?

ހުސެން

23 May 2017

މަރުޙަބާ! ޤަވްމާއިގެން ކުރިއަށް ދެވޭނީ ތިޔަޒުވާނުނގެ މަސައްކަތުންނެވެ.

The name is already taken The name is available. Register?

އަލީ

23 May 2017

ވ ރަގަޅު. މޮޅު ކުދިން ގިނަވީނަރަކައް ގައުމު ކުރިމަގު ރަގަޅުވާނެ. އަދި އެއްކަލަ ބައިގަޑު ގެ އަވާގައި ޖެހުންވެސް މަދުވާނެ! އެކަމަކު ދެރަވަނީ އެ ހޮވާ މަޖްލިސް މެމްބަރުންގެ އިލްމީ އަދި އަޙްލާގީ ފެންވަރު މޮޅުކަމުން!!!

The name is already taken The name is available. Register?

މީރާ

23 May 2017

މަރުހަބާ ފޮޓޯގަ އިން ފިރިހެން ދަރިވަރަށް! މިރާގެ ސްޓާފުން ގޮތުގައި ރީތި ވަނަތައް ހޯދާ ދަރިވަރުން ތިބޭތީ ވަރަށް އުފާވޭ. މަރުހަބާ ވަނަތައް ހޯދި އެހެން ހުރިހާ ކުދިންނަށްވެސް.

The name is already taken The name is available. Register?

ބުރިހާނީ

23 May 2017

ބުރުހާނުއްދީން ރައްބާނީ މީގެން އެންމެ ޕޭޕަރެއް ހެދުނަސް މަހުންނާނީ ނުކާ

The name is already taken The name is available. Register?

އެޑެކްސެލް

23 May 2017

އޭލެވެލް 3 އޭ ލިބިއްޖެނަމަ ދުނިޔޭގެ އެންމެ ވަރުގަދަ ޔުނިވާސިޓީ ތަކުން ޖާގަ ލިބޭނެ. އެކަމަކު އޭލެވެލް 3 އޭ ހޯދައިގެން ނެތް މޮޅެއް. ލާރި ނެތިއްޔާ ޖިހޭނީ ގައުމުގަ ހުރެގެން ތާކުން ތާކު ނުޖިހޭ ކޯހެއް ހަދައިގެން ގޭގަ އޮންނަން. ސީ ފާސް ހޯދާ މުއްސަނދިންގެ ދަރިންތައް ބޭރުން ކޮންމެވެސް ތަނަކުން މޮޅު ދާއިރާއަކުން ކިޔަވާނީ. ނިކަމެތި މޮޅެތި ކުދިން ލައްވާލާނީ ސަރުކާރުގެ ހަރަދު ކުދަކުރުމުގެ ސިޔާސަތާ.

The name is already taken The name is available. Register?

1234

23 May 2017

ތީ ދޮގެއް.. ޓަރޝަރި ލޯން ސްކީމްގެ ދަށުން މިކުދިންނަށް ބޭނުން ތަނަކުން ކިޔެވޭނެ.

The name is already taken The name is available. Register?

ސާދާސިދާ

23 May 2017

ޖުމުލަ މާރކްސްއަށް ބަލައިގެން ވަނަތައް ހޮވުން މުހިންމު.

The name is already taken The name is available. Register?

ދެކޮޅުވެރިޔާ

23 May 2017

އޭލެވެލްގައި ރެކޯރޑު އަދަދަށް ކުދިން 1 ވަނަ ހޯދިޔަސް އުފަލެއް ނެތް. އޭލެވެލް ހަދައި ގިނަ ދަރިވަރުންގެ އުންމީދަކަށް ވެފައި އޮންނަނީ އަބަދުވެސް އޭލެވެލް އިން 1 ވަނަ ހޯދައި ރައީސްގެ ސްކޯލަރޝިޕު ހޯދައިގެން ބޭރަށް ކިޔަވަން ދިއުން. ޑޮކްޓަރުންނަށް، ސިވިލްއިންޖިނިއަރުންނަށް، އާރކިޓެކުޓަރުންނަށް ވުން. ނަމަވެސް ސަރުކާރުން ޕޮލިސީއަށް ގެނައި ބަދަލާއެކު މިހާރު ރައީސްގެ ސްކޯލަރޝިޕު ލިބެނީ އެންމެ 5 ކުދިންނަށް. ކުރިން އޭ ހޯދައި ހުރިހައި ކުދިންނަށް ސްކޯލާރޝިޕު ދިނަސް މިހާރު ދެނީ ކޮންމެވެސް މިންވަރަކަށް އޭޕުލަސްއަށް ވެސް ބަލައިގެން. 1 ވަނަ އަށް ދާ ކުއްޖާ ހޮވުމުގައި އިންޓަރވިއު ކުރާކަން ވެސް ވަނީ އެނގިފައި. އަދި ކުރިން ދުނިޔޭގެ ކޮންމެ ހިސާބަކަށް ވެސް ސްކޯލަރޝިޕުގައި ދެވުނަސް މިހާރު ސްކޯލަރޝިޕުގައި ދެބޭނީ ހަމައެކަނި އާސިޔާންގެ ގައުމުތަކަށް ކަން ވަނީ ކަނޑައަޅާފައި. މިއީ ހިތާމަ ހުރި ކަމެއް

The name is already taken The name is available. Register?

ބުރުހާނުއްދީން ރައްބާނީ

23 May 2017

އެބަޖެހޭ ތަންކޮޅެއް ތާކުންތާކުންޖެހޭ އެގްޒާމެއް ހަދައިގެން ފެންވަރު ހިފަހައްޓަން. ލަންޑަން ޕޭޕަރު އަޔަކަސް މިހާރު އެމީހުންނަކީ ވެސް ވިޔަފާރިއަށް ވަރަށް ބަލާބައެއް. އެހެންވީމާ އެގްޒާމްތަކުގެ ފެންވަރު ހުންނަނީ ވަަރަށް ފީކަޅާކޮށް.......މިކަމުން ފައިދާކުރަނީ ދެބަޔަކަށް. ފުރަތަމަ ބަޔަކީ އެގްޒާމް ދޭ ފަރާތް. އެމީހުންނަށް ބޮޑު ލާރިގަނޑެއް ލިބޭ. ދަށްކޮށް ޕޭޕަރު ހެދީމާ ދެވަނަ ފައިދާ ވަނީ ސަރުކާރަށް. އޭރުން އެތަށް ބައިވަރު ކުދިންނެއް ފެންވަރުނެތަސް ފާސްވެ ޓޮޕް ވަނަތަކަށް އަރަނީ. އޭގެ ސަބަބުން ހިސާބުކިތާބުޖަހާއިރު ލައްކަ ފޮނުކަނޑާލެވޭނެ. ޕޭރަންޓު ތިބޭނީ އުފަލުން ފޮޅިފާ.

The name is already taken The name is available. Register?

އާދަނު

23 May 2017

ކޮމެންޓްކުރާއިރު ވިސްނާލައްވާ. ރާއްޖޭގައި މިހދަނި ުނިޔވަރސިޓީ އޮފް ލަންޑަން ޢޭލެވެލް އެއްނޫން. އެގްޒޭމް ގެ ކޮލިޓީ ދަށްވެގެންނެއްނޫން ގިނަ ކުދިން ރނގަލޫ ނަތީޖާ ހޯދަނީ. މިހާރު ގިނަ ކުދިންނަނަކީ އެކުދިންގެ ބެލެނިވެރިން ވަރަށް ބޮޑު ހޭދައެއްކޮށްގެން ޓިއުޝަން ނަގައިގެން ރަނގަލާށް އެގްޒޭމަށް ތައްޔާރުވެގެން އެގްޒޭމް ހަދާކުދިން. އެހެންވީމާ ނަތިޛާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް. ޕޭރެންޓުން އުފާނުކުރާންވީ ސަބަބެއް ނެތް. އެމީހުންގެ ބުރަ މަސައްކަތާއި ކުރި ހޭދައިގެ ނަތިޖާ ހާޞިލް ވިޟަ އުފާކުރާނެ. ވަރަށް ސަލާމް.

The name is already taken The name is available. Register?

ލަންޑަން ޕޭޕަރ

23 May 2017

ބުރުހާނުއްދީން ރައްބާނީ އޭލެވެލް ހަދާފަ ކޮމެންޓްކޮށްލަން ފެނޭ . އޭރުން އިނގޭނެތާ އެގްޒާމްތަކުގެ ފީކަޅާ މިންވަރު!

The name is already taken The name is available. Register?

ޖާރިޔާ އަހުމަދު ދީދީ

23 May 2017

ދުވަހަކު އިލްމެއް އުނގެނިފައި ނެތް މީހަކަށް ތިޔަކަހަލަ ކޮމެންޓްކުރަން ފަސޭހަވެދާނެ. ރަނގަޅު ނަތީޖާއެއް ހޯދުމަކީ އެހާ ފަސޭހަކަމެއްނަމަ ތިޔަ ބޭފުޅާވެސް ހުންނާނީ އޭލެވެލް ހުރިހާ މާއްދާއަކުން އޭ ފާސް ހޯދާފަ. ރަނގަޅަށް ވެއްޖެއްޔާ ތިޔަ ބޭފުޅާގެ ނުހުންނާނެ އޯލެވެލް ފެންވަރުވެސް. އަޅުގަނޑަކީވެސް އޭލެވެލް 5 މާއްދާއިން އޭ ފާސް ހޯދި ދަރިވަރަކީމު. އެއްގޮތަކަށްވެސް ފަސޭހަކަމެއް ނޫން. އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދި ނަތީޖާއަކީ ފެންވަރު ދަށް އިމްތިހާނަކުން ލިބުނު ނަތީޖާއެއްކަމަށް އިލްމެއް އުނގެނިފައި ނެތް މީހަކު ބުނުމުން ހަމަ ރަނގަޅަށްވެސް ކޮސްވެއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454