25 މެއި 2017 - 11:03
މެޑްރިޑް (މެއި 25) – ރެއާލް މެޑްރިޑުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ހޯދުމުގެ ރޭހުގައި އޭސީ މިލާނުން، ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ކުރި ހޯދައިފި ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޒަލަޓާން އިބްރަހިމޮވިޗުގެ ބަދަލަށް މޮރާޓާ ގެނައުމަށް ޔުނައިޓެޑުން ބޭނުންވާއިރު ޗެލްސީން އޭނާ ހޯދަނީ ޑިއޭގޯ ކޯސްޓާގެ މަގާމަށް ކުޅުވާށެވެ. އަނެއްކޮޅުން ކާލޯސް ބަކާ ދޫކޮށްލުމަށް ފަހު އާ ފޯވާޑެއް ގެންނަން މިލާން ކުރާ މަސައްކަތުގައި އެންމެ ބޮޑު ޓާގެޓަކީ މޮރާޓާ އެވެ. އެ ކްލަބުގެ އާ މެނޭޖްމަންޓުން ވަނީ ޓްރާންސްފާގައި ބޮޑު ހޭދައެއްކުރަން ނިންމައިފަ އެވެ.
ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޔުވެންޓަސް އަށް ކުޅުމަށް ފަހު މެޑްރިޑާ އަލުން ގުޅުނު މޮރާޓާ ވަނީ މި ސީޒަނުގައި 26 މެޗުން 15 ގޯލް ޖަހައިފަ އެވެ. އެކަމަކު ކުޅުމުގެ ފުރުސަތު އެކަށީގެންވާ ވަރަށް ނުލިބޭތީ އޭނާ ހުރީ ކްލަބް ދޫކޮށްލަން ތައްޔާރަށެވެ. ރެއާލް މެޑްރިޑް ވެސް އޮތީ 60 މިލިއަން ޔޫރޯ އަށް އޭނާ ވިއްކާލަން ތައްޔާރާށެވެ.
ސްޕެއިނުގެ ކުޅިވަރު ނޫސް މާސާ އިން ބުނާ ގޮތުގައި އިޓާލިއަން ލީގުގައި ކުޅެފައިވާތީ މޮރާޓާ ބޮޑަށް ބޭނުންވަނީ އެ ލީގަށް އަލުން ބަދަލުވާށެވެ. އެހެންވެ މި ވަގުތަށް އޭނާ ގެންދިއުމުގެ ފުރުސަތު ބޮޑީ މިލާނަށެވެ. މީގެ އިތުރުން އޭނާ މިލާނަށް އާނ ބަސް ބުނެފައިވާ ކަމަށާއި އެ ކްލަބުން މިހާރު ތައްޔާރުވަމުން އަންނަނީ ރެއާލް މެޑްރިޑާ އެކު އެއްބަސްވުމަކަށް އައުމަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ރެއާލް މެޑްރިޑުގެ ޔޫތު ޓީމުން ތަމްރީންވެ އެ ކްލަބުގެ ސީނިއާ ޓީމަށް 2010 އިން 2014 އަށް ކުޅުނު މޮރާޓާ ޔުވެންޓަސް އަށް ގެންދިޔައީ ޗެލްސީގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ. ޔުވެންޓަސްގައި އޭނާ ހޭދަކުރި ދެ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
sަަސަންތި
28 May 2017
މޮރާޓާ ޗެލްސީ އައްދިއުން ކޮނޓޭ ސޮޓަެިލާ ވ ގުޅޭ
ޛސސހ
25 May 2017
. މޮރާޓާ އަކީ މޮޅު މަހައް