ތިމަރަފުށީ ސައިމާގޭގެ ބަދިގޭގައި ރޯވެ ގެއްލުންވެފައި.
28 މެއި 2017 - 02:48
މިދިޔަ ހުކުރުދުވަހުގެ ހަވީރުން ފެށިގެން ކަރަންޓް ކެނޑިފައިވާ ތިމަރަފުށީގެ ގެއެއްގެ ބަދިގޭގައި މިރޭ ރޯވެ، އަނދައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
ކައުންސިލް މެމްބަރ އަހުމަދު އިހުސާން ވިދާޅުވީ ދަންވަރު 1:30 ހާއިރު ތިމަރަފުށީ، ސައިމާގެ ބަދިގޭގައި ރޯވީ، ދިއްލާފައި ހުރި އުއްބައްތިއަކުން ކަމަށެވެ.
"މައުލޫމާތު ލިބޭ ގޮތުގައި އެ އުއްބައްތި ހުރީ ބަދިގޭގައި ހުރި ފްރިޖްގެ މަތީގައި. އުއްބައްތި ވިރިގެން ގޮސް ރޯވީ،" އޭނާ ބުންޏެވެ.
ބަދިގޭގައި ހިފައި ގެންގުޅޭ ހުރިހާ ސާމާނެއް ކަހަލަ މި އަލިފާނުގައި ރޯވެ، ބަދިގެ އިތުރަށް ބޭނުން ނުކުރޭ ވަރަށް އަނދާފައިވާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ތިމަރަފުށިން ކަރަންޓް ކެނޑުނުތާ ދެ ދުވަސް ވާއިރު، އޭގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޅި
28 May 2017
އަމިއްލަ ގަޅިކަމުން ލިބުނު ގެއްލުމެއް
މުޙައްމަދު ޢަލީ
28 May 2017
ތިމަރަފުށީން ކަރަންޓުކެނޑުނީ ސްޓެލްކޯގައި "ބޮޑު" އިންޖީނު ޓެސްޓުކުރާތީ އާތް ފޯލްޓް ވެގެން!
ގާޒީ
28 May 2017
އެއީ އަމިއްލަރަށް ދެން އެހެން ތަންތަނައްވާނެވަރު ވިސްނަވާ!
ޕޮގުބާ
28 May 2017
އަދިރިކަމުގެ 24 ގަޑީރު އެކަމަކު 24 ގަޑީރު ޔަގީން ދިވެހިރާއްޖޭގަނެތް އެއްވެސްއިރެއްގައެއް އެރަށަކަށް ބޭނުންވާވަރަށް ކަރަންޓް ދޭވޭވަރުގެ ޖަނަރޭޓަރެއް ހުންނަ ޖަނަރޭޓަރަކުން ކިރިޔާކަރަންޓް ދެވެނީ ގޮތެއްހަމަވެލާއިރަށް އަދިރިކަމުގެ 24 ގަޑީރު ޖަނަރޭޓަރެއްހެދިޔަސް އަދިގެނަޔަސް އެހުރިޙާ ޖަނަރޭޓަރެއް އެކިފަހަރުމަތިން ހަލާކުވެގެން ދާއިރުވެސް އެއިން އެކެއްޗެއްވެސް ނުހެދެ ޖަނަރޭޓަރެއް ހެދެނީ ރަށްޔެތުން ކަނުއަދިރީގަ އެތަށްރެއެއް ވޭތުކުރާފަހުން އެކަމަކު 24 ޔަގީން
ލަބީދު
28 May 2017
ފުލޯލަސް އޯސަމް ސަރުކާރުން މާލޭގެ ކަރަންޓައް ތިހަދަނީ ކިހިނެއްހޭ.
ޟަލެ
28 May 2017
މާލެއިން ކަރަންޓު ގޮސްގެން އޭގެ ފަހުގެ ހަބަރަކީ ކޮބާ