ރިޕޯޓް / ކާށި

ރުއްތައް މުސްކުޅި ވެއްޖެ، ކާށި ހޯދާނީ ކޮން ތާކުން؟

ސަން އައިލެންޑްގައި ހައްދާފައި ރުއްތަކެއް: ރާއްޖެއިން ކާށި ލިބުން މަދުވެ އަގު އުފުލިފައި ވަނީ ރުއްތައް މުސްކުޅިވުމުން ކަމަށް ތަޖުރިބާކާރުން ވިދާޅުވޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

މާލެއިން ކާށި ނުލިބިގެން ނުވަތަ ކާށީގެ އަގުބޮޑުވެގެން އުޅޭ ވާހަކަ މީގެ ކުރިން އަޑު އެހިން ހެއްޔެވެ؟ ރާއްޖެއިން އާންމުކޮށް ކާށި ލިބޭ ރަށްރަށުން އެ ހުސްވީ ހެއްޔެވެ؟ މި ފަހަރު ރޯދަމަސް ބޯމަތިވެގެން އައިއިރު އާއްމުން އެންމެ ކަންބޮޑުވި އެއް ކަމަކީ ކާށީގެ އަގު އާދަޔާ ހިލާފަށް މައްޗަށް ދިޔުމެވެ.

ދިވެހި ރުކަކީ ރާއްޖޭގައި އެންމެ ގިނައިން ހައްދާ އަދި ހެދޭ އެއް ބާވަތެވެ. މާލެ ފިޔަވައި އެހެން ކޮންމެ ރަށެއްގައި ވެސް އެންމެ ގިނަ ބާވަތަކީ ރުކެވެ. އެ ރުއްރުކުން އަޅާ ކުރުނބާ އާއި ކާށި މެދުކެނޑުމެއް ނެތި މާލެ އާއި ރަށްރަށުން ލިބެން ހުރެ އެވެ. ނަމަވެސް ފަހަކަށް އައިސް ކާށި ލިބުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ކާއްޓަކީ ދިވެހިންގެ ކެއުމުގައި ވަރަށް މުހިންމު ބާވަތެކެވެ. އެހެންވެ މީހުން ދިރިއުޅޭ ރަށްރަށުގަ އާއި ފަޅުރަށްތަކުގައި ގިނަ އަދަދަކަށް ދިވެހި ރުއް ހައްދަ އެވެ. އަދި އެ ރުއްރުކުން ދިވެހިންނަށް ބޭނުންވާ ވަރަށް ކާށި ލިބޭތީ ބޭރުން އެތެރެނުކޮށް ހަމަޖައްސާލެވެ އެވެ. ނަމަވެސް މިހާރު އެ މަންޒަރު ވަނީ ބަދަލުވާން ފަށައިފަ އެވެ.

މާލޭގެ ބާޒާރުގައި ދިވެހި ކާށި މަދުވެ، ކާށީގެ އަގު ވަނީ ރަނަށް ވެފަ އެވެ. ކުރިން މާލޭގެ ބާޒާރުގައި ދެ ރުފިޔާ ނުވަތަ ތިން ރުފިޔާއަށް ވިއްކި ކާށީގެ އަގު ފަސް ރުފިޔާ އާއި ދިހަ ރުފިޔާއާ ދެމެދުގެ މިންވަރަކަށް އުފުލިފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި މި ރޯދަމަސް ފެށުނުއިރު ކާއްޓެއްގެ އަގު ވަނީ 30ރ. އަށް ވުރެ މައްޗަށް އަރައިފަ އެވެ. މާލޭ ބައެއް ފިހާރަތަކުން އެންމެ ކާއްޓެއް 50ރ. އަށް ވެސް ވިއްކާފައި އެބަ ހުއްޓެވެ. މިކަމާ ހެދި ކަންބޮޑުވެގެން އެ ވާހަކަ ދެއްކި ނަމަވެސް އޭގެ ހަގީގީ ސަބަބެއް ގިނަ ބަޔަކަށް ނޭނގެ އެވެ.

ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ކާށިތަކެއް: ކާށީގެ އަގު ވަނީ މިއިން ޒަމާނަކު ވެސް ނުއުފުލޭ މިންވަރަށް އުފުލިފައި. ފޮޓޯ: ނިޝާން އަލީ /މިހާރު

ތިމާވެށީގެ ތަޖުރިބާކާރަކު ވިދާޅުވީ ރާއްޖޭގެ ގިނަ ރުއްތައް ހުރީ މުސްކުޅިވެފައި ކަމަށެވެ. އެހެންވެ އެ ރުއްތަކުން މިހާރު ބޭނުންވާ މިންވަރާ ކައިރިއަށް ވެސް ކާށި ނުލިބޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރަށެއްގައި މިހާރު ދިހަ އަހަރަށް ވުރެ ހަގު ރުއްތަކެއް ނެތް. ހުސް މުސްކުޅިވެފައި ހުރި ރުއްތައް ހުރީ. އެ ރުއްތަކުގައި ކާށި އަޅާ މިންވަރު މަދު. އަދި އެހާ ދިގު ރުއްތައް. އެހެންވީމަ އަރަން ވެސް އުނދަގޫ،" އޭނާ ވިދާޅުވި އެވެ.

ރަށެއްގައި މިހާރު ދިހަ އަހަރަށް ވުރެ ހަނގު ރުއްތަކެއް ނެތް. ހުސް މުސްކުޅިވެފައި ހުރި ރުއްތައް ހުރީ. އެ ރުއްތަކުގައި ކާށި އަޅާ މިންވަރު މަދު. އަދި އެހާ ދިގު ރުއްތައް. އެހެންވީމަ އަރަން ވެސް އުނދަގޫ، ތިމާވެށީގެ ތަޖުރިބާކާރެއް

އެ ތަޖުރިބާކާރު ވިދާޅުވީ މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ކުރުނބާ އާއި ކާށި އަޅަން ހުއްދަ ދެނީ ވަކި އުމުރެއްގެ ރުއްތަކުން ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެފަދަ އުސޫލެއް އަމިއްލަ އަށް ވެސް ނުގެންގުޅޭތީ ކުރުނބާ ލިބުނު ނަމަވެސް ކާށި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް މީހުން ހަދާ ގޮތަކީ ކުރުނބާގެ ބޭނުމުގައި ރުއް ހުސްވަންދެން ކުރުނބާ އަޅަނީ. އެހެންވުމުން ކާއްޓެއް މި ލިބެނީ ވަރަށް މަދު ރުކަކުން،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ކާއްޓެއްގެ އަގު މާލޭގެ ބާޒާރުގައި 50ރ. އަށް އަރައިގެން ދިއުމުން އެކަމާ މެދު ސަރުކާރުން ފުންކޮށް ވިސްނަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެހެންވެ ރަށްރަށުގައި ރުއް އިންދަން އާއްމުންނަށް ހިތްވަރު ދޭން ޖެހޭ ކަމަށް ތިމާވެށީގެ ކަންތައްތައް ދިރާސާކުރައްވާ އެ ބޭފުޅާ ވިދާޅުވި އެވެ.

"ރާއްޖޭގައި ރަށްރަށުގައި މިހާރު ރުއްތައް ނުއިންދައިފި ނަމަ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޭރުން ކާށި ނުގެނެސް ދެކޮޅެއް ނުޖެހޭނެ. އެހެން ނޫނީ ކާށީގެ އަގު މިއަށް ވުރެ ވެސް ބޮޑުވާނެ،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ގިނަ ރަށްރަށުގައި މީހުން ރުއް އިންދަނީ ކުރުނބާގެ ބޭނުމުގައި ކަމަށެވެ. އަދި އެއީ ކާށި ލިބުން މަދުވާ އެއް ސަބަބު ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މާލެ ގެނެސްފައި ހުރި ކުރުނބާތަކެއް ބަނދަރުމަތީގައި ބަހައްޓާފައި: ރަށްރަށުގައި މިހާރު ބޮޑަށް އިސްކަންދެނީ މީރު ކުރުނބާ އަޅާ ރުއް އިންދަން. ފޮޓޯ: ނިޝާން އަލީ /މިހާރު

ދަނޑުވެރިކަމުގެ ދާއިރާ ދިރާސާކުރެއްވުމުގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ ބޭފުޅަކު ވެސް ކާށި ލިބުން ހައްލުވާނީ ސީދާ ކާއްޓަށް އަމާޒުކޮށްގެން ރުއްތަކެއް ހައްދައިގެން ކަމަށެވެ.

"މިކަން ހައްލަކަށް އަންނާނީ ރަށްރަށުގައި ހުރި މުސްކުޅި ރުއްތައް މަޑުމަޑުން ނަގާފައި އަލުން ރުއް އިންދައިގެން. އެގޮތުން ނަގާ އޭރިއާތަކުގައި އަލުން ރުއް ހައްދަން ފަށަންވީ،" ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ގިނައީ 60 އަހަރާއި 70 އަހަރާ ދެމެދުގެ ރުއްތައް ކަމަށެވެ. އެހެންވެ އެ ރުއްތައް މުސްކުޅިވެ، އަދި އެ ރުއްތައް އާއްމުކޮށް އެރޭ ވަރަށް ވުރެ ދިގުވުމުން އަރަން ވަރަށް އުނދަގޫ ކަމަށް ވެސް ވިދާޅުވި އެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ކާށިތަކެއް: ރަށްރަށުގައި ކާށި ރުއްތައް މަދުވެ، ކާށީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި. ފޮޓޯ: ނިޝާން އަލީ /މިހާރު

"ރާއްޖޭގައި ރުއް ހެއްދޭނެ ރަށްރަށް އެބަހުރި. އެ ރަށްރަށުގައި ޕްލޮޓްތަކެއް ހަދާފައި ރުއްތައް ނަގާފައި އަލުން އިންދަންވީ،" އޭނާ ވިދާޅުވި އެވެ.

ދަނޑުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވީ މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ވެސް ކާށި ލިބުން މަދުވާން ފެށުމުން އެކި ކަހަލަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ގިނަ ތަންތަނަށް ދަތުރުކުރެވިއްޖެ. ރުއްތައް މުސްކުޅި ވިޔަސް އެކަމާ މެދު ވިސްނިފައެއް ނެތް. ފިލިޕިންސް ކަހަލަ ތަންތަނުގައި މުސްކުޅިވާ ރުއްތައް ނެގުމަށް ފަހު އަލުން ރުއް އިންދަނީ،" އޭނާ ވިދާޅުވި އެވެ.

ކާށި ލިބުން މަދުވެފައިވާ ސަބަބެއް ކަމަށް ރަށްރަށުން މާލެ ގެންނަ ދަތުރުވެރިން ބުނަނީ ރިސޯޓް ހަދަން ފަޅުރަށްރަށް ދޫކުރުމުން ކަމަށެވެ.

"އަޅުގަނޑުމެން އަތޮޅުގައި މިހާރު ނެތް ކާއްޓެއް ލިބޭނެ ފަޅުރަށެއް. އެކަހަލަ ރަށެއް ވިއްޔާ އޮތީ ރިސޯޓް ހަދަން ދޫކޮށްފައި. އެއިން ރަށަކަށް އަޅުގަނޑުމެންނަކަށް ނޭރޭ. ދެން ކިހިނެއްތޯ ކާއްޓެއް ލިބޭނީ؟ އެހެންވެ ކާށި ލިބުން މަދުވީމަ އަގު ބޮޑުވަނީ،" ދަތުވެރިންގެ މާރުކޭޓުގައި ކާށި ވިއްކަން ހުރި ރ. މާކުރަތު މީހަކު ބުންޏެވެ.

އޭނާ ބުނީ ރަށްރަށުގެ މީހުންނަށް ކާން ބޭނުންވާ މިންވަރަށް ވެސް މިހާރު ކާށި ނުލިބޭ ކަމަށެވެ.

"ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ވިދާޅުވިޔަސް ރާއްޖޭގައި މިހާރު ކާއްޓެއް ލިބޭ ގޮތަށް އޮތީ ވަރަށް މަދު ރަށެއް. ފިނޮޅެއް ވެސް މިހާރު ނެތް ވިއްކާނުލާ. ދެން ކޮން ތާކުންތޯ ރުއް އިންދަނީ؟ ވަރުވާއަށް ދީފައި ހުރި ގިނަ ރަށްތައް ވެސް އަތުލާފައި އެހެރީ ރިސޯޓް ހަދަން ދީފައި. މިހާރު ނެތް ބަޔަކަށް ފަސޭހައިން އެރޭ ކަހަލަ ރަށެއް ހުސްކޮށް،" އެ ދަތުރުވެރިޔާ ބުންޏެވެ.

ކާށި ނުލިބުމުގެ މައްސަލަ ހައްލުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށްފި ނަމަ ދެން ޖެހޭނީ އެހެން ބާވަތްތަކޭ އެއްގޮތަށް ކާށި ވެސް ބޭރުން ގެންނާށެވެ. މިކަމަށް އޮތް ހައްލަކީ އެއީ ހެއްޔެވެ؟

53 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 93%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ

31 May 2017

ރުއްގިނަމީހާގެ މިއަދު އަޑުގަދަ އަދި ބާރުގަަ، ފަޅުރަށެއް، ފިނޮޅެއް، ގިރިއެއް ނުވަތަ ގާގަޑެއްވެސް މިއަދު މިވަނީ މުއްސަދި މަހުޖަނުންނަށް ދިގުމުއްދްތައް ދީ ވިއަކާލާފައި. ދެންކޮކާޓެއް، ފަނެއް. މަދެއް ދަރެއް ނިކަމެތިމީހާއަށް ލިބޭނީ. މިތަންތައް ނަގާގެންތިބި ވިޔަފާރިމަހުޖަނުް ކާށިން ތެލާ ސާބޯނި އުފައްދަނީ އަގުބޮޑު ސޮފާތަކަށާ ބޭރައް އެކްސްޕޯޓުކުރަނީ

The name is already taken The name is available. Register?

00100

31 May 2017

ހެޔޮ ކާށި ނުލިބުނަސް ސިޔާސީ ވެގެން ކޮންމެ މީހަކު ގާނޫނޭ ކިޔަމުން ބޯހަލާކު ވާވަރު، ނިކަން ކާބަފައިން އުޅުން ގޮތަށް ޗިލް ކޮށް އުޅެން ދަސްކޮއްބަލަ...

The name is already taken The name is available. Register?

ބެއްޔާ8

30 May 2017

ކާށި ކެވިއްޖެނުން..

The name is already taken The name is available. Register?

މަރީ

30 May 2017

އެންމެން ސިޔާސީވެފަ ތިއްބާ ރުއްތައްވެސް މުސްކުޅިވީ. މަހީހީ ، މިގައުމަށް ހަމައެކަނި މުހިންމީ ސިޔާސީވުން. ބޯހަލާކު

The name is already taken The name is available. Register?

ދީދީ

30 May 2017

ބޮޑު ކަމެއް ރުއް ގަސް، ފަޅުރައް، ފަޅުރައް، ބޯ ފެން މީ މެނޭޖު ކުރަން ޖެހޭ އެއްޗެއް ކަމެއް އަހަރުން ދިވެހިންނަކައް ނޭންގޭ.

The name is already taken The name is available. Register?

އަންތަރީސް

30 May 2017

ރާއްޖޭގެ މެޖޯރިޓީ ރުއްތަކަށް ޒަމާންވެ މުސްކުޅިވުމަކީ ކާށިމަދުވަމުންދާ އެއްސަބަބެވެ. ތިމާވެށީގެ ބައެއް ގާނޫނުތައް ހުރިގޮތުން ރުއްދަނޑުތައް ރިހެބިލިޓޭޓްކުރުމަށް ގޮންޖެހުންތަކެއްވެސް އެބަހުއްޓެވެ. ގާނޫނާ ހިލާފުނުވެ މުސްކުޅިރުއްތައް ނެގޭނެގޮތެއް ނެތެވެ. ރުއްވާތައް ބޯކަމުން ކޮންމެވެސް ވަރަކަށް މުސްކުޅިރުއް ނުނަގާ ޅަރުއް އިންދޭކަށްވެސް ނެތެވެ. ރުއް އިންދެންހުރި މަދު ބިންތަކުގައި ކާށިކާނެ ރުއް އިންދަން ގިނަމީހުން ބޭނުންނުވުމަކީވެސް މައްސަލައެކެވެ. މާކުރަތު މީހާ ބުނިހެން ރާއްޖޭގައި ފަސޭހައިން އެރެން އޮތް ފަަޅުރަށްގަނޑެއް ވެއްޖެއްޔާ ރިޒޯޓް ހަދަން ޓޫރިޒަމަށް ނަގައިފިއެވެ. ދުނިޔޭގައި ލެއްވި ހުރިހާ މޮޅެއް ނުވާނެއެވެ.

The name is already taken The name is available. Register?

ބޮޑުބެ

30 May 2017

ޕިސް ޕިސް މީ އަނެއް ރޯނު އެދުރު.

The name is already taken The name is available. Register?

ކޮސް ގޮވާ

30 May 2017

އެ ބުނީ ހަމަ 70 % މީހުން ރޯދަ ނުހިފާ ރަށެއް ރާއްޖޭގައި އެބަ އޮތޭ ބުނި ފަދަ ވާހަކައެކެވެ. ބަލަ ރާއްޖޭގެ ފަޅު ރަށް ރަށުގައި ރުށްތަށް މުސްކުޅިވާ ފަދައިން އަމިއްލަ އަށް ފަޅާގެން ރުއްތަަށް ހެދި ބޮޑު ވެ އެވެ. ހުރިހާ ފަޅު ރަށެއްގައި ވެސް ރުއް ހެދެނީ އެގޮތަށެވެ.އިހު ޒަމާނުން ފެށިގެން ނެވެ.

The name is already taken The name is available. Register?

އަންތަރީސް

30 May 2017

ކޮސް ތިގޮވުނީ ތިބޭޅާއަށެވެ. ރަނގަޅެވެ. އަމިއްލައަށް ރުއް ފަޅައިގެން ހެދޭނެއެވެ. އެކަމަކު ރުއްގަނޑު ހިސާބަށްވުރެ ބޯވުމުން މުސްކުޅިރުއްތަކުގެ ދަށުގައި ހެދޭ ޅަރުއްތަކުގައި ރަނގަޅަށް ގަންނާނެ ހެއްޔެވެ؟ މިވަރުން ނޭނގެންޏާ ދުވަސްވެފައިވާ ރުއްވަލަކަށް ވަދެ ބަލާލަބަލާށެވެ.

The name is already taken The name is available. Register?

ޢަލީ

30 May 2017

ރިސޯޓުތައް ދޫކުރާއިރު ހަފްތާޔަކު ރުއްހުންނަ ވަރައްބަލާފަ ދިވެހި ދައުލަތާ ހުރިހާ ކާއްޓެއް ހަވާލު ކުރަން ހަމަޖައްސަންވީ އޭރުން ރައްޔިތުން ނައް ފައުންޑޭޝަނުން ކާށި ބަހާނީ

The name is already taken The name is available. Register?

މާމަ

30 May 2017

ރަށްރަށުގައި އުޅޭ ރުއްހައްދާ މީހުން އަތުން އެމީހުން ހައްދަމުންދާ ރުއްތަކާއި ފަޅުރަށް ރަށުގައި ހުރި ރުއްތައް ގަނެލައިގެން ގެންގޮސް ރިޝޯޓް ތަކުގައި އިންދަން ފެށީމައި ކާށިކާނެ ރުކެއް ނުހުންނާނެދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454