ޓޫރިސްޓުންތަކެއް އިއްޒުއްދީން ފާލަމުން ހިނގާފައި ދަނީ: ރާއްޖެ އަށް ދަތުރުކުރުމުގައި ސަމާލުވާން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އިން ވަނީ އެ ދެ ގައުމުގެ ރައްޔިތުންނަށް އަންގާފައި. --ފޮޓޯ: މިހާރު
29 މެއި 2017 - 22:01
ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެކަމަށް ސަލާމުވާން އިނގިރޭސި ވިލާތުން އެ ގައުމުގެ ރައްޔިތުންނަށް އަންގައިފި އެވެ.
އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނެފައިވާ ގޮތުގައި ރާއްޖެ އަށް ދަތުރު ކުރުމުގައި ސަމާލުވާން ޖެހެ އެވެ. ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ގިނައިން އުޅޭ ތަންތަނަށް ހަމަލާތައް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް މި އެޑްވައިޒަރީގައި ލިޔެފައިވެ އެވެ.
ވެބްސައިޓުގައި ބުނީ ފަހަކަށް އައިސް އިނގިރޭސީންނަށް އަމާޒުކޮށްފާނެ ޓެރަރިސްޓު ހަމަލާތަކުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ. މިއީ، އިރާގާއި ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ބިރުވެރިކަމެއް ކަމަށާއި އެކަމަށް ސަމާލުވާން ވެސް އިނގިރޭސި ވިލާތުގެ ސަރުކާރުން އެދިފައިވެ އެވެ.
އަދި އެ ގައުމުގެ ސިއްހީ އިދާރާތަކާ ހަވާލާދީ، ރާއްޖޭގައި ޒިކާ ވައިރަސް ފެތުރުމުގެ ބިރުއޮތް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. މި ބަލި ޖެހިއްޖެ ނަމަ، އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަމަށް ވެސް ސަމާލުވާން އެދިފައިވެ އެވެ.
ޔޫކޭގެ އިތުރުން އޮސްޓްރޭލިއާ ސަރުކާރުން ވެސް ވަނީ ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ ބޮޑު ކަމަށް ބުނެ އެ ގައުމުގެ ރައްޔިތުން ސަމާލުވާން އެދިފަ އެވެ.
ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ އޮތް ކަމަށް އެ ދެ ގައުމުން ކަނޑައަޅާފައިވާ އިރު، އެފަދަ ހަމަލާތަކުން ސަލާމަތްވާން ގައުމީ ސިޔާސަތެއް އެކުލަވާލައި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ދީނީ ހަރުކަށި ފިކުރުތަކާއި ޓެރަރިޒަމްގެ އަމަލުތަކަށް އެ ސެންޓަރު އޮތީ ސަމާލުވެގެން ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮލިސް އިންޗޫ
30 May 2017
ރާއްޖޭގައި ބޮމެއް ގޮއްވަން އުޅޭކަން އެނގިފަ އެބް އޮތްތަ ހަސްސާން؟
ައެމް.ވީ ތިންކްޕެޑް
30 May 2017
ބައްލަވަ، ޔޫކޭ އަށް ވެސް އެބިރު އެބައޮތް!
އުކުޅު
30 May 2017
ކޮމެންޓް ކުރާ ބައެއް މީހުނަށް ހީވާކަހަލަ މި ޤައުމިގައި "ބޮން" ގޮއްވަން ޖެހިއްޖެ އޭ....އެމީހުނަށް ހީވާ ކަހަލަ ބޮން ގޮއްވިއަސް މަރުވާނީ އެހެން ބައެކޭ..ތިމަންނަ މަރެއް ނުވާނެއޭ..ތިމަންގެ މުދަލެއް ވެސް އަދި ތިމަންގެ ދަރިއެއް ވެސް އަދި ރައްޓެހިން ވެސް ސަލާމާތް ވާނެ އޭ ހީކުރާ ކަހަލަ އެވެ.
ލޮލް
30 May 2017
އިހައްދުވަހަކު އެއްނު މާލޭގަ ބޮން ގޮއްވާލަން އުޅުނުކަމަށް ފުލުހުންބުނީ. ދެން އެހެންވީމަ ތީ މާ ސަޕުރައިޒިންގް ކަމެއްތަ؟
ސަލީމް
30 May 2017
ކިތައްމެ ވަރަކަށް ދޮން މީހުން ތެޅިފޮޅުނަސް ކެނެރީގޭ މުޙައްމަދު ނަސީދަށް މި ޤައުމުގައި ވެރިކަން ކުރުމުގެ ފުރުސަތު ދީގެން ނުވާނެ
އަމާ
30 May 2017
ވެރިކަން ކުރާނެ ފުރުސަތު ދޭނެ މީހެއް ނިންމާނީ ރައްޔިތުން.
ފާތުމަ
31 May 2017
ދޮންމީހުންނަކީ ކޮންބައެއް..؟!
ވަހީދު
30 May 2017
އަންނަ ރިޔާސީ އިންތިޚާބަށް ބަޔަކު ތައްޔާރުވަނީ...
އިންސާފު
30 May 2017
ހަމަ ޔަޤީނުން ވެސް 2018 ގައި މުހައްމަދު ނަޝީދި ގެ ނަމެއް ވޯޓް ކަރުދާހަކު ނޯންނާނެ އެވެ. އޭނާގެ ނަން ވޯޓް ކަރުދށހުގައި އޮވެއްޖެ ނަމަ ރާއްޖޭގައި ޤާނޫނެއް ނުވަތަ ބާރު ހިގާ ކޯޓް ހުކިމެއް ނެތުނީއެވެ
ރިސޯޓު ކުނިކަހާ ބޮންދު
30 May 2017
އަޖައިބެއް ނުވާނެ! އިނގިރޭސިން މިހެން ބުނީމަ ރުޅިއައިސްގެން ކޮމެއްޓު ކުރާމީހުނައް ނޭގޭދޯ މިގައުމުގެ ޓިފެންސްމިނިސްޓަރު ޓެރަރިޒަމްގެ ހަމަލާޔަކައް ރައްޔިތުން ހުސިޔާރުވެ ތިބެން އިލުތިމާސް ކުރިކުކަމެއް! މިފަދަ ނުރައްކަތެރި ކަމުގެހަބަރު އެގައުމެއްގެ ރައްތުނައް ސަރުކަރުން ދޭއިރު، އެގައުމަކައް ދަރުރުކުރަ އެހެންގައުމުތަކުގެ ރައްޔިތުންނައް އެގައުތަކުގެ ސަރުކާރުން ދިނުމަކީ އެގަމުތަކުގެ ސަރުކާރުގެ ޒިންމާޔެއް ނޭގޭތޯ! އަދި ވަރައް އަވަހައް ޔޫރަފުގެ ގިނަގައުމުތަކުން ތިއިންޒާރު ރައްޔިތުނައްދޭނޭ!
ފަގުޑި
30 May 2017
މިޤައުމުގައި ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭކަން އިގެރޭސީން ނަށް އެގޭނެ ގޮތެއް އޮތީ އެއްމެ ގޮތެކެވެ.އެ ގޮތަކީ "ޓެރެރިސްޓުން" ނާއި އެމީހުނާއި ގުޅިފައި އޮތުމެވެ..ބަލަ އިގެރޭސީން ނަކީ އެމީހުންގެ ޤައުމުގެ ބޮޑެތި ސިޓީ ތަކުގައި ބޮން ގޮއްވާ އިރު ވެސް އެގޭ ބަޔެއް ނޫނެވެ. ދެން މި ރާއްޖޭގެ ކަމެއް އެގޭނީ ކިހިނެއް ބާއެވެ؟
ރޯނުއެދުރު
30 May 2017
އނގެރޭސިވިލާތާ ފަރަންސޭސިވިލާތާ ޖަރުމަނު ވިލާތާ އެމެރިކާވިލާތާ ހުރިހާ ބާރުގަދަ ވިލާތަކުގައި ބޮންގޮއްވާތީ އަދި އަހަރެމެންގެ މި ކުޑަ ޤައުމު އަމާްންކަންމަތީ އޮންނާތީ ހަސަދަވެިވާ މީހުން ޕްރޮޕެގެންޑާ ފަތުރަނީ. ދިވެހިންނޭ ސަމާލުވޭ. އެކަންވސް އެރާވަނީ އަހަރެމެންގެ ތެރެއިން ބަޔަކު އެމީހުނާ ބައިވެރިވެގެން. ދެން ދޮންމީހުން އުޅޭގޮތަށް އުޅެވޭތޯ ބަލާ ގުރޫޕުން ބަލާނެ ރާއްޖެ ހަލަބޮލި ކުރެވޭތޯ؟ ތިޔަ ވިލާތުގެ މީހުން ރާއްޖެ ނައިހެއް ނުތިބޭނެ ކޮންމެ އެއްޗެއް ނެރުނަސް. ޒިކާ ވައިރަސްވެސް ތީ ތިޔަމީހުން ދޫކުރާ އެއްޗެއްނޫންތަ؟ ތިޔަވެސް ދުނިޔޭގަ އުޅެންޏާ މިރާއްޖެއަށްވެސް އަންނާނެ. ގައިމު ރާއްޖެއަކުނެތް ތިޔަ ގައުމުގެ މީހަކަށް ހަމަލައެއްވެސް ދީފައެއް. ތިޔ ަގއުމުގެ ޓެރަރިސްޓުން އުޅޭތީ އެކަމާ ރާއްޖެ ބަދުނާމުކުރަން ތިއެއްޗެއް ތި ނެރެނީ. ބިރުން އުޅޭނެކަމެއްނެތް. މަރުވާނީ އެއްފަހަރު
އުމަރު
30 May 2017
މިކަހަލަ ވާހަކަ ޔޫކޭއިން އަދި އޮސްޓްރޭލިޔާއިން ދައްކާއިރު ކޮބައިތޯ ދިވެހި ސަރުކާރުން މިޤައުމުތަކަށް ފޮނުވާފައިތިބި އެމްބެސެޑަރުންގެ ބަޔާން؟ އެމީހުން ކީއްތޯ މިކުރަނީ؟ ރަނގަޅަށް ވެއްޖެއްޔާ އެމީހުން ބައިވެރިވެގެން މިފަދަ އެޑްވައިޒަރީ ޕަބްލިޝްކުރަނީ، މިކަހަލަ ކަންތަށްވާއިރުވެސް ދިވެހި ސަރުކާރުން އެއްވެސް އެއްޗެކޭ ނުބުނޭ، އަދި އެފަދަ ކަމަކަށް ތައްޔާރޭވެސް ނުބުނޭ
ހިޔަނި
30 May 2017
އާން! އަރުވާލެވިގެން މިއުޅޭ ކުދިންކޮޅަށް އެހީއެއް ވެވެން މިއަދު މިއޮތީ މިގޮތަށް. ވަކި މީހަކު ވެރިކަމަށް ގެނެވުމުން ތިޔަ ބިރުވެރިކަން ފިލާ މުޅިތަން އަމާންވީ. އިނގިރޭސިންނަކީ އަދިވެސް ދުނިޔޭގައި ފަސާދަ ހިންގާ ބައެއް. ޚާއްސަކޮށް މުސްލިމު ގައުމުތަކުގައި ބައިބައިވުމާއި ފިތުނަ އުފައްދާ އަރާރުމާ ހަގުރާމަ އުފެއްދުމުގެ އަޑީގައި ތިބެނީ ދޮން އިނގިރޭސިން
ޖަނީ
30 May 2017
އިނގިރޭސިންނާ އެމެރިކާ މީހުން އަތުން އަމިއްލަ މުސްލިމް ރައްޔިތުން ތަޅާ ސުންނާފަތި ކޮށް ބޮން އަޅަން. 100 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހަތިޔާޜު ގަންނަނީ އިންގިރޭސިން މުސްލިމުންގެ ބޮލަށް ބަޑިޖައްސައިގެންތަ؟ މުސްލިމުންގެ ހަލާކަކީ ކަރަޕްޓް ވެރިން އަދި އެވެރިން ފަހަތުން ދުވާ ކަރަޕްޓް މީހުން. މުސްލިމުން އެންމެ ގިނައިން މިހާޜު މަރަނީވެސް މުސްލިމުން. އައިއެސްއެސްއިން މެރި ކާފަރުންނަށްވުރެ މުސްލިމުން ގިނަ. ސައުދީ މެރި ކަފަރުންނަށްވެު މުސްލިމުން ޔަމަނުގެ ނިކަމެތި ރައްޔިތުން ގިނަ. އަނގަ އޮތީތީ ވާހަކަ ދައްކާ. މިހާޜު ތިޔަގޮތަކަށް ދިވެހިންނަށް އޮޅުވައެއް ނުލެވޭނެ. ދިވެހިން ވަރަށް ހޭލުންތެރި
786
30 May 2017
ދުނިޔޭގައި ވަނީ މުސްލިމުންނާ މުސްލިމުންނާ ދެމެދު މަޒުހަބީ ހަނގުރާމައެއް ފެށިފަ. ފަހުޒަމާނުގެ އަލާމާތެއް ތޯއްޗެ. އެމެރިކާމީހުން އުފަލުން ފޮޅެނީ. ވަރަށް ފައިދާ މިކަމުގައި. އެބައެއްގެ ހަލާކު ނިކުންނާނީ އެބައެއްގެ ތެރެއިން. ބޭރުމީހުންގެ ބޮލަށް ކަނޑައެއް ނުލެވޭނެ