ޚަބަރު / ޔާމީން ރަޝީދު މަރާލުން

ޔާމީންގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ދޭން އާއިލާ އިން ގޮވާލައިފި

ޔާމީން ރަޝީދު: އޭނާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ފުލުހުން އާއްމު ނުކޮށްގެން އާއިލާ އިން ދަނީ ކަންބޮޑުވުންފާޅުކުރަމުން.

އަނިޔާވެރިކޮށް، މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އޭނާގެ އާއިލާ އިން ކަމާ ބެހޭ އިދާރާތަަކަށް މިއަދު ގޮވާލައިފި އެވެ.

އާއިލާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޔާމީންގެ މަރާ ގުޅިގެން އެންމެ ފަހުން ފުލުހުން މައުލޫމާތު ދިނީ މިދިޔަ މަހުގެ 9 ގައި ކަމަށެވެ. ނޫސް ބަޔާން ނެރެ އާއްމުކުރި މައުލޫމާތުގެ އިތުރުން، އެއްވެސް މައުލޫމާތެއް އާއިލާއާ ވެސް މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.

އާއިލާ އިން ބުނި ގޮތުގައި ޔާމީންގެ މަރާ ގުޅޭ މައުލޫމާތު ހޯދަން އާއިލާ އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

"ފޯނުން ގުޅައިގެންނާއި މެސެޖް ކުރުމުން ވެސް ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް އަޅުގަނޑުމެންނަށް ލިބިފައިނުވާތީ ކަންބޮޑުވެ އެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ ޔާމީންގެ މަރަށް ފަހު ވޭތުވެދިޔަ 37 ދުވަހަކީ އާއިލާ އަށް ވަރަށް ހިތްދަތި، ހިތާމަ އިން ފުރިގެންވާ ދުވަސްތަކެއް ކަމަށެވެ. ކޮންމެ ދުވަހެއް ވެސް ހޭދަކުރަނީ، އެ އަނިޔާވެރި އަމަލު ހިންގި ބަޔަކާއި އެކަން ރާވައި ފައިސާ ހޭދަކުރި ބަޔަކު އެނގޭނެ ކަމުގެ އުއްމީދުގައި ކަމަށް އާއިލާ އިން ބުންޏެވެ.

އާއިލާ އިން ބުނި ގޮތުގައި ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާއަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށް ވާ އިރު، އެކަން ކުރުމަށް ނުކުޅެދި، ޔާމީން މަރައިލީ ބައެއްގެ ރޭވުމުންނެވެ. މިއީ، އާއިލާގެ އިތުރުން މުޅި ގައުމަށް ވެސް ކުރިމަތިވެފައިވާ ބިރުވެރި ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ޔާމީން މަރާލި މައްސަލާގައި ފުލުހުން ވަނީ ހަތް މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންނާ ގުޅޭ މައުލޫމާތު އާއްމު ނުކުރި ނަމަވެސް ފުލުހުން ބުނެފައި ވަނީ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

20 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 67%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަންޑެހެލު

31 May 2017

ތިކަމުންވެސް ދޭހަވަނީ ލައްކަވާހަކަ

The name is already taken The name is available. Register?

ޙައިފާ

30 May 2017

ކީވެހައްރުކުރިމީހުންގެނައްތައްސިއްރުކުރައްވީ

The name is already taken The name is available. Register?

Abdul Latheef

06 June 2017

ތަހުގީގަށް ހުރަސްތަކެއް ކުރިމަތިވެދާނެތީވެ

The name is already taken The name is available. Register?

ޅިިޔަނު

30 May 2017

ކުރިން ދިނީމަވެސް ފުލުހުން ކުރާ މަސައްކަތެއް އާއިލާާ އަށް ޤަބޫލު ނުކުރެވި ސިޔާސީ ބޮޑު ޕްރޮޕެގެންޑާ އަކަށް ހަަަދާލައިގެން ތިއުޅެނީ ދެން ދޭނެ ކަމެއްވެސް ނެތް. ޢެހެން މައްސަލަތައް ގެންދާގޮތަށް ގެންދޭ.

The name is already taken The name is available. Register?

♞ އަސްގެ

31 May 2017

އެހެން ކޮންމައްސަލައެއް؟؟؟ ފުލުހުންނަށް ވާނެހާވެސް ކަމަކީ ނުއަތުން ހިފާ ރަންފޮއްޗަކަށް މީހުން ފްރޭމް ކުރުން.. ކޯޓުތަކަށް "އިންޓެލް" ރިޕޯޓް ހުށަހެޅުން..

The name is already taken The name is available. Register?

ގާދިރު

31 May 2017

ތހިފަރާތުގެބޭބެއެއްނޫނީ ކޮއްކޮއެއްެގޮތަށް މަރާލިޔަސް ހަމަ ތހި ބުނި އިބާރާތުން ތހަހުގީގުކުރިޔަށްގެންދަންބުނާނަންތަ ތިފަރާތުންމާ ބޭނުންވާ ކަމެއްތަ ޔާމީން ރަޝީދުމަރާލުމަކީ އޭހުރިހިތާމައެްގެބޮޑުކަމަައެވެ.މިތިބަމުސްލިމުންނޭ

The name is already taken The name is available. Register?

Abdul Latheef

06 June 2017

މުޅިއަކުންގޯހެއްވެސް ނޫން. ކެތްތެރިކަމުގެ ކަންފުޅެއްވެސް ނެތް ވީއްޔަ ޢާއިލާގެ ކިބަޔަކު

The name is already taken The name is available. Register?

ޗޗ

30 May 2017

ރާއްޖޭގައި ޓެރަރިޒެއް ނުހިގާ ދޯ. ލަދު ކޮބާ؟

The name is already taken The name is available. Register?

ޑޑ

30 May 2017

ރާއްޖެއަކު ޓެރަރިޒަމެއް ނުހިނގާ. ރާއްޖޭގައި ހިނގަނީ ތޫނު އެއްޗެހިން ހަމަލާދީ މީހުންމެރުމާއި މާރާމާރީ. ޓެރަރިޒަމަކީ މާސިންގާ ބޮޑެތިބޮން ގޮއްވުމުން އޭގެބާރު އަޑުފައްގަނޑުން މީހުންގެ ހިތުތެރޭ އުފެދޭ ބިރުވެރިކަމުގެ ރާލުބާނީއަށް ކިޔާއުޅޭ އެއްޗެއް.

The name is already taken The name is available. Register?

ޑަންޑެހެލު

31 May 2017

ޜާއްޖޭގަ ޓެރަރިސްޓުންކަމައް ބަލަނީ ސަރުކާރައްފާޑުކިޔާމީހުންނައް.އެއައްވުރެ ނުރައްކާތެރިބަޔަކުދުނިޔޭގަ ނޫޅޭނެ ސަރުކާރުދެކޭގޮތުގަ. ޢެހެންގައުމުތަކުގަ ސަރުކާރައްފާޑުކިޔާހެދުމަކީ އެއްވެސްކަހަލަ ގާނޫނަކުން ކުއްވެރިވާމީހުނެއްނޫން

The name is already taken The name is available. Register?

މީހާ

30 May 2017

ޙެހެހެ... އެބުނާހެން. ތިމައުލޫމާތު ލިބިގެންނޯ ދެން އޭނަޔާމެދު ކަންވާނެ ގޮތެއް އާހިރުގަ އެނގޭނީ....

The name is already taken The name is available. Register?

ސަހަރޯ

30 May 2017

ދަރީގެ ގަތުލުގެ ވާހަކަ އާއިލާއިން ދެއްކީމަވެސް ކަލޭ އަންނަނީ ހިނިދޯ؟ ތިކަހަލަ ރަހުމެއްނެތް ދިވެހިން ގިނަކަމުން ގައުމު މިއޮއްގެން އޮޔާދަނީ!

The name is already taken The name is available. Register?

ޓުރަމްޕު

30 May 2017

މީހާ އަކީ ކަނޑައެޅިގެން ނަފުރަތުން ފުރިފައިވާ ހަސަދަ ވެރިކަމުގެ އަލިފާނުން މީހާގެ މުޅި ނަފުސު ހަލާކުގެ ތެރެއިން ވާ މީހެއް

The name is already taken The name is available. Register?

GAN Island

30 May 2017

އިޤިރޭސި ވިލާތާއި އެމަރިކާއިން ރާއްޖޭގައި ޓެރަރިސްޓް ހަމަލައެއް ދީފާނެ ކަމުގެ އިންޒާރުދީ ''ސަރުކާރު ސަމާލު ކަމަށ ްގެނެސް ފައިވާ ދަނޑިވަޅެއްގައި'' ފުލުހުން ޖެހޭ ރާއްޖޭގެ ޤައުމީ ސަލާމަތާއި ގުޅުން ހުރި މިފަދަ މައްސަލަތަށް ތަންކޮޅެއް ސީރިއަސްކޮށް ނަގާން. . . . ރާއްޖޭގެ ޤާނޫނު ހަދ މަޖިލީހުގެ މެންބަރު ޑރ އަފްރާޝީމް އަލީ ޕީޕީއެމް ގެ ރިޔާސީ ޕްރައިމެރީޒް ބޯމަތިވެފައިވަނިކޮށް ''ޤަތުލު ކޮށްލި'' އަދި އެ ޤަތުލުގެ ވާހަކަ އާއި ރާއްޖޭގައި ހިންގާފައިވާ ބައެއް ''ވައްކަން ތަކާއި ދައުލަތުގެ މުދަލަށް ހިޔާނާތް ތެރި ވުމުގެ ވާހަކަ'' ނޫސް ވެރިޔާ ރިލުވާން އަޙްމަދު Maldives Independent އޮންލައިން ނޫހުގައި ޝާއިއު ކުރައްވަމުން ދަނިކޮށް ''އޭނާ ވަގަށްނެގި'' މީގެ އިތުރުން ''ގޮތް ނޭގޭ އެތައް މަރުތަކެއް'' ވޭތުވެދިޔަ 3 އަހަރު ތެރޭގައި ރާއްޖޭގައި ހިގައިފި. . . . . ބަންގްލަދޭޝް ގައި ކިޔަވަމުން ދިޔަ ދިވެހި ޒުވާން އަންހެން ކުއްޖަކު ދަންޖެހުނު ކަމަށް ބުނާ މައްސަލައިގެ ހަބަރު ތަކުގެ ވާހަކައިން ބޭރު ނުވެވިގެން އުޅެނިކޮށް Maldives Stock Exchange ގައި މަސައްކަތް ކުރަމުން ދިޔަ އައްޑޫ ސިޓީ ގެ ޒުވާން ތޫނުފިލި ކުއްޖެއްކަމަށްވާ Yameen Rasheed ތިތުމަހަށް ކޮށާ އޭނާ ދިރިއުޅޭ ގޭގެ ސިޑި ބުޑަށް އުކާލި. . . . . މިފަދަ މައްސަލަތައް ނުބެލި ދިގުދެމިގެން ދިއުމަކީ ''އޭގެ ނުރަނގަޅު އަސަރު'' ރައްޔިތުންނަށް ކުރާނެ ކަމެއް. އަދި އެފަދަ ކަންކަން ކުރާ މީހުންނަށް ''ހިތްވަރު ލިބި'' އިތުރު އެތައްބައެއްގެ ފުރާނަ ގެއްލިދާނެ ކަމެއް. އާއިލާގެ ގޮވާލުމަށް ތާއީދު ކުރަން.

The name is already taken The name is available. Register?

ފަޅުވެރިން

30 May 2017

ތިބުނީ އދ. އާއި އިންޑިއާ ސަރުކާރުން ހިންގި ތަޙްޤީޤުގެ ވާހަކަދޯ؟؟

The name is already taken The name is available. Register?

ދޮންދައްތަ

30 May 2017

ޢެންމެ ވަރުގަދަ މަރުގެ އެއްމަސަލަ ލޯޔަރު ނަޖީބުގެ .. ޕެޓިޝަންތަކާ ހިނގާލުމާ ސަފީރުންނާ ކައިރި ގައުމުތަކަށް އާއިލާއިންނުދޭ އެއޮތީ ނިމިފަ...

The name is already taken The name is available. Register?

ސިންތިލީ ވޫމް

30 May 2017

މައްސްލަތުގައި ތަފުސީލު ނުދެވޭ ބަޔަކައް ކޮން މައުލޫމާތެއް ހިއްސާ ކުރެވޭނީ!!!!

The name is already taken The name is available. Register?

މާމަ

30 May 2017

ތަހުގީގު ކުރަމުންދާ މައްސަލަތަކުގަ އާއިލާއެއްކަމަކު ތީފުކެއް ބޮޑުވަރު

The name is already taken The name is available. Register?

ތަހުގީގް

30 May 2017

ތި ތަހުގީގްއެއް ނުނިމުނެއްނު.

The name is already taken The name is available. Register?

ވާނުވާ

31 May 2017

ރިލުވާނު ގެއްލުވާލިތާ 2 އަހަރަށް ވުރެ ގިނަދުވަސްވެއްޖެ. ފުލުހުންނަށް ކިތަށް ގަރުނު ބޭނުންވަނީ ތަހުގީގުކުރަން؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454