ރޭގެ އެކްސިޑެންޓުގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދަނީ: އޭގެ ތެރޭން ހަތަރު މީހެއްގެ ހާލު ސީރިއަސް-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
31 މެއި 2017 - 11:10
ރީތި ރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ކަންނެލި ދޯންޏެއްގައި، ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހަކަށް މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.
މި އެކްސިޑެންޓުގައި އަނިޔާވެގެން 14 މީހަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެކަމަކު އޭގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި ތިބީ ހަތް މީހަކު ކަމަށް އޭޑީކޭ އިން ބުންޏެވެ.
މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ހަތަރު ދިވެހިންގެ ތެރެއިން، ހާލު ބޮޑު ދެ މީހުންގެ އެތެރެ ހަށީގެ ބައެއް ގުނަވަންތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެކެއްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އަފްއާލް ވިދާޅުވި އެވެ. އޭނާގެ ބޮލުގެ އޮޕަރޭޝަނެއް މިހާރު ވަނީ ކޮށްފަ އެވެ.
"ދެ މީހުންގެ ހާލު ވެސް ވަރަށް ކްރިޓިކަލް. ޑޮކްޓަރުންނަށް [އެމީހުންގެ ހާލަތާ ގުޅޭ ގޮތުން] އަދި ވަކި އިތުރު އެއްޗެއް ބުނާކަށް ނޭނގެ،" އަފްއާލް ވިދާޅުވި އެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން މިހާރު ވޯޑުގައި ތިބި ތިން މީހުންގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނެ އެވެ.
އަނިޔާވި ހުރިހާ އެންމެންނަކީ ވެސް ސަމާ އައިލެންޑްގެ މުވައްޒަފުންނެވެ.
އޭޑީކޭގައި ހުރި އެ ރިސޯޓުގެ މުވައްޒަފަކު ރޭ "މިހާރު" އަށް ކިޔައިދިން ގޮތުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި ސަމާ އައިލެންޑްގެ ހަތަރު ސެކްޝަނެއްގެ މެނޭޖަރުން ވެސް ހިމެނެ އެވެ.
"ބޮޑެތި އަނިތާކެއް ވެފައި އެބަހުރި. ބުމަ ފަޅައިގެން ދިއުމާއި ހުޅު ނެއްޓުން ފަދަ ބޮޑެތި އަނިޔާތައް ބައެއް މީހުންނަށް ވަނީ ވެފައި،" އޭނާ ބުންޏެވެ.
އަނިޔާވި މީހުން މާލެ ގެނެސް ލޯންޗުން ބޭލި އިރު، ބައެއް މީހުންގެ އަނގަމަތި ފަޅައިގެން ގޮސް ވަރަށް ގިނައިން ލޭ ފައިބާފައި ހުރި ތަން ފެނިފައިވެ އެވެ. އަދި ބައެއް މީހުން ލޯންޗުން ފޭބި އިރު ރަނގަޅަށް ނުހިނގޭކަން ވެސް ފާހަގަ ކުރެވުނެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ސަމާ އައިލެންޑް ރިސޯޓްގެ ލޯންޗް ގޮސް ޖެހުނު ދޯނީގެ ލައިޓް ހުރީ ނުދިއްލަ އެވެ. އެހެންވެ، ރީތި ރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް އެ ދޯނި، ލޯންޗުގެ ކެޕްޓަނަށް ނުފެނުމުގެ ސަބަބުން ގޮސް އޭގައި ޖެހި އެކްސިޑެންޓް ހިނގީ ކަމަށް ކޯސްޓް ގާޑުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
31 May 2017
ރޭގަޑު ކަނުއަނދިރީގައި ލޯންޗްވެސް ދުއްވަންވާނީ މެކްހަށް ޖަހާފަކައިނޫން ،،، އެއީ ނޭންގިތިއްބާ ކޮންމެ އެއްޗެއްގައިވެސް ޖެހިދާނެ ،،، ކަޑުގައި އޮޔާދާ ލަކުޑިގަޑެއްނޫނީ އެހެންޒާތެއްގެ އެއްޗެއްގައިވެސް ޖެހިދާނެ ،،، އޭގައި ނުހުންނާނެ ބޮކިދިއްލާފަކާ ،،، ދެންއޮތް އަނެއްކަމަކީ ތިޔަދޯނީގައި ބޮކިދިއްލާފައިނެތިގެން ހިނގިކަމެށްކަމަށް ތިޔަބުނަނީ ،،،، މިސާލަކަށް ދޯނީގެ ބޮކިތަށް ހުރީ ޓެކްނިކަލް މައްސަލައެއްގައި ނިވިފަޔޯ ދެން ކީކޭތޯ ބުނާނީ ،،،، އެހެންވީމައި ރޭގަޑި ލޯންޗްދުއްވާއިރު ކުޑާކޮށް ބަލާލައިގެން މަޑުމަޑުން ދުއްވުމަކީ ބުއްދިވެރިކަމެށްކަމަށް ގިނަމީހުން ދެކޭ ،،، ވަރަށްވެދުން
މޮޔަ
01 June 2017
މޮުޔަޔާ ދޯނީގެ ލައިޓްތަށް ޗެކްކުރަން ޖެހޭނެ ދޯނިމީހުން ބަރާބަރަށް ކަނޑުމެދުގަ އަޅައިގެނަ ދެފައި ދަމާގަ ނިދާކަށް ނުތިބެވޭނެ.
ސޮވަަލެއް
31 May 2017
މިކަހަލަ ހާލަތް ތަކުގަ ހޮސްޕިޓަލް އަށް ލާރި ދައްކަނީ ކޮން ފަރާތަކުން؟
ކީކޭދެންބުނާނީ
31 May 2017
ބަޔެއްގެ ފުރާނައަށްވުރެވެސް ލާރި ދޯ މުހިންމުވެގެން ތިއުޅެނީ!
ޫކމނޖބ
31 May 2017
ހަމަ ނޭނގިގެން އަހާލީ. ހޮސްޕިޓަލުން ހިލޭ ސާބަހައް ތޯ ނުުުނީ ރިސޯރޓުން ތޯ ނޫނީ އެ މީހެއްގެ އަމިއްލަ ޖީބުންތޯ.
ސސ
31 May 2017
އަވަސް ޝިފާޔަކަށް އެދެން ހުރިހާ މީހުނަށް! ރަތްކާވެ ތިބިއްޔާ ދަތުރެއް!
ެައަހަޑޭ
31 May 2017
ދޯނީގަމީހުންތިބިތަ؟
ާއަހަޑޭ
31 May 2017
ކޮންނަމެތްކިޔާދޯނޏެތް؟
ޢަލީ
31 May 2017
ހިތާމަވެރި ހަބަރެއް ޔާﷲ އެމީހުންނައް އަވަސްޝިފާދެއްވާށި މިފަދަ ހިތާމަވެރި ހާދިސާތަކުގަ ނުކުޅެދިފަތިބޭ މީހުންނައް ދައުލަތުގެ ބަޖެޓުން ފާސްކޮއްގެން ކޮންމެސްވަރެއްގެ އުޖޫރައެއް ލިބޭނެމަގު ހޯދަންޖެހޭ
ހިސާމް
31 May 2017
ސ.މީދޫ ހަނދުވަރުމަތީގެ އަލީ ވަސީމް ގެ ސިކުނޑިއަށް ލޭއެޅި ސިކުނޑި ވަނީ ދުޅަވެފަ.ޑރ ވިދާޅުވީ މިވަގުތު ކުރެވޭނެ ކަމަަކީ ކައިރީގައި ބަލަހައްޓައިގެން ތިބުމޭ. މިވަގުތުވީ ބޮޑު އޮފަރޭސަން އެއް ކޮށްފައި.
ނީސާ މީޑޫ އައްޑޫ
31 May 2017
ސ.މީދޫ ހަނދުވަރުމަތީގޭ އަލީ ވަސީމް އަދި އެކްސިޑެންޓްގައި އަނިޔާ ވި މީހުންނަށް އަވަސް ސިފާ އެއްދެއްވުން އެދި މާތް ރަސްކަލާންގެއަށް ދުއާ ދަންނަވަން. އާމީން!!
ޤައުމު
31 May 2017
ރޭގަނޑު ކަނު އަނދިރީގައި ދުއްވަންވާނީ މަޑުން ބަލައިގެން. ނެރުން ނިކުންނަ އިރު އޮންނަނީ ލޯންޗުގެ ސްޕީޑް 40 ގައި. އޮޔާދާ އެއްޗެއްވެސް އޮވެދާނެ. ކަނޑުމަތީ އެކްސިޑެންޓްގައި ދެފަރާތުންވެސް ޒިންމާ ނަގަންޖެހޭ! އަނިޔާ ވިފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެން.