އިދިކޮޅު ޕާޓީތަކުގެ ޕްރެސް ކޮންފަރެންސެއްގައި ފާރިސް ވާހަކަ ދައްކަވަނީ: ބޮޑުދައިތަގެ ހާލު ދެކިލަން އޭނާ ސިންގަޕޫރަށް ނުފޮނުވި މައްސަލާގައި ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
01 ޖޫން 2017 - 13:21
ސިންގަޕޫރުގައި ފަރުވާދެމުން ދިޔަ، ބޮޑުދައިތަ ފަރީޝާ އިބްރާހިމް ދެކިލަން ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އެދި ފާރިސް މައުމޫން ތަކުރާރުކޮށް ސަރުކާރުގައި އާދޭސް ދެންނެވި އެވެ؛ އެކަމަކު ރޭ އެކަމަނާ އަވަހާރަވިއިރު ވެސް ސަރުކާރުން އެ ފުރުސަތު އޭނާއަކަށް ނުދިނެވެ. މި މައްސަލާގައި އެތައް ބައެއްގެ ނުރުހުން މިވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.
ފަރީޝާގެ މޫނު ދެކިލަން ފާރިސް މަހްރޫމްކުރުމަކީ، އެތައް ބަޔަކު ސިފަކުރާ ގޮތުގައި، ސަރުކާރުގެ ރަހުމް ކުޑަ އަމަލެކެވެ. އަދި އެ މީހުން ދެކެނީ މިއީ، ފާރިސް އާއި އޭނާގެ އާއިލާ އަށް ދިން ވަރަށް ބޮޑު އަނިޔާއެއްގެ ގޮތުގަ އެވެ.
"ބޮޑުދައިތަގެ މޫނު ފެނިލުމުން ވެސް [ފާރިސް] މަހްރޫމްތިކޮށްލީ، ތިބާއަށް މިކަހަލަ ކަމެއް މިންވަރު ކުރެއްވީމާ އިނގޭނީ ކުރާނެ އަސަރު. ހެޔޮނުވާނެ، ސިޔާސީ ވިޔަސް މީ ބޮޑުވަރު،" ފާރިސްއާ މެދު އަމަލުކުރި ގޮތް ނުރުހުންފާޅުކުރި އެކަކު ބުންޏެވެ.
ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި އެތައް ބަޔަކު ދެކޭ ގޮތުގައި ފާރިސް ނުފޮނުވީ ސިޔާސީ މަގްސަދެއްގަ އެވެ. އެކަމަކު އެއިން ސަރުކާރަށް ލިބުނު މޮޅަކީ ކޮބައިތޯ ސުވާލު އުފައްދަ އެވެ.
ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފާރިސް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދިނީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ފިއްލަވާފާނެތީ އެވެ. މިއަށް ރައްދު ދެއްވައި، ނުފިއްލަވާނެ ކަމަށާއި ސަރުކާރަށް އޭނާއާ މެދު އިތުބާރު ނެތް ނަމަ ފުލުހުންނާ އެކު ފޮނުއްވައިދެއްވަން ވެސް އެދިވަޑައިގަތެވެ. އެއާއެކު ޕާސްޕޯޓް ދޫނުކުރާ ނަމަ ޓްރެވަލް ޑޮކިއުމަންޓެއްގައި ނަމަވެސް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވަން ރަސްމީ އިދާރާތަކުގައި އެދިވަޑައިގެންނެވި އެވެ.
PP hifahattaagen ulhefa. Bodethi kuverinves furuvaslevey. Siyaasee vias bodu varu. Kuvveri nuvanees adabu. Raees ah mihen dhannavaa dhevva.
— AaNGe' (@aange80) May 31, 2017
މި ޝަރުތުތަކާ އެކު ވެސް އޭނާ ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދެއްވުމަކީ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށް ވެސް އެއް ބަޔަކު ދެކެ އެވެ. ސަބަބަކީ، ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ މީހުން ވެސް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދީފައިވާތީ އެވެ.
"ފާރިސްގެ މައްޗަށް ހިންގަނީ ތަހުގީގެއް، އެ ބަހަނާ ދައްކައި އޭނާ ނުފޮނުވިއިރު، އެއަށް ވުރެ ބޮޑެތި ކުށްވެރިން ބޭރަށް ފޮނުވާފައި އެބަހުރި،" އެކަކު ބުންޏެވެ.
ފާރިސްއާ މެދު އަމަލުކުރި ގޮތުން ސަރުކާރު މިވަނީ "ހޫނު ފެނަށް ވެއްޓިފަ" އެވެ. ފާރިސް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދިނީ، ތަހުގީގަށް ފިއްލަވާފާނެތީ ކަމަށް ސަރުކާރުން ބުންޏަސް ގިނަ ބަޔަކު އެކަން ގަބޫލެއް ނުކުރެ އެވެ. އެކަން އެނގެނީ ސޯޝަލް މީޑިއާގައި ސަރުކާރާ މެދު ނުރުހުން ފާޅުކޮށް އޮއްސާލާފައިވާ ޝަކުވާތަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަޑާ/މޅެ
04 June 2017
ޖަލުމީހުނަށް ބަފާގެ މޫނު ނުފެނި ވަޅުލާނންޖެހިފަިވޭ..ތީ މާވަރެހްގެ ކަމެހްނޫން.!
ޗިއްލޫ
03 June 2017
ސަރުކާރުން ބޮޑެތިކިތެއް ކުއްވެރިން ފިއްލަވާފައެބަވޭ، ރައްޔިތުންނަށް މިކަންކަން ނޭގޭކަމެއްހީކުރަނީތޯ؟؟؟ ސިޔާސީވިޔަސް ތަންފުކެއްބޮޑުވަރުތީ، ހޯމްމިނިސްޓަރު ކަލެއަށްވެސް މިފަދަ ކަމެއްދިމާވެދާނެކަމާމެދު ނުވިސްނަނީތޯ؟؟؟ ކަލޭގެ ވަޒީފާ އަދާނުކޮށް ކަލޭތިޔަކުރަނީ އެހެންކަމެއް!
ހަބޭސް
03 June 2017
ޙަބޭސް ދޯ ،! މާއިގޭ ސަރުކާރު!
ވެއްޓުޓު
03 June 2017
ވެއްޓެމުންދާ އެއްޗަކަށް އަބަދުވެސް ހެދޭނީ ގޯސް!!!
އަޙްމަދު
02 June 2017
"ފާފައަކައްނުވާ" ކޮއްމެކަމެއްގައި މުސްލިމު ވެރިޔާ ކިތައްމެ އަނިޔާވެރިވިނަމަވެސް އެ މުސްލިމު ވެރިޔާއަށް އަޑުއަހާކިޔަމަންވުން ވާޖިބުވެގެންވެއެވެ. ޤުރްއާނާއި نبي صلى الله عليه وسلمގެ ޡާހިރު ސުއްނަތުން ދަލީލު ބައިވަރު. (އިޙްލާސްތެެރިކަމެއްހުރީވިއްޔާ ބައްލަވާ)
އަނިޔާ
03 June 2017
އަނިޔާވެރި ވުމަކީ ފާފައަކައް ނުވަނީތާ ދޯ
ޗިއްލޫ
03 June 2017
އަހުމަދުގެ ނަމުން ކޮމެންޓްކުރެއްވިބޭފުޅާޔަށް ފާފައަކީ ކޮބާކަމެއްކަން ނޭގި މޮޅެތިވާހަކަ ދައްކަން ހެދުމުން ފަލީހަށްތިޔަވަނީ
ގަޓް ރައީސް
02 June 2017
ބޮޑުދައިތަ ބަލިވުމުން އެކަމުގެ ނާޖާއިޒް ފައިދާ ނެގިގެން ނުވާނެ ތާއެވެ..ހަޤީޤަތުގައި ވެސް ފާރިޝް ފުލުހުން ނަށް ފޮލުމަކީ އެކަށީގެންވާ ކަމެކެވެ. މައިބަދަ އޮޕަރޭޝަނަށް ދިޔަ މީހާ މިހާރު ކޮބާތޯއެވެ. ޢޭނަ ވެސް އެ އުޅެނީ ރާއްޖެ އަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ޓީމެއް ގޮވާގެން ގޮސް ޖަރުމަނު ވިލާތުގައެވެ ފާރިޝް ފުރަން ހުއްދަ ދިން ނަމަ މިހާރު ހުންނާނީ އެ ދަތުރު ގޮހެވެ.
ސިދުގީ
03 June 2017
ހެޔޮކޮން ތިބުނީ
ބޮޑުވަރު
02 June 2017
ކެތްތެރިންނާއި އެކުﷲ ސވތ ވޮޑިގެންނަވާކަމުގައި އަންގަވާފައިވޭ ދުނިޔޭގަ ހުރެމެ ޔާމީން ގައްޔޫމް މިކަން ތަހަންމަލް ކުރާނެ އިންޝާﷲ
ކަރުންމަތީގެ ޑޮކްޓަރު
01 June 2017
ހޫނުފެނަށް ވެއްޓިއްޖެޔޭ ކިޔައިގެން ފިތުނަ އުފެއްދުމަށް ތިކުރާ މަސައްކަތް ހުއްޓާލަން ގޮވާލަން.
ތަކުރު
02 June 2017
ފާރިޝް އުޅުނީ އަންނި އާއެކު ޖަރުމަނަށް ދާން.. އެކަން މިސަރުކާރަށް އެގޭ ޓޫރިޒަމް ބޮއިކަޓް ކުރިމުގެ ޖަލްސާ ގައި ބައިވެތި ވާން.
ހަސަނާ
01 June 2017
ހަދަންވީގޮތަށް ހެދީ. އަހަރެމެން ސަރުކާރަށް ތާއީދު ބަރާބަރުހަމަ. ފިތުނައަކަށް ރަހުމެއް ނޯންނާނެ.
އައިމިނަ
01 June 2017
ޙަސަނާ ތިޔަހުރީ ރަނގަޅަށް މޮޔަވެފަ.
އަލީ
01 June 2017
ތިރައީސް ވެރިކަމުން ބާލާ. ރައީސް ކަމަށް ކުފޫ ހަމައެއްނުވޭ