މިނިސްޓަރު އާސިމް، ލަންކާގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުން. -
05 ޖޫން 2017 - 17:01
ސްރީ ލަންކާ އަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް ރާއްޖޭން ދިނީ 25،000 ޑޮލަރު (385،000 ރުފިޔާ) ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފި އެވެ.
ލަންކާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ލަންކާ އަށް ވަޑައިގެން ފައިސާގެ ޗެކު ހަވާލު ކޮށްދެއްވީ ލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނަނަޔަކޭއާ އެވެ.
މި ބައްދަލުވުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުންނާއި އިގްތިސާދީ، ސިއްހީ، ތައުލީމީ އަދި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ލަންކާގެ ނޫސްތަކުގައިވެ އެވެ.
ވިއްސާރައިގައި ލަންކާގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖޭން އެހީވުމާ ގުޅިގެން ލަންކާ އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ވިއްސާރައިގައި ކުރިމަތިވި އެކި ހާދިސާތަކުގައި ލަންކާއިން 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. ލަންކާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ދުނިޔޭގެ އެކިއެކި ގައުމުތަކުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙެހެހެ
06 June 2017
ޝޯއެއް ބޭއްވި ނަމަވެސް ތިޔަށްވުރެ ގިނައިން ފައިސާ އެއް ކުރެވުނީސް! 25،000 ޑޮރަލޭ! ލަދުން ބޯ ހަލާކު!
މަޗާ
06 June 2017
ލަދް. ލަދް.
މެންޓަލް ކޭސް
06 June 2017
އަހަރެން ހީކުރީ 3 ރފ ކަމަށް
ހުސޭނުބެ
05 June 2017
ހަދިޔާއެއްގެ ގޮތުގައި ރާއްޖެއިން ދިން 25000 ޑޮލަރު ލަންކާ ރުފިޔާއިން ބަލާނަމަ އެއީ 2910000 (ދެމިލިއަން ނުވަލައްކަ ދިހަހާސް ރުޕީސް) އެވެ!! އެހެންވީމަ އެެއީ ކުޑައެއްޗެއްނޫން!!
ޒައި
05 June 2017
އެހެންވެ ލަދުންދޯ އަދަދު ބުނަން ނުކެރިގެން އުޅުނީ... ނޭނގެ ދޯ ފަޅާއަރާބެކަމެއް..މިއީ ހުޅުވާލެވިފައިވާ ދުނިޔެއެއްކަމެއް
އަޅުގަނޑު ބުނާނީ
05 June 2017
ދިވެހި ރާއްޖޭން ލަންކާއަށް ދިންއެހީއަކީ މިސަރުކާރުން ދިވެހިންނަށް ކުރި މަލާމާތެއް.
ބަކުރުބެ
05 June 2017
ތިކަމަކީ ދިވެހިންގެ އެންމެ ގަދިމީ އެކުވެރި އަވައްޓެރި ގައުލަތަށް ކުރި ބޮޑުވެގެންވާ މަލާމާތެއް. ދިވެހި ރައްޔަތުންގެ އަގުވައްޓލާ ފަލީހަތް ކުރުން ނޫން ދެން ކޮންކަމެއް.
ސަލީފް
05 June 2017
އެއްޗެއް ދިނީމޭ ބުނަން އެއްޗެއް ދިނުމަކުން ނުވާނެ. ދިވެހިން ލަދުގަންނަވަން މިކަހަލަ މޮޔަކަންކަން ނުކޮށްބަލަ!
ޢަބްދުﷲނާފިޒު
05 June 2017
މިހާ ބޮޑު އެހީއެއް ވެވުނީމަ ދެއްތޮ، ދިވެހި ސަރުކާރުން އެކަން ސިއްރު ކޮށްފަ މިއޮތީ، މިހާރު ކިހާ ރީތި، އެހީވި ޤައުމުތަކުގެ ލިސްޓަށް އަރުވާލަން ކުރެއްވި ކަމެއް ދެއްތޮ، ލަދު................
ޢަލީ
05 June 2017
އެވަރު އެތިކޮޅެއް ދޭން ލައްކަ އެއްހާ ރުފިޔާ ހަރަދުކޮށްފަ ވަފުދުތައް ފިނުވީ؟ަަަަަަަަަަަަަަަަަަަަަަަަަަަަަ މާލޭގަހުންނަ އެންބަސީއަށް ދިންނަމަދޯ ލަންކާ އަށް ދާންދިޔަހަރަދު ވެސް ލާފަ ތަންކޮޅެއް ބޮޑު އެހީއެއް ދެވުނީސް