މިދިޔަ އަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް މާލޭގައި ބޭއްވި ކުޑަކުދިންގެ ހިނގާލުމުގެ ތެރެއިން: މި އަހަރުގެ ފިތުރު އީދަށް ބޮޑު ބަންދެއް ލިބޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައި.---މިހާރު ފައިލް ފޮޓޯ
06 ޖޫން 2017 - 16:11
މި އަހަރުގެ ފިތުރު އީދާ ގުޅިގެން މި މަހުގެ 29،28 އަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނެފައިވާ ގޮތުން އީދު ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.
ކަލަންޑަރުގައި ކުރިން ކަނޑައަޅާފައިވާ ގޮތުން ނަމަ މި މަހުގެ 29،28 އަކީ ސަރުކާރު ބަންދު ދުވަހެއް ނޫނެވެ. އެހެންވެ، އީދާ ގުޅިގެން ރަސްމީކޮށް ބަންދުކުރާ ތިން ދުވަހާއެކު، ހުކުރާއި ހޮނިހިރުދުވަސް ހިމަނައިގެން ޖުމްލަ ފަސް ދުވަސް ބަންދު ދުވަހުގެ ގޮތުގައި ކުރިން ލިބެ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، މި މަހުގެ 25 ވަނަ ދުވަހަކީ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި ނަމަ، އެ ދުވަސް ސަރުކާރުގެ ބަންދު ދުވަހުގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. ނަމަވެސް އީދު ބަންދު ތިން ދުވަސް (28،27،26) އާ އެކު 29 ވަނަ ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެގޮތަށް ހަމަޖެހުމުން އީދު ބަންދަށް ހަ ދުވަސް ލިބޭނެ އެވެ. އެއީ ހަފުތާ ބަންދު ދެ ދުވަސް (ހުކުރު، ހޮނިހިރު) ހިމަނައިގެންނެވެ.
"މި ގޮތަށް މި ހަމަޖެއްސެވީ، ފިތުރު އީދާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެ ނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައައްޑޫ ގޮއްޔެ
07 June 2017
2018 ކައިރި ވާވަރަށް ރައްޔިތުންގެ ލޮލުގައި އަނދުން އަޅާ ވަރު ދޯ .......ސާބަހޭ ޔާންޓޭ
ޝަހީމް
07 June 2017
ބަލަ އަނގަޔާ އަތާ ދިމާނުވެޔޭ ބުނާއިރު ހަދާހާ ކާއެއްޗިއްސެއް އިސްރާފް ކުރުން ރަނގަލުދޯ
އަލީ
07 June 2017
އަކަމަކު ވެސް ހަމަ ނޯ އޭ ބުނަން ޖެހޭނީ....
ޕޮކަންޑި މޭން
07 June 2017
ދައުލަތުގެ މުއައްޒަފުންނާއި ރައްޔިތުންގެ އިހްސާސްތައް މިހާ ވަރަށް ދަންނަ އަދި އިހްތިރާމްކުރާ ވެރިޔެއް ނުދެކެން.
ޒިންދަގީ
06 June 2017
ކަލޯ ތިޔާދެން 2018 ޔަގީންވީނު.. އިތުރަކަށް އެއްވެސް ކަމެއްނުޖެހޭނެ ކުރާކަށް..
އައިންތު
06 June 2017
ދިރާސީ ކަލަންޑަރު ހަދާއިރު މިފަދަ ދުވަސްތަކަށް ވިސްނައިގެން ހަދާނަމަ ކިޔެވުން މެދުނުކެނޑޭނެ.މިހާރު މި ވީގޮތުން ޗުއްޓީ ނިންމާފަ އެއް ހަފްތާ ކިޔަވާފަ އަނެއްކާ ޢީދު ބަންދު
ރޮކެޓް ސައިންސް
06 June 2017
ދެން ކިޔަންވީތަ ހާދަ ހެޔޮފުޅޭ. ނުކިޔާނަން ހެޔޮފުޅެކޭ. މިބުނީނުން ނުކިޔާނަމޭ ހެޔޮފުޅޭކޭ. އަނގަޔާ އަތާ ދިމާނުވެގެން އުޅޭއިރު އީދުބަންދު ގިނަކޮއްގެން ކެއްކޭނެ ރިހައެއްނެތޭ. ވަރަށް ސަލާމް
ޟިމަހޭ
06 June 2017
މި މަހޭ؟!
ރ.މޫސަބެ
06 June 2017
ތަމެން ބޭނުންހާ އެއްޗެއ ނެހެދޭނެ...މަމެންގެ ވެރިކަމެއްގަ ލާޖު ކޮއް ގަތަރާ އީރާނާ ގުޅުނަ ބަދަހި ކޮއް މިނިވަން ކަމާއެކު ކަންކަން ނިންމާނަން
މަމެން
06 June 2017
ތިކަމުން ޕުރައިވެޓް އޮފީސް ތަކުގައި މަސައްކަތް ކުރާ މީހުންނަކަށް ނެއް އުފަލެއް. ސަރުކާރުގެ ކޮރައްޕްޓް އަތްވަންނަ ކުންފުނިތަކަށްވެސް ނެއް އުފަލެއް،