މަގުމަތީގައި ބަހައްޓާފައި ހުރި ކުނި ކޮތަޅުތަކެއް-- ފޮޓޯ: ރޯޅި ނިއުސް
08 ޖޫން 2017 - 16:48
ކުނި އުކާލުމުގެ ހިދުމަތް ބޭނުންވާ ގޭގޭގެ އަދަދު އިތުރު ކުރަން ޑޯޓުޑޯ ކެމްޕޭނެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ފަށައިފި އެވެ.
ކުނި އުކާލަން ސަރުކާރުން އުފައްދާފައިވާ ކުންފުނިން ބުނީ ކެމްޕޭނުގައި މާލެއާއި ހުޅުމާލޭގެ ގޭބިސީ ތަކަށް އެ ކުންފުނީގެ ޓީމުން ގޮސް ވޭސްޓް މެނޭޖްމަންޓް ހިދުމަތަށް ރަޖިސްޓްރީ ކުރަން އެހީވާނެ ކަމަށެވެ. އަދި ސަރުކާރު އޮފީސްތަކާ އެކިއެކި އިދާރާތަކަށް ވެސް ގޮސް ރަޖިސްޓްރީ ކުރުމަށް ބާރު އަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވެމްކޯ އިން ބުނީ މި ކެމްޕޭން ފެށީ އަންނަ މަހުން ފެށިގެން ގަވައިދާ ހިލާފަށް ކުނި އުކާލާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވާތީ ކަމަށެވެ.
ވެމްކޯ ކަލެކްޝަން ސާވިސް މެނޭޖާ ހިދާޔާ ނަސީރު ވިދާޅުވީ މިވަގުތު ގަވައިދާ އެއްގޮތަށް ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީ ކޮށްފައިވަނީ ގާތްގަނޑަކަށް 1،500 ގޭބިސީ ކަމަށެވެ. އެއީ މާލެއާއި ހުޅުމާލޭގެ ގެދޮރުގެ ނިސްބަތަށް ބަލާއިރު ގާތްގަނޑަކަށް ހަ ޕަސަންޓް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ވެމްކޯ ކަލެކްޝަން ސާވިސް މެނޭޖާ ހިދާޔާ ނަސީރު ވިދާޅުވީ މިހާރު އެ ކުންފުނީގެ ހިދުމަތް ހޯދަނީ މާލޭގެ ގޭބިސީތަކުގެ އެންމެ 6 ޕަސަންޓު ކަމަށް.
ކުނި އުކާލާ ގޭގެ އަދަދު އިތުރުކުރަން މިއަދު ފެށި ޑޯޓުޑޯ ކެންޕޭން ނިމޭނީ މި މަހު 21 ވަނަ ދުވަހު އެވެ.
ވެމްކޯ އިން ބުނީ އެއަށް ފަހު ވެލާނާގޭ ދޮރުމަތީ މޭޒެއް ހުޅުވައިގެން ރަޖިސްޓްރީ ކުރަން އިތުރު ފުރުސަތެއް ލިބޭނެ ކަމަށެވެ. އަދި ރަޖިސްޓާ ކުރާ ފޯމު ވެމްކޯ ވެބްސައިޓުން ޑައުންލޯޑް ކޮށް އެ ކުންފުންޏަށް މެއިލް ވެސް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖާ މުހައްމަދު އިގްބާލު ވިދާޅުވީ އެ ކުންފުނީގެ ވޭސްޓް މެނޭޖްމަންޓް ހިދުމަތް ހޯދާއިރު ނަގުދު ފައިސާގެ މުއާމަލާތެއް ނުހިނގާނެ ކަމަށާ، ކޮންމެ މަހެއްގެ ފުރަތަމަ ދިހަ ދުވަސް ތެރޭގައި ބިލެއް ފޮނުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިގޮތުން ގާނޫނާ ގަވައިދުގެ އިމުގެ ބޭރުން ކުނި އުކާލާން ގޭގެއަށް ދާ ފަރާތްތައް ވަކި ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެމްކޯގެ ކުނި އުކާލާ ފަރާތްތައް މަސައްކަތް ކުރާނީ ހަވީރު 5:30 އިން ފެށިގެން ރޭގަނޑު 10 ޖަހަންދެން އެވެ.
ވެމްކޯގެ ބިސްނަސް ޑިވެލޮޕްމަންޓް މެނޭޖާ މުހައްމަދު އިގްބާލު ނޫސްވެރިންނާ ވާހަކަދައްކަވަނީ.
އިގްބާލް ވިދާޅުވި ގޮތުގައި ކުނި އުކާލުމުގައި އުޅޭ މީހުނަށް ހާއްސަ ތަމްރީނު ކުރުމެއް އިންޑަސްޓްރިއަލް ވިލެޖުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ކުނި އުކާލަން ބޭނުންވާ އިތުރު އުޅަނދުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
09 June 2017
ތިހެން ކަނަތައް ކުރަނިއްޔާ މަގުމައްޗައް އުކާލީމަ ނިމުނީ ވެމްކޯ އިން އައިސް ސާފްކުރާނެތާ. އޭރުން ކުނިއުކަން ރުފިޔާ ހަރަދު ކުރާކަށް ނުޖެހޭނެ. ރައްޔިތުން ފެލަިގެން ސަރުކާރުން ކަންތައް ކުރަނިއްޔާ ރައްޔިތުމީހާއަށް ވެސް ގޮތްހުސްނުވާނެ.
ފާތުމަ
08 June 2017
މަށައް މާރަގަނޅު ބަންގާޅީ ކަލޭގެ ވަސީލަތް. އެމީހާ އަންނަ ގަޑިޔައް އައިސް ކުނިކޮޅު އުކާލަ ދޭ ވިއްޔަ. ދެކުނު އަތޮޅެއްގައިވެސް ތިހެން މޮޅައް ފަށާފަ މަހެއްނުވާނީސް ވަސީލައްނެތިގެން ކުނި ނޫކާލަ ތިބި ބަޔަކަށް މަގޭ އިތުބާރެއްނެތް.
މަރީ
08 June 2017
ކިހާވަރަކުން ދާނެބާ!
ދޮންދުބުރިމާ
08 June 2017
މިވެސް ރައްޔިތުންގެ މިނިވަން ކަމަށް އަރަައިގަތުމެއްނޫންތޯ އެމީހަކު ލާރިދީގެން އުކާލަނީނަމަ ކޮންމެ މީހަކު ލައްވާ އުކާލިޔަސް ކޮބާ މައްސަލަޔަކީ
ޢަލީ
08 June 2017
ޢަމިއްލައަށް ސައިކަލުގައި ވެސް ކޮތަޅެއް ވެސް އުކާނުލެވޭނެތޯ؟ ޓީވީ ތަކުން ރައްޔިތުނަން މައުލޫމާތު ދިނުން ބުއްދިވެރި...