އެމްޓީސީސީގެ ޕްރިމިއަމް ލިންކްގެ ފެރީއެއް: މިހާރު ކޮންމެ ބައި ގަޑިއިރަކުން ދަތުރެއް ބާއްވާ
11 ޖޫން 2017 - 14:49
އެމްޓީސީސީން މާލެ އާއި ހުޅުމާލެއާ ދެމެދު އޭސީ އިތުރު ފެރީއެއް ދުއްވަން ފަށައިފި އެވެ.
އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ އަލަށް ދުއްވަން ފެށި އޭސީ ފެރީގެ ސަބަބުން "ޕްރިމިއަމް ލިންކް" ގެ ހިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން އިތުރު ފަސޭހައެއް ލިބޭނެ ކަމަށެވެ. އާ ފެރީއާ އެކު ޕްރިމިއަމް ލިންކްގެ ތިން ފެރީ މިހާރު އޮންނާނެ އެވެ.
"ބައެއް ފަހަރު ޑިލޭވާ ފަހަރު އާދޭ ޕްރިމިއަމް ލިންކްގެ ހިދުމަތް. އެކަމަކު މިހާރު ލަސްވުމެއް ނެތި ތާވަލާ އެއްގޮތަށް ހިދުމަތް ދެމުން ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަލަށް ގެނައި ފެރީއާ އެކު މެދުކެނޑުމެއް ނެތި ކޮންމެ ބައި ގަޑިއިރުން ދަތުރެއް ކުރަން ވަނީ ޝެޑިއުލްކޮށްފަ އެވެ. ގާތްގަނޑަކަށް ވިއްސަކަށް މިނިޓް ހޭދަވާ ޕްރިމިއަމް ލިންކްގެ ދަތުރުތަކަށް މީހަކަށް ނަގަނީ 10 ރުފިޔާ އެވެ.
އެމްޓީސީސީގެ އޮފިޝަލް ވިދާޅުވީ ރޯދަ މަހު ބާރުބޮޑުވާ ބައެއް ގަޑިތަކުގައި އިތުރު ފެރީތައް ބާއްވަމުން އަންނަ ކަމަށެވެ.
"އޮފީސްތަކަށާއި ސްކޫލްތަކަށް ދާ ގަޑިތަކުގަ އާއި އޮފީސްތަކާއި ސްކޫލްތަކުން އަންނަ ގަޑިތަކުގައި ހާއްސަކޮށް ފެރީތައް އިތުރުކޮށްފައިވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔު
22 January 2018
މިހާރު މިމަހުވެސް 7 ދުވަހު ގަޑިޖެހިއްޖެ އެކަމަކުއެއީ ހަމަ ފެރީނެތިގެން އެކަމަކު 2މިނެޓް ޖެހުނަސް ހަމަ ގަޑިޖެހުނީތާ! ކޮންމެދުވަހަކުވެސް 0635 ގައި ދިޔަޔަސް އެކްސްޕްރެސް ފުލް ބޯޑް ފެންނާނެ ހަމަވަންނަތަނުން އެންމެ 16 މީހުންގެ ޖާގައިގެ ކުޑަކުޑަލޯންޗްގަނޑެއް މިވަރުންވެސް މިމީހުންނަކަށް ނުވިސްނޭ މިބުނާލޯންޗް ތަންކޮޅެއްސީޓްގިނައެއްޗަކަށް ހަދާކަށް މިކަންނުވާވަރުގެ ބައެއްތަ އެމްޓީސީސީ އަކީ؟ މިހާރު ހަމައެކަނި އެކަންކުރާތާ ހުޅުމާއަށްވީހާދުވަހެއްވީ މިމީހުނައް ދުވަހަކުވެސް މިކަން ރަނގަޅުކުރާކަށް ނޭގޭތާގައި އެހެންބަޔަކަށްވެސް ދޭންވެއްޖެއްނު ޝެޑިއުލްގައި އޮންނާނެ 40 ގައި އަދި 50 ގައިވެސް އެކަމް 50 ގައި ފުރަންދާއިރު ބުނާނެ 45 ނައްޓާލައިފިޔޭ ދެންއޮންނާނީ އަނެއްކާ އަނެއްގަޑީގެ 10 އެއްގައި މިސާލަކަށް 06:50 ގެފެރީއަށް ދިޔަމީހާ އެހުންނަންޖެހުނީ 07:15 ނުވަތަ 10 ވަނދެން ދެން ކިހިނެތް ދަތުރުގައި 25 މިނެޓްވެފައި އަދި ނެރުން ނުވަދެވިފައި 07 ނުވަތަ 10 މިނެޓް ވެފައި 07:30 އަށް އޮފީހައްދާނީ ؟ މިއީ ހަމަ ހަގީގަތް
ޕިންކް ޕޭންތަރ 2018
12 June 2017
ބިދޭސީ މަސައްކަތުމީހުންނަށް ޚާއްސަ ފެރީއެއްވެސް ބާއްވަންވެއްޖެ. 10ރ އަކީ ބޮޑު އެއްޗަކަށްނުވާތީ އޭސީ ފެރީތަކަށް މަސައްކަތް ނިންމާފަ އަންނަ ބިދޭސީން ދާހިއްލާފޯވެ ތަތްތެޅިގެންތިބެ އެރީމަ މުޅި ފެރީތެރެ ވަސްނުބައިވެ ނޭވާނުލާ ތިބެންޖެހެނީ.
ކޮލޮމްބޯ
11 June 2017
މިވޭތުވެ ދިޔަ ދުވަސްތަކުގައި އޭސީ ފެރީ އޮންނަނީ ކޮންމެ ދުވަހަކުވެސް ހެދުނުއާއި ހަވީރުއެވެ. މެންދުރަށް މެދު ކަނޑާލާނެއެވެ. އެކަމަކު އޭސީ ފެރީގެ ބޭނުން އެންމެ ބޮޑުވާ ވަގުތަކީ މެންދުރުގެ ހޫނުގަދަ ވަގުތުކަން ކުޑަކުދިންނަށްވެސް އެގޭނެއެވެ.