ގަތަރަށް ގެންދިއުމަށް އީރާން އެއާގެ ބޯޓަކަށް ކާބޯތަކެތި އަރުވަނީ. --ފޮޓޯ:އީރާން އެއާ
11 ޖޫން 2017 - 16:12
ތެހެރާން (ޖޫން 11) - އީރާނުގެ ގައުމީ އެއާލައިން، އީރާން އެއާގެ ފަސް މަތިންދާ ބޯޓުގެ ކާނާ ގަތަރަށް ފޮނުވާފައިވާ ކަމަށް ތެހެރާނުން ބުނެފި އެވެ.
"ކާނާގެ ބާވަތްތައް ބަރުކޮށްފައިވާ ފަސް މަތިންދާ ބޯޓުގެ ތަކެތި ގަތަރަށް ވަނީ ފޮނުވާފައި. އޭގެ ތެރޭގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ގިނަ އަދަދަކަށް ހިމެނޭ. ކޮންމެ ބޯޓެއްގައި 90 ޓަނުގެ ތަކެތި ވާނީ ފޮނުވާފައި. މިއަދު ވެސް އިތުރު ބޯޓެއްގައި ކާބޯތަކެތި ގަތަރަށް ފޮނުވަނަން ވަނީ ހަމަޖެހިފައި،" އީރާން އެއާގެ ތަރުޖަމާން ޝަހުރޫކް ނޫޝާބާދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަތަރަށް ޑިމާންޑް އޮތްހާ ހިނދަކު އީރާނުން މުދާ ފޮނުވާނެ ކަމަށެވެ. ނަމަވެސް މިއީ ގަތަރަށް އެކްސްޕޯޓްކުރާ ތަކެތި ކަމެއް ނުވަތަ އެހީގެ ގޮތުގައި ދޭ ތަކެތި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އީރާނުގެ ނިއުސް އެޖެންސީއަކުން ބުނީ ގަތަރަށް ކަނޑު މަގުން ގެންދިއުމަށް ޓަކައި ތިން ބޯޓަކަށް ވަނީ 350 ޓަނުގެ މުދާ ބަރުކޮށްފަ އެވެ.
އީރާނުން މިހާރު ވަނީ ގަތަރުގެ 100 އަށް ވުރެ ގިނަ ފްލައިޓަށް ކޮންމެ ދުވަހަކު ވެސް އީރާނުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށް ބުނެފަ އެވެ. އާ ފްލައިޓްތަކާ އެކު އީރާނުގެ އެއާ ޓްރެފިކް ވަނީ 17 ޕަސެންޓް އިތުރުވެފަ އެވެ. ސައުދީ އަރަބިއާ، ޔޫއޭއީ އަދި ބަހުރޭނުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ގަތަރު އެއާވޭސްގެ ބޯޓުތަކަށް ބަންދުކޮށްފަ އެވެ. އަދި ސައުދީ އަރަބިއާގެ ބޯޑަރު ވަނީ ގަތަރަށް ބަންދުކޮށްފަ އެވެ. ގަތަރަށް އެތެރެކުރާ ކާނާގެ 40 ޕަސެންޓް އެތެރެ ކުރަނީ އެއްގަމު މަގުން ސައުދީންނެވެ.
ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި މައްސަލަ ހައްލު ކުރުމަށް މަޝްވަރާ އަށް އިސްކަން ދިނުމަށް އީރާނުން ވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަބުޅި ކަތީބު
12 June 2017
މާގިނަ ވާހަކަ ނުދައްކާ ތެޔޮހުސް ވީމަ ސައުދީ ޖެހޭނީ ސަލާންޖަހަން
ގަމާރު ބުލޭ
12 June 2017
ބުލޭ ތިކީ ހުރިހާއެއްޗެއް އަނެއްކޮޅަށް އަނބުރާލުމުން އެއީ ތެދު ހަގީގަތް.
ޙަކީމު
12 June 2017
ތުރުކީ އީރާނު ސައުދީ ހައްތާވެސް ހުދުމުހުތާރު ގައުމުތައް، ސަހަލު އެއްގައުމުވެސް ތިތާނެތް.
ފަޤީރުކަލޯ!
12 June 2017
ޚުދުމުޚްތާރު މީހަކީމުތާ!
ދދދ
11 June 2017
އީރާނުން ޓުއަރިސްޓުން އަންނަނަމަ އޮބި ނޯންނާނެ! ވަރަށް ދެރަ. ރާއްޖެއަށް ޔާމީނު މިކުރާ ކަންތަކުން. ރާޢްޖެ މިއޮތީ އަޅުވެތި ކަމެއްގައި ސައުދީގެ. އޮތީ ގޮނޑިކޮށްކޮ ސަރުކާރެއް. މިއަށް ކެރިހުރެ ލިޔާނެ ކުއްޖަކު ނެއްތަ؟ސައުދީގެ ބަތާނަ ފުށާއެކު
ތ
12 June 2017
https://mihaaru.com/opinion/18498
އިސްލާމުން
13 June 2017
ޔާނު އާ ހެދި ދިވެހިންނަކީ އަރަބީންނަށް ރުޅިއަރާ ބަޔަކަށްވެސް ވެއްޖެ. ސުބްހާނަﷲ !
ޔޯބުރޯ
11 June 2017
އުފާވެރި ޚަބަރެއް. ސައުދީ އާ ނުލާވެސް ގަތަރަށް ސަވަރވައިވް ވެވިދާނެ ތުރުކީއާ އީރާން އޮތިއްޔާ
ދަވޭ
11 June 2017
ނުވާނެ ތިކަމެއް. ގަތަރަށް ބޭނުންވާ ގިނަ ކާބޯތަކެތި ފޯރުކޮށްދެނީ އެއީ ސައުދީ އަދި ޔޫއޭއީން ނެވެ. ތުރުކީ އަކީ އެގްރިކަލްޗްރަލް ކަންޓްރީ އެއް ނޫނެވެ. ދެން އިރާނަކީ އެއީ ހަމަ އެކަނި ތެލަށް ބަރޯސާވެފައި އޮންނަ ގައުމެއް. ސައުދީގެ ހަގީގަތް އިނގޭ މީހުން މިދުނިޔޭގައި ވަރަށް މަދުވާނެއެވެ، ސައުދީ ބޭނުން ކުރަނީ ޖަޕަނީސް ޓެކްނޮލިޖީ އެވެ. ސައުދީގައި ގްރީން ހައުސް ޓެކްނޮލޮޖީ ޖަޕާނުގެ އެހީގައި ހަދައިގެން އެގްރިކަލްޗަރ ގެ ރޮގުން ވެސް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާ ފައެވެ. ސައުދީ އަކީ އެއީ އިންޑަސްޓްރިއަލައިޒްޑް ކަންޓްރީ އެކެވެ. މުޅި އަރަބި ދުނިޔެ އަށް ބޭނުންވާ ސިމެންތި ދަގަނޑު ހިލަ ހިލަ ވެލި ކާބޯ ތަކެތި ސަޕްލައި ކޮށް ދެނީ ސައުދީން ނެވެ. އިރާނަކީ އެއީ މަސައްކަތް ކުރާ ބަޔަކު ތިބި ގައުމެއް ނޫނެވެ. އެއީ ދީން ޓޫލް އަކަށް ހަދައިގެން މުޅި މެދު އިރުމަތީގައި އަހްލީ ހަނގުރާމަ ކުރަން ވަރު ހުންނަ ބަޔެކެވެ. އިރާން ކުދިން ޔޫއެސްގައި ކިޔަވާ ކިޔަވާ ވަރު ބަލިވާއިރު ވެސް މާސްޓަރސް އެއް ވެސް ނެހެދޭނެ ރަނގަޅު ޔުނިވަރސިޓީ އަކުން. އެއާއި ޚިލާފަށް ސައުދީ ކުދިންނަކީ ވަރަށް އިންޓެލިޖެންޓް އަދި ނުނިދާ ހޭލާ ތިބެގެން މަސައްކަތް ކޮށްގެން ރަންވަނަ ޔުނިވަރސިޓީ ތަކުން ހޯދާ ކުދިންނެވެ. މީހުން ހީކުރާ ގޮތާއި ޚިލާފަށް މިޙާރު ސައުދީގެ މޮޑަރން ސޮސައިޓީ އަކީ އެއީ ވަރަށް ބުރަ ކޮށް މަސައްކަތް ކުރާ ސޮސައިޓީ އެކެވެ. ސައުދީގެ ގިނަ ކުދިން ގާތް ގަނޑަކަށް %95 ކިޔަވަން ސައުދީ ސަރުކާރު ވިސާ ވެސް ފަސޭހައިން ދެނީ ޖަޕާން އަށް އެކަނި އެވެ. އޭގެ ބޭނުމަކީ މެޝިންސް ތަކެއް އުފެއްދުމުގެ ބޭނުމުގައެވެ. ސައުދީ އަކީ އެއީ ވަރަށް ވަރަށް ވަރަށް މުއްސަނދި ގައުމެކެވެ.