ހިތަދޫ ހޮސްޕިޓަލް: ފުވައްމުލަކު މީހާ މާލެ ގެންދެވެންދެން ބޭއްވީ މި ހޮސްޕިޓަލްގައި
18 ޖޫން 2017 - 11:11
ފުވައްމުލަކުގައި ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ފަރުމާ ދެމުން ގެންދިޔަ ފިރިހެން މީހާ އިތުރު ފަރުވާ އަށް ރޭ ދަންވަރު މާލެ ފޮނުވާލައިފި އެވެ.
ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ 59 އަހަރުގެ އެ މީހާ މާލެ ފުރުވާލީ ޗާޓަރު ފްލައިޓެއްގައި ރޭ ދަންވަރު 12:00 އެހާކަށްހާ އިރު ކަމަށެވެ.
އެކްސިޑެންޓްގައި އެ މީހާގެ ބޮލަށް ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، މާލެ ފޮނުވާލި އިރު ހާލު "ސްޓެބަލް" ކަމަށް އެޗްއާރްއެޗުން ބުންޏެވެ.
އޭނާ އައްޑު އަށް އިއްޔެ ގެނެސް އައިސީޔޫގައި ފަރުވާ ދެމުން ގެންދިޔަ ނަމަވެސް، މާލެ ފުރުވާލުން ލަސްވީ އިތުރު ޕަސެންޖަރުންތަކެއް ދަތުރު ނުކުރާ ފްލައިޓެއްގައި ފޮނުވަން ޖެހޭތީ އެވެ. އިއްޔެ ރޭ މާލެ ގެންނަން މަތިންދާބޯޓު ނައްޓާލި ތަނުން ހާލު ގޯސްވެގެން ބޯޓު އަނބުރާ ފުވަައްމުލަކަށް ޖެއްސީ އެވެ. އަދި ސީ އެމްބިއުލެންސްގައި ހިތަދޫ އަށް ގެންގޮސް، މަތިންދާާ ބޯޓުގައި މާލެ ގެންދެވޭ ވަރަށް ހާލު ރަނގަޅު ވަންދެން އެޗުއާރުއެޗުގައި ފަރުވާ ދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
18 June 2017
މިފެންނަނީ އަދި ރާއްޖެ ތަރައްގީވާން ގާތްވެސް ނުވާކަމުގެ އެއް ހެކި. ނުރައްކާތެރި އެކްސިޑެންޓެއް ވުމުން ދެ ސިޓީ އިންވެސް ފަރުވާނުދެވި އެމީހަކު މަރަށްދެމިދެމި އޮއްވާވެސް މިގެންނަންޖެހެނީ ކެޕިޓަލް ސިޓީއަށް. ގައުމެއް ތަރައްގީވުމުގަ އެންމެ ފުރަތަމަ ތަރައްގީވާންވީ ސިއްހީ ދާއިރާ. ގައުމެއްގަ ދުޅަހެޔޮ ޖީލެއް ބިނާކުރެވޭނީ ސިއްހީ ދާއިރާ ތަރައްގީވެގެން.