ހއ. އިހަވަންދޫ: ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލަން ކައުންސިލުން ވަނީ ނިންމާފައި. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
18 ޖޫން 2017 - 12:53
ހއ. އިހަވަންދޫގައި ބިދޭސީން ހިންގި ކަމަށް ތުހުމަތުކުރެވޭ ރަހުމް ކުޑަ ދެ މަރާ ގުޅިގެން ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ވިސްނާފައިވާ ކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އިހަވަންދޫ އައިސް ޕްލާންޓްގައި މެކޭނިކެއްގެ ވަޒީފާގައި އުޅުނު އިސްމާއިލް އުމަރު (އިއްސެ) އެތަނުގެ ތެރޭގައި މަރާލާފައި އޮއްވާ މިދިޔަ ހުކުރު ދުވަހު ވަނީ ފެނިފަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ފަސް ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މީގެ 15 އަހަރު ކުރިން އޮގަސްޓް 2002 ގައި ވެސް ބިދޭސީންތަކެއް ވަނީ އެ ރަށުގެ އަންހެން ކުއްޖަކު ރަހުމް ކުޑަގޮތަކަށް މަރާލައިފަ އެވެ. އުމުރުން 16 އަހަރުގެ އެ ކުއްޖާ މަރާލީ އެ ރަށުގައި ދިރިއުޅުނު ތިން ބިދޭސީއެކެވެ.
ރަޝީދު ވިދާޅުވީ ބިދޭސީންތަކެއް އެ ރަށުގައި ދެ މީހަކު މަރާލުމުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް އެބަ އޮތް ކަމަށެވެ. އެހެންވެ، ކައުންސިލުން އެކަމާ މެދު ވިސްނައި ވަރަށް އަވަހަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްވެރިކަމާއި ފައިބަރު މަސައްކަތުގެ އިތުރުން އުމްރާނީ އެހެން މަސައްކަތްތަކުގައި އިހަވަންދޫގައި ގާތްގަނޑަކަށް 200 ބިދޭސީން އުޅެ އެވެ.
"މީގެ ތެރޭގައި ތިބި ގަވާއިދާ ހިލާފަށް އުޅޭ މީހުން ރަށުން ފައިބަން ކައުންސިލުން މުއްދަތެއް ދޭނެ. އެ މުއްދަތު ދިނުމަށް ފަހު އިމިގްރޭޝަނާ ގުޅިގެން އެ މީހުން ފޮނުވާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ކައުންސިލުން ނިންމާނެ،" އޭނާ ވިދާޅުވި އެވެ.
މިއާ އެކު، ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ ތެރެއިން ވެސް ރައްޔިތުންނަށް އުނދަގޫކޮށް، މަގުމަތިން ހިނގާ މީހުންނާ ފޮށި ހަދާ ބިދޭސީންނަށް ކައުންސިލުން ފިޔަވަޅު އަޅާނެ ކަަމަށް އޭނާ ވިދާޅުވި އެވެ. އެއް ކަމެއްގެ ގޮތުގައި ކައުންސިލުގެ ވިސްނުން ހުރީ ރޭގަނޑު 10 ގެ ފަހުން، މަގްބޫލު އުޒުރެއް ނެތި ބިދޭސީން މަގުމަތީގައި ނޫޅެވޭ ގޮތް ހެދުމެވެ.
"ރޭގަނޑު ދަންވަންދެން މަގުތަކާއި އެކި ތަންތަނުގައި ބިދޭސީން އުޅޭ. އޭގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިވޭ. އެހެންވީމަ ކައުންސިލުން ނިންމާނެ އެފަދަ މީހުންނާ ދޭތެރޭގައި ވެސް އަމަލުކުރާނެ އުސޫލްތަކެއް،" ރަޝީދު ވިދާޅުވި އެވެ.
ޅ. ހިންނަވަރު އިއްސެގެ މަރުގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ތެރޭގައި އޭނާއާ އެކު އައިސް ޕްލާންޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ވެސް ހިމެނެ އެވެ.
އިއްސެގެ މަރުގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ބިދޭސީން ގޮވައިގެން ގޮސް ފުލުހުން ވަނީ ހެކި ހޯދުމަށްޓަކައި ރަށުގެ އެކި ސަރަހައްދުތައް ބަލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
19 June 2017
އެންމެ ރަނގަޅުވާނީ މުޅި ރާއްޖޭއިން ހުރިހާ ބިދޭސީން ފޮނުވާލީމަ. އެހެން މިބުނީ ރާއްޖޭގައި މީހުން މަރަނީކީ ހަމަ އެކަނި ބިދޭސީންނެއްނޫ، އަދި ބިދޭސީން ރާއްޖެގެނެސް އެމީހުން ޖަނަވާރުންނަށްވުރެއްވެސް ދަށް ދަރަޖައިގަ އެގެންގުޅެނީ ދިވެހިން. ދެން ހަމަ އެކަނި ބިދޭސީންނާ ދޭތެރޭ މިކަހަލަ ފިޔަވަޅު އެޅީމަ މީގެ މާނައަކީ ދިވެހިން ވެގެން ދިވެހިން މެރުން އެންމެ ރަނގަޅޭތަ؟ އަދި ދިވެހިން ބިދޭސީން މެރުން ރަނގަޅޭތަ؟ ދިވެއްސެއް ކުރިޔަސް ބިދޭސީ މީހުން ކުރިޔަސް ގޯސްކަމަކީ ގޯސްކަމެއް. ރާއްޖޭގަ މިހާރު މިވާގޮތަކީ ދިވެހިންގެ ތެރޭގައި ހުންނަ ހުރިހާ މައްސަލަތަކަކީވެސް ބިދޭސީންނާހެދި ދިމާވާ ކަމަކަށްވެ، އަދި މިޤައުމުގައި ޤާނޫނާ ގަވައިދާ ދެމެހެއްޓުމަކީވެސް ބިދޭސީންގެ ކަމަކަށް ވެ ހުރިހާ ކަމެއް އެމީހުންގެ ބޮލަށް ޖެހީމަ ދެން އެނިމުނީ. އެހެން ވީމަ މިބުނަނީ ހުރިހާ ބިދޭސީން ރާއްޖޭން ފޮނުވާލާށޭ. އިސްލާމް ޤައުމެކޭ ބުނާއިރު މިމީހުންނާ ދޭތެރޭ ކަން މިކުރަނީ މުޅިން އިސްލާމް ދީނާ ޚިލާފަށް. ހަމަ ދެފުއްކެހެރިކަން.
އަލީ ނަސީރު
19 June 2017
މިހާރުވެސް ބަންގުލަދޭޝް މީހުން ނުގެންނަގޮތަށް ނޫނުތޯ އޮތީ؟ދެން އެމީހުން އެތެރެވާވަރުން އެތެރެވާކަމަށްވާނަމަ،އެކަނަތައް ޖެހޭނީ ބަލާންނޫނުތޯ؟މިއޮތީވާގައުމެއް .ހުރިހާމަެއް ބޮއްސުންލަިގެން މިދަނީ.މިގައުމުގައި ހަރުދަނާ ރަގަޅު ވެރިަކަމުގެ ނިޒާމެއް ގާއިމުކޮށް ސިޔާސީ ގޮތުން ގައުމަށް ހަމަޖެހުމެއް އައިސްިގެންމެނުވީ ކަންކަން ހަމަޖެހުމަކަށް ނާންނާނެ.ގައުމުގެ ހުރިހާ ދިމާލަކުން މިފެންނަނީ ބިރުވެރިކަމާއި ނާންމާކަން.ކޮރަޕްޝަނާ ފަސާދާގެ އަމަލުތައް.ލޮބުވެތި ރައްޔިތުން ވިސްނާފިކުރުކުރައްވާ.
ފޫހި
19 June 2017
ރަނގަޅު ކޮން ޤައުމެއްގަތަ ކާށިހޮވާ މަސްބާނާ ކުނިގޮޑުހޮވައިގެން ބިދޭސީން އާމްދަނީ ހޯދަނީ. މިފަދަ ކަންކަން ރަށުފެންވަރުގައި ރަނގަޅުކުރުމަށް ތިޔަ ނެންގެވި އިސްނެންގެވުމަށް މަރުހަބާ. އަދި މާލޭގައި ވެސް މިފަދަ މީހުން ފޮނުވާލާނެކަމަށް އުއްމީދުކުރަން.
ހާމިދު
19 June 2017
ވަރަށް އުފާ ވެއްޖެ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އުފައްދާފައިވާ ކައުންސިލްތަކުން އެ ކައުންސިލްގައި އުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ އެ އަށް ރިޔާއަތްކޮށް ފިޔަވަޅު އަޅަން ނިންމާތީ. އިހަވަންދޫ ކައުންސިލަށް ހަމަ ސާބަސް ރައްދުކުރަން. ދުނިޔޭގެ އެހެން ގައުމުތަކުގައި އެކި ކައުންސިލްތަކުން އެކި ކަންކަމުގައި އެކި ރޫލްތައް ނެރެފައި ހުރޭ. އެމެރިކާގައިވެސް އެއް ސްޓޭޓުގައި ކުށަކަށްވާ ކަންކަން އަނެއް ސްޓޭޓުގައި ކުށަކަށް ނުވެވެސް ހުރޭ. ބިދޭސީންގެ ނޮހުރުއްޕާން އިތުރުވެފައިވާތީވެ، ހަމައެކަނި އިހަވަންދޫއަކު ނޫން، ހުރިހާ ތަނެއްގައިވެސް އެމީހުންނާ މެދު ފިޔަވަޅު އަޅަންވެއްޖެ. "އަންސްކިލްޑް" ލޭބަރުންނަށް ވަކި ވަގުތުތަކެއްގައި ހުއްދަ ނެތި މަގުމަތީގައި ނޫޅެވޭ ގޮތް ހެދުމާއި، ޢާންމުތަންތަނުގެ ތެރެއިންވެސް ބައެއް ތަންތަނަށް ނުދެވޭގޮތް ހަދަން އެބަޖެހޭ. މިސާލަކަށް ޢާންމު ޕާކުތަކާއި، ކުޑަކުދިން އެއްވެ އުޅޭ ތަންތަނާއި، މިކަހަލަ ތަންތަނަށް އެއްވެ ނޫޅެވޭގޮތް ހަދަން ޖެހޭ. އަދި ބިދޭސީ ލޭބަރުން ރަށްރަށުގައި ތިބޭ އަންހެން ކުދިންނަށް ކައިވެނީގެގޮތުން ގުޅުން ހުއްޓުވުމަށްޓަކާވެސް އަންހެނުންނާ ކާރި ނުވުމަށް ވެސް އަންގަންޖެހޭ. މިއީ ލާއިންސާނީ ފިޔަވަޅުތަކެއް ނޫން. މިއީ، އެބައެއްގެ ދަރަޖައިގައި އެބައެއް ތިބެން ދަސްކޮށްދިނުމަށް ކުރެވޭ މަސައްކަތެއް.
އިބޫ
19 June 2017
މިއީ ލާއިންސާނީ އަމަލެއް. މި ކައުންސިލުގެ ނިްނމުން ބާތިލު ކުރާން ޖެހޭ
ސިދުގީ
20 June 2017
މީހުންމެރުން އެއީ ލާއިންސާނީއަމަލެއްނޫންތާދޯ.އިހަވަންދޫގައި ބިދޭސީން ހިންގި ދެވަނަޖަރީމާ.މާލޭގަ ތިބެފަ ގޮއިކިޔަން ވަރައްފަސޭހަވާނެ.ރަށުގަ ދިރިއުޅޭ ރައްޔިތުންނައްތާ އިނގޭނީ ގެނުރައްކަލާ ބިރުވެރިކަން.
ދަގަނޑު ދަހަނާ
18 June 2017
މިހާރުވެސް ހިނގަނީ ފިޔަވަޅު އެޅީމާ ނޫންތޯ؟ ބިދޭސީން މިރާއްޖެއަށް އަތްގަދަ ކުރަމުންދާއިރުވެސް އަހަރެމެން ސައިކަލު ބުރުޖެހުމާއި ކޮފީއަށް ޖައްސާލުމުގައި މުޅިދުވަސް ހޭދަ ކޮށްލަނީ. އެމީހުންނަށް ގައުމު ސެއްލައް ދީފައި. އަނބި މީހާއާއި އަންހެން ދަރިންވެސް ހިލޭދީފައި. ނުދޭންވީ ކަމެއްވެސް ނެތްތާ ބޭރުމީހެއް ކަމުގެ ލަގަބުވެސް ފަޚްރުވެރިކަމާއެކު ލިބޭނެ ވިއްޔާ. ތިޔަ ފިޔަވަޅަކުން ކެއްކޭނެ ރިހައެއް ނޯންނާނެ. ކާންލިބެނީވެސް ބޭރުމީހުން ދިނިއްޔާ. މިހަގީގަތް ނުފޮރުވޭނެ ތިހެން އަޅަން ބުނާ ފިޔަވަޅަކުން. މި މާލޭގެ ކޮންމެ އިންޗިއެއްގައި ބިދޭސީއަކު. ކޮންމެ ގެއެއްގައި ބިދޭސީއަކު. ދެން ކޮންފިޔަވަޅެއްގެ ވާހަކަތޯ ތިކިޔަނީ؟
ސަޅިބައިސާ
19 June 2017
ކަންނެތް ދެިވެހިންނަށް ހައްގުވަނީ މި މިންވަރު. ދެަރަކަމާއި ނިކަމެތިކަން. ގޭތެރޭގެ ހިރަފުސް ފޮލާލަން އަމިއްލަ އަތުން ނުކެރޭ ބަޔަކު، އަމިއްލަ ކުނި އަމިއްލަ އަތުން އުކާލަން ނުކރޭބަޔަކަށް އަމިއްލަ ކޭތަށި އަމިއްލައަށް ދޮވެލަން ނުކެރޭ މީހަކަު އަމިއްލަ ފޫކޮޅުގެ ހުންނަ ގުއި އަމިއްލަ އަތުން ދޮވެލަން ނުކެރޭ ބަޔަކަށް ހައްގުވަނީ ހަމަ ނިކަމެތިކަން. މިހާރު މިދާގޮތް ރަގަޅުހެން ހީވަނީ. ގައުމުގެ އަސްލު ރައްޔިތުން ދެމީހުންނާ ފަޅިއަށް ވާ ދުވަހަކުން ވިސްނިދާނެ ކަންނޭގެ މިވީ އެއްޗެއް.
ސިޔާސަ ދިވެއްސެއް
18 June 2017
ކުރުން މާލަސްވެއްޖެ ކަމެއް. ހުރިހާ ރަށަކުން ވެސް ރަށުފެންވަރުގަ މިފަދަ ގަވައިދުތައް ހަދަންޖެހޭ. މައި ސަރުކާރުން މިމައްސަލައަށް އެއްވެސް ހައްލެއް ގެންނަން ބޭނުންނުވާ ކަން ވަރައް ސާފުކޮށް ފެންނަން އޮތީ . މައިސަރުކާރުން ބަލާނެ ވިހާވެސް ގިނައިން އެތެރެ ކުރެވޭތޯ. ހުރިހާ ރަށަކުންވެސް ރަށު ފެންވަރުގަ ހަރުކަށި ގަވަިދުތައް ހަދާ ގަވައިދާ ޚިލާފަށް އުޅޭ އެންމެން ރަށުން ބޭރުކުރޭ.
ޠައި
18 June 2017
ތިފިޔަވަލު ތައް އަވަހައް އަޅާ، އެހެން ކައުންސިލް ތަކައް ނަމޫނާއަކައް ވާންވީ
ޙަސަން އަޙްމަދު
18 June 2017
ގަވައިދާ ޚިލާފަށް އެމީހުން ރާއްޖެ ގެނައުމެއް ނުހުއްޓޭނެ އެމީހުން ހިފަ ހިފާފަ ޑީޕޯޓު ކުރިއަކަސް. ފައިސާޔަށް މީހުން އެތެރެ ކުރާ އެޖެންޓުން ހުއްޓުވައިގެން އެކަން ހުއްޓޭނީ. ދެން މިހާރު ނޫހުގައި ނެތަސް އިހަވަންދޫ ކައުންސިލުން އަޅަން އުޅޭ ކަމަށް އެ ބުނާ ފިޔަވަޅު ތަކަކީ މީހަކު އަންތަރީސް ވާ ވަރުގެ ލާއިންސާނީ އަދި ނަސްލީ ފިޔަވަޅު ތަކެއް. މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ބުނެ ބައެއް ގައުމުތަކުގަ ކަމާ ނުބެހޭ އިނޮސެންޓު މުސްލިމުންނާ ދެކޮޅަށް އަޅާ ކަހަލަ ފިޔަވަޅު މިއީ.
ޢަލީ
18 June 2017
ހާދަ ޖޯކް ވާހަކައެކޭ ކައުންސިލުން ބުނެފައެއޮތީ. ޤަވާއިދާ ހިލާފަތްތިބި ބަޔަކަށް ރަށުން ފައިބަން ފުރުސަތެއް ނޫންދޭންވި. ކަމާބެހޭ ފަރާތްތަކާ އެމީހުން ހަވާލުކުރަންވި. ދެން ތީގެން އެބަމާނަކުރެވޭ ރަށުގެ ގިނަބަޔަކު ގަވާއިދާ ހިލާފަށް މީހުންލައްވާ މަސައްކަތް ކުރުވާކަން. އެއީވެސް ހަމަކުށެއް.