ޅ. ނައިފަރުގެ އަމިއްލަ ޖަމިއްޔާއަކުން އެ ރަށުގައި ހެދި ޖިމެއްގައި ބަޔަކު ކަސްރަތު ކުރަނީ: އެ ރަށުގެ މާބަނޑު މީހަކު އިއްޔެ ކުއްލި ގޮތަކަށް ވަނީ މަރުވެފައި.---ފޮޓޯ: ޖުވެނައިލް
19 ޖޫން 2017 - 13:49
ޅ. ނައިފަރުގައި މާބަނޑު މީހަކު ކުއްލި ގޮތަކަށް އިއްޔެ މަރުވެއްޖެ އެވެ.
އެ ރަށު، ބާގުބޭދާ، އައިޝަތު އަޒްކާ އަބްދުﷲ 29، މަރުވީ ނޭވާހިއްލުމުގެ މައްސަލައަށް ގޭގައި ފަރުވާ ވެސް ހޯދި ފަހުން އަނެއްކާ ހާލު ގޯސްވެގެން ކަމަށްވެ އެވެ.
ދެވަނަ ދަރިފުޅަށް އަޒުކާ ބަލިވެ އިންތާ އަދި ހަތަރު މަހެވެ.
އަޒްކާގެ ގާތް މީހަކު ބުނީ އޭނާއަކީ އަބަދުވެސް ނޭވާ ހިއްލާ މީހެއް ކަމަށެވެ. އެގޮތުން އިއްޔެ ވެސް ނޭވާ ހާސްވެގެން ފުރަތަމަ އިންހޭލް ބޭނުންކުރި ކަމަށާއި އޭގެ ފަހުން ގޭގައި ނެބުލައިޒް ވެސް ކުރި ކަމަށް އޭނާ ބުންޏެވެ.
އެކަމަކު އޭނާ ބުނި ގޮތުގައި ފަހުން އަނެއްކާ ހާލު ސީރިއަސްވީ ކުއްލިއަކަށެވެ.
"ރޯދަ ވީއްލުމުގެ ކުޑައިރުކޮޅެއް ކުރިން ނޭވާ އަށް އުނދަގޫވެ، ހާސްވެ ކުއްލިއަކަށް ހަބަރު ހުސްވީ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި،" އޭނާ ބުންޏެވެ.
މި މަހު 11 ގައި ށ. މިލަންދޫގައި މާބަނޑު 21 އަހަރުގެ އަންހެނަކު ވެސް ކުއްލިއަކަށް ވަނީ މަރުވެފަ އެވެ. އެރަށު ލިވަޕޫލް ފާތުމަތު ޝަރުމާ މަރުވީ ހާޓް އެޓޭކެއްގައި ކަމަށް ލަފާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަސްޓްއައިސް
20 June 2017
މި މަހު 10 ޖޫން 2017 ގައި ލަންކާގައި ކުއްޖާ މާރާލި އަންހެން މީހާ ހެންވޭރު އަޑުފުރަގަހުގައި ދުފާލާ ސިޔާސީ ވާހަކަ ދައްކަން އެބައުޅޭ އަދި އެގޭ މީހުންވެސް އެ އަންހެން މީހާ އަށް ވާގި ދީ އެނާ ކަން ހިނގި ހިނގާފައިވާ ގޮތުގެ މައުލޫމާތު ސިއްުރުކުރެއެވެ. ފުލުހުންގެ ތަޙްޤީޤް ސުމެއް. ލަންކާ ފުލުހުން ނަށް އެކުއްޖާ މަރުވެފައިވާ ގޮތަށް ސުވާލު އުފެދޭކަމަށް ބުނޭ
ރިނީ
20 June 2017
ހާދަދެރަޚަބަރެކޭ. އަދިވެސްވިސްނޭކަށް ނުވޭތަ. ރޯދަޔަށްހުރުމުން މާބަނޑުމީހުނަށް ލިބޭގެއްލުން. ސިއްހީނަޒަރަކުން ބެލީމަ ނުވިސްނެންޏާ އިސްލާމްދީނުގަ މިކަން އަންގަވާފަ އޮންނަގޮތް ބަލަންވީނު. ކުޑަކުދިން ރޯދަޔަށް ބެހެއްޓުމުގަވެސް ހައްދެއްނެތް. އެކުދިންގެ ގޮހޮރު ރަނގަޅަށް ހެދިބޮޑުނުވަނީސް ރޯދަޔަށް ބެހެއްޓުމުން މުސްތަގުބަލުގާ އެކުދިންނަށް ދިމާވެދަނެ ކަންކަން ދެނެގަނެވޭބާ. އިސްލާމްދީނުގައި ކަންކަން ވަކިހައްދެއްގެ ތެރޭވަނީ ހިކުމަތްތަކަކާ އެކުކަން ދަންނަމާ.
އަލީ
20 June 2017
މިހުންނަނީ ދިރިތިބި އެހެންމީހުންގެ ރައްކަލަށްޓަކާ އޮޓޮޕްސީ ހަދާ ހަގީގަތް ހޯދަންޖެހޭ ކަންކަން.
ޒާ
20 June 2017
ބަލަ މީހަކު މަރުވިޔަސް ސިޔާސީގޮތުން އެއްޗެހިކިޔުންނޫން ކަމެއް ނެތީތަ؟ މިއޮއްފަދަ ރަމަޟާންމަހުގެ ތާއަބަދު ފިތުނަ އުފެއްދުމުގައި މީހުން އަވަދި ނެތި. އެފަދަ ފިތުނަވެރި ބަހެއް ނުބުނެ ނިދަންވެސް ބައެއްމީހުންނަށް އުނދަގޫ ވެފައިވާކަހަލަ. މީ ދެން ބޮޑުވަރު.
މޯޑު
19 June 2017
ޢަޅުގަނޑުގެ ރަހުމަތްތެރި އެއް ނޭވާ ހިއްލާގަނެގެން ހުޅުމާލޭ ހޮސްޕިޓަލް އިމެޖެންސީ ރޫމް އަށް ގެންދިޔައީ. ޑޮކްޓަރުން ބުނީ ޓެންސް އޯ ކިޔާ މަލާމާތް ކޮށް ހަދާފަ އެތަނުން ޑޮކްޓަރުން ދިޔައީ. ޢޭރު ބަލިމީހާ އަށް ނޭވާ ނުލެވޭ ވާހަކަ ނުދެއްކޭ. ހިތުގެ ޓެސްޓެއް ހެދި. ނޭވާ ލަނީ ލަންގް އިން ކަމާ ޓެސްޓް ހަދަން ޖެހެނީ ލަންގް ގެ ކަމެއް އެޑޮކްޓަރުންނަށް ނޭންގުނު.
ޑޮކްޓަރ
20 June 2017
މޯޑް ކަލޭ މާ މޮޅީ. ހިތުގެ މައްސަލައެއް ހުއްޓަސް ނޭވާލާން އުނދަގޫވާނެ. ނޭވާލާން އުނދަގޫވަނީ ހިތުގެ މައްސަލައަކުން ތޯ ޔަޤީން ކުރަން ހިތުގެ ޓެސްޓެއް ހެދުމަކީ އަދި ޑޮކްޓަރުންނަށް ނޭގުމެއްނޫން.
އަހުމަދު
19 June 2017
ކޮމަންޓް ކުރާ މީސްތަކުން ﷲ އަށް ބިރުވެތިވޭ. ހިތުހުރިހާ ވާހަކަ އެއް ނުދައްކާ. އެކަލާންގެ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ.
ދެކޭގޮތް
19 June 2017
ކުޅަދުންވަންތަކަމޭ ކިޔާފަ ކޮންމެކަމެއް ދޫކޮށްލުމަކީ އިސްލާމް ދީންނުގަ އެކަން އޮންނަގޮތެއްނޫން. އިސްލާމްދީނަކީ ކަންކަމާވިސްނައި ފިކުރުކުރުމަށް ގޮވާލާ ދީނެއް. ތިކަހަލަ ވިސްނުންގެންގުޅޭތި ބައެއްމީހުން އިސްލާމްދީނަކީ ބޯދާ ހިޔާލުގެ ދީނެކޭބުނަނީ.
އަސްލު
19 June 2017
އަސްލު ބުނަންތަ.. ކުއްލި މަރު ގިނަވުމަކީ ޤިޔާމަތުގެ އަލާމާތެއް. އަނެއްކާ މިކަންކަން މިހިރަ ދިމާވަނީ ނުލާހިކު އަވަސް ކޮށް.. މި ކަމުގެ އަޑީގަ ފޮރުވިފައިވާ ބޮޑު ސިއްރެއް ވާނެހެން ހީވަނީ.. އަޅެ ތަހްޤީގު ކުރާމީހުން ތަހްގީގެއް ކޮއްލަބަލަ...
ޕޮކަންޑި މޭން
19 June 2017
ކޮބާ ރައީސް ޔާމީން ސަބަބުން ވީ ކަމެކޭ ކިޔަން ވާނެ އެއްނު؟
ޥަސަންތި
19 June 2017
ޔަގީންޓީމުން ކެމްޕޭންގަގޮވިގޮތައް ކޮންމެއާއިލާއަކައް ޑޮކްޓަރެއް ހުރިނަމަ މިކަހަލަ ހިތާމަވެރި ކަންތައް މަދުކުރެވުނީސް.
10 ކިޔޫ
19 June 2017
ނޫނޭ މިކަމަކާ މިރައިސް އަކާ ގުޅުމެއް ނެތް. ހީވަނީ އިދިކޮޅު އިއްތިހާދުގެ ކަމެއްހެން.
ޕޮކަންޑި މޭން
20 June 2017
ވަސަންތީމެންނަށް ނޭނގުނަސް އަހަރެމެންނަށް އިނގޭ ފުރާނައިގެ ވެރި ރަސްކަލާނގެ ފުރާނައެއް ގެންދަވަން އިރާދަކުރައްވައިފިނަމަ ހަތަރެސްފަޔަށް ވާވަރަށް ޑޮކްޓަރުން ލައިފައި ތިއްބަސް މަރެއް ނުހުއްޓުވޭނެކަން.
އަނދަވަޅު ސިންގަޕޫރުގަ ދިރިއުޅޭ ބޮންދު
19 June 2017
ސަރުކާރުގެ މުއައްސަސާތައް ހުންނަނީ ނަމަކައް! ދިވެހިންގެ ދިރި އުޅުމުގެ ވައްޓަފާޅި ބަދަލުވެ، އަޖިނަ މޮޓޯ ނާޅާ ކާއެއްޗެއް ނުހެދޭ ޒަމާމާނެއްގަ ދިވެހިންގެ ކެއުމުގެ އާދަތައް ދިރާސާކޮއް ތަފާތު ހިސާބުއެއްކުރީމަ ރަނގަޅައް ހިނގާ ސަރުކާރެއް އައިދުވަހަކުން އެއެއްޗެތީގެ ބޭނުންހިފާ ދިވެހިންނައް ދުޅަ ހެޔޮ ސިއްހަތެއް ހޯދަދިނުން އަވަސްވެފަ ފަސޭހަ ވާނެކަމުގަ ދެކެން
ދަބަރޭ
19 June 2017
ޕްލާސްޓިކް ހަނޑުލާ ފުށާ ބިހާ އަދި ޗައިނާ ބަހުން ލޭަބަލްކޮށްގެން މިގެންނަ ކާނާއާ ބަލާމީހަކު މިގަުއމުގައި އެބަހުރިތަ؟ މިގައުމުގައި ދައުލަތެއް އެބައޮތްތަ؟ ކިހާވަރެއް ވީމަ އިސްތިއުފާދޭނީ. ވަށައިގެން ހުސްމަރު. އިންތިހާއީ އަނިޔާ. ހާދަހާވާ ހާދަހާވާ އަނދިރި ނާމާން ދުވަސްތަކެކޭ ރައްޔިތުން ގުނަމުން މިދަނީ!
ފާއިޒު
19 June 2017
ދަބަރޭ އަށް ރައީސްކަން ދީފިނަމަ އެއްވެސްމީހަކު މަރެއް ނުވާނެދޯ