ދިވެހި ހައްޖާޖީންތަކެއް އަރަފާތު ބިމުގައި. ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައެޅީ އިސްލާމިކް މިނިސްޓްރީން ބޭނުންވާ ބަޔަކަށް ކަމަށް އެކްރޯ އިން ބުނޭ. -- ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
21 ޖޫން 2017 - 21:19
މި އަހަރު ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ގޮތާ ބެހޭ ގޮތުން އެކްރޯ ކުންފުނިން ކުރިން ހުށަހެޅި މައްސަލަ އަނބުރާ ގެނެސް، އެ މައްސަލަ އަލުން ދިރާސާކޮށް ކޯޓަށް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ހައްޖަށް މީހުން ގެންދިއުމަށް 16 ކުންފުންޏަކުން މި އަހަރު ކުރިމަތިލި އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހުއްދަ ދިނީ ހަ ކުންފުންޏަކަށެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އާއި ސިސިލްފަރާއި ޒައީ ގްރޫޕްގެ އިތުރުން ދަރުމަ ލިލް ހައްޖު އަދި ކިސްވާ ގްރޫޕަށެވެ.
އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުން، މިނިސްޓްރީގެ ނިންމުން ބާތިލުކޮށް އަލުން އިވެލުއޭޓް ކޮށް، ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައެޅުމަށް އޭސީސީން އެންގި އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ވެސް މިނިސްޓްރީން ހައްޖު ގުރޫޕްތައް ކަނޑައެޅީ އޭސީސީގެ ނިންމުމާ ޚިލާފަށް، ކަމަށް ބުނެ އެ ނިންމުން ބާތިލު ކުރުމަށް އޭސީސީން ދެ ވަނަ ފަހަރަށް ވެސް އެންގި އެވެ.
ދެ ވަނަ ފަހަރަށް ވެސް ހައްޖު ގުރޫޕްތައް ކަނޑައެޅީ ކުންފުނިތަކުގެ ހުށަހެޅުންތައް އިވެލުއޭޓް ނުކޮށް ކަމަށް ބުނެ އެކްރޯ އިން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް މިނިސްޓްރީން ވަނީ ތިން ވަނަ ފަހަރަށް ހައްޖު ގުރޫޕްތައް ކަނޑައަޅައިފަ އެވެ. މި ފަހަރު ގުރޫޕްތައް ކަނޑައެޅީ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްފައި ކަމަށް މިނިސްޓްރީން ވަނީ ބުނި ނަމަވެސް، ހުއްދަ ދީފައި ވަނީ ދެ ވަނަ ފަހަރަށް ވެސް ހުއްދަ ދިން ހަތަރު ކުންފުންޏަށެވެ.
މިހާރު ހުއްދަ ދީފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިތުރުން، އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް އަދި ޒައީ ގްރޫޕަށެވެ.
"އަޅުގަނޑުމެން އަލުން މައްސަލަ ދިރާސާކުރުމަށް ފަހު އީދު ބަންދަށް ފަހު ކޯޓަށް ހުށަހަޅަން މި ދަނީ ތައްޔާރުވަމުން. އެހެންވެ، ކުރިން ހުށަހެޅި މައްސަލަ އަނބުރާ ނެގީ،" އަހުމަދު ވިދާޅުވި އެވެ.
ނަމަވެސް އަލުން ކުންފުނިތައް ކަނޑައެޅީ ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރުމަށް ފަހުގައި ކަމަށް ބުންޏަސް އެއީ ދޮގެއް ކަމަށް އަހްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއެކު ހަތަރު ކުންފުންޏެއް ކަނޑައަޅަން ޖެހެ އެވެ. ހައްޖު ކޯޕަރޭޝަނަކީ ބިޑް ކުރުމުގެ މަރުހަލާގައި ބައިވެރިވާ ބައެއް ނޫން ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ޕްރޮޕޯޒަލް ހުށައެޅުމުގެ ކުރިން ކުންފުނިތަކަށް އަންގާފައި އޮތީ 100 މީހުންނަށް ހިދުމަތް ދެވޭ ވަރުގެ ޕްރޮޕޯޒަލަކާއި 100 މީހުންނަށް ބޭންކް ގެރެންޓީއެއް ހުށަހެޅުމަށެވެ. ކުންފުނިތަކުން އެތައް ލައްކަ ރުފިޔާގެ ހަރަދެއްކޮށްގެން ބިޑް ކުރީ ވެސް އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ މަތިން ޕޮއިންޓް ލިބެން ޖެހޭ ކުންފުނިތައް އެންމެ ފަހަތަށް ލާފައި އޮތީ. އަނެއްކާ އަޅުގަނޑުމެންނަކީ އެންމެ ދަށް އަގެއް ހުށަހެޅި ކުންފުނި. ހިތަށް އެރި ބަޔަކަށް މިފަހަރު ވެސް ދިނީ،" އޭނާ ވިދާޅުވި އެވެ.
އޭސީސީގެ އެންގުމާ ޚިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލު ކުރި ކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އެދި އެކްރޯ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ކީރިން މައްސަލަ ހުށަހެޅި އެވެ. އެ މައްސަލައިގައި އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ ކުންފުނިތައް ކަނޑައެޅި އިސްލާމިކް މިނިސްޓްރީގެ ދެ އިއުލާން ބާތިލްކޮށް، އޭސީސީގެ އެންގުމާ އެއްގޮތަށް ކަމަށެވެ. އެހެންވެ ސިވިލް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.
އަހުމަދު ވިދާޅުވި ގޮތުގައި ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް މިފަހަރު ވެސް ކަނޑައަޅާފައި ވަނީ ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމަށެވެ. އެހެންވެ، އެތައް ބައެއްގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދުލުވެރިކަމާއެކު ބިޑްތައް އިވެލުއޭޓް ކޮށްފި ނަމަ، ހޮވޭނެ ތިން ކުންފުންޏަކީ މިނާ، އަލްޚައިރު، އެކްރޯ، މި މިހެން ބުނީ ހުށަހަޅާ އަގަށް 50 ޕަސަންޓު މާކްސް ލިބިފައި ޕްރޮޕޯސަލްގެ ހުރިހާ ކަމެއް ފުރިހަމަކަމާ އެކު ހުށަހެޅީ އެ ތިން ކުންފުނި ކަން ލިޔެކިޔުންތަކުން އެނގޭތީ،" އަހުމަދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހީމް
22 June 2017
މަ މި ހިތަށްއަރަނީ މީ ކިހާވަރެއްގެ ފައިދާއެއްވާ ކަމެއްބާއެވެ.
ސީދި
22 June 2017
ދައްކަވަން ހުރިތަނެއް ދައްކަވާނެ...
ފަޅުވެރިން
22 June 2017
ސާބަހޭ ކުދީނޭ، ކޯޓުން ނޫން ގޮތަކަށް މިރާއްޖޭގެ ހަމަ އެއްކަމެއްވެސް ނިންމައިގެން ނުވާނެ! ކޯޓުގެ ތިން މަރުޙަލާ ފުރިހަމަކޮށްފައި އޭގެފަހުން އދ. އަށް ދެން އީޔޫއަށް! މިހާރުދެން ކޮމަންވެލްތާއި ސީމެގާ އެއްޗެހި ނެތީމާ ވަރަށް ދެރަ! މިވަރުންވެސް ތިމާ ބޭނުންވާ ގޮތް ނުވެއްޖެނަމަ ދެން އެވީ ހަރުގެއަށް ނޫނީ ކުނޫޒަށް އަރާ ހަޅޭލަވަން! މިސިސްޓަމަށް ފަރަންޖީން ކިޔާއުޅެނީ "އިޓްސް މައި ވޭ އޯރ ދަ ހައިވޭ" އޭ! ޔަޢުނީ: ތިމާ ބޭނުންވާ ގޮތް ނުވާހާ ހިނދަކު ކުޑަ ތަންފުކެއްވެސް ދުލެއް ނުކުރާނަމޭ! ސުވާލަކީ، ކާކު ބޭނުންވާ ގޮތެއްހޭ ވާންޖެހޭނީ، މަބޭނުންވާ ގޮތްހޭ، ކަލޭ ބޭނުންވާ ގޮތްހޭ؟؟ ދިވެހިންނަށް ޑިމޮކްރެސީ ދަސްވެގެން މިއުޅޭ ގޮތެއްވާ!!
ރިޔާޟް
22 June 2017
ހޫ އިޒް ދިސް އަޙްމަދު؟؟
އ.އަބްދުއްލަތީފް
22 June 2017
ކޮންމެކަމެއްގައިވެސް ލާހޫރުން. ލާހޫރޭ ސަރުކާރޭ އެބުނަނީ ހަމަ ބުނަންވެގެން ދެއްތޯ.
އަބޫ
22 June 2017
ކަލޭވެސް ތިއުޅެނީ މަކަރާ ޖަހައިގެން ކާލެވޭތޯ!!! ކޮންމެވެސް ޖާބިރަކާ އަތަމާގެ ދަރިއެއްވެސް ހައްޖަދާން އުޅުނު ބަޔަކު ދަވާލި. ފައިދާއެއް ނުލިބޭނަމަ ފަޔަށް ހިނިއަރައިގެން ތިއުޅެނީ ކީއްވެބާ؟؟؟ ހަަމަ އިހުލާސްތެރީތަ!!! މީ ރޯދަމަސްހެން އަހަރެމެންނަށް ވެސް އިނގޭ ކޮރަޕްޝަނުންކަން ދީފައޮތީ!!!! އެކަމް ކޯޓަށް ލައިގެން އެންމެފަހުން އުމުރު ދުވަހު ލާރިއެއްކޮށް ހައްޖަށް ދާން އުޅޭ ނިކަމެތި މީހާގެ ހައްގު ނިގުޅައިނުގަނޭ!!! ރަނގަޅަށް ވިއްޔާ މިގުރޫޕުން މިހާރު ބަޔަކު ހައްޖަށް ފޮނުވާނެ ކަމަށް ބުނެ ލާރިގަނޑެއް ކާލައިގެން މިއުޅެނީ!!! ހައްޖުމަސް ކާރިވާވަރަކަށް ތިލަވަމުންދާނީ....
ޤުއްޓޭ
22 June 2017
ރާއްޖޭން ހައްޖަށް މީހުން ގެންދަން ދެން ހަވާލު ކުރަންވީ ފަރަންޖީންގެ ކޮންމެވެސް ކުންފުންޏަކާ. އެ ސޮރުމެން ވެސް މި މީހުނަށްވުރެ އެތައް ގުނައެއް ރަނގަލު ވާނެކަން ޔަޤީން.
ގިވް އިޓް
22 June 2017
ބަލަ ގިވް އިން. ކަލެޔަށް މުހިންމީ އެއްކަލަ ތިޔަ ކިޔާ 'ދެފުށް ފެންނަ' ނިންމުމާ އަދި ނަން ކިނލަނބުނުވުން ދޯ. ނިކަމެތި ރައްޔިތުންގެ ކިތަންމެ ގިނަ ބަޔަކަށް ދީނީ އަޅުކަމެއް ފުރިހަމަ ނުކުރެވުނަސް ވަރިހަމަ ދޯ. ލަންކާ މީހުންނަށްދޭ ވާހަކަ ދައްކާއިރު، ހައްޖު ކޯޕަރޭޝަނަކީ %100 ދިވެހި ކުންފުންޏެއްކަށް ނުއެނގެނީތަ؟ ރޭގަނޑުވެސް ތިޔަ ހުރީ އަނެއްކާ ރޯދައައްތަ؟
ބޮޑުވަރު
22 June 2017
މީ މިހާރު ބޮޑުވެއްޖެ ކަމެއް. އެންމެ ފަހުން ގްރޫޕްތަކުން ހަނގުރާމަ ކޮށްކޮށްތިއްބާ ވަގުތު ޖެހިގެން ހައްޖަށް ނުދެވި ލަނޑުލިބޭނީ ނިކަމެތި އާންމުންނަށް. ތިޔަ ހުރިހާ ގުރޫޕެއްގެ ހުއްދަ އުވާލާ، ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް މީހުން ޙައްޖަށް ގެންދެވޭ ގޮތަށް ގަވައިދު ބަދަލުކުރަން މިހާރު މާބޮޑަށްވެސް ލަސްވެއްޖެ. ޢަވަހަށް މިފަދަ ނިންމުނެއް ނިންމަވާ ދެއްވާ.
ގިވްއިން
22 June 2017
ބަލަ މައްސަލަ ހައްލުވީތަ އޭރުން؟ މައްސަލައަކީ ނުހައްގުން ބަޔަކަށް ފުރުސަތު ދިނުމޭ. ތިގޮތަށް ނިންމަންޏާ ރާއްޖޭގެ ކޯޓާ ލަންކާއަށް ބަދަލުކޮށް ލަންކާ ކުންފުންޏެއް މެދުވެރިކޮށް ދިވެހިން ދާގޮތް ހަމަޖައްސަންވީނު؟ އޭރުން އެއްވެސް ދިވެެއްސެއްގެ ނަން މިކަމުގައި ކިލަބެއް ނުވާނެނު؟
އަލީ
22 June 2017
ރަގަޅު! ދޫނުކުރާތި! ވަކި އެއްބަޔަކު ފައިދާގަޑެއް ނެގިޔަ ނުދޭތި. ޢެންމެ ބާރަ (-/12ރ) އައް ހައްޖައް ގެންގޮސްދޭނަމޭ ބުނެ ތި ކުންފުންޏައް ހުއްދަ ދަމައިގަނޭ. ދެން މީހުން ލާރި ދައްކަން ދިޔައިމަ، އިތުރައް (-/95،000ރ) ނަގައި، ރިސީޓް ނުދީ، އެއީ ކޮންމެމީހެއްގެ ހުރުމާ ކެއުމަށޭ ބުނެ، ލާރި އަތުލާގަނޭ! އޭރުން ފުރިހަމަ ވާނީ!
ބެމްބޫ
22 June 2017
ޢަސްލުވެސް. ބައެއް ބިޑްތަކަށްވެސް މިކަހަލަ ކުންފުނިން ހުށަހަޅާނެ ވަރަށް ކުޑަ އަގު. ދެން މަސައްކަތް ފަށާފައި ބުނާނެ ތިއަގަކަށް ނުވާނެޔޯ. ދެންޖެހޭނީ އަގުބޮޑުކުރަން. ނުވަތަ އެހެން ބަޔަކަށް ބިޑްދޭން. އެތައްލަސް ވުމަކާއި އެތައް ޚަރަދެއް ހިގާނެ