ބ.އޭދަފުށީ އަތިރިމަތީގައި ހުރި ޖޯލިފައްޗެއްގައި ބަޔަކު އަރާމުކޮށްލަނީ. -- ފޮޓޯ: އީޓީ
23 ޖޫން 2017 - 21:03
ފަގީރުންގެ ގޮތުގައި ބ. އޭދަފުށީން ރަޖިސްޓްރީކޮށްފައި ވަނީ ނުވަ މީހުން ކަމަށާއި ޒަކާތު ފައިސާއިން ކޮންމެ ފަގީރަކަށް މި ފަހަރު 7000 އަށްވުރެ ގިނަ ރުފިޔާ ލިބޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ރަށު ކައުންސިލްގެ ނައިބު ރައީސް ހައްވާ ސަމީހާ ވިދާޅުވީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅީ ފަސް މީހުން ކަމަށެވެ. ސަމީހާ ވިދާޅުވީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވާން އެދުނު މީހުންގެ ފޯމު މިނިސްޓްރީއަށް ފޮނުވުމުން، މިިދިޔަ އަހަރު ފަގީރުންގެ ލިސްޓުގައި ތިބި މީހުން ވެސް ހިމަނަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނި ކަމަށެވެ. އެހެންވެ ފަގީރުންގެ އަދަދު 9 އަށް އިތުރުވީ މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ތިބި ހަތަރު މީހުންނާ އެކުގަ އެވެ.
"މިިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވި މީހުން ވަކި ގޮތެއް ނާންގަންޏާ މިއަހަރު ވެސް ފިތުރު ޒަކާތް ލިބޭނެ ކަމަށް މިނިސްޓްރީން އެންގީ،" ސަމީހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭދަފުށީން 2742 މީހުން ޒަކާތް ދައްކާފައިވާ ކަމަށާއި ޒަކާތުގެ ގޮތުގައި 66،461ރ. ލިބުނު ކަމަށެވެ. މި ފައިސާ ފަގީރުންގެ މެދުގައި ބަހާލުމުން ކޮންމެ މީހަކަށް 7،384ރ. ލިބެ އެވެ. މާދަމާ ހެނދުނު 9:30 އިން ފެށިގެން ޒަކާތް ބަހަން ވަނީ ހަމަޖައްސައިފަ އެެވެ.
މިިދިޔަ އަހަރު އެ ރަށުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވި ކޮންމެ މީހަކަށް 12،000 އަށްވުރެ ގިނަ ރުފިޔާ ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭދަފުށި މީހަ
24 June 2017
މިޒަމާނުގައި އޭދަފުށީގައި ފިތުރު ޒަކާތް ނުދެއްކޭ ފެންވަރުގެ މީހަކު ހުރުމަކީ މައްްސަލައެއް، އޭގެ މާނަ އަކީ 3 އިރު ރަނގަޅަށް ނުކައޭ އެމީހުން އެތިބެނީ
ހަވަނަ ހިއްސު
24 June 2017
އޭދަފުށީ ކައުންސިލުން ވަރައް އަމާނާތް ތެރި ކަމާއިއެކު އެލާރި އޭގެ ހައްގުވެރިންނައް ބަހައިފި ކަމަށް ގަބޯލު ކުރެވެނީ. މާލޭގަ އިސްލާމިކް މިނިސްޓްރީން އެމަސައްކަތުގަ އުޅޭ މުވައްޒަފުންނަށް ވަކި ޕަސެންޓެއް ނަގާކަމައްވަނީ. ރަސޫލު ޒަމާނުގަ އެކަން އޮގަތައް ކުރަނީ އޭރު ޒަކާތް ބެހުމުގަ އުޅެނީ ދައުލަތުގެ މުސާރަވެރިން ކަމުގައި ނުވާތީ. މިހާރު ދައުލަތުން މިފަދަ ކަންކަން ކުރަން މުސާރަދީގެން ބަޔަކު ހަމަޖައްސާފައި ތިބޭއިރު މިގޮތައް ޒަކާތުން ވަކި ޕަސެންޓެއް ނަގައިން ބޭނުން ނުކުރެވޭނެ.
ތިޔާގި
24 June 2017
މީގައި މިދައްކަނީ ފިތުރު ޒަކާތު ވާހަކަ. ބަޔަކު މުއްސަނދިވެގެން މުދަލު ޒަކާތް އިތުރުވި ވާހަކަޔެއްނޫން. ރޯދަ ވީއްލަ ނިމުމަށްފަހު ބާކީވާ އެއްޗަކުން ފަޤީރުންނަށް ބަހަންޖެހޭ ވާހަކަ. ފަޤީރުން މިދިޔަ އަހަރަށްވުރެ އިތުރު ވިއްޔާ ވެފައިވެސް މިއޮތީ. އެހެންވީމާ ޔާމީނުގެ "ބަރަކާތާ" މިކަމާ ނުގުޅުވުން އައުލާކަންބޮޑުވެގެންވަނީ. އެނޫނީ މި ފެންނަނީ ލަދުވެތި މަންޒަރެއް
ޕޮގުބާ
24 June 2017
ޔާމީންގެ ވެރިކަމުގަ ރަށްޔެތުން ހަމަ ތިޔާގިވަނީ އެހެން ބުނަން ނުކެރެނީ ދޯ ޔާމީނަކީ އިކްތިސޯދީ މާހިރެއް ރަށްޔެތުންދެކެ ލޯބިވާ ހިޔޮވެރިއެއް ރާއްޖޭގެ ތަރަށްގީގެ ބާނީއެއް ހަޖަމް ކުރިޔަސް ނުކުރިޔަސް ނުކުރިޔަސް
ޑްރޮގްބާ
24 June 2017
އެކޮއި. ފަޤީރުންވެފައި އެއޮތީ ގިނަ ފިތުރު ޒަކާތް ދައްކާނެ ރާއްޖޭގެ ފެންވަރުގަ ގިނަ ފަގީރުންވެސް. ރޯދަ ވީއްލަން ހުންނަ އެއްޗަކުން އިތުރުވާތީ.
އަކީ
24 June 2017
ތިޖޫރީން ގެއްލުން ލާރި ވެސް ލިބުނު ބަޔަކު ވާނެތާ ދޯ
ގުޑްލަކް
24 June 2017
ރަނގަޅު.
ބަކުރު އެންޑް ޒުބޭރް
23 June 2017
ސަޅި.