ލަންކާ އަށް ވަޑައިގެންނެވި ޕީޕީއެމްގެ ލީޑަޝިޕްގެ އިސް ބޭފުޅުން: ދަތުރުގެ ހުރިހާ ތަފްސީލުތަކެއް އަަަދި ހާމައެއް ނުކުރޭ.
09 ޖުލައި 2017 - 16:09
ޕީޕީއެމްގެ ލީޑަޝިޕުގެ އިސް ބޭފުޅުންތަކެއް މި ހަފުތާގައި ސްރީ ލަންކާ އަށް ވަޑައިގެންނެވީ މިޝަނެއްގައި ކަމަށާއި ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ލަންކާ އަށް ވަޑައިގަތީ ނިހާނާއި ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމެވެ. މި ބޭފުޅުން ލަންކާ އަށް ވަޑައިގަތީ މަޖިލީހުގެ ރައީސްގެ އަބްދުﷲ މަސީހު ވަކިކުރަން ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުންނާ "ނުގުޅިގެން" ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.
މަސީހާ ދެކޮޅަށް ޕީޕީއެމްގެ 10 މެމްބަރަކު ސޮއި ކުރެއްވިއިރު އޭގެ ތެރެއިން ބައެއް ބޭފުޅުން ތިއްބެވީ ލަންކާގަ އެވެ.
މި ތުހުމަތުތައް ދޮގުކުރައްވަމުން ނިހާން ވިދާޅުވީ ދަތުރުގެ ހުރިހާ ތަފްސީލެއް މި ވަގުތު އާއްމުކުރައްވަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު އެއީ މިޝަނެއް ކަމަށާއި ނަތީޖާ ވެސް ފެންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"އެ ދަތުރުގައި އެމްބަސީތަކާ އަޅުގަނޑުމެން ބައްދަލުކުރިން، ޔޫރަޕިއަން ޔޫނިއަންގެ ޑެލިގޭޝަނާ ވެސް ބައްދަލުކުރިން. ދަތުރުގައި، 2018 ގެ ކެމްޕޭނާ ގުޅޭ ކަންކަން ވެސް ކުރިއަށް ދިޔަ. ޖުމްލަކޮށް ދަންނަވާނަމަ، ވަރަށް މުހިއްމު މަސައްކަތްތަކެއް މި ދަތުރުގައި ކުރެވުނު،" ނިހާން ވިދާޅުވި އެވެ.
މަސީހު ވަކިކުރަން އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަ ފެއިލްކޮށްލާނެ ކަމަށް ސަރުކާރު ކޯލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. މަސީހު ވަކިކުރަން 45 މެމްބަރަކު ވަނީ ސޮއި ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދުރީސް
10 July 2017
ލަންކާ ދަތުރަކީ މިޝެނެއް ނަތިޖާފެނޭ މިހާރުވެސް،،،،ބޯކަޅުކޮށްފަ ހުރީ..
އަލީ
10 July 2017
މިޝަން އިމްޕޮސިބަލް
އިބްރާޙިމް އުދުހޭ
10 July 2017
ނަތީޖާ ފެންނާނެ ޑޮކްޓަރަކާއި ހަމައަށް ނުގޮސް ނުވަމަހާއި ނުވަ ދުވަސް ވާއިރު.. މިއީ ވަރަށް ވާހަކަ ދޯ ބްރޯ...
ސަހީ
10 July 2017
2018 ގައި ރައްތުން އަޒުމު ކަނޑަ އަޅާއިގެން ތިބީ މަޖިލީހުގެ ތެރެއިން ސިޔާސިކުނި ފޮޅާސާފުކުރަން!
ނޮޓޯރިޔަސް
10 July 2017
ނިހާނުމެން ދިޔައީ ރައީސް ނަޝީދުގެ އަރިހަށް ސަލާންޖަހަން، އެކަމަކު ކާމިޔާބެއް ނުވިޔޯ؟
ދޮން އާމިރު
10 July 2017
މިޝަން އިންޕޮސިބްލް.
އިއްބެ
10 July 2017
إنشاالله ތިކަން ކާމިޔާބުވާނެ! 5 އަހަރުގެ ދައުރު ހަމަވަންދެން ކޯލިޝަނުން ފިތުނަވެރި ކަމާއި ސިހުރު ކުރިޔަށް ގެންދާނެ! އެކަމާ ހާސްވެ ކަންބޮޑުވާނެކަމެއްނެތް!
ޢަހުމަދު
10 July 2017
ހަދާނެ ގޮތް ހުސްވެ ނޭވާ ހޮޅިއަށް އެޅުނީމަ ތިބެގެން ތެޅިބާލަނީ ދެރަނުވާކަން ދައްކަން. އިންސައިޑް ސޯ ސޮރޯ. ހިނި އަންނަނީ.
ދިސްވޭ
10 July 2017
ހިލާލީގެއަށް ބަދަލުވީ ފަހުން ކަންތައްތައް ގޯސްވާން ފަށައިފިއެވެ. ވަހީދުގެ ޕޮޕިޔުލަރިޓީ ވެސް އެހާ ބޮޑަށް ދައްވީ ހިލާލީގެއިންނެވެ. އެހެން ގެއަކަށް އަވަހަށް ބަދަލުވުމަށް ނަސޭހަތް ދެމެވެ.
ވާނުވާ
10 July 2017
މިސަން މިފަހަރު ހަމަ ނާކާމިޔާބު ކޮންމެފަހަރަކު ނުވާނެ ތީހުސް ސިޔާސީ ދަޅަ ތިފެކުތައްބަލާ އަޑުއަހާނެބަޔަކު މިރާއްޖެ އަކުނެއް ދެންހުއްޓާލާފަރަގަޅުވާނީ ގެއައްދިޔާމަ