ޕީޕީއެމުން ބޭއްވި ހަފުލާއެއްގައި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ސިނާން (ވ) އަދި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް: ދެ ބޭފުޅުން ވެސް މިހާރު ވަނީ ރައީސް ޔާމީންގެ ސަރުކާރާ ފެއަށް ޖެހިފައި.---މިހާރު ފައިލް ފޮޓޯ
10 ޖުލައި 2017 - 13:16
މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަދި ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ އަރިހުގައި ސިޔާސީ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވި އަބްދުﷲ ސިނާން ވެސް ޕީޕީއެމުން މިއަދު ވަކިވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ސިނާން މިއަދު ވަކިވިކަން އޭނާގެ އަރިސް ބޭފުޅަކު "މިހާރު" އަށް ކަށަވަރުކޮށްދެއްވި އެވެ. ސިނާން މިވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ.
ސިނާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި 10 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ސިނާނާއި ޕީޕީއެމް އަދި ސަރުކާރާ ދެމެދު އޮތް ގުޅުން ގޯސްވެފައި އޮންނަތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މިހާތަނަކަށް ނޭނގެ އެވެ. އެކަމާ ގުޅޭ ގޮތުން ވެސް ސިނާން އަދި މީޑީއާގައި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލް ކުރައްވާ ބޭފުޅުންތަކެއް ފުލުފުލުން އެ ޕާޓީން ވަކިވަމުންދާއިރު، ސިނާންގެ އިތުރުން މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތިން މެމްބަރަކު ވަނީ އެ ޕާޓީ ދޫކުރައްވައިފަ އެވެ. އެއީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ. މި ހަތަރު ބޭފުޅުންގެ ތެރެއިން ސިނާނާއި އިލްހާމާއި ޝަހުދީ މި ދުވަސްކޮޅު އުޅުއްވަނީ ރާއްޖެ އިން ބޭރުގަ އެވެ.
ސިނާން ޕީޕީއެމުން ވަކިވުމާ އެކު އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު 40 އަށް ވަނީ ވެއްޓިފަ އެވެ. ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ފަސް މެމްބަރުންނާ އެކު އެ ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އަދަދަކީ މިހާރު 45 އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
GAN Island
11 July 2017
މިސަރުކާރު ދޫކޮށް ޕީޕީއެމް ގެ މަޖިލީސް މެންބަރުން އެ ޕާޓީގެ އިންތިހާބީ ރައީސްގެ ގާތަށް ހިގައްޖެ.
ޒެޑްސް 1
10 July 2017
ޝާހް ވެސް ވަކިވީ. 39 އަށް ތިރިވެއްޖެ. ޑޫމްސް ޑޭ! ޙަގީގީ ދަރުބާރު ފެކްޝަން ގެ އަސްލީ އަދަދު ފާޅުވަނީ.
ކޭޑު
10 July 2017
ތިއޮތީ ރިއަލިޓީ ފެންނަން. ފައިދާއެއްނެތް ގެއްލުންހުރި އެއްޗެއް ގަންނާނީ ކާކު؟
މުހަދު
10 July 2017
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޝާހު އާއި ފުވައްމުލަކު މެދެ ދާއިރާގެ މެމްބަރު އަލިބެ އަސް ވަކިވެންނެން ކަމަހަ އުއްމީދު ކެރަން. -ވަރަހަ ގާތް މީހެއް
މިތުރު
10 July 2017
ތިޔަ މެމްބަރުންނަކީ އަމިއްލަ އެދުމަށް މަސައްކަތް ކުރާބައެއް ތިޔަ މީހުން އިސްކުރަމުން ތިދަނީ ގައުމީ މަސްލަހަތަށްވުރެ އަމިއްލަމަސްހަތު. މިއީ މިހާރު ރައްޔިތުން މުސްތަގުބަލުގައި ވަރަށްބޮޑަށް ވިސްނަންޖެހޭ ކަމެއް .ތިޔަމެމްބަރުން ތިމާ ހޮވި ރައްޔިތުންނަށް ހަރާމްކޯރު.
ހަސަނާ
10 July 2017
ދުސްތޫރީ މައްސަލާގައި މިބާވަތުގެ ފީކަޅާ ކަންކަން ހުއްޓުވަން ފިޔަވަޅު އެޅުމުގެ ކުރިން ގޮނޑިގެއްލިދާނެތީ ބިރުން ހުކުން އައުމުގެ ކުރިން ޕާޓީން އަމިއްލައަށް ވަކިވެގަތީ ހިތުން ސަލާމަތްވާންވެގެން. ހުކުން އަންނައިރު އެކަކަށްވެސް ލާހިކެއްނުން ސަލާމަތްވާކަށް. އެއްމެންގެ ތިޔަފީކަޅާ ކަން ހުއްޓުވޭގޮތަށް އަދި ތިޔަ ސަކަރާތްޖަހައި ގައުމީ މަސްލަހަތު ނަގާލި ހުރިހާ އެއްމެންގެ ގޮނޑި ގެއްލޭގޮތަށް އިރާދަފުޅާއެކު ރައްޔިތުންގެ އެންމެމަތީ ކޯޓުން ހުކުން ކުރާނީ. ކަރަޕްޝަނަށްވެސް ދެން މިބާވަތުގެ ކަންތަކަށް ޖާގަ ނުލިބޭގޮތަށް އިރާދަކުރެއްވިއްޔާ މިކަން ނިމޭނީ. ކުރިއަށް ޑިމޮކްރަސީ ކުރިއަށް ގާނޫނީ ހުކޫމަތު.
ކޮމެންޓު
10 July 2017
މަރުހަބާ ސިނާން! ސިނާނަކީ ރައްޔިތުންގެ ވިންދު އެގޭ މެންބަރެކެވެ. ސިނާނު އުޅޭހެން އެހެން މެންބަރުންވެސް އުޅެބަލަ!
ހޯލި
10 July 2017
ސްޕްރީމްކުން އަމުރު ނެރެންވާއިރަށް ހުރީ މެމްބަރުން ޕީޕީއެމުން ވަކިވުމުގެ ސިޓީ ލައްވާށެވެ. އޭރުން ހުންނާނީ ރާކަނިމަސް ކެވިފައެވެ. ދަންވަރު އަނިލްއާ ސިޔާމް ސްޕްރީމްކޯޓަށް ވަދެ ނިންމި ކަންކަމުގެ ނަތީޖާ ފެންނާނެއެވެ.
ސިނާ
10 July 2017
ޕޮކަންޑި މޭން އެބުނީ ހަގީގަތަކަށްވެސް ވެދާނެ. އަދި ބޮޑަށް ކައިރީ ހަގީގަތަކަށްވުން. އެކަމަކު މިވަގުތު އެކަުވެސް ގެއްލުމީ ހަމަލިބޭދެރައެއް އެކަން ގަބޫލުކުރޭ.
ބޭބެ
10 July 2017
މާސީހު އެހާ މުހިންމުތަ ؟ މިކަންމުންވެސް އިބްރަތެއް ހާސިލްވޭ ... ތެދުވެރިކަމާ އިޙްލާސް ތެރިކަން އިޙްތިޔަރު ކުރޭ ...
ބޭބެއަމާ
10 July 2017
މީކީ މަސީހާ ދެކޮޅަށް ކަލޭމެން ކުރާ ކަމެއް ނުން ވީމަ ސަރުކާރުންވެސް މިކަން ކުރަނީ ސަރުކާރަށް ކުރާ ޖެއްސުން ހުއްޓުވުމުގެ ގޮތުން. ދޭހަ ނުވަންޏާ ގޭގަ މަޑުން އޮވޭ.