ވެއްޓުނު އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުގައި ރޯވެ ދުން އަރަނީ. --ފޮޓޯ:ރޮއިޓާސް
11 ޖުލައި 2017 - 11:12
މިސިސިއްޕީ (ޖުލައި 11) - އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ދެކުނުގެ ސްޓޭޓް މިސިސިއްޕީ އަށް ވެއްޓި 16 މީހުން މަރުވެއްޖެ އެވެ.
މަރުވި އެންމެންނަކީ ވެސް އެމެރިކާގެ ސިފައިންނެގެ މީހުންނެވެ. ބޯޓު ވެއްޓުނު ހާދިސާގައި އެކަކު ވެސް ސަލާމަތެއް ނުވެ އެވެ.
މިސިސިއްޕީގެ ގަވަރުނަރު ޕިލް ބްރިއަން ވިދާޅުވީ ޔުނިފޯމުގައި ތިބި ސިފައިން ކޮންމެ ދުވަހަކު ވެސް ދަނީ މިނިވަންކަން ދިފާއު ކުރުމަށްޓަކައި އެ މީހުންގެ އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ލައިގެން ގައުމީ ބޮޑު ވާޖިބެއް އަދާކުރަމުން ކަމަށެވެ.
މިސިސިއްޕީގެ ނޫހަކުން ބުނީ ބޯޓު ވެއްޓުނީ ދަނޑަކަށް ކަމަށެވެ. މިސިސިއްޕީގެ ފަޔާ ޑިޕާޓްމަންޓުން ބުނީ ވެއްޓުނު ބޯޓުން އަލިފާން ނިއްވުމަށް 4،000 ގިލަނުގެ ފޯމް ބޭނުން ކުރަން ޖެހުނު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓްރަމްޕެޓް
12 July 2017
ތިޔަ ބޯޓު ވެއްޓުނުކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން