ޚަބަރު / މެމްބަރު މުހައްމަދު ނަޝީދު

ގާނޫނުއަސާސީ ބަދަލުނުކޮށް މެމްބަރުންގެ ގޮނޑި ގެއްލުވައެއް ނުލެވޭނެ: ނަޝީދު

ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

12 ޖުލައި 2017 - 08:24

102 comments

ގާނޫނުއަސާސީ ބަދަލުނުކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލެވޭނެ އިތުރު ހާލަތެއް ކުރިމަތި ނުކުރެވޭނެ ކަމަަށް ގާނޫނީ ވަކީލު އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މަގާމަށް ހޮވޭއިރު، ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނަޝީދު އޭނާގެ ބްލޮގްގައި ވިދާޅުވީ، މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތު ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހަތަރު ހާލަތު ކަނޑައެޅިގެން ބަޔާންކޮށްފައިވަނިކޮށް، އޭގެ ތެރެއަށް އެހެން ހާލަތެއް، ގާނޫނުއަސާސީގެ އެ މާއްދާ އަށް ބަދަލެއް ނުގެނެސް، އިތުރުކުރެވިދާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"ދައުރެއްގެ މެދުތެރެއިން، ވޯޓެއްގެ ނޯޓިސް ހިނގަހިނގާ އޮއްވައި، ކޯޓަކުން ނެރެން އެދޭ ޙުކުމަކުން، ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި މަޖިލިހަށް ފޮނުވާފައިވާ މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ އާ ސަބަބެއް ނުވަތަ ޙާލަތެއް އުފަން ކުރުވިދާނެ ކަމަކަށް ހަމަ އެއްގޮތަކަށް ވެސް ނުފެނެ އެވެ،" ސިޔާސީ އަދި ގާނޫނީ ތަފާތު ބޮޑެތި މައްސަލަތައް ފަހަކަށް އައިސް ކުރިމަތިވިއިރު، ހިމޭނުން ހުންނެވި ނަޝީދު ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވީ ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑި ގެއްލުވާލެވޭނީ ގާނޫނުއަސާސީ އަށް ބަދަލު ގެނެސް، ކަމާ ގުޅުން ހުރި މާއްދާތައް ދެން އަންނަ އިންތިޚާބަކުން ހިނގާ ގޮތަށް ހެދުމުން ކަމަށެވެ. އަދި ދައުރުގެ ތެރޭގައި ގޮނޑި ބަދަލުކޮށްފިނަމަ، އެ މެމްބަރެއްގެ އިންތިޚާބީ ހައިސިއްޔަތު ދައުރުގެ ބާކީ އޮތް މުއްދަތަށް ދަމަހައްޓަން ފެނޭތޯ ބެލުމަށް އެދާއިރާއެއްގެ މީހުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ފާހަގަކުއްވި ގޮތުގައި އެ ނޫން ގޮތަކަށް އެކަން ކުރެވޭނެ ކަމަކަށް އޭނާ އަށް ފެނިވަޑައެއް ނުގަންނަވަ އެވެ.

"މެޗު ކުޅެމުންދަނިކޮށް ގަވާއިދު ބަދަލުކުރުމަކީ ކުރެވިދާނެ ކަމަކަށް އަމުދުން ނުދެކެމެވެ،" ޕާޓީ ބަދަލުކޮށްފި ނަމަ، މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ވަޑައިގެން އެކަމަށް ވަކާލާތު ކުރެއްވި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާ ގުޅިވަޑައިގެން "ނަޝީދު، އަނިލް އެންޑް ކޯ" ގެ ނަމުގައި ލޯ ފާމެއް ކުރިން ހިންގެވި ނަޝީދު ވިދާޅުވި އެވެ.

އެ ލޯ ފާމް މިހާރު ވެސް ނަޝީދު ހިންގަވަ އެވެ. އެކަމަކު އަނިލްގެ ހިއްސާ ނޯންނަ ކަމަށްވެ އެވެ.

ނަޝީދު ވިދާޅުވީ، ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބުނެފައިވާއިރު، ރައްޔިތުންގެ މަސްލަހަތަށް ވުރެ ޕާޓީލައިން އިސްވަނީ ކޮން ގޮތަކަށް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަދި، ވޯޓު ދޭގޮތަކުން ނުވަތަ ފާޅުކުރާ ޚިޔާލަކުން، ތަޙްޤީޤެއް ހިންގައި ދަޢުވާއެއްކޮށް ބަންދެއްކޮށް ހައްޔަރެއްކޮށް ހަދައިގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގައި ބުނެ އެވެ. މި ރައްކާތެރިކަން މިގޮތަށް އޮއްވައި، ވިޕްލައިނަކާ ޚިލާފަށް ވޯޓެއް ދީގެން ޕާޓީން ކަނޑާލުމަކީ، ނުވަތަ އިންތިޚާބުވި ޕާޓީ ދޫކޮށްލުމަކީ، އިންތިޚާބު ކޮށްފައިވާ މެންބަރެއްގެ ރަސްމީ ވަޒީފާ އަށް އަސަރެއް ކުރާ ގޮތަށް އޭނާގެ އިންތިޚާބީ ގޮނޑި ގެއްލުވާލެވިދާނެ ސަބަބަކަށް ވާނެގޮތެއް ނޭނގެ އެވެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ގާނޫނުއަސާސީގައި ސިޔާސީ ޕާޓީގެ ދައުރު މާބޮޑަކަށް ބަޔާން ކޮށްފައެއް ނުވެ އެެވެ. އަދި އެކަން ބަޔާންކޮށްފައި އޮންނަނީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާގައި އެކަނި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމާ ގުޅޭ އިތުރު ވާހަކަތަކެއް ނޯވެ އެވެ.

"އަދި، ރައްޔިތުން ވޯޓުދެނީ، ޕާޓީ ލިސްޓަކަށް ނުވަތަ ވަކި ޕާޓީއެއް ތަމްސީލުކުރަން ކަމަށް ދޭހަވާ އެއްވެސް މާއްދާއެއް ޤާނޫނުއަސާސީއަކު ނެތެވެ. އަދި ކީއްތޯ އެވެ. އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނަނީ، ރައްޔިތުން މިނިވަންކަމާއެކު އިޚްތިޔާރުކުރާ މެންބަރުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގަން ބައިވެރިވެވޭނެ ކަމަށާއި، ކޮންމެ މީހަކަށް ވެސް އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ،" ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރު ނަޝީދު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އަށް އިތުރު ބާރެއް ދެނީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ނަޝީދު ވިދާޅުވި ގޮތުގައި، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަންދީގެން މަސައްކަތް ކުރަންޖެހޭނެ އެވެ.

"އަދި، މެންބަރުންގެ އިންތިޚާބީ ދާއިރާތައް ތަމްސީލު ކުރުމުގައި، މުޅި ޤައުމާއި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ރިޢާޔަތް ކުރަންވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެ އެވެ. މިއީ ޕާޓީގެ ފިކުރާއި ޕާޓީލައިން ހިފަހައްޓަން ލާޒިމުވާނަމަ، ކުރެވޭނެ ކަމެއް ނޫނެވެ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވަނީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވުމަށް ފަހު، އެ ޕާޓީއެއްގެ ޓިކެޓު ދޫކޮށްލުމަށް މެދުވެރިވާ ބައެއް ސަބަބުތައް ވެސް ބަޔާންކޮށްފަ އެވެ.

ނަޝީދު ވަނީ، ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި، ބަރުލަމާނީ އުސޫލުތައް ތައާރުފުކުރަން އުޅުމަކީ، ކޮންކަހަލަ ކަމެއްތޯ ވެސް ސުވާލު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބައެއް ގައުމުތަކުގައި ކަނޑައަޅާފައި ވަނީ ވެސް ގާނޫނުއަސާސީގައި ހިމަނައި، އެއަށް ތަފްސީލު ގާނޫނުތައް ހަދައިގެންނެވެ.

102 ކޮމެންޓް, 180 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 3%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދަމ.

14 July 2017

ރާޖޭގައި ޮތީ ޕާލަމެންޓްރީ ނިޒާމެއް ނޫން. ރިޔާސީ ނިޒާމެއް. މެމްބަރުން ގެ ޕަޕެޓަކަށް ޤައުމުގެ ޙުކޫމާތުގެ ވެރި ރައީސުލް ޖުމްހޫރިއްޔާ ނުހެދޭނެ.

The name is already taken The name is available. Register?

ސާދާސީދާ

13 July 2017

ނޭނގޭ ނޭނގޭ ނޭނގޭ! 7 ފެބުރުއަރީ 2012 ގައި ކުރެވުނު ބަޣާވާތް އައި އިރު އެހާ ސާފުކޮށް ޤާނޫނާއި ޚިލާފުކަންތައްތައް އެނގޭކަމުގައި ހެދުނީ ކީއްވެތޯ؟ އެހެންވީމާ، ތިޔައީ ވެސް ރޯނުއެދުރެއް!

The name is already taken The name is available. Register?

އިބޫ

13 July 2017

އަލްހަމްދުލިއްލާހި... ރަނގަޅު މަގުގައި އެއޗެއް ބުނުކުގެ ހިތްވަރު އެމްޕީ ނަޝީދު އަށް މިންވަރު ކުރައްވައިފި

The name is already taken The name is available. Register?

ރަނގަޅު

12 July 2017

ތިއުޅުއްވަނީ އޮޅުވާލާށެވެ. އިދިކޮޅުން އެވަރަށް މަސައްކަތްކުރަނީ މަސީހު ގޯސްވެގެން ރައްޔިތުންނަށްޓަކައި، ރައްޔިތުން ދެކެ ވާ ލޯބިން މަސީހު ދުއްވާލަން އުޅެނީކަމަށް ދައްކަން ނޫސްވެރިން މަސައްކަތް ނުކުރާށެވެ. އަދި ހަގީގަތް ނޭނގޭކަމަށް ހަދައިގެން ނޫޅޭށެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ އިދިކޮޅުން މަސައްކަޔް އެކުރަނީ ރައީސް ޔާމީން ދުއްވާލާށެވެ. ތަފްސީލްކޮށް ބުނާނަމަ، މަސީހުގެ ގޮނޑިއަށް ގާސިމު ގެނެސް ޔާމީން އަޒުލުކުރުމަށްފަހު، ގާނޫނު ތަކަށާއި، ކޯޓުތަކަށް ބަދަލުގެނެސް ނަޝީދު މިނިވަންކުރުމާއި، މުޅި ޕީޕީއެމް މައުމޫނަށް ހޯދައިދިނުމާއި، ގާސިމަށް ދައުރު ނިމެންދެން ގާސިމަށް ރައީސްކަން ހޯދައިދިނުމެވެ. ތިން މީހުންނަށްވެސް އޭރުން ހަމަހަމައަށް ކޭކު ބެހުނީއެވެ. އެމީހަކު ބޭނުން ކަމެއް އެމީހަކަށެވެ. ރައްޔިތު މީހާއަށް ހިނގި ހުރިހާ ހަރަދެއްގެ ޓެކްސް ދެއްކުމެވެ.

The name is already taken The name is available. Register?

ސާމީޙް

12 July 2017

ސުވާލަކީ، ޕާޓީ ބަދަލުކުރުން ހުއްތުވުމުން މެމްބަރުން ކޮރަޮޕްޓު ނުވާނެތޯ؟ ޕާޓީ ވިޕްލައިނާ ޚިލާފަށް ވޯޓު ނުދޭނެތޯ؟ މިކަންތައްތައް މިހެން ވާ ކަމަށް ވަނީ ނަމަ ތީ ކުރަން ކިތައްމެހާވެސް ރަނގަޅުކަމެއް، އެކަމަކު މިކަން ކަމަކީ ވުމަސްވުރެ ދުރު ކަންކަން. ރީކޯ މޫސަ ވެސް އެމްޑީޕީގައި ހުރެގެން ކިތައް ވޯޓުތޯ ޕީޕީއެމް ކޮޅަށް ލީ؟ މިފަދަ ދަނޑިވަޅެއްގައި ތިފަދަ ޙުކުމެއްގެ ބޭނުން ހާސިލު ވާނެތޯ؟ ނުވާނެނަމަ ބޭކާރު ކަންކަން ކުރަނީ ކީއްކުރަންތޯ. މަ މިކޮމެންޓް ކުރަނީ ކޮން މޮޔައެއް ބޮލަށް އަރައިގެންތޯ؟؟؟

The name is already taken The name is available. Register?

ރޯނު ވަކީލު

12 July 2017

ތިއީ އަހަރެން ވަރަށް ޤަދަރު ކުރި މީހެއް، އެކަމަކު މިހާރު އެންމެ ރުޅިއަންނަ މެމްބަރު، އިށީނދެ އިން ގޮނޑިއާއި ފައިސާގެ ބިރަށް މިޤައު ހަލާކާދިމާލަށް ދިޔަދިން މީހެއްތީ! ނަށީދަކަށް ދުވަހަކުވެސް މާފެއް ނުކުރާނެ ރައްޔިތުންނެއް! މިއަދު ހަތަރުއެތި ވަނީކަން އެނގިގެން އަނގަފެޅީދޯ! ތިޔަކަހަލަ މީހުންނަށް އަހަރެން ބުނާނީ ތިޔައީ ހަމަ ފައްކާ ޖާހިލުންނޭ! ހިހޫތަނުން ކާން ދަސްކޮށްގެން އައިސްގެން އުޅޭ ބަޔެކޭ! މީ ވަރަށްވާހަކަ،

The name is already taken The name is available. Register?

ޒެޑްސް 1

12 July 2017

ނަޝީދުގެ ޚިޔާލު ފާޅުކުރި ބްލޮގް ގެ އާޓިކަލް އެއްފަރާތަށް އަރި އަޅާނެތާ. މިއުޅެނީ ގައުމުގެ ރައީސް އަނެއް ފަރާތަށް އަރި އަޅާލައިގެން ވިއްޔަ.

The name is already taken The name is available. Register?

ފަޅުވެރިން

12 July 2017

މަޒްމޫން ގައި ޢިލްމީ އޮއްޓަރު އެބަހުރި، އެހެންނަމަވެސް އޮތީ މުޅީން އެއްފަރާތަށް އަރިއަޅައިލާފައެވެ. މައިގަނޑު މަޤްޞަދަކީ މެންބަރުން ހިތުހުރި ގޮތަކަށް ކަންތައް ކުރެވިދާނޭކަމެވެ. މައްސަލައިގެ އަނެއްކޮޅު ކޮބައިތޯއޭ؟ ކުރިންވެސް އަޅުގަނޑު ދެންނެވި ސުވާލު ވައިތެރޭގައި މިހާރުވެސް އެނބުރެމުން އެބަދެއެވެ. އެއްވެސް ބޭފުޅަކު އެސުވާލަށް ޖަވާބެއް ނުދެއްވައެވެ. އެސުވާލަކީ މިއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ތަބަކަކަށް ލާފައި އާޒަމާނުގެ ވޯރާއިންނަށް ހިބައިންދޭއިރުވެސް އެކަމާމެދު ކުރެވޭނެ ކަމެއް ހަމަ ނެތީހެއްޔެވެ؟ އެމީހުން މިހާރު ރާއްޖޭގައި ނެތޭ ހީފުޅު ނުކުރައްވާށެވެ! ވެލާނާގޭގެ އިރުން އަމީރު އަޙްމަދު މަގުން ކުޑަތަންކޮޅަކަށް ހިންގަވާލައްވާއިރަށް އެމީހުންނާ ބައްދަލުވާނެއެވެ! މެންބަރުން ގަނެ، ވިއްކުން ހުއްޓުވޭނެ ގޮތެއް ހަމަ ނެތީހެއްޔެވެ؟ ދަނގެތީ ދާއިރާކަމަށް ހެދިގެން އެހެރަ، ނަމަވެސް ގެމަނަފުށްޓަށް ނިސްބަތްވާ ބޭފުޅާ ފަދަ މެންބަރުން ވިކުނު ޢަދަދެއްގެ ޝުމާރެއްވެސް މިހާރު ޚުދު އެބޭފުޅުންނަށްވެސް އެނގޭނޭހެނެއް ހީއެއް ނުވެއެވެ! މިދެންނެވި ސުވާލަށް ޖަވާބުދެއްވާށެވެ!!

The name is already taken The name is available. Register?

ސައީދު

12 July 2017

މަ ހަމައަންތަރީސް

The name is already taken The name is available. Register?

ހައިރާން

12 July 2017

ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނު ފާސްކޮށް ތަޞްދީގުކޮށް ގެޒެޓްކުރިއިރު ތިޔަ ބުނާ ޕީޕީ މެންބަރުން ތިބީ ނިދާފައި ހެއްޔެވެ؟ އެޓަރނީޖެނެރަލަށް އޭރު ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ބ. ނުފެނުނީހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެ މާއްދާ އެ ޤާނޫނުގައި ލިޔެފައި އޮތް ވާހަކަ ދަންނަވާލާނެ މީހަކުވެސް ޕާޓީގައި ނެތީހެއްޔެވެ؟ ހުރިހާ ކަމެއް ތިމާމެންގެ ދެއަތުން ތިމާމެންގެ ރުހުމުގައި ކޮށްފައި މިއަދު މިދައްކަނީ ހައުދަހައިވާ ދެކޮޅުނުޖެހޭ ވާހަކަތަކެވެ. ހަގީގަތް ހާމަކޮށްދެއްވީތީ އުސްތާޛު ނަޝީދަށް ޝުކުރިއްޔާ!

The name is already taken The name is available. Register?

އަބުޅޯ

12 July 2017

އެއްވެސްކޯޓަކުން ރައްޔިތުންމަޖިލިސްގެ ބާރުކަނޑުވާލެވިގެން ނުވާނެ

The name is already taken The name is available. Register?

ސައްލޭ

12 July 2017

މަޖިލިހުގެ ބާރެއް ދުވަހަކުވެސް ނުގެއްލޭނެ. އެކަމަކު ގޮޑިން ވިޔަފާރި ކުރާކުރުމަށް ގޮޑި ފޮރުވައިގެން ނަމަވެސް ބާރު ކަނޑުވާލަން ޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454