ޚަބަރު / ޕީޕީއެމް

ޕާޓީގައި އަޅުގަނޑުމެން "ހައިޖެކެއް" ނުކުރެވޭނެ، މިވެސް ގާނޫނާ ޚިލާފުވުން: މެމްބަރުން

ޕީޕީއެމުން ވަކިވި އަދި އަދި ކަނޑާލި މެމްބަރުން.

ވެރިކަން ކުރާ ޕީޕީއެމުން ވަކިކޮށްދިނުމަށް، ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީ ތަމްސީލުކުރި 10 މެމްބަރަކު އެދުމުން އެކަމާ ދެކޮޅު ހަދައި އެ މެމްބަރުން ޕީޕީއެމްގައި "ހައިޖެކް" ކުރަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަމަށް އެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވުމަށް ފަހު، ޕީޕީއެމުން ވަކިވާން ހުށަހެޅުއްވި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގާއި ތިމަރަފުށި ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އެވެ.

މި މެމްބަރުން ޕާޓީން ވަކިވާން އެދިވަޑައިގަތީ މަޖިލީހުގެ ރައީސް މަސީހުގެ މަގާމު ދިފާއުކަރަން ސަރުކާރުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވެ. ކޯޓަށް ހުށަހެޅީ، އެ މެމްބަރަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދޭށެވެ. މިއީ ގާނޫނާ ޚިލާފަށް ވެއްދި މައްސަލައެއް ކަމަށް ޕީޕީއެމުން ވަކިވި މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

ޕީޕީއެމުން ވަކިވާން އެދިވަޑައިގެންފައިވާ ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި ދެމިހުރުމާއި ޕާޓީން ވަކިވުން އެއީ ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ ހައްގެއް ކަމަށެވެ. އެ ހައްގު ވެސް ނިގުޅައިގަނެ، މަޖުބޫރުން މެމްބަރުން ޕާޓީގައި ބައިތިއްބަން އުޅެނީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވި އެވެ.

"ވަޒީރަކު ވެސް މަގާމުގައި ދެމިހުންނަން ބޭނުން ނުވާ ނަމަ ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއަކުން އެންގީމަ އެކަން ނިމުނީ. ހަމަ އެގޮތަށް މެމްބަރުން ވެސް ޕީޕީއެމްގައި ތިބެން ބޭނުން ނުވާތީ ޕާޓީ އަށް ސިޓީ ފޮނުވީމަ އެ ހިސާބުން އެ ވަކިވީ. ގަދަބާރުން މަޖުބޫރުކޮށްގެން ޕާޓީގައި ނުބޭތިއްބޭނެ،" ލަތީފް ވިދާޅުވި އެވެ.

"ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު މިވަނީ، މެމްބަރުންގެ ގޮނޑި ގެއްލުވާލަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި މިވާ މައްސަލާގައި އެމަނިކުފާނު ބޭނުންފުޅުވާ ގޮތެއް ވީމަ މެމްބަރުން ވަކިކުރަން. ކޮބައިތޯ ހަމަޔާއި އިންސާފު؟ އާއިލާގެ ލޯތްބެއް ނުލިބުނު، ޕާޓީގެ ލޯތްބެއް ނުލިބުނު. ވެރިކަމަށް ގެނައި މީހުންގެ ލޯތްބެއް ނުލިބުނު. ރައްޔިތުންގެ ލޯތްބެއް ނުލިބުނު. ލޯބިން މަހްރޫމްވީމަ ސުޕްރީމް ކޯޓު މެދުވެރިކޮށް ލޯބި ހޯދަން މި އުޅެނީ."

ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް: މެމްބަރުން ޕީޕީއެމްގައި ހިފެހެއްޓުން ގާނޫނުއަސާސީއާ ޚިލާފު ކަމަށް ވިދާޅުވި.

ލަތީފް ވިދާޅުވި ގޮތުގައި ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރެއްވުމުގެ ހިތްވަރާއި ކެރިވަޑައިގަތުން ރައީސް ޔާމީންގެ ނެތެވެ. ޕީޕީއެމް ދޫކުރައްވައި ވަޑައިގަތް މެމްބަރުން އަލުން ޕާޓީ އަށް ރުޖޫއަވާން ރައީސް ޔާމީން ގޮވާލެއްމުން ވެސް އެކަން ނުކުރެއްވުމުން "ގަދަބާރުން" ހިފަހައްޓަން ބޭނުންވަނީތޯ ވެސް ލަތީފް ސުވާލު އުފެއްދެވި އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ބޭނުންވެއްޖެ ހިނދެއްގައި ޕާޓީން ވަކިވެވޭނެ ކަން ވަރަށް ސާފު ދިވެހި ބަހުން ގާނޫނުއަސާސީގައި ލިއެފައިވާ ކަމަށެވެ. އެހެން އޮއްވައި ޕާޓީގައި މެމްބަރުން "ބަންދު ނުކުރެވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގެ ހ.ގެ ދޭއްގައި ބުނާފައިވާ ގޮތުން ޕާޓީން ވަކިވާން އެދިއްޖެ ނަމަ އެ މީހަކު ޕާޓީން ވަކިވާނެ އެވެ. އަދި މީގެ ކުރިން ޕީޕީއެމުން އަމަލްކޮށްފައި ވަނީ ވެސް އެގޮތަށެވެ. އެއީ ޕާޓީން ވަކިވާން އަމިއްލަ އަށް އެދިއްޖެ ނަމަ ވަކިކޮށްދިނުމެވެ.

ޕީޕީއެމުން ވަކިވާން އެދިވަޑައިގަތް މެމްބަރުން ވަކިކޮށް ނުދޭ މައްސަލާގައި ގާނޫނީ ވަކީލުން ވެސް ގެންދަވަނީ ކަންބޮޑުވުންފާޅުކުރައްވަމުންނެވެ.

ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ ދެމިހުރުމަކީ އަސާސީ ހައްގެކެވެ. މަޖުބޫރުން މީހަކު ޕާޓީއެއްގައި ބެހެއްޓުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ވިދާޅުވީ، ވަކިވާން ހުށަހަޅާފައިވާ މެމްބަރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް އެ ޕާޓީގެ ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މެމްބަރުން ޕާޓީން ވަކިކުރުމާ މެދު ގޮތެއް ނިންމާނީ މައްސަލަތައް ބަލައި ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

64 ކޮމެންޓް, 167 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 1%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސީން

30 October 2017

ހަމަ އަނގަތަޅަތަލަ ތިބެން ޖެހޭނި، އެ އޮތީ ވަކި ކޮށްފަ. ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު ބުނަނީ ޕާޓީއަކުން ވަކިވާން ސިޓީ ފޮނުވާއިރަށް ވަކިވެވެޔެއެކޭ ނޫން. ގުނބޯހައްދަން ނޫޅޭ. ދެންވެސް ހަމަ ރައީސް ޔާމީން

The name is already taken The name is available. Register?

King

14 July 2017

ރަގަޅު ތިކަން ކުރުން މާލަސް ވެއްޖެ މިހާރުވެސް. ކޮރަޕްސަނަ އެއް ދޮރު ބަންދުވީ!!!!!!!!!!

The name is already taken The name is available. Register?

ޕުއްުޕޭ

13 July 2017

ކަޑަވެގެން ކުރާނެ ނުކުރާނެ ކަމެއް ނޭންގިގެން އުޅޭ ބައިގަނޑެއް

The name is already taken The name is available. Register?

ަައެވާހަކަ

13 July 2017

ބާރަށް އެރީޔާމު ބާރަށް ތިރިވާނެ!!!!!!

The name is already taken The name is available. Register?

ހޯލި

13 July 2017

ކޯޓުން ލޯބި ހޯދުން ނޫން ގޮތެއް މި ރައީސަކަށް ނެތެވެ.

The name is already taken The name is available. Register?

އަލީ

12 July 2017

ސުލޫކީ މައްސަލައެއް އުޅެންޏާ އެމެންބަރަކު އަވަހައް ޕާޓީން ވަކިކޮއްލަންވީނޫންތޯ ގަދަކަމުން ޕާޓީގަ ބަހައްޓާގޮތައްނިންމަނީ އަދަބެއްގެ ގޮތުންތޯ

The name is already taken The name is available. Register?

ކަލޯ

12 July 2017

ޔެގް. މީ ރަސްކަލުން ރަސްކަން ކުރި ޒަމާނެއް ނޫން. އެހެންވީމަ ބޭނުންހާ އެއްޗެއް ނުހެދޭނެ.

The name is already taken The name is available. Register?

ހުސޭނުބެ

12 July 2017

ހައިޖެކެއްނުކުރެވޭނެ!! އެކަމަކު ބޭނުން ވަރަކަށް ކޮރަޕްޝަންގެ ޢަމަލުތައް ހިންގޭ!!

The name is already taken The name is available. Register?

ރަށުމީހާ

12 July 2017

800 މިލިއަން ރުފިޔާގެ ވާހަކަ މަޖްލިސްގެ މާލިއްޔަތު ކޮމެޓީގައި ހުށައަޅައިދެއްވި ދުވަހު އެވާހަކަ ގެންނެވިގޮތާއި، ދިވެހިރާއްޖެއާ ހަމަ އަށް ބޯޓުއައިސް އަލުން ބަރުމާޔަށް މިސްރާބު ޖެހީމާ އޭގެ ކޮސްޓް ކަވަރޭޖަށް ވާނެ ގޮތާއި، މިއީ ޕްރެކްޓިކަލީ ކުރެވޭނެ ކަމެއް ނޫންކަމަށް ހުއްޖަތް ދެއްކެވި ދުވަހު އަޅުގަނޑަށް ދެްނެވުނީ މީ ވަރަށް ދޫހެލޭ، ފައްކާބޭފުލެކޭ.....އެހެނެއްކަމަކު ކަމަކަށް ވާކަހަލަ ކަމެއްޖެހުނީމާ 3 ބާރު 2 ބާރަށް ބަދަލުކޮށް، އިންޑިއާކަނޑުގެ މުތުން ފުރިގެންވާ ރީތި ޗާލޫ، މި ދިވެހިރާއްޖޭގެ ނަންވެސް ހުތުރުވެއްޖެއެވެ. ޕްލީސް..މިގައުމަށް ތިހެން ނުހަދާ....

The name is already taken The name is available. Register?

ލުގުމާން

12 July 2017

އާ ތެދެއް "ހައިޖެކެއް" ނުކުރެވޭނެ. ކަލޭމެނަށް ޓިކެޓްދިނީ ކޮންބައެއް؟ ކަލޭމެނަށް ކެންޕެއިން ކޮށްދިނީ ކޮންބައެއް؟ ކަލޭމެންގެ ކެމްޕެއިނަށް ޚަރަދުކުރަން ފަނޑު ދިނީ ކޮންބައެއް؟ ދެން ގޮންޑި ލިބުމުން މަޖިލީހުގައި ނަގާ ކޮންމެ ވޯޓަކަށް މިލިއަނުން ފައިސާ ނަގާއިރު ލަދުކޮބާ؟ އާއިލީ މީހުނަށާއި ރައްޓިންނަށް ސަރުކާރުގެ މަގާމުތަށް ހޯދަން ޑިމާޑު ކުރާއިރު ކީކޭ ހިތަށް އަރަނީ؟ އެނގޭތަ ތިޔައީ ގައުމާއި ރައްޔިތުން ހަލާކުކުރާ ބަޔަކީ. ގައުމާއި ވިޔަފާރިވެރިން ދަވާލާ ބަޔަކީ ތިޔައީ... މެންބަރަކަށް ވުމުގެ ކުރިން ދުއްވާނެ ސައިކަލެއް ހާމިންވަރު ވެސް ނެތް މީހުން ތިޔަތާ ގިނަވާނީ އެކަމަކު 20 އަހަރު ވަންދެން ވިޔާފާރި ކިރާ ވިޔަފާރި ވެރިން ނަށްވުރެން ކަލޭމެންގެ ބެއިތުލް މާލު ބޮޑޭ... އަޅެ މިއީ މުޖިޒާތެއްތަ؟

The name is already taken The name is available. Register?

ލުގުމޭން

12 July 2017

ކަލޭމެން އެހެން ޕާޓީތަކުގެ ޓިކެޓްގަ ހޮވޭ މެންބަރުން ނުގެންދަންތަ؟ ލަދުކޮބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454