ނާޒިމް: އޭނާގެ ކޮޓަރިން ފެނުނު ފިސްތޯލައާ އޭނާއާ ގުޅުމެއް ނެތް ކަމަށް ބުނެ އަދީބު ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައި --ފޮޓޯ/މިހާރު
15 ޖުލައި 2017 - 16:06
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ދިނުމަށް ނާޒިމްގެ އާއިލާއިން ކަމާބެހޭ ފަރާތްތަކުގައި އެދިއްޖެ އެވެ.
ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި އޭނާ 11 އަހަރަށް ޖަލަށްލައި، ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަދީބު މިދިޔަ މަހު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައިވަނީ އެ ފިސްތޯލައާ ނާޒިމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އޭގެ ހަގީގަތް އޭނާ އަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެ ސިޓީއާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ދިނުމަށް ނާޒިމްގެ އާއިލާއިން އެދުނީ ސުޕްރީމް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންގެ ކިބައިންނެވެ.
ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވި ގޮތުގައި އެކަން ބަލައި ދިނުމަށް މިމަހުގެ ދެ ވަނަ ދުވަހު އެ އިދާރާތަކުގައި އެދިފައިވިޔަސް ވަކި ޖަވާބެއް މިހާތަނަކަށް ނުލިބެ އެވެ.
"ފުލުސް އޮފީހަށް ޖޫން ފަހުކޮޅު އޮންނާނީ ސިޓީ ފޮނުވާފައި. ސުޕްރީމް ކޯޓާއި ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ ދެވަނަ ދުވަހު ސިޓީ. އެކަމަކު އަދި ވަކި ޖަވާބެއް ނުދޭ އެއްވެސް އިދާރާއަކުން،" އާޒިމް ވިދާޅުވި އެވެ.
ފިސްތޯލައާ ނާޒިމާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެ، އަދީބުގެ ފަރާތުން ސުޕްރީމް ކޯޓަށް ސިޓީ ފޮނުވިއިރު ނާޒިމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މަރުހަލާ މިހާރު އޮތީ ނިމިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާނޭ
16 July 2017
24 ގެ ފަހުން . . .މިހާޜު ބިޒި . .ބަންޑުންޖަހަނީ.. .. ހޫނ އެދިޔައީ ފުލުން
އަބްދުއްލާ
15 July 2017
މީހަކު ބުނެލާ އެއްޗަކަށް އަލުން މައްސަލައެއް ނުބެލޭނެ ، އަދީބު ކޯޓްގާ އިއުތިރާފް ވެލައްވާ ނާޒިމްގެ ގެއަށް ފިސްތޯލަ ވެއްދީ އޭނަކަމށާ އެއީ ނާޒިމް ފްރޭމް ކުރުމަށްއޭނާ ކުރި ކަމެއްކަމށާ، އެފިސްތޯލަ އެތެރކުރި ގޮތަކަ އިއުތިރާފްވެ އަދީބަށް އެ އަދަބުލިބި އަންނަ ހުކުމް ނިމޭއިރު އަދީބަށް ކުރާ ހުކުމްގާ ނާޒިމް މިނިވަން ކުރަންވެސް ނިޔާ ކަނޑަ އަޅާނެ . އެ ސަރީއަތެއް އަލަކުން ރިވިޔު ނުކުރެވޭނެ.
ޖާނޭ
16 July 2017
އަދުލް އިންސާފުގެ ހަމަ ޒައްރެއްވެސް ތިބާގެ ގައިގާ ނެތްތަ؟ ތިމާގެ އަމިއްލަަ ދަރިއެއް ފްރޭމް ކޮއްފިނަމަ ދެނޯ؟
ޒާ
15 July 2017
ކިބާ އދ. މަޖިލީހުން އެކަން ނުބަލާތަ. އަޑުއެހިން އދ. ސަލާމަތީ މަޖިލީހަކަށްތޯ ތަނަކަށް ހުށަހެޅިވާހަކަ. މަ ހީކުރީ އެތަނުން ބަލާފައި ނާޒިމް ހުރީ ދޫކޮށްލާފައިކަމަށް.
ޙަސަން އަޙްމަދު
15 July 2017
ކަލޭގެ ހުރި ޖާހިލުކަން ދެކިބަލަ! މީހެއްގެ އަނބިދަރީން އެމީހަކަށް އިންސާފު ހޯދަ ދޭން ކުރާ މަސަކަތަށޭ ތިޔަ މަލާމާތް ކުރަނީ.
ޕުލީޒް ރިމޫވްމީ
15 July 2017
ރައީސްމީހާއިން ފެށިގެންގޮސް ސިފައިންނާ، ފުލުހުންނާ، މިނިސްޓަރުންނާ، ފަނޑިޔާރުންނާ، މިނިވަން މުއައްސަސާ ތަކުގެވެރިންނާ މިހުރިހާ އެންމެން ކޮށްގެންތިބިހުވާގަ ރައްޔިތުންގެ ހައްޤްގެވާހަކަ އުނިކުރަންފެނޭ. މިހުރިހާ އެންމެންވެސް ޖަވާބު ދާރީވާންޖެހޭނެ ދުވަހެއްއޮތްކަން ހަނދާންކޮށްދެން، މިހާރު ވަޒީފާގެބިރަށް ތިގޮތަށްތިބެވިދާނެ.
ޕޮގުބާ
15 July 2017
އަލުން ބެލީމަ 15 އަހަރުގެ ޖަލުހުކުމެއް އަންނާނެ. ބަލަންވީތަ؟
ބޮން
15 July 2017
ދައުލަތުގެ އެންމެމަތީ ވެރިޔާ އަދި ގާނޫނު އަސާސީގައި ގާނޫއަސާސީގައިވާ ހަމަތަކާއި ގާނޫނުގެ ހުކޫމަތް ދައުލަތުގެ މުއައްސަސާތަކުން ދަމަހައްޓާ ތޯ ބެލުމުގެ މަސައްކަތްކަށް މަތިކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ލިޔުއްވާށެވެ. އަދި އެސިޓީގައި ދަންނަވާށެވެ. ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި މިކަން ބަލައި ދިނުމަށް އެދިފައިވާނެ ކަމަށާއި އެތަނުތަނުން އެއްވެސް ހިލަމެއް ނުވާކަމަށްވެސް. އޭރުން ތިމަންއާ ބެހޭ ކަމެއް ނޫނޭ ބުނެ ބޯދަމައިގަނެވޭކަށް ނުއޮންނާނެއެވެ.
ސޫރަޖް
16 July 2017
ސިޓީގަ އާދޭސް ކުރަންވާނެ. ހޭރެންވެސް ވާނެ.
ހީހީ ހަލާކު
15 July 2017
ނާޒިމްގެ މައްސަލަ އަލުން ބަލާކަށް ނޫންވީ. ނާޒިމް ވަގުތުން ދޫކޮށްލަންވީ. ނާޒިމަށް ދީފައިވަނީ ނުހައްގު އަނިޔާއެއްކަން ޚުދު ގާނޫނުއަސާސީއާ ގާނޫނުތަކާ ކޯޓުތަކާ ފުލުހުންނާ ޕީޖީ އަދި ނާޒިމަށް މިއަނިޔާދިން ބަޔަކުވެސް ގަބޫލުކުރޭ. އަދި އެންމެހާ ދިވެހިރައްޔިތުންވެސް ގަބޫލުކުރޭ. ވީއިރު ނާޒިމްގެ މައްސަލަ އަލުން ބަލާކަށް ނުޖެހޭ.
ބުރުހާނުއްދީން ރައްބާނީ
15 July 2017
ނާޒިމް ދޫކޮށްލާ! އޭނާގެ ކުށެއް ނެތް.
ހަސަނަޢައްކަލޯ
15 July 2017
ތިޔަ މައްސަލަ ބަލައެއް ނުދޭނެ. ތިޔައީ ފުލުހުން ކޮށްގެން އުޅޭ ކަމެއް ކަމަށް ލަފާވަނީ.
ސަރުކާނު
15 July 2017
އަދީބު ހެޔޮޙާލްގައި ހުންނެވިއިރު އެކަން އެއީ ނޭގޭ ކަމަކަސް ހައްދަވާފަ. ބެދުނީމަ އެކަން އެގޭކަމަސް ވިދާޅުވުމަކީ އެއްގޮތަކަށްވެސް ޤަބޫލް ކުރވޭނެ ކަމެއްނޫން. އެހެންވީމާ ތަނުގަ ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރާ ކަމަށް ދަޢުވާ ކުރަން ފެންނަނީ.