ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ހާމަކުރި މައުލޫމާތުން އަދީބަށް ނުރައްކަލެއް ވެދާނެތީ ނަޝީދު ކަންބޮޑުވެވަޑައިގެންފި

ރައީސް ޔާމީން އާއި ނައިބު ރައީސް އަދީބު -- ފޮޓޯ: ވީނިއުސް

ބޮޑު ތިންކުށެއްގައި 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު އާއްމު ކުރައްވަމުން ގެންދަވާ މައުލޫމާތުތަކުގެ ސަބަބުން އެ މަނިކުފާނަށް ނުރައްކަލެއް ވެދާނެތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަދީބަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއިރު، އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް ލިޔުއްވީ ކޯޓެއްގެ ފަނޑިޔާރެއް ނޫން ކަމަށާއި އެކަން ހިނގި ގޮތް އެނގިވަޑައިގަންނަވާ ކަމަށް އަދީބު ވަނީ ހާމަކުރައްވައިފަ އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އުޅުއްވި ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، އެ ހަތިޔާރާ ގުޅޭ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ. ނަޝީދާއި ނާޒިމާ ގުޅޭ އެ ދެ މައްސަލައިގެ ހަގީގަތް ސުޕްރީމް ކޯޓަށް ވިދާޅުވެ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުއްވި ސިޓީއެއްގައި އަދީބު ވަނީ ވިދާޅުވި އެވެ.

މީގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ން ގެއްލުނު ފައިސާއަށް ވީ ގޮތް، ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އެކަމުގެ ބައެއް ވާހަކަތައް ވެސް އަދީބު ވަނީ މި ހަފުތާގައި ހާމަކުރައްވައިފަ އެވެ.

މި ހުރިހާ ކަމަކާ ގުޅުވައިގެން، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުގައި އަދީބުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އާއްމުކުރި މައުލޫމާތުގެ ސަބަބުން، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އަދީބަށް ގެއްލުމެއް ލިބިދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީން ގެއްލުނު ފައިސާއާ ގުޅޭގޮތުން އަދީބު ވިދާޅުވީ އެ ފައިސާގެ 80 ޕަސެންޓް ރައީސް ޔާމީން އަތްޕުޅުގައި މިހާރު ވެސް ހުރި ކަމަށާއި އެތަނަށް ލިބުނު ފައިސާގެ އަދަދާއި އެ ފައިސާއާ މެދު އަމަލު ކުރަމުން ދިޔަ ގޮތް ރައީސް ޔާމީނަށް އޮޅިވަޑައިގެންފައެއް ނޯންނާނެ ކަމަށެވެ.

17 ކޮމެންޓް, 63 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 38%
icon angry icon angry 46%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަލޭކާ ދިޔެ

15 August 2017

ނަޟީދު ކަލެއަށް ކޯޗެއް އެނގެނީ.. ކުޑަކުދިން ކުޅެއިރު ރަބަރުބޭންޑު ޖެހީމަ ބިރުން ފިލަން ދުވާހެން ދުވެ ފިލާފަ އޮވެގެން..

The name is already taken The name is available. Register?

ސަރުކާނު

18 July 2017

ސާބަހޭ ނަޝީދޫ ފަލިޖަހާ އަދިވެސް ފަލިޖަހާ. އެކަމަކު އަޅުގަޑު ގެ ދުޢާއކީ މަނިކުފާނަށް ވެރިކަމުގެ އެއްވެސް ބާރެއް ނުދެއްވުން.

The name is already taken The name is available. Register?

ޙ

18 July 2017

ޢަސްތާ ޔާމިނު ހީލާފަ ހުރި ފޮޓޯއެއް، ތީ ހަމަ އަސްލު ފޮޓޯއެއްތަ

The name is already taken The name is available. Register?

ކޮކާ

18 July 2017

ޕޕޕޕކަކަކަކަކަކަކާކާކާހާހާހާއި އައްދޯއި. ސޮރީ ބޭފުޅާ. ހަމަ ހިނި ފަޅައިގެން ދިޔައީ.

The name is already taken The name is available. Register?

ހައިރާން

18 July 2017

މި ހުރިހާ ދުވަހު މިސޮރު މިކަމާމެދު ބަހެއް ނުބުނެ ހުރެފަ ކުއްލިއަކަށް މިކަހަލަ އެއްޗެއްކީމަ ހައިރާންވޭ.

The name is already taken The name is available. Register?

ޢަބޭ

17 July 2017

ކަލޯ އަނެއްކަ އަދީބު އާއެކު އަނެއްޑީލް ހަދަނީތަ؟ ވާހަކަ ތިހުރިގޮތުން އެކަހަލަ ވަހެއް މިދޮވަނި. ކުރިންވެސް ގާނޫނު އަސާސީ ފުނޑާލީ އަދީބުއަށް ޕާޓީގެ ވޯޓްކޮޅު ވިއްކާލައިގެން ޖަލުން ނިކުމެވޭނެކަމަށް. މިފަހަރު ތިއުޅެނި އަދީބު މަޅިދަށުލައިގެން އަދީބުލައްވާ ދޮގުބަޔާން ނެރެގެން ސަލާމާތްވާންދޯ.....

The name is already taken The name is available. Register?

ކައުންސެލަރު

17 July 2017

ކުރިން ބުރޯ އޮތީ ގޯސްވެފަ. އެއީ ގައުމުގެ އެތައް މިލިއަން ފައިސާއަކަށް އޭނާ ޚިޔާނާތްތެރިވެފައިވާތީ. އެކަމަކު މިހާރު އޭނައިގެ ގައިގެ ތަނެއްގައި ރިއްސާލައިގެންވެސް މީނާ އަކަށް ކަމަކުނުދޭ. ބަލަ އޭނާ ޖަލަށްލީމާ އޭނާ ގައުމުގެ ފައިސާތައް ދިރުވާ ނުލާކަމަށްވާނެތަ؟ އެހެންވީމާ ތިޔަ އުޅެނީ ކުށްވެރިއެއްގެ ހިމާޔަތުގަދޯ. މީނާގެ ހުންނަ ބުރާންތިކަން މިހުންނަނީ.

The name is already taken The name is available. Register?

ލޮލް

18 July 2017

ގައުމޭ ތިކިޔަނީ ބޮޑު މަންޒަރު ނޭނގޭތީތަ. ޖަރީމާތައް ހިންގީ ރައީސް މީހާޔަށް އެނގިހުރެ. ސީޔާސީ ބޭނުމައް މީހުން މަރާކަށް މުޅި ގައުމު ދަނޭ. އެކަމް ދިވެހިންގެ މައްސަލައަކީ އެމީހަކު ބޭނުންވާ އެއްޗެއް އަޑުއިވުނީމަ ނޫނީ ގަބޫލެއް ނުކުރާނެ

The name is already taken The name is available. Register?

އ

18 July 2017

"ކައުނސެލަރު" ބުނަން ވާހަކއެއް، ތަންދޮރު އިގިގެން ވާހަކަ ދައްކާ. ރ.ނަޝީދު ވިދާޅު އެވަނީ އަދީބްގެ ސަލާމަތާ ބެހޭ ވާހަކަ، އަދީބްގެ ސިއްހީ ހާލަތު ވެސް ރަގަޅެއް ނޫން. ކުއްވެރިއެއް ކަމަކުވެސް އިންސާނަކަށް ލިބެން ޖެހޭ ކަންކަމުގެ ވާހަކަ. އަދީބް އެހެރީ ކުށަށް އަދަބް ކަޑަ އެޅި ތަންފީސް ގަ، ދެން ކޮން އިތުރު އަނިޔާ އެއް ދޭން ތި ތާއީދު ކުރަނީ.

The name is already taken The name is available. Register?

Maldives

17 July 2017

އަދީބު އެބަހެޖޭ ސަލާމަތުން ބަހައްޓަން. އަދީބަށް ވަރަށް ކަންތަށްއެންގޭނެ.

The name is already taken The name is available. Register?

ކުޑަދޫއަހްމަދު

17 July 2017

އަދީބުގެ އަނގައިން ޔާމީނު ބޭޒާރުވާ ވަރުގެ ވާހަކަތަކެއްވެސް އަޑުއިވިގެންދާނެ ކަމަށް އެބަ ހަބަރު ލިބޭ! އަދީބަށް ނޭންގޭ އެއްވެސް ކަމެއް ވެފައި ނެތް!

The name is already taken The name is available. Register?

އަޑަފި

18 July 2017

މިހާރު އަދީބުގެ އަނގަޔަކުން ޔާމީނުގެ ރަނގަޅު އެއްވެސް ވާހަކައެއް ނީވޭނެއެވެ. އެއީ ޔާމީނުގެ ވެރިކަމުގައި ބޮޑު އަދަބެއް ލިބިފައިވާތީއެވެ. މައުމޫނުގެ ވެރިކަމުގައި މައުމޫނުގެ ރަނގަޅު އެއްވެސް ވާހަކައެއް މުހައްމަދު ނަޝީދުގެ އަނގައިން ބުނިއަޑު އެހިންތޯއެވެ. އޭރު އަބަދުވެސް މައުމޫނުގެ ނުބައިވާހަކައާއި، ޓިކްޓޭޓަރުގެ ވާހަކަ ނޫންވާހަކެއް ނުދައްކައެވެ. އެކަމަކު މިހާރު މައުމޫނު ވަރެއް ނެތިގެން ނަޝީދުވެސް އެ އުޅުއްވަނީ ޖަލުގެ ހުކުމުން ސަލާމަތްވެވޭތޯއެވެ. ސަލާމަތްވީހާ އަވަހަކަށް މައުމޫނުގެ ކަރުގައި ނަޝީދު ހިފާނެއެވެ. (ހަނދާނައްޓަކައި މި ކޮމަންޓް ކޮންމެވެސް ބޭފުޅަކު ސޭވްކޮށްފައި ބޭއްވުން އެދެމެވެ.)

The name is already taken The name is available. Register?

އަހުމަދު

17 July 2017

އަދީބު ކިއެއްކުރަން ނާޒިމް ގެ ވާހަކަ ރައީސް ނަޝީދުގެ ވާހަކަ ދެން އެހެނިހެން މީހުންގެ ވާހަކަ އެދައްކަނީ މީނަވެސް އެކުވެގެން އެމީހުނަށް ހައްޤުންނާއި ނުހައްޤުން އަނިޔާދިނުމަށްފަހު މީނަ ޖަލުގެ ތޭރިތަކުގެ ތެރެއަށް ދިއުމުން އެދައްކަނީ .... ބޭކާރު ކަމަކަށް ނުވާނެ ނަމަ ރަގަޅު... އެކަމަކު މިހާރަކު އިންސާފުލިބިދާނެ ކަމުގެ އުއްމީދު ކުޑަ .....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454