ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުންޔާ ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު
18 ޖުލައި 2017 - 22:15
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމާ ގުޅިގެން އޭނާގެ އެއްބަނޑުއެއްބަފާ ދައްތަ އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ހިތްހަމަނުޖެހޭ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފި އެވެ.
ދުންޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮއްކޮ ފާރިސް އާއި އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުންނަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
އެ ޓުވީޓާއެކު، ދުންޔާ ވަނީ ފާރިސް އާއި ޔުމްނާ މައުމޫން އަދި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޣައްސާން މައުމޫނާއެކު ކުޑައިރު އިންނެވި ފޮޓޯއެއް އާންމު ކުރައްވައިފަ އެވެ.
Wishing my brother @afarismaumoon, his wife & son strength, Insha Allah pic.twitter.com/oG4EQ3765w
— Dunya Maumoon (@dunyamaumoon) July 18, 2017
ދުންޔާ ކުރެއްވި ޓުވީޓު.
ދުންޔާ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ "ލެޔަކީ ފެނަށް ވުރެ އޮލަ އެއްޗެއް" ކަމަށެވެ. ބެލެވޭ ގޮތުގައި މި ޓްވީޓުގައި ދުންޔާ މާނަކުރެއްވީ، ލޭގެ ގުޅުން އެހެން ގުޅުންތަކަށްވުރެ މާ ވަރުގަދަ ވާނެ ކަމެވެ.
"Blood is thicker than water"!
— Dunya Maumoon (@dunyamaumoon) July 18, 2017
ދުންޔާ ކުރެއްވި ޓުވީޓު.
ދުންޔާގެ ޓުވީޓުތަކާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ އޭނާ އަށް ފާޑު ކިޔަމުންނެވެ. އެގޮތުން ސަރުކާރުގެ އިސް ބޭފުޅުން އިސްވެ ތިއްބަވައި ފާރިސް އަށް އަނިޔާ ދޭ އިރު، ސަރުކާރުގެ ދިފާއުގައި ދުންޔާ ހުންނަވާތީ ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ފާރިސް ދެކެ ލޯބިވެވަޑައިގަންނަވާނަމަ، ދުންޔާ ހުންނެވި މަގާމުން އިސްތިއުފާ ދެއްވައި ރައްޔިތުންގެ ފަޅި އަށް އެރުމަށް ބައެއް މީހުން ވަނީ ގޮވާލައިފަ އެވެ. އަދި ދުންޔާ މަގާމުން އިސްތިއުފާ ދެއްވާފައި، އަނިޔާވެރިކަމާ ދެކޮޅަށް ނިކުންނަން ނުވޭތޯ ގިނަ ބަޔަކު ސުވާލު ކުރި އެވެ.
Isthiufaa dheefa thi aniyaaverikamun nikunnaakah nuveytha
— Kalhu Andhiri (@AlimanikDhonbe) July 18, 2017
ދުންޔާގެ ޓުވީޓާ ގުޅިގެން މީހަކު ކުރި ސުވާލެއް.
"ގޮޅިއަށް ފެތި ވަޑައިގެންތޯ ތިޔަ ހުންނެވީ؟ އަމިއްލަ ކޮއްކޮ އަށް އަނިޔާ ކުރާ އިރު ވެސް އަތް ޖައްސަވަން، ކެރިވަޑައިގަންނަވާނަންތޯ ކޮއްކޮގެ ދިފާއުގައި ބަސް ބުނަން،" މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
ބައެއް އާންމުން ވަނީ ދުންޔާ އަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކޮށްފަ އެވެ. އެގޮތުން އެމީހުން ބުނި ގޮތުގައި ދުންޔާއަކީ ގައުމަށްޓަކައި ނިކުމެވަޑައިގެން ހުންނެވި ފިސާރި ކަނބަލެކެވެ.
I feel sad about @dunyamaumoon . Pls resign from ur post and stay in bodu falhi raiyyithun ge falhi.
— Ahmed shiyam (@Shiyam_ahmed) July 18, 2017
މީހަކު ކުރި ޓުވީޓެއް.
ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ހިތްހަމަޖެހިވަޑައިނުގެން، މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. އެކަމަކު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިތާ އަހަރެއް ނުވަނީސް، އޭނާ ވަނީ އަލުން ސަރުކާރާ ގުޅިވަޑައިގެންފަ އެވެ. އަދި މިއަދާ ހަމައަށް އައިއިރު، އޭނާ ހުންނެވީ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަޓް
19 July 2017
ބައްޕާފުޅަށް އެކަމު އޮލަވީ ލެޔަށްވުރެ ފެނެއްނޫންތޯ؟ އެހެންވެ އަންނިއާ ގުޅިގެން އެއުޅެނީ...އާއިލާތެރެއިން ފުރަތަމައިނުން ކަންކަން ހަމަޖައްސާލެވުނުނަމަ މިއަދުގެ ހިތި މަންޒަރުތައް ބަލަން ނުޖެހުނީސް.
ވަތަނަބޭ
19 July 2017
މި ޤައުމުގައި އަލައްތަ މީހަކު ބަނދުކުރީ؟ މީގެކުރިން ޖަލަށް ދޫނިދުއަށް ނުވަތަ ފުލުސް އޮފީގާ ބަންދުކުރާ މީހުންއެތިބެނީ ކޮންތާކުބާ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
މުހަންމަދު
19 July 2017
..."އޭބަލަކޮއްކޯއޭ، ކޮއްކޯއޭ ހީލަބަލާ........"
ސީދާސާދާ
19 July 2017
އަދިކިރިޔާ؟ Cold Blooded
ހަހީ
19 July 2017
ހެކި އެއީ މިދުވަސްވަރު ފެކްޓަރީތަކުން އުފައްދާ އުފެއްދުމެކެވެ. އެންމެފުރަތަމަ ފެކްޓަރީން ހެކި އުފައްދަން ފެށީ ޔޫއެސްއޭ އެވެ. ދެން މިހާރު ބާޒާރުން މުދާލިބޭ އުސޫލުން ހުރިހާތަނަކުން ގަންނަންލިބެއެވެ. އަދި މުދަލުގައިވެސް އެކިއެކި ފެންވަރުގެ މުދާހުންނަހެން ހެކީގެވެސް އެކި ފެންވަރު ހުރެއެވެ.
ޚަލީލު
19 July 2017
މުނާފިޤުން ތިބޭކަން ހަދާންވޭތަ؟
ރައްޒަ
19 July 2017
އެތެރޭގައި ހުރެ ތިގޮތައް އަޑު އުފުލުން ބުއްދިވެރި! ބާކީ އެއްއަހަރު!
ދެން
19 July 2017
ވަޒީފާގެ ގޮނޑި ގެއްލުނަސް ޕޕއމ ވަކިވާންވީ.
ހަމަ ގޭސް
19 July 2017
ހުސް ގޭސް
ލޭ
19 July 2017
ލެއައްވުރެ ވަޒީފާގެބޭނުން މާގަދަ
މަ
19 July 2017
ތީ މަމި ބުނާ ވާހަކައަކީ
އައިމަން
19 July 2017
ކަނޑާޅާ ހިސާބަށް ދިޔައީމަ އަދި ލޭ މާ އޮލަވާނެ.