މަޖިލީހުގެ ހަތަރު މެމްބަރުން. (ކ-ވ) އަބްދުއްލަތީފް، ސައުދު، ވަހީދު އަދި އަމީތު.
19 ޖުލައި 2017 - 15:40
ގޮނޑިތައް ހުސްވިކަމާ މެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާފައި ވަނިކޮށް، ހަތަރު ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކުއްލިއަކަށް ނިންމައި މިއަދު އެކަން އިއުލާންކޮށްފި އެވެ. އެކަމަކު އިންތިހާބުތައް ބާއްވާނެ ވަކި ތާރީހެއް ކަނޑައެއް ނާޅަ އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަޖިލިހުގެ ގޮނޑި ގެއްލިފައި ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ އެވެ.
އިލެކްޝަންސްގެ ނިންމުން މިއައީ އެ ހަތަރު މެމްބަރުން ޕީޕީއެމުން ވަކިކޮށް، ގޮނޑި ގެއްލިފައިވާ ކަން، ރޭ ޕީޕީއެމުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން އިއުލާންކުރައްވާފައި ވަނިކޮށެވެ.
ކޮމިޝަންގެ އިއުލާނުގައި ބުނީ އެ ހަތަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމީ މެމްބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ. އިލެކްޝަނުން މިހެން ބުނި ނަމަވެސް، މާޒީވެފައިވާ ކަމަކަށް އެ ހުކުމް ނުހިނގާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން އެ މެމްބަރުން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ. އެހެންވެ، ބައި އިލެކްޝަން ބާއްވަން އިލެކްޝަނުން ނިންމީ، ގާނޫނާ ޚިލާފަށް އިންސާފުން ބޭރުން ކަމަށް ވެސް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މެމްބަރެއްގެ ގޮނޑިއާ މެދު ހިލާފު އުފެދިއްޖެ ނަމަ، އެކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ގާނޫނުއަސާސީން ދީފައި އޮތީ ސުޕްރީމް ކޯޓަށެވެ. އަދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިގަނި
20 July 2017
ވަކިއަޅުވާ ދެން! އެއަށް ފަހު ޕިލޯފައިޓް ދެން އަނެއްކާ ޕީސް ހަދާފަ އަނެއްކާ ފައިޓް ކުރާނީ!! ބަލަ މިމީހުން ކުޅޭނެ އެއްޗެއް ކުޅެން ދޫކުރަން ވީތަ! މި ޕޮލިޓިކަލް މީހުން ތަށް މުޅި ގައުމު ފަސާދަ ކޮށްފި މިހެން ކުޅެކުޅެ ގޮސް!
މީދު ކިލަގެ
20 July 2017
މިއީ ވަރަށް ހިތާމަވެރި ޚަބަރެއް ސަބަބަކީ ދައުލަތުގެ މުއައްސަސާތައް ޤާނޫނީ އިމުންބޭރުވެ ގުނބޯ ހެދެމުންދާތިއެވެ.
އުޑު
20 July 2017
ކިތަންމެވަރަކަށް ވަކިކުރިޔަސް ދެން މިހަތަރު މެންބަރުންހޮވާނީ 100 ފަސެންޓުން ރައްޔިތުން ވޯޓްދީގެން
އުޑު
20 July 2017
ކިތަންމެވަރަކަށް މެންބަރުން ވަކިކުރިޔަސް 100 ފަސެންޓުން ހަމައެމެންބަރުން ރައްޔިތުންހޮވާދޭނެ، އަދި ހުދުމުހުތާރު ޔާމީނާއި ހުދުމުހުތާރު މަސީހާއި ހުދުމުހުތާރު އަނީ މަގާމުންދުރުކުރާނެ.
ހެޔޮބަސް
20 July 2017
އަމިއްލަ ޒަމީރާ އެއްގޮތަށް ހުކުމް ކުރުމުގެ މިނިވަންކަން ނެތް ފަނޑިޔާރުން ނަކީ އެއްމެ ނިކަމެތި ވަޒީފާ އަދާ ކުރާ މީހުން ނެވެ.
ކަނައްކަފޫޅު
20 July 2017
އެ ހަތަރު މެމްބަރުންގެ ގޮޑި ގެއްލުނީ ކޮން ޤާނޫނެއްގެ ދަށުން ނުވަތަ ކޮން ހުކުމެއްގެ ދަށުން ކޮން ކުށެއް ސާބިތު ވެގެން ތޯއެވެ؟މެމްބަރުންގެ ގޮޑި ގެއްލުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބުނު ގޮތެއް ނިކަން ސުލައިމާނު ބުނެބަލާށެވެ. ޙާދަހާ އޯގާތެރި ކަމާ ރަހުމު ވެސް ކުޑައޭ ދޯ އެވެ.
މުހަންމަދު
20 July 2017
ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށިދަނޑުވެސް ގެއްލުނީއެވެ............
ޖޖ
20 July 2017
ތިގޮތަށް އެއްވެސް ހަމައެއް ލަމައެއްނެތި ދައުލަތުގެ މަޤާމުތަކުގެ ގޮނޑި މަގުމތިން ބަޔަކު ބުނާއިރަށް ގެއްލޭކަމަށް ވަންޏާ ރައީސުލް ޖުމުހޫރިއްޔާގެ ގޮޑިވެސް ވަނީ ގެއްލިފައި އެގޮޑި ރައީސަށް ގެއްލިފައިވާކަމަށް ވަރަށްގިނަ ރައްޔިތުންވަނީ ބުނެއި އެހެންވީ ރިޔާސީ ގޮންޑި ހުސްވިކަމަށް މަޖިލިހަށް އަންގަންޖެހޭ ރައީސަކު ހުވާކުރަންވެސް!
ދދ
20 July 2017
އިލެކްޝަން ކޮމިޝަނަށް މެމްބަރުންގެ ގޮޑިގެއްލިފައިވާތީ މެމްބަރުން ހޯދަން އިއުލާން ކުރުން ރަގަޅު މަޖިލިހުން! އިލެކްޝަން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރަން އެބަޖެހޭ!!
އިރާޤު
20 July 2017
ހުރިހާ ބޭފުޅުން މިލިންކުގަ މިވާ ހަބަރުތައް ރިވިވް ކޮއްލާ mihaaru.com/news/15034 ފަޒީނާ އަހުމަދު 28 މާޗް 2017 - 14:57 މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ޕީޕީއެމުން މިއަދު ވަކިކޮށްފި މެންބަރު އަމީތު ޕީޕީއެމުން ވަކިކޮށްފި ސުލޫކީ ކޮމެޓީގެ ފަސް މެމްބަރުންގެ އިއްތިފާގުން އަމީތު ވަކިކުރީ، އޭނާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ފަހު ކަމަށް ކޮމެޓީން ބުނި ނަމަވެސް އެކަން އަމީތު ދޮގުކުރައްވަ އެވެ.