ޚަބަރު / ފާރިސް މައުމޫން

ފާރިސްއާ މެދު އަމަލުކުރަނީ ގާނޫނީ ޚިލާފަށް، ތަހުގީގުގައި ވާހަކައެއް ނުދެއްކެވި: މައުމޫން

ފާރިސްގެ ވަކީލު މައުމޫން ހަމީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކޮށް ގާނޫނާ ޚިލާފަށް އަމަލުކުރަމުންދާތީވެ، ތަހުގީގުގައި އޭނާ މިއަދު ވާހަކަ ނުދެއްކެވި ކަމަށް ވަކީލް، މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

ފާރިސް ހައްޔަރުކޮށް މާފުށީ ޖަލަށް ގެންދިޔައީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ވޯޓަށް މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ފާރިސް ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، ފާރިސް އިއްޔެ ވަނީ ކުއްލި ގޮތަކަށް ދޫނިދު އަށް ބަދަލުކޮށްފަ އެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑު އެހުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މައުމޫން މިއަދު ވިދާޅުވީ ފާރިސް ހައްޔަރުކޮށްފައި ވަނީ ގާނޫނުތަކާއި ކޯޓުގެ އަމުރާ ވެސް ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. އެހެންވެ، މިއަދު ހެނދުނު ދޫނިދޫގައި އޮތް ތަހުގީގުގައި ފުލުހުން ކުރި ސުވާލުތަކަށް ޖަވާބު ނުދެއްވައި، ގާނޫނާ އެއްގޮތަށް ތަހުގީގު ކުރިއަށް ގެންގޮސް ދެއްވަން ފާރިސް އެދިވަޑައިގެންނެވި ކަމަށް މައުމޫން ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ކުރާ ރިޝްވަތުގެ ތަހުގީގު ކުރިއަށް ގެންދަނީ، މައުމޫން ވިދާޅުވި ގޮތުގައި، ބާތިލް އިޖުރާއަތުތަކާއި ބާތިލް ކަންތައްތަކެއްގެ މައްޗަށް ކަމަށް ތަހުގީގުގައި ފާރިސް ވަނީ ވިދާޅުވެފަ އެވެ.

ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް ފަހު އޭނާ އަނބުރައި ދޫނިދު އަށް ގެންދަނީ.----މިހާރު ފޮޓޯ: ހުސެއިން ވަހީދު

"ފާރިސް ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ތަހުގީގަކީ ގާނޫނީ ހަމަތަކުގެ މަތިން ކުރިއަށް ގެންދާ ތަހުގީގެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް. މިއަދު ހިންގި ތަހުގީގު އިންޓަވިއު އަކީ ގާނޫނީ އިމުން ބޭރުން ކުރިއަށް ގެންދިޔަ ކަމެއް ކަމަށް ފާރިސް ދެކެވަޑައިގަންނަވާ. ސަބަބަކީ ފުލުހުން އަމިއްލަފުޅަށް ވިދާޅުވެފައި އެބަވޭ، ފާރިސް ދޫނިދޫ ކަސްޓޯޑިއަލް އިން ކަރެކްޝަނަލް ސާވިސް އަށް އަށް ހަވާލުކުރީ ކޯޓު އަމުރުގެ ދަށުން ކަމަށް. ކޯޓު އަމުރުގައި އޮތީ ހޯމް މިނިސްޓްރީން ކަނޑައަޅާ ރިމާންޑް ޖަލެއްގައި ފާރިސް ބެހެއްޓުމަށް،" ފުލުހުންގެ ޑިޓެންޝަން ސެންޓަރު ދޫނިދޫގައި ފާރިސް ހައްޔަރުކޮށްފައި ބެހެއްޓުމަކީ ކޯޓުގެ އަމުރާ ޚިލާފު ކަމެއްކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓުގެ އަމުރު އެ ގޮތުގައި ދެމިއޮތްހާ ހިނދަކު ފާރިސް ދޫނިދޫގައި ނުބެހެއްޓޭނެ ކަމަށެވެ. މާފުއްޓަށް ފާރިސް ގެންދަން ކޯޓު އަމުރަށް ތަބާވެ، އެތަނުން ދޫނިދު އަށް އަނބުރާ ގެންދަންވީމަ ކޯޓު އަމުރަށް ނުބެލުމަކީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.

"ކޯޓު އަމުރުގައި ނެތް ފުލުހުންނަށް ފެނިވަޑައިގަންނަވާ ކޮންމެ ތަނެއްގައި ފާރިސް ބެހެއްޓުމަށް. ރިމާންޑް ޖަލެއްގައި ފާރިސް ބަހައްޓަން އަމުރުކޮށްފައިވާއިރު ދޫނިދޫ އަކީ ރިމާންޑް ޖަލެއް ނޫން. އެހެންވީމަ ފާރިސް އެތަނުގައި ނުގެންގުޅެވޭނެ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ވަކީލުންނާ ނުލައި ފުލުހުން ރޭ ވަނީ ފާރިސްއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި، މިއަދުގެ ކޯޓު އަޑު އެހުމަށް ފަހު، ތަހުގީގު ކުރިއށް ގެންދާނެ ކަމަށް ފާރިސްގެ ގާތު ބުނުމަށް ފަހު، ވަކީލުންނަށް އެންގީ ހެނދުނު ދޫނިދު އަށް ވަޑައިގަތުމަށް ކަމަށެވެ.

"މިއިން އެނގޭ ކަމަކީ، ފުލުހުން އަމިއްލަ އަށް ނިންމެވި ނިންމެވުން ކޮންމެވެސް ސަބަބަކާ ހުރެ ބަދަލުކުރައްވަން ޖެހިވަޑައިގެންނެވި ކަން،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުން އެގޮތަށް އަމަލުކުރީ ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ހެނދުނު ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމަށް ހުރަސްއަޅަން ކަމަށް ގަބޫލު ކުރެއްވެ އެވެ. އެކަން ކޯޓުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަން މައުމޫން ފާހަގަކުރެއްވި އެވެ.

13 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 11%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާއްޖެ

24 July 2017

ގާނޫނާ ޚިލާފު ކަންތަކާ ދެކޮޅު ހެދުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެނެވާ ހައްގެއް ހަމއާ އިންސާފު ގެއްލިއްޖެ

The name is already taken The name is available. Register?

އަންނަނީ ހިނި

24 July 2017

ރިސްވަތު ދިންކަން އެނގޭ އެތައްބަޔަކު އެބަތިބި ދެން ކޮންހާ ބޭކާރު ވާހަކައެއް ވަކިދުވަހެއްގެ ވަކި ވަގުތެއްގެ ކުރިން ނޫނީ ފަހުންނޭ ކިޔާ އިޖުރާއަތެއް ހަދައިގެން ކުއްވެރިން ސަލާމަތް ކުރަން އުޅޭނެކަމެއް ނެތް

The name is already taken The name is available. Register?

ދިދަ މީހާ

24 July 2017

ހިނިއައްނަންވީ ޝަރީއަތް ކުރަނީ ދިދަ އެއް ބޭނުން ކޮށްގެން ވިއްޔާ

The name is already taken The name is available. Register?

ޞަކުރު

23 July 2017

އިންސާފާ ހަމަ މިއޮތީގެއްލިފައި. ސަރުކާރު ބޭނުންގޮތެއް.

The name is already taken The name is available. Register?

ދޮންބުޅާ

24 July 2017

އެމްޑީޕީ އުފެއްދުމަށްފަހު އިންސާފާ ހަމަ މިވަނީ ގެއްލުވާލާފަ! އެމްޑީޕީ މަހުޖަނުން ބޭނުން ގޮތެއް!

The name is already taken The name is available. Register?

ޖޮލީ

23 July 2017

މީވަރުގަދަކަމެންނު

The name is already taken The name is available. Register?

ނެޝަނަލިސްޓް

23 July 2017

ހިތައް އަރާ މިގޮތަށް ކަންކަން ހުރިއިރު ދެރަ ނިކަމެތި މީހުނާ ދޭތެރޭ ކަން ކުރާނީ ކިހިނެއް ބާއޭ!

The name is already taken The name is available. Register?

ޒާ

23 July 2017

ދޫނިދޫ ޖަލަކީ މާފުށީ ޖަލަށްވުރެން ރަނގަޅު ތަނެއް. ނަމަވެސް އެކަންވެސް ބޮޑުކަމަކަށް ހަދާނަމަ މާފުށީޖަލުގައި ބަހައްޓާލާ. އަދި ސައިޒްވާން ވަގުތުކޮޅެއް ނަގާނެ.

The name is already taken The name is available. Register?

ޝައްކަ

23 July 2017

ކިހިނަކުން ރަގަޅުވާހަކަ ތިބުނަނީ. ދޫނިދޫއަކީ އެކަހެރި ކޮށް ހުންނަން ޖެހޭތަނެެއް. މާފުށީޖަލުގައި މީހުން ފެނިދެނި އެކަނިވެރިކަމުގެ އިހުސާސް ކުޑަވާނެ.

The name is already taken The name is available. Register?

ހަބޭސް222

23 July 2017

މީހަކު ހައްޔަރު ކުރާކަށް މިހާރު ޤާނޫނުގައި އޮތީ ކޮންގޮތަކަށްތޯ މިސަރުކާރަކުން ބަލާކަށް ނުޖެހޭނެކަމަށް ވަނީ! މިސަރުކާރަކީ ފުލުހުންނާއި ކޯޓުން ހޯދި ސަރުކާރަކަށް ވީމަ! މީއީކީ ރައްޔިތުން ހޮވި ރައްޔިތުންގެ ސަރުކާރެއްނޫން!

The name is already taken The name is available. Register?

ވިލީނާ

23 July 2017

މީ އަހަރުމެން ވޯޓް ދީގެން ހޮވާފަ އޮތް ސަރުކާރެއް. ކޯޓަށް ދިޔައީކީ ޔާމިނެއް ނޫން. މިހާރު އެވަރެއް ނެތިގެން އުޅޭ ގާސިމް ދިޔައީ ކޯޓަށް. ރީތި ކޮށް ބަލިކޮއްލީމަ ކަލޭމެން ކުދިންކަށީގަ ހިފާފަހުރިކަމެއްވީމަ ކޮންމެސް އެއްޗެއް ކިޔަން ޖެހޭތީ ކޯޓް ތަކޭ ރޫހާނީ ލީޑަރޭ މައިިބަދައޭ ކިޔަނީ.

The name is already taken The name is available. Register?

ދޫނިދޫ

23 July 2017

މިއަދު ޤާނޫނެއް ޤަވާޢިދެއް ޤާނޫނު އަސާސީއެއްނެތް. އެ ތަކެތިވަނީ މަރުވެފަ. އެހެންވީމާ ކޮން ޤާނޫނެއްގެ ވާހަކައެއްދައްކާކަށް. އެއްވެސްމީހަކު ފުލުހުންގެ ތަޙުޤީޤުގައި ބަސް ބުނާނެކަމެއްނެތް. ތަޙުޤީޤޭކިޔައިގެން އެކުޅެނީ ޑްރާމާ އަދި ޝަރީޢަތެއްގައިވެސް ބަސްބުނާނެކަމެއްނެތް. ލޯޔަރުންނެއްވެސް ބޭނުމެއްނުވޭ. ޙުކުމް އޮންނަނީ ލިޔެނިމިފަ. ޤާޒީލައްވާ އެ ޙުކުމް ޚުޠުބާ ކިޔާހެން އިއްވަނީ އެހެންމީހުންގެ ލޯތަކަށް އޮޅުވާލަން.

The name is already taken The name is available. Register?

ދޮންބުޅާ

24 July 2017

ބަލަ، މައުމޫނު ވެރިކަން ވައްޓާލަންވެސް ގޮވަމުން ދިޔައީ ހަމަ ތިޔަ ތަކެތި މި ޤައުމުގަ ނެތް ވާހަކަ! ކޮންމެ ސަރުކާރެއް ބަދަލު ކުރަން ވީމަ މިއޮށް ކިޔަން ފަށާ ލަވައެއް ދޯ؟؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454