މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީން ގައުމާ މުހާތަބުކޮށް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
26 ޖުލައި 2017 - 15:22
އެތެރެ އާއި ބޭރުން ކެނޑިނޭޅި ކުރިމަތިވެވަޑައިގަންނަވާ ގޮންޖެހުންތަކާ ކުރިމަތިލައްވައި މިހާރު މި ކުރައްވާ ހަނގުރާމަ އަކީ ރައްޔިތުންނަށް ޓަކައި ކުރައްވާ ހަނގުރާމައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި މިއަދު ވެސް ތަކުރާރު ކުރެއްވި ގޮތުގައި ވެރިކަމަށް ވަޑައިގަތީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ހަނގުރާމަ ކުރައްވާށެވެ. ސިޔާސީ މައިދާނުގައި ތިބޭ މީހުން 24 ގަޑިއިރު ކުރާ، އަމިއްލަ އެދުމުން ފޮރުވިފައިވާ ސުވާލުތަކަށް ވުރެ މުހިއްމީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަަމަށް ވެސް ވިދާޅުވި އެވެ.
"އެތައް އަހަރުތަކެއް ވަންދެން ހައްލު ނުވެ ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުން. ތިޔަބޭފުޅުންގެ ދަރިންނަށް އަދި އެ ދަރިންގެ ދަރިންނަށް މާދަމާ އަކީ ހިތްފަސޭހަ ދުވަސްތަކެއް ކަމުގައި ހަދައިދިނުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަ ހޯދައިދޭން ކުރާ މަސައްކަތާއި ދިވެހި ޒުވާނުން އިސްލާމް ދީން ދޫކޮށް ދިއުމުގެ މައްސަލަ އަށް ހައްލު ހޯދަން އެމަނިކުފާނު ގެންދަވަނީ ހަނގުރާމަ ކުރައްވަމުންނެވެ. މިއާއެކު، ރައްޔިތުންގެ ފުރާނަ އާއި މުދަލުގެ ރައްކާތެރިކަން ޔަގީންކުރުމާއި ޓެރަރިޒަމާއި ހައްދުފަހަނާޅައި ދިއުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމުގެ ނިޒާމްތައް ފުރިހަމަކުރުމުގެ ހަނގުރާމަ ވެސް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ދަރަނި އަދާކޮށް، ޒަމާނުއްސުރެ ވަޅުޖެހިފައިވާ ދިވެހި އިގްތިސާދު ކޮޅަށް ޖެހުމާއި ދިވެހިންގެ އަތުން ބީވުމުގެ ބިރުހީވެފައިވާ ވަޒީފާގެ ބާޒާރު ފަހިކޮށް، ދިވެހި ޒުވާނުންގެ ކުރިމަގު އުޖާލާކުރުމުގެ ހަނގުރާމަ ވެސް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މިއީ ހަމަގައިމުވެސް މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި މި ގައުމަށް އުފަންވީ މައްސަލަތަކެއް ނޫން. އެއާ ޚިލާފަށް މިއީ، އަޅުގަނޑުގެ ސަރުކާރަށް ވާރުތަވީ މައްސަލަތަކެއް،" ރައީސް ވިދާޅުވި އެވެ.
"މި މަސައްކަތުގައި އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުގެ މުވައްޒަފުން ރެޔާއި ދުވާލު މަސައްކަތްކުރާއިރު، މިކަންކަން ނާކާމިޔާބު ކުރުވުމަށް ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިކުރުވުމަކީ ގައުމުގެ މަސްލަހަތެއް ނޫން. ރައްޔިތުންގެ މަސްލަހަތެއް ވެސް ނޫން. އެއްވެސް ބީދައަކުން ގައުމަށްޓަކައި ކުރެވޭ މަސައްކަތެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިމަތިވެވަޑައިގަންނަވާ ހުރަސްތަކާ އެކު ވެސް މަސައްކަތުގައި ދެމިހުންނެވީ ގައުމާ މެދު އުއްމީދުތަކެއް ވާތީ އެވެ. މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ފުއްދައިދޭން އެމަނިކުފާނު އަމާޒުތަކެއް ގެންގުޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަމާޒަކީ، ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ އާމްދަނީ އާއި ފުދުންތެރިކަން އިތުރުކޮށް، މުޖުތަމައުގެ ހަމަޖެހުމާއި ތަރައްގީ ހޯދައި ދެއްވުމެވެ.
"މި ކަންކަން ކުރުމަށް އަޅުގަނޑާ ހަވާލު ކުރައްވާފައި ވަނީ ތިޔަ ލޮބުވެތި ރައްޔިތުން. މި މަސައްކަތުގައި އަޅުގަނޑާއެކު ބައިވެރިވެވަޑައިގަތުމަށް ތިޔަ އެންމެ ބޭފުޅުންނަށް ދައުވަތު އަރުވަން. ދިވެހި ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނީ ތިމަންނާ ވެސް ބައިވެރިވެގެންނޭ ބުނުމުގެ އުފާ ހާސިލްކުރެއްވުމަށް އިލްތިމާސްކުރަން. މި ގައުމުގެ ތުއްތު ކުދިންގެ ލޮލުގެ ވިދުވަރުގައިވާ އުންމީދުތައް ހާސިލްކޮށްދިނުމުގެ ޝަރަފު ހޯއްދެވުމުގެ ފުރުސަތު އޮތީ ހުޅުވިފައި. ފަޚުރުވެރި ދިވެހިންގެ ގައުމީ ރޫހާއެކު މިކަމުގައި ބައިވެރިވެވަޑައިގަންނަވާ. އެއީ، މުޅި ގައުމަށް ލިބޭނެ ކުރިއެރުމެއް. ދިވެހި ދިދައިގެ ކުލަތަކަށް ލިބޭނެ އުޖާލާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައުޒް
28 July 2017
ރައީސް މިކުރަނީ ހަގުރާމަޔަކޯ... ހެހެހެހެހެ
ގެރި
27 July 2017
ތހި ހިނގުރާމަ ނުކޮއް އަވަހައް އިސްތިުފާދީފަ ދޭ... އެއީީ އެންމެ ހެޔޮގތް...
ނެޝަނަލިސްޓް
27 July 2017
އަޅުގަޑުގެ ނަމުގައި ރައީސް ޔާމީން ދިވެހި ރައްޔިތުންނާ ހަގުރާމަ ކުރެއްވުމަށް އަޅުގަޑު ހުއްދައެއް ނުދެން!
ުުކޖފހ
27 July 2017
އިޙްސާންތެރިކަންވެސް ނުދަން ބަޔަކު މިތާ ކޮމެންޓް ކޮށްފަ މިހުރީ، ހަމައެކަނި، ސިއްހީ ދާއިރާއަށް ބަލާލިއަސް އެނގޭނެ ރައްޔިތުންނަށްޓަކައި، ކަންކަންކޮށްދޭ ވެރިއެއްކަން މިހުރީ. އެއާ ހިލާފަށް، ނަޝީދު ހެދި ވަޑައިމަކީ، އައި.ޖީ.އެމް.އެޗްގައި ތިބި ޑރ ފޮނުވާލާފަ، އިންޑިޔާގަ ސެޓްފިކެޓް ގަނެފަ ތިބި ބަޔަކު، ލާރިގަނޑެއް ދިނީމަ އެމީހުން ގެނެސް ދިވެހިންނަށް ބޭސް ކުރަންލީ، ނަޝީދު އަދި ބުންޏޯލަ، ދިވެހިންނަށް ރަނގަޅުވާނެއޭ
އަލީ
27 July 2017
މަނިކުފާނަކީ، ދެވަނައެއްނުވާފަދަ ވެރިއެއް، ކެތްތެރި ކަމުގެ މިސާލެއް. މިއޮއް ކުރާހާ ފުރައްސާރައަށް ވެސް ކެތްކުރުމަކީ، އާދައިގެ މީހަކަށް ވާނެ ކަމެއްނޫން.
އަލީ
27 July 2017
މަނިކުފާނަކީ، ދެވަނައެއްނުވާފަދަ ވެރިއެއް، ކެތްތެރި ކަމުގެ މިސާލެއް. މިއޮއް ކުރާހާ ފުރައްސާރައަށް ވެސް ކެތްކުރުމަކީ، އާދައިގެ މީހަކަށް ވާނެ ކަމެއްނޫން.
ޞޮޝޭ
27 July 2017
ގޮތް ކުޑަ ވީމާ ވެރިކަމުގައި ހުންނަނީއެވެ. ޥެރިކަމުގައި ހުރުމުގެ ޝަރުތުވެސް މިހާރު ފުރިހަމަ ނުވެއެވެ
ވަހީދު
27 July 2017
އަމިއްލަ އެދުން އިސްކުރާ މީހުންނަށް ނުފެންނާނެ އަނެކާ ޝަރުތު ހަމަވާ ތަނެއް
ރޯޒް
27 July 2017
ރައްޔިތުންގެ ލާރިން ވައްކަން ކުރުމަކީ ކޮންކަހަލަ ހަނގުރާމައެއްތޯ؟
ކޮސްބެ
27 July 2017
އެމަނިކުފާނު އެވިދާޅުވީނު ހަނގުރާމަކުރައްވަނީ ރައްޔިތުންނަށް ޓަކައޭ . އެހެންވީމާ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އެއްޗެއްނޫނެއްނު .
ޖުހާ
27 July 2017
ރައްޔިތުންނާޓަކައޭބުނެ ރައްޔިތުންނާ ހަނގުރާމަކުރާ ރައީސަށް ދަންނަވަން ވޭތުވި 4 އަހަރު ރައްޔިތުން ފުދުންތެރިވެ ތަނަވަސް ވުމުގެ ބަދަލުގައި ދައުލަތަށް ދައްކަންޖެހޭ ޓެކްސް ޑަބަލްވެ ނިކަމެތިވެ ކާއެތިކޮޅުގެ އަގުވެސް ދެގުނައޭވީ ތަރައްތީޔޭ ފުދުންތެރިކަމޭކިޔައިގެން ތިޔަދައްކަވާ ޚިޔާލީ ވާަހަކަތައް މީހުންނޫޅޭ ފަޅުރަށެއްގައި ދައްކަވާ އޭރުން އެރަށުގައި ހުރިރުއްގަސް ގަބޫލުކޮށްފާނެތޯއްޗެ ދިވެހިން ތިޔަވިދާޅުވާ އަޅުވެތި ބޭއިންސާފު އަނިޔާވެރި ތަރައްގީއަށް ނޫނެކޭބުނެފި