ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް އާއެކު ރައީސް ޔާމީން އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަނީ.
27 ޖުލައި 2017 - 07:06
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އިއްޔެ ރައީސް އަބްދުﷲ ޔާމީނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި އިންޑިއާއަށް ފާޑު ވިދާޅުވިއިރު ހިމޭނުން ހުންނެވުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީނާ އެކު ކުރިޔަށް ގެންދެވި ނޫސްކޮންފަރެންސްގައި އިންޑިއާއަކީ ސާކަށް އޮތް ނުރައްކަލެއް ކަމަށް ދޭހަވާ ގޮތަށް ބޮޑުވަޒީރު ނަވާޒް ވާހަކަދެއްކެވިއިރު ރައީސް ހިމޭނުން ހުންނެވުމުން ދޭހަކޮށްދެނީ ދެ ގައުމުގެ ވިސްނުން އެއްގޮތްކަން ކަމަށެވެ.
ނަވާޒް ޝަރީފް އިއްޔެ ރާއްޖެ ވަޑައިގެންނެވީ މިނިވަން ދުވަހުގެ ރަސްމީ އިހުތިފާލްތައް ޝަރަފްވެރިކޮށްދެއްވުމުގެ ގޮތުންނެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ނޫސްކޮންފަރެންސްގައި ރާއްޖެއިން ސާކްގެ ކަންތައްތަކާ މެދު ދެކެވަޑައިގަންނަވާ ގޮތް ރައީސް ޔާމީން ހާމަނުކުރެއްވުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ނަވާޒް ޝަރީފް ދެއްކެވި ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ވިސްނުން ހާމަކޮށްނުދެއްވުމުން ދޭހަކޮށްދެނީ ރާއްޖެ އާއި ޕާކިސްތާނުގެ ވިސްނުން އެއްގޮތްކަން ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށެވެ. އަދި އެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އެކުވެރި ދައުލަތްތަކާ ދެމެދު އޮތް ޒަމާންވީ ގުޅުން ކެނޑި ރާއްޖޭ އެކަހެރިވަމުން އަންނަ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.
އެ ނޫސްބަޔާނުގައި ނޮވެމްބަރު 3، 1988ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ސަލާމަތްވުމަށް އިންޑިއާ ސަރުކާރުން ދިން އެހީތެރިކަން ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާ
27 July 2017
ޕާކިސްތާނާ އިންޑިޔާ އެއީ އަބަދުވެސް އެއްބަޔަކުއަނެއްބަޔަކަށް ފާޑުކިޔާ ދެގައުމު ޕާކިސްތާނުގެބޮޑުވަޒީރު ދައުވަތުދީގެނެސް އޭނަގެ އަނގަމަތީޓޭޕުއަޅާފަ ކިހިނެއްބައިންދާނީ އެހެންނޫނަސް ރައީސްޔާމީނަކީ އެއްވެސްއިރެއްގައި އިންޑޔާއަށް ފާޑުވިދާޅުވިބޭފުޅެއްނޫން އެކަމާހަމަގައިމުވެސް އަހަރެއް ހިތާމަކުރަން އިންޑިއާއިން ރާއްޖޭގެދާޚިލީކަންކަމުތެރެއަށް އެވަރައްވަންނައިރުވެސް ރައީސް ޔާމީން ހަނުހުންނެވުމަކީ އަބޫލުކުރެވޭނެކަނެއްވެސްނޫން
ފަތާސް
27 July 2017
ނަސީދު، ސައުދީ އަށާއި ޗައިނާއަށް ފާޑުވިދާޅުވާތީ އެމް.ޑީ.ޕީ އިން ކަންބޮޑެއް ނުވޭދޯ...
މޮހޮނު
27 July 2017
ދިވެހި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތު މުޅިން ހަލާކު ކޮށްލީ ނަޝީދު. އޭނަ އިންޑިޔާ ރުއްސަންވެގެން އިންޑިޔާކޮޅަށްޖެހުނުވަރުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަލާކުވީ. އިންޑިޔާ މާބޮޑަށް ފުއްޕަންފެށީ އޭގެފަހުން
ޕޮގުބާ
27 July 2017
ކެނެޑާ އާއި ޑެންމާކަށް ފާޑުކީނަމަ އެއަށްވުވެސް ކަންތަށް ބޮޑުވާނެ
ބަލްކު އެންޑް ބަލަކް
27 July 2017
އިންޑިޔާ ދިވެހިންއަތުން ފެލާލިވަރު މަދީތަ؟ މަލިކުވެސް ދިވެހިންގެއަތުން ޖަހައިގަނެގެން އެއުޅެނީ އެމީހުން. އަދިވެސް އެމީހުން ތުރާކުރާވަރު މަދީދޯ.
ލުގުމާން
27 July 2017
އެމްޑީޕީއާއި ބައެއް ނޫސް ތަކުން ކަނޑައެލިގެން ރާއްޖެއާއި އިންޑިއާއާއި ޖެއްސުމަސް ބޮޑު މަސައްކަތެއް ކުރަކަން އެބަ އެނގެ އެވެ. މިއީ ދިވެހިންނައި ރާއްޖެއަށް އެއްގޮތަކަށް ވެސް ފައިދާ ވާނެ ކަމެއް ނޫނެވެ. އިންޑިއާއާއި ޕާކިސްތާނަކީ ޒަމާނުއްސުރެ ބޮޑު ދެ ހަތުރުން ކަމާއި ނަވާޒްޝަރީޕާއި އިންދިއާގެ ބޮޑު ވަޒީރު މޯދީ އަބަދުވެސް އެކި ގައުމުތަކުގައި އަބަދުވެސް އެކަކު އަނެކަކަށް ފާޑުވިދާޅުވާ ކަން އެމްޑީޕީއަށާއި ނޫސްވެރިންނަށް ނޭނގުމަކީ އެބައިމީހުންގެ ނާގާބިލުކަމެވެ. އެއިކީ އާކަމެއް ނުނެވެ. ދެން އޮތީ ރައީސް ޔާމީން ހިމޭނުން ހުރި ވާހަކައެވެ. ނަވާޒު ޝަރީފް އިންޑިއާއަށް ފާޑުވިދާޅުވީމާ ދެން ޔާމީނު ވީ ނަވާޒް ޝަރީފް ގައިގައި ތަޅާއި ގަންނަންތޯ އެވެ. ހަމަ އެގޮތަސް މޯދީ ޕާކިސްތާނަށް ފާޑު ވިދާޅުވިޔަސް ހަމަ ހުންނަންޖެހޭނީ ހިމޭނަކުން ނޫންތޯއެވެ؟ ސަބަބަކީ އަހަރުމެނަކީ އެއްވެސް ހައިސިޔަތަކުން އެބައިމިހުނާއި އަރާ އަރަފޯދިގެން ވާ ބަޔަކަށް ނުވާތިއެވެ.
ހާމް
27 July 2017
ހަހަހަހާ ދެން ޔާމީން ނަވާޒު ގެ ގިލިގިލި ކޮށްޓަން ވީތަ. ނޫނީ ނަށަން ވީތަ. ނޫނީ ރޯން ވީތަ. ސަރުކާރުގެ ހިޑެން އެޖެންޑާއެއްގެ ދަށުން ހަރުކަށި ހިންދޫއިން ލައްވާ މުސްލިމުން މަރާ ހުސްމުރާއިރުވެސް އެމީހުންތަ ދިފާއުކުރަންވީ.
345
27 July 2017
ޢެއްޗިހި ކީވަރު މަދު!!!! މަވެސް ނަވާޒާ އެއްބަސް އޭނާ ބުނި އެވާހަކައިގައި
ތެދު
27 July 2017
އިޒްރޭލަށް ފާޑު ކީނަމަ އަދި މާކަން ބޮޑުވާނެ އެވެ
ބަކުރު
27 July 2017
އިންޑިޔާ އިންޑިޔާ އަޅެ މިނޫން ބައެއްނެތީތަ. ނޮވެންބަރު 3 ގެ ހުރިހާ ބާގީންތިބީ އެމް.ޑީ.ޕީގަ. ދިވެހިންގޮސް އެމީހުންގެ ބޮޑު ރަށެއް މުއްސަނދި ކޮށްދީފި. ރާއްޖޭގެ ބޭސްފަރުވާގެ ކަންތަށްވެސް ރަނގަޅުނުކުރީ ހަމަތިޔަ އިންޑިޔާއިން. އެއިރުންނެއްނު ހުރިހާ ލާރިހިފައިގެން އިންޑިޔާއަށްދާނީ.