ޚަބަރު / މެމްބަރު ސައުދު ހުސެއިން (ވިލިނގިލި)

ސައުދުގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފި

މެންބަރު ސައުދު މިއަދު ފުލުސް އޮފީހަށް ހާޒިރުވަނީ

ފުލުުހުން ހައްޔަރު ކޮށްފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން މިރޭ 15 ދުވަސް ޖަހައިފި އެވެ.

މިއަދު މެންދުރު ސައުދު ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ އިދިކޮޅު މެމްބަރުން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ވަދެވަޑައިގެންނެވިއިރު، މެމްބަރުންގެ ގޮތުގައި ނުހިމެނޭ ބޭފުޅުންތަކެއް އޭގެ ތެރޭގައި ހިމެނޭ ކަމަށް ބުނާ މައްސަލައިގަ އެވެ. ސައުދަކީ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ސައުދު ހައްޔަރުކުރީ އޭނާ ހޯދަން ފުލުހުން ރޭ ދަންވަރު އިއުލާން ކޮށްފައި ވަނިކޮށް، މިއަދު ފުލުސް އޮފީހަށް އަމިއްލަ ވަޑައިގަތުމުންނެވެ.

ސައުދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވެސް އެ މައްސަލާގައި ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ. މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އެ ދެ ބޭފުޅުންގެ ތެރެއިން އަމީތު ރޭ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހީ މިރޭގަ އެވެ.

ވަހީދާއި އަމީތާއި ސައުދުގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ މައްސަލަ މިދިޔަ ހޯމަ ދުވަހު ބަލައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންގެ ތެރެއިން ހަތަރު ބޭފުޅަކު މިހާރު ވަނީ ތަހުގީގަށް ބަންދުކޮށްފަ އެވެ. އެއީ ވަހީދާއި އަމީތާއި ސައުދުގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ.

މީގެ ތެރެއިން ފާރިސް ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދިއިރު، އެކަމަށް ބޭނުންވާ ސޮއި ހަމަކުރުމަށްޓަކައި ބައެއް ބޭފުޅުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. ފާރިސް އެ މައްސަލާގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގެ ތަހުގީގު ނިމި އަދި ޝަރީއަތް ފަށާނެ ދުވަހެއް ވެސް ނޭނގެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކަށް އެކިއެކި ތުހުމަތުކޮށް ފުލުސް އޮފީހަށް ހާޒިރުކުރުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން ޚާއްސަކޮށް ފާހަގަކުރެވެ އެވެ.

14 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 14%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އސފ

29 July 2017

ވަޓް އަ ކަންޓް ރީ!

The name is already taken The name is available. Register?

ޚިޔާލް123

29 July 2017

މިހާރު ދެން މަޖްލިސް ހުޅުވޭވަރު ވެއްޖެތޯ، ބޭނުންވާވަރަށް މެމްބަރުން ޖަލައް ލެވިއްޖެތޯ، ތިޔަ ބޭނުންވާވަރަށް ރައްޔިތުންގެ ތާއިދު ލިބިއްޖެތޯ،

The name is already taken The name is available. Register?

ކޮބާ

29 July 2017

ހުންނާނެ ރަނގަޅަށް ރާކަނި މަސް ކެވިފައި މިހާރު ކަޓް ކާން ހަދައިގެން ދޯ.

The name is already taken The name is available. Register?

ހެނބަދޫ އައު އިންޖީނުގެއިން

29 July 2017

އަޅެ މިމީހުން މިއުޅެނީ ބަޔަކު މަރައިގެންތަ؟ މީހުން މަރާމީހުން ނަށްވެސް މުއްދަތު ޖަހަނީ އާއްމުކޮށް 10 ދުވަހަށް

The name is already taken The name is available. Register?

ސިއާ

29 July 2017

ސަރުކާރުން މުއައްސަސާތަށް ބޭނުންކޮށްގެން މެމްބަރުންތަކެއްގެ ނުހައްގުން ގެއްލިއްޖެ ކަމަށް އިއުލާން ކޮށްފައިވާއިރު އަދިވެސް ސްޕްރީމް ކޯޓުން ވަކިގޮތެއް ނުނިމި ލަސްވަމުން ދިއުމަކީ ދެރަކަމެއް އަދި މިފުރުސަތުގެ ބޭނުންކޮށްގެން އިތުރު މެމްބަރުންތަކެއްގެ ގޮނޑިތަކެއް ގެއްލުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދިއުމީ ގާނޫނަކަށް އަދި އެއްވެސް މެމްބަރެއްގެ ހައްގަކަށްވެސް ބަލާލުމެއްނެތި ހިންގާ ޖަރީމާއެއް

The name is already taken The name is available. Register?

އދ

29 July 2017

ސާބަސް. އިންސާފު ހޯދަން ދާނެތަނެއްނެތް.

The name is already taken The name is available. Register?

ެޮއިންސާފު

29 July 2017

ހަމަ ސާބަސް. ދިރިހުރުމަށް ކާނާ ބޭނުންވާފަދައިން އަދުލު އިންސާފު ބޭނުންވޭ. އެކަމަކު މިއަދު މި ޤައުމުން އިންސާފު ނުލިބޭ.

The name is already taken The name is available. Register?

އަޙްމަދު

29 July 2017

15 ދުވަސްތަ؟ ސަޅި!

The name is already taken The name is available. Register?

ޡީމަ

28 July 2017

ކޮބާ ހަމަހަމަ ކަމާއި އިންސާފު

The name is already taken The name is available. Register?

އަބުދުﷲ ސައީދު

28 July 2017

ބުނާ ދުވަހަކަށް ޖަހަމުން ދަނީ؟؟އެކަމަކު އެކޮޅުން ބުނާ އަދަދު ލަސްވަމުން ދަނީ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454