ސިފައިންގެ ހިމާޔަތުގައި މަސީހު މިއަދު ޖަލްސާ ބާއްވަނީ: މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ޖަލްސާތައް ބޭއްވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވޭ.
31 ޖުލައި 2017 - 14:47
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އަބްދުﷲ މަސީހު އިންނަވައިގެން، ޖަލްސާތައް ކުރިއަށް ގެންދަން ކުރިމަގުގައި ވެސް ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހު ވަކި ކުރަން އޮތް ޖަލްސާ ކެންސަލްކޮށް، މިއަދު މަޖިލީހުގެ ޖަލްސާއެއް ބާއްވަން އުޅުމުން، އިދިކޮޅު މެމްބަރުން ވަނީ ހުރަސްއަޅައި މަޖިލިސް ހުއްޓުވައިފަ އެވެ. އިދިކޮޅު މެމްބަރުންގެ ހުރަސްއެޅުންތަކާ އެކު ސިފައިންގެ ބޮޑު ފައުޖެއް މަޖިލިސް ތެރެ އަށް ވައްދައި މަސީހު ހިމާޔަތް ކޮށްގެން ވެސް ޖަލްސާ ކުރިއަށް ގެންދަން އުޅެނެވެ. އެކަމަކު އެކަން ކާމިޔާބެއް ނުވި އެވެ.
މެމްބަރުންގެ ހަޅޭއްލެވުމާއި ހުރަސްއެޅުއްވުންތަކާ ހެދި މަސީހަށް މަޖުބޫރުވެވަޑައިގަތީ، މަޖިލިސް ނިންމާލެއްވުމަށެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވާ ވަޒީރާ ސުވާލު ކުރުމުގެ އައިޓަމް ވެސް ކުރިއަކަށް ނުގެންދެ އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާނު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ މަސީހު ރިޔާސަތުގައި އިންނަވައިގެން ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ. މަޖިލިސް ހިސޯރުކޮށް، މެމްބަރުންގެ ބާރު ކަނޑުވާލައި ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ޖަލްސާތައް ކުރިއަށް ގެންދަން އިދިކޮޅު މެމްބަރުން ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިތް ނޭދޭ، ކުރަން ބޭނުން ނުވާ އެތައް ކަމެއް ފެންނާނެ. އެކަމަކު އިދިކޮޅު މެމްބަރުންނަށް މިއަދު މަޖުބޫރުވޭ މި ކަންކަން މި ގޮތަށް ކުރަން. ގާނޫނުތަކާ ޚިލާފަށް، ވަކި ބަޔަކު ބޭނުންވާ ގޮތަކަށް، ބާރުގެ ބޭނުންކޮށްގެން ޖަލްސާތައް ނުބޭއްވޭނެ،" މަހްލޫފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 45 މެމްބަރުންގެ ސޮޔާ އެކު މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއިކޮށް މަޖިލީހަށް ހުށަހަޅާފައިވާތީ، އިތުރަށް އެ މަގާމުގައި މަސީހަށް ދެމިނުހުންނެވޭނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ. އެކަމަކު، މެމްބަރުންގެ އެ ނިންމުމާ ދެކޮޅު ހަދައި، ކޮންމެ ގޮތަކުން ނަަމަވެސް މަސީހުގެ މަގާމް ދިފާއުކޮށްގެން، ސަރުކާރު ބޭނުންވާ ގޮތަށް ގާނޫނާ ޚިލާފު ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީ ފުނޑާލައި މަޖިލީސް ހިސޯރުކޮށް މި ހިންގާ ޣައިރު ގާނޫނީ ކަންކަން ހުއްޓުވަން ކޮންމެވެސް އެއް ބަޔަކު އެބަ މަސައްކަތް ކުރަން ޖެހޭ. އަޅުގަނޑުމެން މިކުރަނީ އެ މަސައްކަތް. މިއަދު ވެސް ބައްލަވާ، މަޖިލީހުގެ މެމްބަރުންނަށް ވުރެ ގިނަ ސަލާމަތީ ޚިދުމަތްތަކުގެ މީހުން ޖަލްސާކުރާ މާލަމުގައި. މިވަރު ކޮށްގެން ވެސް ބޭނުން ވަނީ ގާނޫނާ ޚިލާފު ކަންކަން ކުރިއަށް ގެންދަން،" މަހްލޫފް ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ތިން ފަހަރަށް މަޖިލީހަށް ހުށަހަޅައިފި އެވެ. މިއިން، ކޮންމެ ފަހަރަކު ވެސް މަސީހުގެ މައްސަލަ ނާކާމިޔާބު ކޮށްލަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް މަޖިލީހުގެ ކަންކަން ބަދަލު ކޮށްގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާ
01 August 2017
އެހަތަރު މެންބަރުންނީ ހަމަ ރައްޔިތުންގެ މަޖުލީހުގެ 4މެންބަރުން/ މަޖުލީހުގެ ގޮނޑިގެއްލިއްޖެކަން ނޫންކަން ސްފްރީމް ކޯޓުން ނުނިންމާހައިހިދަކު އެ4ތަރު މެންބަރުންނީ އެހެންމެންބަރުންނެކޭ އެއްގޮތަށް މަޖުލީހުގެ މެންބަރުންނެވެ. މިހެންވެ މަޖުލީހަށް ވައްދާފައިވާ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓަކީ ކޮންމެހެންވެސްކުރަންޖެހޭނެކަމެއް.
ދެރަ
01 August 2017
މާނައަކީ މަޖްލީހުގެ ޖަލްސާ އެއް ދެނެއް ނޯންނާނެ އެވެ.މަޖްލީސް ތަޅު އެޅުވުނީއެވެ.
އޯކޭ
31 July 2017
ދޭނެ. ދޭން ޖެހޭނީ. ނުދީއެއް ނުވާނެ .
ޖަމަލު
31 July 2017
45 ހަމަ ނުކުރެވޭނެ ވެސް ތި ކޯރޑިނޭޓަރު ކީން ދެއްތޯ؟
ކިހާދެރަކަމެއް މީދެން
31 July 2017
އހަރުމެން ޢޭރުވެސް ބުނިން ސަރުކާރު ވައްޓާނުލާށޭ ވަރަށްހިތި ހަބަރު ރަހަ ދޭނެޔޭ. މިހާރުވެސް މިބުނަނީ ރީތިކޮށް މިއަންނައަހަރު ވޯޓުލައިގެން ސަރުކާރު ބަދަލުކުރާށޭ. ކޮންމެމީކަހުވެސް އަމިއްލައެދުމާއިގެން މުންޑުތައްތެޅުނީމާ ވާނެގޮތް މިހާރު ތިފެންނަނީ. މަޖިލީހުގެ ރައީސް ގަދަކަމުން މަޖިލިސް ކުރިއަށް ގެންދަން، އިދިކޮޅުމީހުން ހަޅޭއްލަވަން ...
ގުޓީ
31 July 2017
އެންމެތަންކޮޅެއްވެސް ދޫނުދެއްވާތި ޕިންކީމެންބޭނުންހާ ގޮތހަކަށްހުރިހާކަމެއްނުވާނެ
އޯކޭ
31 July 2017
ވާނެ. ވާނެ. ހަމަ ވާނެ.
އިބްރާހީމް
31 July 2017
ތިވަރުންވެސް ޖެހޭދޯ ރައިޔަތުންގެ މަޖިލީހުގެ ތިޔަ ރައީސްކަމުގެ ގޮނޑިފުރަން. ފައިސާގެ އަދިވެރިކަމުގެ ދަހިވެތިކަން ތީ ދެންބޮޑުވަރު. ކައްވަޅަށްވެސް ތިޔަވެރިކަމުގައި ފައިސާ ގޯނި ހިފައިގެން ދެވޭނެކަމަށް ހީކުރަމުދޯ؟ މަސީހު މާތްﷲ ގަންދީ ކުރި ހވާގައި ވާގޮތަށް ބާތިއުޅެނީ؟ މެޖޯރިޓީ އެބުނަނީ މަސީހުއަށް އިތުބާރުނެތްކަމަށް ބުނާއިރު ކޮބާދެން ތިތނުގައި އިނުމުގެ ބޭނުމަކީ؟ ތިކަން ތިގޮތަށް ކުރުމުން ވާނީ ބޮޑަށް ފަލީހަތް އަދި ތިމާގެ އަގުވެއްޓުންނޫން ކަމެއް ނުވާނެ ސަލާމް
ދޮގެއްތަ؟
31 July 2017
އާނ ތިބުނިހެން ހީވާތީތާ ބޯ ހުދު އިބްރާހީމް މެން ގަދަ ބާރުންވެސް އެ ގޮނޑިއަށް ސަވާރު ވެވޭތޯ މަރުފަލި ޖަހަނީ.
ޓަކި މޫނާ
31 July 2017
މަސައްކަތެއް ނުކޮށް ލާރި ހޯދަން އުޅޭ ބައެއް މީ
ފަޅުވެރިން
31 July 2017
މަޖްލިސް ހުއްޓިފައި އޮތަކަސް ސަރުކާރަކަށް އެއްވެސް ފިކުރެއް، ކަންބޮޑުވުމެއް ނެތް! މިއަހަރުގެ ބާކީ އޮތްބައި އެއްކޮށް މަޖްލިސް ހުއްޓިފައި އޮތަސް ސަރުކާރަށް އެއްވެސް ފިކުރެއް ނެތް! ރައީސް ޔާމީންގެ ތަރައްޤީގެ އެޖެންޑާ ހަވަނަ ގިއަރުގައި ކުރިއަށް ގެންދިއުމަށް މަޖްލީހުން ކުރަން ބޭނުންވާ މުހިންމު ގިނަ ކަންކަން މިހާރު ވަނީ ކޮށް ނިންމާފައި! އަދި އެހެން ނޫނަސް، ސަރުކާރުން ކޮންމެހެން މަޖްލިސް ބާއްވަން ބޭނުންވާނަމަ، އިދިކޮޅު ހުރިހާ މެންބަރުން ނެރެފައިވެސް މަޖްލިސް ބޭއްވުމުގެ ޤާބިލުކަން ސަރުކާރުގައި އެބަހުރި! ރައްޔިތުން ތިބީ ސަރުކާރާ އެއްކޮޅުގައިކަން ޚާއްޞަކޮށް 27 ފެބްރުއަރީ އިން ފެށިގެންވެސް މިދަނީ ސާބިތުވަމުން. އެހެންވީމާ އިދިކޮޅުގައި ތިބި އަމިއްލައަށް "ލީޑަރު" ހެދިގެން އުޅޭ ބަޔަކު ޕޯޑިއަމްތައް ކައިރީގައި ތިބެގެން ކޮންމެ މޮޔައެއް ގޮވިއަސް، އަދި ކޮންމެ އަވަގުރާނެއް ގޮވިއަސް، ކިތަންމެ ފޮނެއް އެރުވިއަސް ސަރުކާރު ޖެހިލުމެއް ނުވާނެ!! އިދިކޮޅޭމެން ހަމަ ތެޅިތެޅި ތިބެންޖެހޭނީ، އިރާދަކުރެއްވިއްޔާ ސަރުކާރުގެ މަސައްކަތްދާނީ ރޮކެޓް ދުވެލީގައި ކުރިއަށް، ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް!!
ހަމަ ބުއްދި
31 July 2017
މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު މަޖްލީހަކު ނެތެވެ.އަދި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖްލީހަށް ވެއްދުމުގައި 45 މެމްބަރުން ސޮއި ކޮށްފައި ވީނަމަވެސް އެ މައްސަލަ ގައި ވޯޓަށް އެހިފައެއް ނެތެވެ.މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގައި ވޯޓަށް އެހެވުނު ނަމަވެސް އެ މައްސަލާފައި ވޯޓް ދޭނީ ކިތަށް މެމްބަރުން ކަމެއް ނޭގެއެވެ. ޕެޓިޝަނުގައި ސޮއި ކޮށްފައި ތިބި ބައެއް މީހުން ވޯޓަށް އަހަންވާ އިރަށް ޚިޔާލު ބަދަލު ވުމަކީ ވެސް އެކަށީގެން ވާ ކަމެކެވެ
ހަސަނު
31 July 2017
ޢެގޭނުދޭނެކަން ތިޔާ ރައްޔިތުންނަން ހެޔޮހެދިގެންއުޅޭބައެއްނޫން