އިދިކޮޅު ފަރާތްތަކުގެ މައި ހަރުގޭގައި އިއްޔެ ރޭ ބޭއްވި ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ
01 އޯގަސްޓް 2017 - 17:16
ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގެ އަށް ކުރި ޚަރަދުތަކާ ގުޅޭ ގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓުގެ މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ބަޔާން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނަގައިފި އެވެ.
މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ދިރިއުޅުއްވި ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ބަޔާން އޭސީސީން ނެގީ އެ ކޮމިޝަންގެ ޓީމެއް މައުމޫންގެ އޮފީހަށް ގޮސްގެންނެވެ.
އޭސީސީގެ ޓީމެއް މައުމޫންގެ އޮފީހަށް ގޮސް އެމަނިކުފާނުގެ ބަޔާން މި ނެގީ، އަމިއްލަފުޅަށް އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް މައުމޫން ވިދާޅުވެފައި ވަނިކޮށެވެ.
އެކަމަކު އޭސީސީން މައުމޫނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ކޮމިޝަންގެ ތަހުގީގު ކުރުމުގެ އުސޫލާއި އާއްމު ގަވައިދުގައިވާ ގޮތުގެ މަތިން، ކުރީގެ ރައީސުންގެ ބަޔާން ނަގަން ޖެހޭނީ އެ ބޭފުޅެއް ކޮމިޝަނަށް ހާޒިރު ކުރެއްވުމުގެ ބަދަލުގައި، މަސައްކަތް ކުރައްވާ އޮފީހަކަށް ނުވަތަ ދިރިއުޅުއްވާ ތަނަަކަށް ގޮސްގެން ކަމަށެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލައެއް ފުލުހުން ތަހުގީގުކޮށް އޭނާގެ މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ވެސް ކުރިން ފޮނުވި އެވެ. އެކަމަކު ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ ޕީޖީ ވަނީ އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙެޔޮ ބަސް
02 August 2017
އިންސާފުން ތިކަން ކުރާނަމަ ތިކަން ކުރާނީ މިހާރަކު ނޫނެވެ .އޭސީސީގެ ކޮރަޕްޓް ވެފައިވާ ކަމާމެދު ސުވާލު އުފެދެނީ މިކަހަލަ ކަންތަކާ ހުރެއެވެ.
މަލަކާ
02 August 2017
ބަލަ ކޮބައިދިވެހި ސަރުކާރުގައި ގެންގުޅުނު 100 އާގުބޯޓްތައް؟؟ ކޮބައި އެއަރ މޯލްޑިސްގެ ކަންތައް؟؟ ކޮބައި ކާރިކުދިންކޮޅައްދިން ލުއިލޯނު ؟؟ކޮބައި ނަހައްގުން ދިންއަނިޔާ؟؟ ޖަލްގާމަރުވި މީހުން؟؟ ކޮބައި ނުހައްގުން މީހުންގެ ގެދޮރު މަމީ އެއްމެފަހުގެނިންމާ ފަޑިޔާރޭކިޔައި ކިތައްމީހުންގެ ހައްގުތޯސުވާލްކުރައްންޖެހޭ؟؟
ދޫ
01 August 2017
ނަޝީދު އެމަނިކުފާނަށް ފިޒިކަލީ ދެރައެއްނުދޭ. އެކަމަކު މިއަދު އެމަނިކުފާނުގެ ތައްޕާހުން ބޮޑުވެ ވެޔިކަމަށް އައިސް އެމަނިކުފާނުގެ ބޮލަށް .
ވިލި އަޙްމަދު
01 August 2017
އޭ މައުމޫން މިހާރު މި ދިވެހިރާއްޖޭގެ "ولي الامر" ނުވަތަ "އަމީރް" ނުވަތަ (ރޫލަރ)ނުވަތަ ރައީސުލް ޖުމްހޫރިއްޔާއަކީ عبدالله *ޔާމީން* ޢަބަދުލް ޤައްޔޫމް އިނގޭތޯ.
ވިލިޒިނީ
02 August 2017
ކާކަށްތަ އެކަން އޮޅިގެން އުޅެނީ... ޔާމިނުގެ "ރަތް" ތިންއަހަރު މުޅި ޤައުމު ރަތްކުލައިން ތަތްތެޅިގެން މިދަނީ... މީ ވަރަށް ވާހަކަ
މަންޑޭލާ
01 August 2017
އަންނި މައުމޫނާ ދިމާލައް އެއްޗެހިކިއާފާ މިހާރު މައުމޫނަކީ އެފަދަކަމެއް ނުކުރާނެ މީހެއްކަމައް ބުނަނީ.
ސޮކްތެރެޕީ
01 August 2017
ނަޝީދަކައް މައުމޫން ވަރެއްނެއް މިހާރަކު.
އަތްޖަހާ
01 August 2017
ޔެލޯ ކުދިންގެ އެއް ޒަމާނެއްގެ ހުވަފެން މިއަދު ތެދަކަށްވީ...މައުމޫނާ ކޮރަޕްޝަނާ ގުޅުވުން. އެކަމު މިހާރު އަތްޖަހާލާނެ ޔެލޯކުދިންނެއްވެސް ނެތް.
ގޮޅާބޯ
01 August 2017
އެބަރަނގަޅުވޭ! ތިޔައީ ޒައީމޭ ކެވުނުވަރު މަދުވެގެން އަމިއްލައަށް ފަޚުރުވެރިވާ.
ނޫނުއަލިފް
02 August 2017
100 ގެ ކޮނެމްޓެއް
ބައްތަމީޒު
01 August 2017
ގްރޭންޑް ފިނާލޭ އަށް ފެއްޓެވީ އޮތަ.