މިދިޔަ މަހުގެ 24 ގައި އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތުމަށް ފަހު މަޝްވަރާ ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
01 އޯގަސްޓް 2017 - 22:40
ސިޔާސީ އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަދަކަމުން މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގެންނެވި މައްސަލާގައި އިތުރު މެމްބަރުންތަކެއް ވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާ އަށް މިދިޔަ މަހުގެ 24 ގައި ވަނުމަށް ސަލާމަތީ ބާރުތަކުން ހުރަސް އަޅާފައި ވަނިކޮށް، އެ ބޭފުޅުން ގަދަކަމުން އެ އިދާރާ އަށް ވެދެވަޑައިގެންނެވި މައްސަލާގައި މެމްބަރުން ފުލުހަށް ހާޒިރުކުރަނީ ފުލުހުން ސަފު ފަޅާލިކަމުގެ ތުހުމަތުކޮށެވެ.
އެ މައްސަލާގައި މީގެ ކުރިން ތިން މެމްބަރަކު ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. އަދި އިތުރު ދެ މެމްބަރަކު މާދަމާ ފުލުހަށް ހާޒިރުވާން މިއަދު އަންގާފައި ވަނިކޮށް މިހާރު ވަނީ އިތުރު މެމްބަރަށް ވެސް ހާޒިރުވާން ޗިޓް ފޮނުވައިފަ އެވެ.
ފުލުސް އޮފީހަށް ހާޒިރުވުމަށް އެންމެ ފަހުން ޗިޓް ފޮނުވީ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނާއި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފަށެވެ. މާދަމާ މެންދުރު ފަހު 3:15 އަށް ފުލުހަށް ހާޒިރުވާން އަލީ ހުސައިނަށް އެންގިއިރު މެމްބަރު ރުކުމާ އަށް އަންގާފައިވަނީ މާދަމާ ރޭ 8:15 އަށް ހާޒިރުވުމަށެވެ. އަރީފަށް އެންގީ މާދަމާ ރޭ 9:15 އަށް ހާޒިރުވުމަށެވެ.
އެ ތިން މެމްބަރުންގެ އިތުރުން މާދަމާ ޕޮލިހަށް ހާޒިރުކުރަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަސްލަމް ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ ހަވީރު 4:45 އަށެވެ. ކުރީގެ ބްރިގޭޑިއާ ޖެނެރަލް ޑީޑީ ފުލުހަށް ހާޒިރުކުރަނީ މާދަމާ ހަވީރު 7:45 އަށެވެ.
މީގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިރޭ ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.
ގަދަކަމުން މަޖިލީހަށް ވަތް މެމްބަރުން އެތަނުން ނެރެފައިވަނީ ސަލާމަތީ ބާރުތަކުން ވަދެ އެވެ. އެ ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުންނަށް ވަނީ އަނިޔާވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން
02 August 2017
މިގޮތަށް ކަންތައްކޮށްގެން ޤައުމު ހަމަމަގަށް އެޅޭނެ ދުވަހެއް ފެންނާނެހެނެއް ހިޔެއްނުވޭ. އެންމެންވެސް ކުރިއަށް ނެރެނީ ބަދަލު ހިފުމުގެ ރޫހު، ޤައުމަށް ބޭނުންވަނީ ޤައުމު އެކަތިގަނޑަކަށްވެ ވަކިބައެއްގެ މަސްލަހަތު ކުރިއަށް ނެރެގެން ކަންތައް ކުރަން އުޅުމަށްވުރެ ހުރިހާ ރައްޔިތުންނަށް ޤައުމަށް ލާބަ ހުރި ގޮތެއްގައި ޤައުމު ހިންގުން. މިއަދު ފެންނަމުން މިދަނީ މިއަދު އިދިކޮޅުގައި ތިބިމީހުން ފުލުސް އޮފީހަށް ގެންގޮސް ތަޙްޤީޤުކޮށް ކޮންމެވެސް ނަމެއްގައި ދައުވާކޮށް ޖަލަށް ޙުކުމް ކުރެވޭތަން، މާދަމާ ގެންނަން ފަށާނީ މިހާރު ވެރިކަމުގައި ތިބިމީހުން ގެ މައްޗަށް ޝަރީއަތް ހިންގި ހުކުމްކޮށް ޖަލަށް ލެވޭތަން، މިކަންަކަން ހުއްޓާލަން ހުރިހާ އެންމެންވެ ސަރުކާރުންވެސް ރައްޔިތުންވެސް ޕާރޓީ ތަކުންވެސް ސީރިއަސްކޮށް ވިސްނަން އެބަޖެހޭ، މިއީ، ޤައުމުގެ މުސްތަޤްބަލް ބިނާކުރުމަށް ހުރި ބޮޑެތި ހުރަސް ތަކެއް، މިގޮތަށް ތެޅިފޮޅި ރެޔާދުވާލު ވަގުތު ބޭކާރުނުކޮށް އެންމެންވެސް ޒިއްމާދާރުވެ ހަރުދަނާ ގޮތެއްގައި ޤަުއުމާއިގެން ކުރިއަށް ދާން ވިސްނަން އެބަޖެހޭ، އެހެންނޫނީ ހަލާކުވަމުން ފަނާވަމުން ދާނީ އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލް. މިހިނގަމުންދާ ކަންތަކަށް ބަލާލުމުން މިއީ ކަނޑަ އެޅިގެން ޒާތީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ކެހިދޭން ހިންގޭ ޒިއްމާދާރުކަން ކުޑް ބޭކާރު ކަންތައް ތަކެއްކަން އެންމެނަށް ވެސް ޤަބޫލުކުރެވޭ، މިކަންކަން ވަޤުތުފާއިތުވެ ނުދަނީސް ހުއްޓާލަން ދިވެހި ރައްޔިތުންނާއި ސަރުކާރަށް ގޮވާލަން.
ނިކުމޭ
01 August 2017
ރައްޔިތުންގެ މަޖްލިސް މެމްބަރުން ކުރިމަތީގައި ސަފުހެދީ ކީއްކުރަން؟ ކާކުބުނެގެން؟ ބަލަ ވަޅިޖަހާމުންދުވާ މީހުން މީހުންގަޔަށާ ބޮލަށް ވަޅީޖެހިޔަނުދިނުމަށް ސަފުތައް އަރުރާލަބަލަ! އޭރުން ދިވެހިން އުފާވާނޭ!
ފުވައްމުލަކު މީހާ
01 August 2017
މެމްބަރުން ހަމަމަގަށް އަޅުވާ ރައްޔިތުން ނަށް އުފާވެރި ދިރިއުޅުމަކަށް ކުރައްވާ ބުރަ މަސައްކަތަށް ރައީސް ޔާމީނަށް ފަށްފަށުން ޝުކުރިއްޔާ.
ފުވައްމުލަކު މީހާގެ ބައްޕަ
02 August 2017
ދަރުފުޅާ، އަޅެ ބުނަބަލަ، ރައީސް މީހާއަށް މެމްބަރުން ހަމަ މަގަށް އަޅުވަން އޮތީ ކޮން ހައިސިއްޔަތެއް؟ ދަރިފުޅު ވާހަކަ ދައްކަންވާނީ ބުނެވޭ އެއްޗަކަށް ވިސްނާފަ އިނގޭ!
ޚިޔާލް123
02 August 2017
މިފަދަ ރައްޔިތުން ގައުމުގައި ތިބިހައި ހިނދަކު ކަންކަން ރަގަނޅެއްނުވާނެއެވެ، ތިފަދަ އެއްޗެއް ގައުމަށް ދޫކޮއްލުމުގެ ކުރިން ވިސްނާ ފިކުރު ކޮއްބަލައިށެވެ، މެންބަރުންނަކީ ރައީސް ބުނާހައި ކަމެއް ކުރަން ރައްޔިތުން އެތަނަށް ހޮވައިފައި ތިބިބަޔެއްނޫނެވެ.
ރޮކެޓް ސައިންސް
01 August 2017
މޮޅު އެކޮނޮމިސްޓުންނަކީ ގިނަގިނައިން ސިޔާސީ މީހުން ހައްޔަރުކުރާ ބައެއްކަން މިހާރު ސާފް ވެއްޖެއެވެ. އެކޮނޮމިސްޓުންނަކީ ވެރިކަން ވެއްޓިދާނެތީ ވަރަށް ބިރުވެސް ގަންނަބައެކެބެ. އެންމެ މޮޅު އެކޮނޮމިސްޓުންނަކީ ފެންފޮދަކާ ނުލާ ދައުލަތުގެ ބަޖެޓު ދިރުވާލާމީހުންނެވެ. އެކޮނޮމިސްޓުންގެ އެދުރަކަށް ވެބޭނީ އެގައުމެއްގައި އޮންނަ ގާނޫނު އަސާސީ އަކީ ކިއްލި ގޮށި ހަދާ ކަރުދާސްތަކަކަށް ހަދާލެވޭ މީހުންނަށެވެ. މިގައުމުގާ އެކަހަލަ ކަންތަކެއް ނުހިގައެވެ
ފިނޑި
01 August 2017
ކިހައިބޮޑު ކަމެއްތަ މިއޮތީ ޖެހިފަ
ރޮކެޓް ސައިންސް
01 August 2017
ބްރޭކިންގް# މިއަދު ރާއްޖޭގައި އެއްވެސް މީހެއްގެގަޔަށް ވަޅިއެއް ނުޖަހާ
ކަޅުބެ
01 August 2017
ސާބަހޭ
ޢޮއިވަރު
01 August 2017
މެމްބަރުން މަޖްލީހަށް ދިއުމަކީ ކުށެއް ނޫނެވެ. މެމްބަރުން މަޖްލީހަށް ދިއުމަށް ހުރަސް އެޅުމަކީ ކުށެކެވެ.
ފޮނިކަލޯ
01 August 2017
ގެންދާންވާނީ , ފަހަރަކު މީހަކުނޫން އެންމެން އެއްކޮށްގެންދޭ ގެންގޮސް ފަހަތައް ދެއަތް ބަނދެފަ ,ވިދާޅުވި ގޮތައް ރައްޔަތުންގެ ކުރިމައްޗައް ނެރޭ ދެންވަނީ ކިހިނެއްތޯބަލަން