ރައްޔިތުންގެ މަޖިލީހުގެ އިދާރާ ދޮށަށް މި މިދިޔަ މަހުގެ 24 ގައި އިދިކޮޅު މެމްބަރުން ދާން އުޅުމުން، އެ މެމްބަރުންނަށް އެއްވެސް ތަނަކަށް ނުދެވޭނެ ގޮތަށް ފަނޑިޔާރު މަގުގައި، ފުލުހުން އެ މެމްބަރުން ބަންދު ކޮށްފައި. --ފޮޓޯ: ހުސައިން ވަހީދު/މިހާރު
02 އޯގަސްޓް 2017 - 14:53
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްސަލަތަކުގައި ފުލުހުން ވަރަށް "ބިޒީ" އެވެ؛ އިދިކޮޅު 14 މެމްބަރެއްގެ މައްޗަށް ޖިނާއީ ތަހުގީގުތައް ކުރިއަށް އެބަދެ އެވެ. މިއަދު މެންދުރު ފަހު 3:15 އިން ފެށިގެން ވެސް ފުލުފުލުގައި މެމްބަރުންގެ ބަޔާންތައް ނަގަން އޮތީ ނިންމައިފަ އެވެ. ފަސް މެމްބަރަކު ފުލުހަށް ހާޒިރުވާން އޮތީ ޗިޓު ފޮނުވައިފަ އެވެ.
އެއީ، ކެންދޫ ދާއިރާގެ އަލީ ހުސައިނާއި ނޮޅިވަރަމު ދާއިރާގެ ހުސައިން އަރީފާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް ދީދީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލްކަރީމެވެ.
މި މެމްބަރުންގެ މައްސަލަ ތަހުގީގުކުރަނީ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާ އަށް މިދިޔަ މަހުގެ 24 ގައި ވަނުމަށް ސަލާމަތީ ބާރުތަކުން ހުރަސް އަޅާފައިވަނިކޮށް، އެ ބޭފުޅުން ގަދަކަމުން އެ އިދާރާ އަށް ވެދެވަޑައިގެންނެވި މައްސަލައިގައި މެމްބަރުން ހާޒިރުކުރަނީ ފުލުހުންގެ ސަފުތައް ފަޅާލިކަމަށް ތުހުމަތުކޮށެވެ.
މި ތުހުމަތުގައި ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދު ހާޒިރުކޮށް ވަނީ ބަޔާން ނަގައިފަ އެވެ. އޭގެ ކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ފަލާހު ވެސް ވަނީ ހާޒިރު ކޮށްފަ އެވެ.
ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަނީ މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވެންނެވި މައްސަލައިގަ އެވެ. މި ތިން މެމްބަރުން ހައްޔަރުކޮށް ތަހުގީގު ކުރަމުން ދާ އިރު، އެ މެމްބަރުންގެ މެމްބަރުކަމާ މެދު ގޮތެއް ނިންމައިދިނުމަށް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން: މީގެތެރެއިން ގިނަ ބައެއްގެ މައްސަލަތައް ދަނީ ތަހުގީގުކުރަމުން. .---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ދިއްގަރު ދާއިރާގެ އަހްމަދު ފާރިސް މައުމޫން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ހޯދުމަށް މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގެ ތަހުގީގު ވެސް އަދި ނުނިމޭ އިރު، ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބަހައްޓާތީ ވަކީލުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އިދިކޮޅު ސިޔާސީ ހަރަކާތުގެ ތަރުޖަމާނު އަހްމަދު މަހްލޫފް މިއަދު ވިދާޅުވީ އިދިކޮޅު މެމްބަރުންގެ ތެރެއިން ފަހަރަކު މެމްބަރަކު ފުލުސް އޮފީހަށާއިި ކޯޓުތަކަށް ހާޒިރު ކުރަނީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް އޮތް މެޖޯރިޓީ ގެއްލުމުން ބިރު ދައްކަން ކަމަށެވެ. ފުލުހުންގެ ސަފުތައް ފަޅާލި ކަމުގެ ތުހުމަތުގައި މެމްބަރުން ފުލުސް އޮފީހަށް ހާޒިރު ކުރާ އިރު، އެއީ ފުލުހުންނަށް ކުރެވޭނެ ތުހުމަތެއް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ފުރަތަމަ ކަމަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މަޖިލީހުގެ އިދާރާ އަށް ވެންނެވުމަކަށް ހުރަހެއް ނޭޅޭނެ ފުލުހުންނަކަށް. މަޖިލީހުގެ އިދާރާގައި މެމްބަރުން އަދާ ކުރައްވަނީ ގާނޫނީ ޒިންމާ. އެ ޒިންމާ އަށް ފުލުހުން ހުރަސް އެޅުމަށް ފަހު ތާކުންތާކު ނުޖެހޭ ތުހުމެއްގައި ފަހަރަކު މެމްބަރަކު މި ހާޒިރުކުރަނީ،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ޗިޓް ފޮނުވާފައިވާ މެމްބަރުންގެ އިތުރުން ވެސް ގިނަ އަދަދެއްގެ މެމްބަރުން ހާޒިރުކުރާނެ އެވެ. ފުލުހުންގެ މިސްރާބު ހުރީ އެ ދިމާލަށް ކަަމަށް ވިދާޅުވި އެވެ.
"ފުލުސް އޮފީހާއި ކޯޓުތައް މެދުވެރިކޮށްގެން ގާނޫނާ ޚިލާފަށް މެމްބަރުންނަށް މި ދައްކާ ބިރަށް، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މެމްބަރަކު ޖެހިލުމެއް ނުވޭ. އަޅުގަނޑުމެންގެ 48 މެމްބަރުންނާއި ސިއްރުން ތިބި ހަތަރު މެމްބަރުން، އެ ފިއްތުންތަކަށް ގުޑައެއް ނުލާނެ. މަރަށް ތެޅެނީ، ހަމަ ދާނީ ހުޅުނބު،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެމްބަރުންނާ ދެކޮޅަށް ބަޔާން ދޭން އެންގި ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް މީހުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. މެމްބަރުންނާ ދެކޮޅަށް އެ ދެވޭ ބަޔާނަކީ، ގާނޫނާ ޚިލާފު އަމަލު ހިންގަން ތަބާވި ކަމަށް އަމިއްލަ އަށް އިއުތިރާފްވެވުން ކަމަށް އެ މީހުން ގަބޫލުކުރާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަންޑި މޭން
03 August 2017
ކުށްތަކަށް އަރާގަތީމަ ތަޙްޤީޤް އިދާރާތަކަށް ޙާޟިރުކުރާނެ. މެމްބަރުންނަށް ވީތީ އެމީހުންގެ މައްޗަށް ދަޢުވާނުކުރެވޭނެ ހަމައެއް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނުދަނޭ. ސިޔާސީ ޑެސްޕަރޭޝަންގައި މަސީހް ވަކިނުކުރެވިގެން ގޮސް ޖިނާއީ ކުށްތަކަށް އަރާގަނެ ބައިކޮޅަށް ލަނޑުޖެހީމަ ވާނީ ބަލި.
ޗިޅިޔާ
03 August 2017
މަޖުލީހުގެ މެންބަރުންނަށް ދައުވާކުރާކަމަށްވާނަމަ މިދިޔަ24ވަނަދުވަހު އެއްބާރުކަމަށްވާ ރައްޔިތުންގެ މަޖުލީހުގައި ތަޅުއަޅައި އެތަނަށްވަން ގިނައަދަދެއްގެ ސިފައިންނާއި ފުލުހުންގެމައްޗަށްޖެހޭނެ ދައުވާކޮށް ސަރީއަތްހިންގަން
މުޙުއްމާ
03 August 2017
ފުލުހުން މެމްބަރުންކެ ކަންތަކާ ބިޒީވަރު އެގޭތާ ފުލު ފުލުގަ މީހުން ކަތިލަމުން ދާއިރު ފުލުހުންނަކަށް ނޭއެގޭ ވިއްޔާ.
އަހުމަދު
03 August 2017
"ފުލުހުންގެ ސަފުތައް ފޫއަޅުވާލިކަމަށް ތުހުމަތުކޮށް" ފުލުސް އޮފީހަށް ފުލުފުލުގައި ގެންދަނީ ހަމަ ނުކުރާކަމެއްގައި ހެއްޔެވެ.... ރޯމާ ދުވާލު ، ދިވެހި ރައްޔިތުން ކުރިމަތީ ، ޓީވީ އިން ލައިވް ކުރަނިކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލީއެވެ. ތުހުމަތު ކުރާކަށް ނުޖެހޭނެއެވެ. އެއީ ޔަގީންކަމެކެވެ. ރައީސް ޔާމީނަށް ލިބިފައިވާ ތާއީދު ގެއްލޭތީ ޖެލަސްވަނީއޭ ، ބޭއިންސާފޭ،ސިޔާސީ ދައުވާއޭ ކިޔާނެކަމެއް ނެތެވެ.
ކަރާފަ
03 August 2017
އިދިކޮޅު މެމްބަރުންނަށް ހީވަނީ ގާނޫނަށް ތަބާވާންޖެހެނީ ސަރުކާރޭ. ބަލަގަ އިދިކޮޅު މެމްބަރުންވެސް ކުށެއް ކޮށްފިއްޔާވާނީ ކުށަކަށް.
ހެހޭ
03 August 2017
މަދެކެން ބޭނުމީ 20 އޮކްޓޯބަރ 2011
ހާރިސް
03 August 2017
ކުށްކޮށްފަ ތުހުމަތޭ ކިޔާނެ ކަމެއްނެތް. މާބޮޑަށް އަމިއްލަ އެދުންބޮޑުވީމަ ޕޮލިހަށްވެސް އަދި އެހެންތަނަތަނަށްވެސް ގެންގޮސް ބަޔާންތައް ނަގާނެ. މާގަދައަށް ސިޔާސަ ވަންޏާ. މަޖއލިސްމެމްބަރުންނަކީ މަތިން ފޭބި ބައެއްނޫންދޯ.
އިންސާފް
03 August 2017
ކުއްލުރީ ކާކުތޯ؟ ގާނޫން އަސާސީ ކިޔާ އެއްޗެއް އޮންނަކަން އެގޭތޯ؟ ރައްޔިތުން ވެރިކަން ކުރަން ހަވާލްކުރީ ގާނޫން އަސާސީ އާއި އެއްގޮތައް. ބޭނުންހާ ގޮތަކަށް ނޫން.
އަހުމަދުބެ
02 August 2017
މީހުންމަރާ މީހުން މިނިވަން ކަން މަތީ އުޅެނިކޮށް ރައްޔިތުން ހޮވި މެމްބަރުންތައް ދެދަޅައަށް ފުލުސް އޮފީހައް ގެންދާ އިރު އޮތީ ހަމައެކަނި ތުހުމަތެކެވެ. ސަރުކާރު ޒިންމާ ދާރު ކުރުވަން އުޅޭ މީހުންގެ ޕްލޭން ބަދަލު ކުރަން އެބަޖެހެއެވެ.
މުއާ
02 August 2017
ކޮބާ ހީވޭ މިހާރު. މަޖިލސް "ތަޅާލި" ހިތިރަހަ ލާންޖެހޭނެ މެމްބަރުންނަށް.
ހެހެހެ
03 August 2017
ހަމަ ވެއްޓެނީ. ދެން ދުވަހަކުވެސް ވޯޓަކުން ނުހޮވޭނެ. 2018 ހަދާން ނައްތާލާ
ހުސޭނުބެ
02 August 2017
ގާނޫނަށް ފައިން އަރާ މެމްބަރުންވެސް އެހެން މިފަދަ ޢަމަލުތައް ހިންގާ މީހުން ފަދައިން ފުލުފުލުގައި ގެންދެވޭނެ!! އިސްތިސްނާއެއްނުވާނެ!!