03 އޯގަސްޓް 2017 - 12:30
ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލުގެ އޭކޭ ފައުންޑޭޝަނަށް ކުވޭތު ފައުންޑޭޝަނުން ދެ ލައްކަ ޑޮލަރު (ތިން މިލިއަނެއްހާ ރުފިޔާ) ދޭން ނިންމައިފި އެވެ.
ލަންކާގައި ހުންނަ ކުވެއިތު އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ އެ ފައިސާ އޭކޭ ފައުންޑޭޝަނުން ހޭދަކުރާނީ ނިލަންދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ދެ ބުރީގެ ސްކޫލު އިމާރާތެއް އެޅުމަށް ކަމަށެވެ.
ދެބުރީގެ އިމާރާތުގައި ހަތަރު ކްލާސް ރޫމާއި ކޮމްޕިއުޓާ ލެބޯޓަރީ އާއި ލައިބްރަރީ އަދި ޓްރެއިނިން ރޫމެއް ހަދަން ވަނީ ހަމަޖައްސައިފަ އެވެ.
އެ ގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަލަފު ބުޒައިރާ ހަވާލާދީ ބަޔާނުގައި ބުނިގޮތުގައި ކުވެއިތާއި ކުވެއިތު ފައުންޑޭޝަނުން އަންނަނީ ރާއްޖެ އަށް އެހީވުމުގައި މުހިއްމު ދައުރެއް އަދާކުރަމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކި ދާއިރާތަކުން ރާއްޖެ އަށް އެހީތެރިވެދޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ކުވެއިތުން އަންނަނީ ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށް ވެސް އެހީތެރިކަން ދެމުންނެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަޅަން ކުވައިތު ފަންޑުން ވަނީ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ލޯނެއް ވެސް ދީފަ އެވެ. އަދި ރާއްޖޭގެ ތައުލީމީ ދާއިރާއަށް ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޒނ
04 August 2017
މަޖިލީހަށް ހޮވަނީ ގާނޫނު ހަދާށެވެ. ތަންތަން އަޅާނީ ސަރުކާރުންނެވެ.
ޒިންދަގީ
04 August 2017
މެމްބަރު ޚަލީލުވީމަ އޯކޭ!!! އެހެންމީހެއްނަމަ ރިޝްވަތު..
ޙަޤީޤަތް
03 August 2017
ތަންދޮރުނޭގި ފާޑުފާޑުގެ އެއްޗެތި ކިޔުމުގެ ބަދަލުގައި ރަނގަޅަށް ޙަޤީޤަތް އޮޅުން ފިލުވައިގެން އުޅެބަލަ. ކުވައިތުން ހުޅުވާލާފައި އޮތް ފުރުޞަތަކަށް އޭ.ކޭ ފައުންޑޭޝަނުން ހުށަހެޅި ޕްރޮޖެކްޓަކަށް ލިބުނު ފައިސާއެއީ. އެ ފުރުޞަތު އެބައޮތް ދޯ އެންމެންނަށްވެސް. ސިޔާސީ ވިޔަސް ފުކެއް ބޮޑުވަރުތީ.
ހަސަން
03 August 2017
މިފައިސާ ދޭން ނިންމީ ސަރުކާރައް ނަމަވެސް ސަރުކާރުގެ އިސްވެރިން އެމްޕީ ޙަލީލް ފައުންޑޭޝަން ްމެދުވެރިކޮއް ދޭން އެދުނީ .. މިއީ ހަލީލުގެ މައްޝޫރު ކަން ރަށުގައި އިތުރުކުރަން ކުރި ސިޔާސީ ކަމެއް ..
ރައްޔަތު މީހާ
03 August 2017
މި ފައިސާ ޕީ.ޕީ.އެމް ކެމްޕޭނަށް ޚަރަދު ނުކޮށްފިއްޔާ ހާދަ ރަގަޅޭ.
ސާދާސީދާ
03 August 2017
ޤަޠަރު ކަޓް!
މޫސާ އަލީ
03 August 2017
ހަލީލު ފަައުންޑެޝަން ، ފައިސަލް ފައުންޑޭޝަން، ޖަމީލު ފައުންޑޭޝަން ގެ ނަމުގައި ގިނަ ކަންތަކެއް އެބަކުރެވޭ، މިޢީ އިލްމީ މެމްބަރުން ހޯދަން ޖެހޭސަބަބަކީ، މެންބަރުން ހޯދުމުގައި ވިސްނަންޖެހޭ ސަބަބަކީ މިއީ، މެމްބަރުން މަޖިލީހަށް ވައްދަނީ ގިލިގިލި ކޮއްޓާކަށް ނޫން ދާއިރާ އަށް ހިދުމަށް ކުރުމަށް،
ކުވޭތު
03 August 2017
ކުވޭތު ސަރުކާރުގެ ފައިސާ ލިބޭ މީހަކު ރައްޔަތުންގެ މަޖްލިސްގައި އިންނަން ހުއްދަތޯ؟
ޖޫން
03 August 2017
ޚުރިއަށް އޮތް ދައުރަށް ހޮވުނީ ތާއެވެ.ކެމްޕޭނު ފައިސާ ތި ލިބުނީ ބޭރު ބައެެއްގެ އަތުން ތާއެވެ؟
ހަމަ ބުއްދި
03 August 2017
ހަމަ ތި ކަހަލަ "އެހީ އެއް" މެލޭޝީޠާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާޤު އަށް ސައުދީ އަރަބިޔާ އިން ވެސް ދިނެވެ.