ރިޕޯޓް

އަދީބު، ހުމާމާ ބައްދަލުކުރުން: އާދައިގެ ކަމެއް ނޫން!

އަފްރާޝީމްގެ ގާތިލް ހުމާމްއާ، އަދީބު ބައްދަލުކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން.

ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިނުގެން ހާދަ ބޮޑެތި ޖަރީމާތަކެއް ސަރުކާރުގެ ތެރޭގައި ހިންގައިފި އެވެ؛ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތެވެ. ރިޝްވަތު ހުށަހަޅައިގެން ފުލުހުންގެ މުއައްސަސާ ކޮރަޕްޓުކޮށްލުމެވެ. މިދިޔަ އާދީއްތަދުވަހު އާ ކަމެއް، އަނެއްކާވެސް އާއްމުންނާ ހިއްސާކުރެއްވި އެވެ؛ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލް، ހުސެއިން ހުމާމް، ޖަލުން ނެރެ ރިސޯޓަކަށް ގެންގޮސް ދައުލަތުގެ އިސް ވެރިއަކު އޭނާއާ ބައްދަލުކުރެއްވި ވާހަކަ އެވެ.

އެ ވާހަކަ ފައްޓަވަމުން ރައީސް ވިދާޅުވީ، އެއީ ދައްކަން ފަސޭހަ ވާހަކައެއް ނޫން ކަމަށެވެ. އެކަމަކު ހިނގާފައި އޮތް ކަމަކަށް ވާތީ، ފުލުހުން ތަހުގީގު ފަށައިގެން އުޅޭ ކަމަށް ވިދާޅުވި އެވެ. އެ ތަހުގީގު ކުރަން ފުލުހުންނަށް އެންގެވީ، އެ ބައްދަލުވުމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންނެވުމުން ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ ކުރިން، ފުލުހުންގެ އިންޓެލިޖެންސާއި ހޯމް މިނިސްޓްރީ އާއި ގައިދީން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ ތިބި ކަރެކްޝަނަލް ސާވިސް އޮތީ "ނިދައިފަ" އެވެ. ސަރުކާރުގެ ބައެއް ދާއިރާތައް ހާދަ ދޯދިޔާ އެވެ. ބޮޑެތި ޖަރީމާތައް ހިންގާއިރު، އަޅައެއް ނުލަ އެވެ.

ސިއްރު ބައްދަލުވުމެއް ހުމާމާ އެކު ބޭއްވެވި ކަމަށް ތުހުމަތުކުރަނީ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށެވެ.

ޕީޕީއެމުން މިދިޔަ އާދީއްތަ ދުވަހު ސްޓެލްކޯގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާ ކުރިން އަޑު ފެތުރުނު، އޭރު އަޅާނުލީ ކީއްވެ؟

ނައިބު ރައީސް ކަމުގައި ހުންނަވައި، އެއީ ވެސް އަދީބު ހިންގެވި ޖަރީމާއެއް ކަމަށް ދޭހަވާ ގޮތަށް ރައީސް އެ ވާހަކަފުޅު ދެއްކެވިއިރު، މިއީ އާއްމުންނަށް އާ ވާހަކައެއް ނޫނެވެ. ސޯޝަލް މީޑިއާގައި މި ތުހުމަތު އަދީބުގެ މައްޗަށް މާ ކުރިން ވެސް ކުރި އެވެ. އެ ބައްދަލުވުމުގެ ހަގީގަތް ހާމަކޮށްދޭން، އެކި މީހުން އަޑުއުފުލި އެވެ. ސިޔާސީ ބައެއް ވެރިން ޕޯޑިއަމްތަކުގައި ވެސް ސަރުކާރަށް ފާޑުކިޔެވެ.

އެކަމަކު، އޭރު އަޅައެއް ނުލި އެވެ. ސީރިއަސް ތުހުމަތަކަށް ވެގެން ތަހުގީގެއް ނުކުރި އެވެ. އަފްރާޝީމް އަވަހަރާކޮށްލި މައްސަލަ ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރާ ކަމަށް ބުނާއިރު، އޭރު އެ މައުލޫމާތުތައް މުހިއްމެއް ވެސް ނުވި އެވެ.

އަޑުއެހުމަކަށް ހުމާމް ކޯޓަށް ވައްދަނީ. --ފޮޓޯ/މިހާރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި އަދީބު، ހުމާމާ ބައްދަލުކުރެއްވި މައްސަލަ ތަހުގީގު ފެށީ، ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާ އަށް ފަހު އެވެ. ޚާލިދު ބިން ވަލީދުގެ ގޮތުގައި ރައީސް ސިފަކުރެއްވި އަދީބު ގޯސްވީ އެ ހިސާބުންނެވެ. ފުލުފުލުގައި އެތައް ކުށެއްގެ ތުހުމަތާ އެކު އަދީބގެ މައްޗަށް ތަހުގީގު ހިންގަން ފެށީ ވެސް އެ ހިސާބުންނެވެ.

މައްސަލައަކީ، އޭގެ ކުރިން މިކަމާ މެދު ފަރުވާ ކުޑަކުރުމެވެ. ސޯޝަލް މީޑިއާގައި މި ވާހަކަ ފަޅާއަރުވާލުމާ އެކު ތަހުގީގުކުރަން ފުލުހުންނަށް ރައީސް ނޭންގެވީ ކީއްވެ ހެއްޔެވެ؟ ފުލުހުންގެ އިންޓެލިޖެންސަށް މި މައުލޫމާތު އޭރު ނުލިބެނީ ހެއްޔެވެ؟ ލިބިފައި އޮތް ނަމަ، އަޅާ ނުލީ ކީއްވެ ހެއްޔެވެ؟ ހުމާމް ބެލެހެއްޓި ކަރެކްޝަނަލް ސާވިސްގެ ޒިންމާ ކޮބައި ހެއްޔެވެ؟ އެތަނުން އޭނާ ނެރުނު އޮފިސަރުން ކޮބައި ހެއްޔެވެ؟ ޖަލު ބެލެހެއްޓެވުމާ އޭރު ހަވާލުވެ ހުންނެވި އިސް ވެރިޔާ އަށް މި ޖަރީމާގެ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވަނީ ހެއްޔެވެ؟

ހުމާމް ބަހައްޓާފައި ހުރީ، މާފުށީ ޖަލުގެ ހައި ސެކިއުރިޓީ ގޮޅިއެއްގަ އެވެ. ވަށައިގެން ސީސީޓީވީ ކެމެރާ ހުރެ އެވެ. އޭނާ އެތަނުން ނެރުނު މަންޒަރު ސީސީޓީވީ އަށް ވެސް ނާރަނީ ހެއްޔެވެ؟

ނޭނގި މިވަރުގެ ކަމެއް، ގަބޫލުކުރަން ދަތި!

އަދީބާއި ހުމާމުގެ ސިއްރު މި ބައްދަލުވުމަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލެވޭކަށް ނެތެވެ. އަފްރާޝީމްގެ މަރާ ގުޅޭ ތުހުމަތުތައް އެއަށް ވުރެ މާ ސީރިއަސް އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި، ހުމާމްއާ އަދީބު ބައްދަލުކުރެއްވި މައްސަލަ ތަހުގީގު ކުރަން އެންގެވީ، އެމަނިކުފާނަށް އެނގިވަޑައިގެން ކަމަށް ރައީސް ވިދާޅުވުމަކީ ވެސް ހެއްދެވި އިތުރުފުޅެކެވެ.

މާފުށީ ޖަލު: ހުމާމް މިތަނުގައި ހުއްޓައި ނެރެގެން ރިސޯޓަކަށް ގެންދިޔައީ ގާނޫނާ ޚިލާފަށް.-- ފޮޓޯ: ކެވިންޓިއޯ.ބްލޮގްސްޕޮޓް.ކޮމް

"ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި މީހަކު ރޭގަނޑު ދަންވަރުގެ ވަގުތެއްގައި ވިއަސް އަދި އެހެން ގަޑިއެއްގައި ސިއްރިޔާތުގައި ގެންދެވޭނީ ހަމައެކަނި ކަރެކްޝަންސްގެ މީހުންނަށް އެކަނި އެނގިގެންނެއް ނޫން. އެ ސަރަހައްދުގައި ފުލުހުން ވެސް ތިބޭނެ. ވަރަށް ގިނަ ދިމާލުން ކޯޑިނޭޓުވެގެން އެ ވަރުގެ ކަމެއް ކުރެވޭނީ،" ރިޔާޒް ވިދާޅުވި އެވެ.

"ސީރިއަސް މައްސަލައެއް އެއީ. އަމުދުން ކެބިނެޓުގެ މިނިސްޓަރަކު ބައްދަލުކުރުން. ސުވާލަކީ އެވަރުގެ ކަމެއް ރައީސުލް ޖުމްހޫރިއްޔާ އަށް ނޫނީ ހޯމް މިނިސްޓަރުގެ އެއްވެސް އިރުޝާދެއް ނެތި، އެހެން މިނިސްޓަރަކަށް އެކަން ކުރެއްވިދާނެތޯ؟ ނުވަތަ ކުރާނެތޯ؟ އެވަރުގެ ރިސްކެއް މުއައްސަސާތަކުން ނަންގަވާނެތޯ؟"

އަދީބުގެ އެ ބައްދަލުވުމަކީ ވެސް އެމަނިކުފާނަށް އެނގިވަޑައިނުގެން ހިނގި ކަމެއް ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅަށް ފާޑުވިދާޅުވަމުން ރިޔާޒް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ރައީސަށް އެނގިވަޑައިގެން ހިނގި އެއް ކަމެއް ވެސް ނެތް ކަމަށެވެ.

"ހިނގާފައިވާ އެއްވެސް ގޯސް ކަމަކީ އެމަނިކުފާނަށް އެނގިވަޑައިގެން ހިނގާފައިވާ ކަންކަމެއް ނޫން. ރަނގަޅު ކަމެއް ވިއްޔާ އެއީ ހަމަ އެމަނިކުފާނުގެ ދުރު ވިސްނުން، މޮޅުކަން،" ރިޔާޒް ވިދާޅުވި އެވެ.

ބޭނުމަކީ ހުމާމް ލައްވައި ވަކި ގޮތަކަށް ވާހަކަ ދެއްކުންތަ؟

އަދީބު، ހުމާމްއާ އެކު ބޭއްވެވި ސިއްރު ބައްދަލުވުމުގެ މަގްސަދު ސާފެއް ނޫނެވެ. އެކަމަކު މި ބައްދަލުވުން ބޭއްވި ކަމަށް ރައީސް ވިދާޅުވިއިރު، އަފްރާޝީމްގެ މަރުގެ ހަގީގަތް އެނގޭނީ ރައީސް ޔާމީނާއި އަދީބަށް ކަމަށް ޝަރީއަތުގެ އަޑުއެހުމެއްގައި ހުމާމް ވަނީ ބުނެފަ އެވެ. އެކަމަކު މި ބައްދަލުވުން ބޭއްވީ، ހުމާމް އެގޮތަށް ބުނުމުގެ ކުރިން ކަމެއް ނުވަތަ ފަހުން ކަމެއް ސާފެއް ނޫނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ މަގްސަދެއްގަ އެވެ. އެކަމަކު ތަހުގީގަށް ހަ އަހަރު ވީއިރު ވެސް ހަގީގީ ސަބަބު އެނގޭ ވަރެއް ނުވި އެވެ. އޭނާގެ އަވަހާރަކޮށްލަން ފައިސާ ހޭދަކުރި މީހުން ވެސް ނުހޯދުނެވެ.

ކުރީގެ ނައިބު ރައީސް އަދީބު: އެމަނިކުފާނު، ހުމާމާ ބައްދަލުކުރި މައްސަލަ އަންނަނީ ތަހުގީގުކުރަމުން.-- ފޮޓޯ: ރައީސް އޮފީސް

މި މަރުގައި މިހާ ގިނަ ސިއްރުތަކެއް ފަޅާނާރައި އޮއްވައި އަދީބު، ހުމާމާ ބައްދަލުކުރެއްވުމަކީ ޝައްކުތައް އިތުރުވާ ކަމެކެވެ. އޭގެ ބޭނުމެއް އޮންނާނެ އެވެ.

އެ ބައްދަލުވުމުގެ ހަގީގަތް އެނގުން ކޮންމެހެން ވެސް މުހިއްމެވެ. އަދީބުގެ މައްޗަށް ހަމައެކަނި ތުހުމަތުކޮށް ތަހުގީގު ކުރަމަކުން އަދި ނުނިމެ އެވެ. ބައްދަލުކުރި ސަބަބާއި ދެއްކެވި ވާހަކަތައް ވެސް ރައްޔިތުންނަށް ސާފުވާން ޖެހެ އެވެ.

މިކަން، ހަމައެކަނި އަދީބާ ހަމައިން ނިންމާލެވޭ ކަށް ނެތެވެ. އެއަށް ވުރެ އެ މައްސަލަ މާ ސީރިއަސް އެވެ.

123 ކޮމެންޓް, 287 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 7%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެކަމަކު

15 August 2017

ބުލެކްމެއިލް

The name is already taken The name is available. Register?

އިބޫ

14 August 2017

އަދީބު ވަނީ ހޯމް މިނިސްޓްރީ ހިންގުމާއި ވެސް ހަވާލުވެފަ، އެފަދަ ޓައިމެއްގައި އަދީބު، ހުމާމަ ްއައި ބައްދަލު ކުރަން ބޭނުްނނަނމަ ، ކަރެކްޝަންސް އިން ފެސިލިޓޭޓް ކޮށްދޭނެ ދޯ.... ދެން ސިއްރުން ބައްދަލުކުރާނީ ކޮންމެސް ގޭހެެއް އަނބުރާން ދޯ

The name is already taken The name is available. Register?

އައްޑޫމީހާ

12 August 2017

މިހާރު މިކަން ކުރަން އުޅެނީ ހުމާމް މަރާލެވޭތޯ. އެއިރުން މިހާރު އެކަމުގެ މުލުގައި ހުރި ވެރިޔާ ސަލާމަށްވާނެތާ.

The name is already taken The name is available. Register?

އަހަންމާ

11 August 2017

އަދީބު ބުނި އެއްޗެއް އެގޮތަށް އިވުނު މީހަކު ބުނި ވާހަކައެއް ތިކަމާއި ބެހޭގޮތުން އެބައޮތް ވަގުތު ޖެހުނީމަ ހާމަ ކުރަން ބާއްވާފަ. މިހާރު މިދައްކަނީ ބޭކާރު ޥާހަކަ. ކުރަންވީ ކަމަކީ ބާލަންވީ. ދެން ކަމެއް ކުރެވޭނީ. ވާހަކަ ދައްކާނެ ކިތަންމެ ބަޔަކު އޭރުން ވާނެ.

The name is already taken The name is available. Register?

އިބްރޭ

11 August 2017

ޔާމިން ނުހަދާނެ ތެދެއް. އަދީބު ހުރިއްޔާ ޔާމިން ވެސް ހުންނާނެ ކުރި ކޮންމެ ކަމެއްގެ ފަހަތުގަ. މުޅި ގައުމުގެ ޒުވާނުން މަސްތުވާ ތަކެތީގެ ހާއްޔަކައް ހަދާފަ. މީހުން ތައް މަރަމުންދާއިރު ބުނެ ނިއްމާ ލަނީ ކުއްވެރިވަނީ ލާގެން ހުރި ޓީސާޓޭ.. މި މީހާގެ ފެންވަރަކީ.

The name is already taken The name is available. Register?

ޒަކީ

11 August 2017

އާޙިރުގައި މަކަންނިމޭއިރު މަށައް ހީވަނީ އުމަރު ނަސީރުވެސް ކަންތައްތަކެއް ފޮރުވިކަން ފަޅާއަރާ އެ ހުދުވާވެސް ކަޅުވާނެހެން

The name is already taken The name is available. Register?

ނާން

10 August 2017

މި ސަރުކާރު އައުމާއެކު އިސްތިއުފާދީފި.

The name is already taken The name is available. Register?

ނޯކޮމެންޓް

10 August 2017

ދީނީ މީހުންތަ އަބުރުގެ ދައުވާ ނޫސްވެރިންނަށް ކުރަމުން ބޮޑެތި އަދަދުތަކުން ނޫސްވެރިން އަދި ޓީވީ ސްޓޭޝަންތައް ޖޫރީމަނާ ކުރަމުން އެމީހުންގެ އަނގަ ބަނދުނުވެގެން އެތެޅެނީވެސް؟

The name is already taken The name is available. Register?

ހުނގޭލު

10 August 2017

މަވެސް ބުނަން އޮތްވާހަކަޔަކީ ހަަމަމީގެ ކުރިންވެސް ބުނި ވާހަކައެއް. ހުމާމުގެ ނަން ކިޔައިފި. އަދީބުގެ ނަން ކިޔައިފި. ކީއްވެހޭ ރިސޯޓުގެ ނަން ނުކިޔިގެން ތިއުޅެނީ. ރިސޯޓު އޯނަރުދެކެ ގަންނަ ބިރު ހަމަބޮޑީހޭ؟؟؟؟؟؟؟؟؟؟؟؟؟؟ ނޫސްވެރިކަމަކީ ރިސޯޓުގެ ނަންވެސް ކިޔުމެއް ނޫންތަ؟؟؟؟؟ މިސުވާލަށް ޖަވާބެއް ދީބަލަ!

The name is already taken The name is available. Register?

ޒެޑްސް 1

10 August 2017

މިހާރު އެހެދީ ދޯ ފުލުހުންގެ ތެރޭގައި އަފްރާޝީމް އަދި ރިލުވާނުގެ މައްސަލަ އަލުން ބަލައިމުރާޖިއާ ކުރާނެ ކޮމަޓީ އެއް. އެހެންވީމަ، ހީވަނީ މި އާ ކޮމަޓީގެ ބޭނުމަކަށް ވާނީ ރިލުވާނުގެ މައްސަލަ ތަހުގީގުކުރުމަށް ވުރެ ބޮޑަށް ހުމާމު ޖަލުން ނެރިގެން ގެންގޮސް ބައްދަލުކުރި ބޮޑު މީހާގެ މައްސަލަ ތަހުގީގުކޮށް އެ މައްސަލައިގައި އެ ބޮޑު މީހާގެ މައްޗަށް ޝަރީއަތެއް ހިންގައި ހުކުމެއް ކޮށް ނިންމާލުން. އޭރުންތާ، ހުމާމުގެ މައްސަލަ މިއީ ސިޔާސީ މައްސަލަ އަކަސް ހެދޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454