ޚަބަރު / މީހުން މެރުން

އަނަސްގެ ގާތިލުން އެންމެންގެ ލޯތަކަށް ހާމަވާން ބޭނުން: ބައްޕަ

އަަނަސް އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މީދޫގައި ބޭއްވި ހިނގާލުމުގައި އޭނާގެ ބައްޕަ (ކ-2) އާއި އަނަސްގެ އަންހެން ކޮއްކޮ ބައިވެރިވަނީ.-- ފޮޓޯ: ނާޝިތު

ވަޅި ހަރައި މިދިޔަ ހަފުތާގައި މަރާލި މުހައްމަދު އަނަސްގެ ގާތިލުން އެންމެންގެ ލޯތަކަށް ހާމަވާން ބޭނުންވާ ކަމަށް އޭނާގެ ބައްޕަ އަބްދުއްރާފިއު އިއްޔެ ބުނެފި އެވެ.

އަނަސް 25، މަރާލި ސަބަބުތަކާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް މީޑިއާގައި ވާހަކަތައް ފަތުރާތީ، އޭނާގެ ބައްޕަ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ އާއިލާ އިން އެދެނީ ވީހާވެސް އަވަހަކަށް ދަރިފުޅުގެ މަރަށް އިންސާފު ލިބުމެވެ. އަދި ފުލުހުން ހިންގާ ތަހުގީގަށް އެއްބާރުލުން ބޭނުންވެއްޖެނަމަ، އެހީތެރިކަން އާއިލާ އިން ދޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ފުލުހުންގެ ގާބިލިއްޔަތާއި މެދުގައި ފުރިހަމަ އިތުބާރެއް އޮތް ކަމަށާއި މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ ވަކި މީހަކަށް ނިސްބަތްވާ ގޮތަށް ނުވަތަ ވަކި މީހަކަށް އިނގިލި ދިއްކުރުމެއް ނެތި އަދުލުވެރިކޮށް ތަހުގީގު ކުރިއަށް ގެންދިއުމަށް އެދޭ ކަމަށް ވެސް އަނަސްގެ ބައްޕަ ބުންޏެވެ.

ވަޅިން ހަމަލާދީ، މަރާލި އަހުމަދު އަނަސް.

"ހިނގައިދިޔަ ހިތާމަވެރި ހާދިސާ އަކީ އާއިލާ އަށް ފުން ހިތާމައެއް ގެނުވާފައިވާ ކަމެކެވެ. މިކަމުގައި އާއިލާ އިން އެދެނީ ވީހާވެސް އަވަހަކަށް އަނަސްގެ ގާތިލުން ޝަރީއަތުގެ ކުރިމައްޗަށް ގެނެވި އެ މުޖުރިމިން ވީ އެންމެ އަވަހަކަށް އެންމެންގެ ލޯތަކަށް ހާމަވުމެވެ،" ރ. މީދު އަށް އުފަން އަނަސްގެ ބައްޕަގެ ބަޔާނުގައިވެ އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލި އަނަސްއާ ބެހޭ ގޮތުން މީޑީއާގައި ދައުރުވަމުންދާ ވާހަކަތަކަކީ އޭނާގެ އާއިލާ އިން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނަމުންދާތީ އަބްދުއްރާފިއު ވަނީ އެކަން ދޮގުކޮށްފަ އެވެ. އާއިލާ އިން ބުނި ގޮތުގައި އަނަސްގެ މައުލޫމާތު އެ އާއިލާގެ ފަރާތުން ހާމަކުރާނީ އޭނާގެ ބައްޕަ އެކަންޏެވެ.

ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރައި އަނަސް މަރާލާފައިވަނީ، މާލޭގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓަ އެވެ. ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް މަރާލި އިރު، އޭނާ ދިޔައީ އަލަތު ކައިވެންޏަށް ތައްޔާރުވަމުންނެވެ. އަނަސް އަށް އިންސާފު ހޯދައި އެކަމުގައި ޝާމިލްވާ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލައި މީދޫގައި ގިނަ ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ.

އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމުގައި ބައިވެރިވީ ކިތައް މީހުން ކަމެއް އަދި އެ މީހުންގެ ނަމެއް، ފޮޓޯއެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

18 ކޮމެންޓް, 69 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 84%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުރީގެ ޕޮލިސް މިހާރު ގޭންގު.

11 August 2017

ގޭންގުން ދެކެ ހުރިހައި އެންމެންވެސް ބިރުގަނޭ ޕޮލިހުންވެސް ގޭންގުން ދެކެ ބިރުގަނޭ ޖެހިލުންވޭ. އެމީހުންނަށް ކަމެއް ކުރާކަށް ނުކެރޭ. މަސްތުވާ ތަކެތީގެ މައްސަލާގައި އަތުލާ މީހުންނާ ، މާރާ މާރީގައި އަތުލައިގަނެވޭ މީހުންނަށް ހަމަ ކަމެއް ނުކުރެވޭ. އަޑީގައި ކަންތައް ތަކެއްވޭ. އެކަމަކު އެހެން ކޭސް ތަކުގައި ސާބިތުނުވިޔަސް އަނިޔާކޮށް ތަޅާ ހަދާ. މިކަމުން އެނގެނީ ޕޮލިހުން ގޭންގުން ދެކެ ބިރުގަންނަކަން. ގޭންގުން މާ ބާރުގަދަ ކަން. ނަތީޖާ އަކަށްވާނީ ގިނަ ބަޔަކު އަބަދުވެސް ދާނީ އެގްރޫޕަށް ގިނަވަމުން.

The name is already taken The name is available. Register?

ހުސޭނުބެ

09 August 2017

ފެންނާނެ!!! ކުޑަ ދުވަސްކޮޅެއް ވަންދެން ކެތްކޮށްލަ ދެއްވާ!! އެމީހުންގެ ކިބައިން ޤިޞާޞް ހިފަންވާނެ!!! ޤިޞާޞް ހިފުމަކީ ދިރުމެއްވާކަމެއްކަމުގައި ގީރިތި ގުރުއާނުން ސާބިތުވޭ!!!

The name is already taken The name is available. Register?

ލުނބޯ

08 August 2017

ޢިންސާފެއް މި ރާއްޖެއަކު ނުލިބޭނެ... މީގެ މާނައަކީ ގޭގަ ހިމޭނުން ތިބުމެތް ނޫން.. ހިތާމައިގަ ފުރިހަމައް ބައިވެރިވަން...

The name is already taken The name is available. Register?

ހުސޭނުބެ

09 August 2017

މިސަރުކާރުން އިންސާފު ގެނަސްދޭނެ!! ބަލަންތިބެމާ!!

The name is already taken The name is available. Register?

ހުސޭނުގެ އަމާ

09 August 2017

ނުވާނެ އެއްކަމެއްވެސް މިސަރުކާރައް ކޮބާ ރިލްވާން.. ހުމާމެއް ނުމެރިގެން މިހާރު ތެޅިފޮލެނީ

The name is already taken The name is available. Register?

މީދޫ ޒުވާނެއް

08 August 2017

މީދޫ އަކީ ޔާމިނު ސަރުކާރަށް އެއް ރަށަކުން އެންމެ ގިނަ ވޯޓު ދިން އެއް ރަށް .އެކަމު އެ ރަށާއި އަތޮޅަށް ހިދުމަތް ކުރަމުން ދިޔަ މައުސޫމް ޒުވާނެއް ފުރަ މާލެގަ ކަތިލައި އެ އާއިލާއާއި މުޅި މީދޫ އާއި ރ. އަތޮޅު ހިތާމަފާޅު ކުރިއިރު ވެރިޔާ އެ އާއިލާއަށް ތައުޒިޔާ ފޮނުވާނުލި . އަދި މީހުން ދެއްކި ވާހަކަޔައް ބިނާކޮށް ކުއްވެރި ކުރީ ލާފަހުރި ޓީޝާޓު . ގާތިލުން ކުއްވެރި ނުކުރި. އަނަސް އަށް އިންސާފު ހޯދައި ނުދީ ޕީޕީއެމުން މީދޫއަށް އަރާ ވޯޓުގެ ނަން ވެސް ނުގަނާތި .

The name is already taken The name is available. Register?

ޔާމީނު

09 August 2017

ހުސޭނުބެ މެން ކަހަލަ މޮޔާން ޑިސްލައިކް ޖަހާނެ ކެކެކެ

The name is already taken The name is available. Register?

ސަލީމް

08 August 2017

އެ ހުރިހާ އެންމެން ފެންނަ ފޮޓޮއެއް މިހާރުވެސް އެބައިން އެކަމަކު ބޮޑު ބިޔަ މަސްވެރިޔަކު މެދުގަ ހުރީމަ މަސްވެރިންގެ އަގުހިފަހައްޓަންވެސް ޖެހޭ އެބަ...

The name is already taken The name is available. Register?

ޙަބޭސް

08 August 2017

ތިޔަމީހުން ހާމައެއްނުކުރެވޭނެ އަދި ސާބިތުކުރެވޭކައްވެސް ނެތް. ތިކަން ނިމިގެންދާނީ އަފުރާސީމްގެ މައްސަލާގައި ހުމާމް އާއެކު ހައްޔަރުކުރެވުނު މީހާ އައް ނުބައިމާއްދާއެއްގެދަށުން ދައުވާކުރެވިގެން ދޫކޮއްލިގޮތައް އަދިއަދައްވެސް އޭނާހުރީ ދޫވެފަ.

The name is already taken The name is available. Register?

ރަޝީދު މީދޫ_09

08 August 2017

މުޒާހަރާއެއް ނުކުރޭ، މަޑުމައިތިރި އިންސާފު ހޯދުމަށް ހިނގާލުމެއް ބޭއްވީ،

The name is already taken The name is available. Register?

ހެނބަދޫ ރައްޔިތުން ގެއްލިގެން ހޯދާ މެންބަރެއް މއރފ

08 August 2017

ގަޓުހުރި މިނިސްޓަރު ކޮބާ؟ މިކަން ހާމަކޮއްބަލަ

The name is already taken The name is available. Register?

ހެނބަދޫ އިންޖީނުގެ ކޭބަލް ވިދާޅުވަނީ

08 August 2017

އެބައުޅޭ. ނަމަވެސް ހަނުހުންނަނީ.

The name is already taken The name is available. Register?

ދެނޯ

08 August 2017

އެންމެންގެ ކުރިމަތީ 30 އެތައް ފަހަރަކު ވަޅިން ހަމަލާދީ މަރާލީ. އެކަމަކު ކުއްވެރިން ސިއްރު.

The name is already taken The name is available. Register?

ތޮރުފި އުދުޅި

08 August 2017

އަނަސް މަރާލާފައި ވަނީ އޮޅުމަކުން ނޫންކަން ފެންނަ ވީޑިއޯ ތަކުން ހާމަވޭ މިހާރު ހައްޔަރު ކޮއްފަ ތިބިމީހުންގެ ތެރޭގައި އެމީހުން ހުރެއްޖެނަމަ ދިވެހި ފުލުހުންގެ ސާބިތުކަން ހާމަވާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454