ރިޔާޒް: އޭނާ އަށް ދައުވާކުރަނީ ފުލުހުންގެ ތަހުގީގެއްގައި ފޯނު ހުޅުވައި ނުދިނުމުން --ފޮޓޯ/މިހާރު
11 އޯގަސްޓް 2017 - 23:09
ފޯނެއްް ހުޅުވައި ނުދިން މައްސަލާގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވި މައްސަލައިގެ އިސްތިއުނާފް ދެވަނަ އަޑުއެހުން އަންނަ އާދިއްތަ ދުވަހު ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ކުރިން ޕޮލިސް ކޮމިޝަނަރު ކަން ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒްގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ މާޗް މަހު ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުން ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ އިސްތިއުނާފްކުރީ ދައުލަތުންނެވެ.
އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މީގެކުރިން ހައި ކޯޓުގައި ބާއްވާފައިވާއިރު އެ ދުވަހު ވަނީ ވަކީލަކު ހަމަޖެއްސުމަށާއި ދައުވާ އަށް ޖަވާބުދާރީވާން ރިޔާޒަށް ފުރުސަތު ދީފަ އެވެ. އެހެންވެ، އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އޮންނާނީ ވަކީލަކާ އެކު ރިޔާޒް ހާޒިރުވެ، ދައުވާ އަށް ޖަވާބުދާރީވުމެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ ރިޔާޒްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމާ އެކު މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި އޭނާ އަށް މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތްފުނާ
12 August 2017
ރިޔާޒު އަކީ އޭނަ އަށް ލިބިފައި ހުރި ހިލްމަކާ އިލްމެއް ބޭނުންކޮށްގެން އަމިއްލަ ފައިދާ އަށް މަސައްކަތް ކުރާ މިހެއް.އެވަގުތެއްގާ ހަމަނުޖެހުމަށް މަސައްކަތް ކުރާ ބަޔަކާ އެކީ ނިކަން ފުޅާކޮށް އެކަންކުރާ މީހެއް.ފުލުހުންގެ އެންމެ އިސްމާގާމުގައި ހުރެވުނު އިރުވެސް ގައުމު ހަމަމަގަށް އަޅުވާން މަސައްކަތް ނުކުރެވި ، ރަތްޔިތުންގެ ހިތުގައި އުފެދިފައި ހުރި ބިރުވެރިކަމަށް ހަމަޖެހުމެއް ގެންނަން ނުކުޅެދިފައި ހުރި މީހެއް.ދެންކޮން އަނގައެއް ފުޅާ ކޮށްފައި ވާހަކަ ދައްކާކަށް.އިންސާފު ހޯދަންށޭ ކިޔާފަ.
ބުލްބުލް
11 August 2017
މީ ތާކުންތާކުންޖެހޭ މީހެއްނޫން. ކޮމިޝަނަރުކަމުގާ ހުއްޓާ އަފްރާޝީމް ގަތުލުކޮށްލީ. އެކަމަކު އަނގަތަޅަން މިވަރެއް ނެތް.