ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް ހުމާމް ކޯޓަށް ވައްދަނީ: ހުމާމް މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
27 ޖޫން 2016 - 12:35
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި ހުސެން ހުމާމަށް ހިންގި ޝަރީއަތުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ، އޭނާ މެރުން ހުއްޓުވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހުށަހަޅައިފި އެވެ.
ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހުށަހެޅުއްވި ހުށަހެޅުއްވުމުގައި ގިނަ މައްސަލަތަކެއް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި، މެންދަމުގެ ވަގުތެއްގައި ސުޕްރީމް ކޯޓުން އަވަސް އަރުވާލައިގެން ހުމާމްގެ މައްޗަށް ހުކުމް ކުރުމާއި އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ތިބި މީހުން ނުހޯދެނީސް ހުމާމް ނުމަރަން އަފްރާޝީމްގެ ވާރިސުން އެދިފައި ވަނިކޮށް، އެ ކަމަށް ބެލުމެއް ނެތި ހުކުމް އިއްވުން ހިމެނެ އެވެ.
މީގެ އިތުރުން ވެސް، ފުލުހުންގެ ތަހުގީގު ފުރިހަމަ ވެފައި ނުވުން އަދި ޝަރުއީ ދާއިރާގެ އިންސާފުވެރިކަމާއި މުސްތަގިއްލުކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިއުން އީވާ ފާހަގަކުރެއްވި އެވެ.
އިދިކޮޅު އެމްޑީޕީގެ މެމްބަރު އީވާ ވިދާޅުވި ގޮތުގައި އެ މައްސަލަތައް ހުރިއިރު މީހެއްގެ ފުރާނަ ދުއްވާލުން ތަންފީޒު ކުރުމަކީ އިސްލާމީ ޝަރީއަތުގައި ހާކިމާ އަށް ހުއްދަވާނެ ކަމެއް ނޫނެވެ.
"... [ހުމާމް] މެރުން ތަންފީޒު ކުރުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަލުން މުރާޖާކޮށް ބަދަލު ކުރަން ޖެހޭ މި ދެންނެވި ފަދަ ސަބަބުތަކާ މެދު ތިޔަ ކޮމެޓީން ގޮތެއް ނިންމަވައި ސަރުކާރުން ހުސެން ހުމާމް އަހުމަދު މެރުން ތަންފީޒު ކުރުން ހުއްޓުވުމަށް މި މައްސަލަ ހުށަހަޅަމެވެ،" އީވާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވެ އެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަވަހާރަކޮށްލިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ހުސެން ހުމާމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ހުކުމް ދަމަހައްޓާފަ އެވެ. އެ ހުކުމާ ގުޅިގެން، ސަރުކާރުން ދަނީ ހުމާމްގެ މަރުގެ ހުކުމް ތަންފީޒުކުރުމުގެ ތައްޔާރީތައް ވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮއްލޯ / ހުވަދު އަތޮޅު
28 June 2016
އަމިއްލަ އިޢުތިރާފު އެއީ އިސްލާމީ ޝަރީޢަތުގެ އެންމެ ބޮޑު ހެކި... ދެން ސުވާލަކީ ހުމާމު އެކަނިތޯއޭ ޑރ.އަފްރާޝީމް މާރާލަން ދިޔައީ.. އިތުރު ބައިވެރިއަކު ނުވަނީ ތޯއޭ؟؟ ޖަވާބު ވަރަށްވެސް ސާފު.. ހުމާމު ބަޔާން ދީފައެބައިން ކ.މާލެ / ހ.ހިކޯސްޓް، އަލީ ޝާން (ސަޓޯ) އެނާ އާއި އެކު ދިޔަކަމަށް.. ފުރަތަމަ ޙަމަލާ އަފްރާޝީމަށް ދިނީވެސް ޝާން ކަމަށް.. ޑރ.އަފްރާޝީމް މަރަލުމުގެ ޑީލް އަކީ ޝާންގެ އެއްޗެއްކަމަށް.. ހުމާމުގެ ބުނުން ފިޔަވާ ޝާން އަށް އެވަރުގެ މައްސަލައެއްގައި މީހެއްގެ މައްޗަށް ސާބިތު ކުރެވޭ ވަރަށް ހެއްކެއް ކޯޓަށް ފޮނުވިފައެއް ނެތް.. ހެކި ހުއްޓަސް ކޮންމެވެސް ބާރަކުން ނޫނީ އެހެން ގޮތަކުން ކޯޓާ ހަމަށް ހެކި ގޮސްފައި ނުވޭ.. މި ސަބަބާހުރެ ޝާން ވަނީ ކޯޓުން ސަލާމަތްވެފައި. އެހާ މޮޅު ޕްލޭނެއްގެ ދަށުން މީހަކު މަރާލާއިރު ގަބޫލެއް ނުކުރެވޭ ހުމާމުއަށް އިތުރަށް ދެން މި ކޭސްގައި އިނގޭނެ އެއްޗެއް އޮތްކަމަކަށް. ސަބަބަކީ ހުމާމަކީ އެއްނޫން މިކަންތައް ރޭވި މީހަކީ. ހުމާމަކީ ބޭނުން ކޮށްފަ އިން ވަސީލަތެއް. މި މައްސަލައިގެ އިތުރު ޙަގީގަތް އިނގޭނެ ޝާން އަށް.. ހުމާމުގެ ފަރާތުން އެނގޭނެ އެއްޗެއް ދެން ނެތް.. މިހެން މިބުނީ ހާގީގަތުގައިވެސް އޭނައަށް ނޭނގޭނެތީ... މިމައްސަލައިގެ ހަގީގަތް ނޭނގުނަސް މަރުގެ ހުކުމް ހުމާމަށް ކުރެވިދާނެތޯ އާ މެދު ސުވާލު އުފެދޭ.. އެ ނިންމުން ނިންމާނީ ދީނީ އިލްމުވެރިން... ގިސާސް ހިފަން ޖެހޭނެ.. ގިސާސް ހިފުމަކީ އޭގައި ދިރުމެއްވާކަމެއް..
ހަފާ
28 June 2016
މެންޓަލިސްޓް ޖަހައިގެން ކޮމަންޓް ކުރާ ފަރާތައް ބުނެލަންއޮތީ އިސްލާމީ ސަރީއަތުގަ އަފަރާސިމްގެ އާއިލާއިން އެން ބުނެފަ އޮއްވާ ނުމެރޭނޭ...، ފުލުހުން މީޑިޔާގަ ބުނި ބަޔަކު މިކަން ކުރަން ފައިސާ ހަރަދު ކުރިޔޭ ކޮބާ ބާ އެމީހުން؟؟ ހުމާމް މަރާލީމަ އެމީހުން ގެ ސަރިޔަތް ހިންގާނެ ގޮތެއް މެންޓަލިސްޓައް ވިސްނޭތޯ؟؟
މެންޓަލިސްޓް
27 June 2016
ދަންނަވަންތޯ ވާހަކައެއް ވާރިސުން ނުބުނޭ ހުމާމްއަށް މާފްކުރީއެކޭ ނޫނީ ނުމަރާށެކޭ ، އެމީހުން ބުނަނީ އެކަމުގެ ފަހަތުގައި ވާއެހެންމީހުން ނޭންގޭހާ ހިނދަކު ނުމަރާށޭ ، އަނެއްކޮޅުން ހުމާމްވެސް އެބައޮތް އަފްރާޝީމްގެ އާއިލާގެ ފަރާތުން މާފަށްއެދިފައި ، އަޅެމީދޮގެއްތޯ ހުމާމްކައިރީގައ ނޫނީ އަފްރާޝީމްއާއިލާކައިރީގައި އަހާބަލަ ، ދެންއޮތީ ރައްުޔަތުންގެ ތިޔަމަޖިލްއަކީ މިހާރު އަގުވެއްޓި ރިޝްވަތަށް ގޮސްހުސްވެފައިއޮތްތަނެއް ކަން ރާއްޖޭގެ ރައީސްގެ ބަސްފުޅުންނާއި މަޖިލިސްގެ މެންބަރު މުހަންމަދު އިސްމާއިލްގެ ބަހުން ސާބިތުވޭ ، އެހެންވީމަ ތިޔަމަޖިލިސްއިން ނިންމާނިންމުންތަށް ސައްހަވާނީ ކިހާވަރަކަށްތޯ ބަލެންޖެހެނީ ، ދެންއޮތި ހުމާމް ނުމަރާފިއްޔާމުން ހުމާމް އިތުރަށް ކޯޓްގައި ކިޔާދޭނެވާހަަކައެއް އެބައޮތްތޯ ؟ ހުމާމްއަށް ކޯޓުން ޗާންސްދިނީމާވެސް އެކަހަލަވާހަކައެއް ދައްކާފަކައިނެތް ، ހުމާމްމިހާރުވެސް އޭނާގެ ލޯޔަރކައިރީގައި އެއްބަސްވޭ އަފްރާޝީމްގެ ގެއަށް އޭނާވަންކަމަށް އެރޭ އެވަގުތު ،، ވީމާ ހުމާމް މެރިޔަސް ނުމެރިޔަސް އޭނާގެ ފަރާތުން އިނގޭނެ އިތުރު އެއްޗެއްއޮތްކަމަކަށް ނުފެނޭ ،
މުހައްމަދު
28 June 2016
ތިވާހަކަ ނޫން ވާހަކައެއް މަ ނުބުނަމޭ. އެކަމަކު މީހެއްގެ މަރުގެ ހުކުމެއްގަ ދިރިތިބި މީހުން އެބަޖެހޭ ދެއްތޯ ވީވަރަކުން މިކަން އިންސާފުން ގެންދިޔުމަށް ކުރެވުނު ކަމެއް ކުރަން. ދެއަތް އުރާލްއިގެން ދެން ނުވާނެ މިކަމެއް ކިޔާފަ ތިއްބަކަސް ނަތީޖާއެއް ނުފެންނާނެ. މަސައްކަތެއްކޮށްގެން ދެއްތޯ ކަމެއްވާނީވެސް. ބަޔަކު ކަމެއް ނުކޮށްދޭނޭ ހިތާ ތިބުން އެއީ ރަގަޅު ކަމެއް ނޫން. ކުށެއްނެއް އިންސާނަކު މަރުން ސަލާތްމަތް ކުރުމަކީ ދުނިޔޭގަ ތިބި އެންމެން ސަލާތްމަތް ކުރުންހާ މާތް ދަރުމަހުރި ކަމެއް. ފަހަރެއްގައި ހުމާމުގެ ކުށެއް ނެތި ފުރޭމު ކުރެވިފަވެސް ހުރެދާނެ ނޫންތޯ. ވިސްނަވާ.
ޑިމޮކްރަސީ-ޒީރޯ
27 June 2016
އިސްލާމީ ޝަރީޢަތުގައި އޮންނަނީ ގިސާސް ހިފުމެވެ. ވާރިސުންގެ ތެރެއިން އެންމެ މީހަކު ނުރުހުނަސް ގިސާސް ނުހިފޭކަމަށް ނޫހުގައި ކުރިންދުވަހުވެސް ލިޔެފައި އޮތެވެ. އެހެންކަމުން، ތި މައްސަލަ ތިހާ ބޮޑު ކުރުމުގެ ބޭނުމެއްނެތެވެ. ސަރުކާރުން އިސްލާމީ ޝަރީޢަތާއެއްގޮތަށް އޭނާގެ މައްޗަށް ގިސާސް ހިފާނެކަމަށް ނުބެލެވެއެވެ. އަދި އެނޫން ގޮތަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފިނަމަ، އެއީ ގަސްތުގައި މީހަކު ގަތުލު ކުރުމެވެ. ޝުކުރިއްޔާގައުމު
ޒާ
27 June 2016
ކުށްވެރިންގެ ހައްގުގައި މަސައްކަތްކުރަން އެންމެ ރަނގަޅުވާނީ ސަންޓްރެވަލް ޝިޔާމުގެ ޕާޓީގެ ޒުވާނުންގެ ގޮފި. އެމީހުން އޮތީ ތިޔަ ބުނާ މަރަކަށް ތުހުމަތު ކުރެވުނު މީހަގުގެ ފައިގާ ޓެގް އެޅުވިމީހާވެސް ސަރުކާރުން ބޭރުވާވަރުކޮށްފައި. އެހެންވެ ހުމާނު ދޫކޮށްލަން އެމީހުން މަސައްކަތް ކުރާނެކަމަށް ފެނޭ. އަދި އެކަމުން އަފްރާސީންގެ މަރުގެ ބޮޑު މަންޒަރު އެންމެންނަށްވެސް އެދަނީ ހާމަވަމުން.
އެއްގުނަވަން
27 June 2016
ޔާމީން ނިންމީމަ ދެން މިހާރު މިގައުމުގަ ހުރިހާކަމެއްވެސް އެނިމުނީ ކޯޓަކުންވެސް މަޖިލީހަކުންވެސް އެއްވެސް ކޮމިޝަނަކުންވެސް ޔާމީނުގެ ނިންމުމާ ތަފާތު ނިންމުމެއް ނުނިއްމާނެ އެއީ ދެން މިހާރު ކޮންމެ ދިވެއްސަކަށްވެސް ޔަގީންވާނެކަމެއް އެހެންވީމަ ހުމާމުވެސް މިފަހަރު މަރާފަ ހުއްޓާނީ
އެމްސް
27 June 2016
މިއޮއްފަދަ ރޯދަހަމުވެސް ސަރުކާރުގެ ޢަމަލު މިހުންނަނީ މިފަދަ މާތްމައްސަރެއްގަ ކަރާމާތް ގެއްލޭފަދަ ގޮތަކަށް!
ހަންބެ ބޮންޒޯ
27 June 2016
އަފްރާސީމް މަރާލި މީހުންގެ ނަން ހުމާމު ވަނީ ހާމަ ކޮއްފައި ނަމަވެސް މީޑިޔާ އަށް ބިރުދައްކައިގެން އެ އަޑު ވަނީ ހުއްޓްވައިފައި.
ގަލޮޅު އަލީ
28 June 2016
ހުމާމު އަދި ބަޔެއްގެ ނަންތަކެއް ދިނަކަސް އެއީ ކުއްވެރިންނަކައް ނުވާނެ، ހެކި ބޭނުންވާނެ، މާދަމާވެސް ހުމާމު އަފްރާސީމް މަރާލިމީހުންގެ ލިސްޓައް ހަމްބެ އިތުރުކޮއްފިއްޔާ އަމިއްލަޔައްގޮސް ދަންޖެހޭނަންތަ؟.
ސަންވީލު
27 June 2016
ޙުކުމް ތަންފީޛު ނުކޮށް ކިތައް އަހަރުވަންދެން ޙުމާމް ބަހައްޓައިގެންތޯ ތިބުނާ ޚަރަދުކުރި ބަޔަކު އެނގޭނީ؟ އީވާ ބުނެބަލަ. އަފްރާޝީމް މަރާލުމުގައި ޙުމާމްގެ އިތުރަށް އެހެން ބަޔަކު ބައިވެރިވެފައި އޮތުމަކީ ނުވުމަށްވުރެ ވުން ކައިރި ކަމެއްކަމަށް ފެނޭ. އެކަމަކު އެކަމަށް ކާކުތޯ އެއްބަސްވަނީ އަދި ކާކުތޯ އެކަމަށް ހެކިދެނީ؟ ޙުމާމުގެ ފަރާތުން ބޭނުންވާ މަޢުލޫމާތެއް އޭނާ ދީފިނަމަ މިހާރުވެސް ލިބޭނެ. އޭނާ ދޭން ބޭނުންނުވާ މަޢުލޫމާތެއް ހޯދާށޭ ކިޔާފަ ޙުކުމް ތަންފީޛު ނުކޮށް ބަހައްޓަންޖެހޭނެ ސަބަބެއް ނެތް.
އަހުމަދު
27 June 2016
ޙުކުމް ތަންފީޛު ނުކޮށް ބަހައްޓަންޖެހޭނެ ސަބަބެއް އެބައޮތް.... ސަބަބު ވަރަށް ސާފު.. އެއީ އިސްލާމީ ޝަރިއްޔަތު ގައި މަރުގެހުކުމް ޤާއިމް ކުރވޭނީ ޤަތުލްވީ މީހާގެ ހުރިހާވާރިސުން އެގޮތަށް އެއްބަވެއްޖެ ނަމަ ... އަފްރާސީމް ބައްފަ ވަނީ ހުމާމް މެރުމާ ދެކޮޅު ހަދާފަ... އެހެންވެ ސަރުކާރަކަށްވެސް އަދި ކޯޓަކަށް ވެސް އެހުކުމް ނުދެމެހެއްޓޭނެ..
އޮޅުވާނުލާ
27 June 2016
ދައުލަތް ކިތަންމެހާވެސް ކޮރަޕްޓު. އެކަމަކު އަފްރާސީމް ބައްފަ ހުމާމް މެރުމާ ދެކޮޅެއް ނުހަދާ އަދިއެއް. ފަސްކުރަން އެދުނީ. ފަސްކުރުމުގެ އިޚްތިޔާރު ވާރިސުންނަށް އޮވޭބާ؟ އަދިވެސް އަފްރާޝީމްގެ ވާރިސުންގެ އެކަކުވެސް ހުމާމް މަރަން ބޭނުމެއް ނޫނޭ ސާފުކޮށް ފާޅުގަ ބުނީމަ ސަރުކާރަށް ބަހަނާ ހުސްވީ. އެކަމު އަދި އެކަމެއް ނުވޭ.
ޢަބްދުލްމުހައިމން
27 June 2016
ބޯ ހަމަޖެހޭ ޙަސަނު ލިޔެފައި އޮތް ކޮމެންޓް ހަމަޖެހޭތަ؟" ބަލަ ދަށުކޯޓަތަކުން ނިންމިގޮތް ސްޕްރީން ކޯޓުން ހެއްކާއީ ގަރީނާ އަށް ބިނާކޮށް ތާއިދު ކުރީމާ ދެން ހުމާމުގެ އާއިލާ އޮތީ މަރަށް މަރު ހިފަންބެނުން ކަން ނޫންކަން ބުނުން."