ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ސައީދު ބައިވެރިވެވަޑައިގަންނަވަނީ: ރައީސް ޔާމީނަށް ކުރެއްވި ތައުރީފުން މިނިސްޓަރު ސައީދަށް ސޯޝަލްމީޑިއާގައި ވަނީ ފާޑުކިއުން އަމާޒުވެފައި. --ފޮޓޯ: ނިޝާން އަލީ /މިހާރު
20 އޯގަސްޓް 2017 - 14:55
ރަސްމީ ޖަލްސާތަކާއި ޕީޕީއެމްގެ ހަފުލާތަކުގައި ރައީސް އަބްދުﷲ ޔާމީނަށް ތައުރީފް ކުރެއްވުމަކީ އެމަނިކުފާނުގެ މިނިސްޓަރުންނާއި ޕީޕީއެމްގެ މަޖިލީސް މެމްބަރުންގެ އާއްމު ކަމެކެވެ. އެއް ބޭފުޅަކަށް ވުރެ ބޮޑަށް ތައުރީފް ކުރެއްވޭތޯ އަނެއް ބޭފުޅަކު އަބަދުވެސް ބައްލަވަ އެވެ. ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި މިދޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ އިން ވެސް ފެނުނީ ހަމަ މި މަންޒަރެވެ. އެކަމަކު އެ ވާދަވެރި ތައުރީފްގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަމުނާލެއްވި ހުޝާމދު ބަސްތައް މި ވަނީ ބޮޑު ޖޯކަކަށް ވެފަ އެވެ.
ރައީސް ޔާމީނަށް ސައީދު ތައުރީފް ކުރައްވަމުން ގޮސް އެމަނިކުފާނު ސިފަކުރެއްވީ "ފިނިފެންމަލެއް"ގެ ގޮތަށެވެ. އެ ވާހަކަ ވަރަށް ވައިގައި ހިފައި، ސޯޝަލް މީޑިއާގައި މިނިސްޓަރު ސައީދު މިވަނީ "ހޫނު ފެނަަށް" ވެއްޓިވަޑައިގެންފަ އެވެ. ފުލުފުލުގައި މަލާމާތުގެ ޓުވީޓުތަކެވެ. ޖޯކަކަށް ހަދައިގެން ރައީސް ޔާމީނާއި ސަރުކާރަށް ފާޑުކިޔަނީ ވެސް ފިނިފެންމަލާ ގުޅުވައިގެންނެވެ.
Raees Yameen akee " Finifenmaleh" Gahugai in vaguthu hageegee araamu libigannan jehey: Minister Saeedh pic.twitter.com/3WhJPfiKiJ
— Aminath Nuzha (@nuzu8121) August 18, 2017
ރައީސް ޔާމީނަށް ސައީދު ތައުރީފް ކުރައްވައި ވާހަކަ ދެއްކެވި ވީޑިއޯ ރާއްޖެ ޓީވީގެ ނޫސްވެރިއަކު ޓުވީޓްކޮށްފައި.
ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާ ބައެއް މީހުން ބުނިގޮތުގައި، ތައުރީފް ކުރައްވަމުން ގޮސް މިނިސްޓަރު ސައީދު ވަނީ ރައީސް ޔާމީން ވެސް ލަދުގަންނަވާލައިފަ އެވެ. ދިވެހި ބަހުގެ އަދަބިއްޔާތުގައި ހިމެނޭ ޅެމާއި ރައިވަރާއި ލަވަ އަދި ވާހަކަތަކުގައި ވެސް އާއްމުކޮށް ފިނިފެންމަލުން މިސާލު ޖަހާ އުޅެނީ އަންހެނުން ސިފަކުރުމަށް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި ބައެއް މީހުން ބުނަނީ ސައީދުއާ ހެދި އަންހެން ކުއްޖަކަށް މިހާރު ފިނިފެންމަލެއް ވެސް ދެވެން ނެތް ކަމަށެވެ.
Firihenakah Finifenmaa kiyaakah nuvaane. Ei varah "Randu" Sifa eh. @em_saeed .
— Ali Nizar (@DhekunuNizar) August 20, 2017
މިނިސްޓަރު ސައީދު ޖެއްސެވި މިސާލަށް އަމާޒުކުރައްވައި މެމްބަރު ނިޒާރު ކުރެއްވި ޓުވީޓެއް.
އިއްޔެ ބޭއްވި ކަމަދޫ ބައި އިލެކްޝަނުގެ ކުރިން ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވަނީ ރައީސް ޔާމީން ތަރައްގީ އަށް ކުރައްވާ ގިނަ މަސައްކަތްތައް ތަފްސީލު ކޮށްދެއްވައިފަ އެވެ.
"ފިނިފެންމަލެއް ގަހުގައި އިން ވަގުތު އޭގެ ހަގީގީ އަރާމުކަން ދެނެގަންނަން އެނގެން ޖެހޭނެ. އެ މާ ނެތި މޮޅި ދިޔައީމައެއް ނޫނޭ އެ އެކަން ކުރަން ޖެހޭނީ. އިންސާނެއްގެ ފިކުރާއި ސިކުނޑިއާ ކުޅޭނެ އެތައް ސައިޒުގެ އިބިލީސް،" ފޯރި އާއި ޖޯޝުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ އެ ފިނިފެންމަލަކީ މިއަދު ރައީސް ޔާމީނޭ. އެ ވެރިޔަކީ، މުހައްމަދު ތަކުރުފާނަކީ ރައީސް ޔާމީނޭ ބުނަން ކެރޭ. އަޅުގަނޑު ވެސް އަތޮޅުން ދިވެހި ރާއްޖޭގެ އުތުރުން ދެކުނުން މެދުތެރެއިން އޭރު އަޅުގަނޑުމެންގެ ކާބަފައިންގެ ފައުޖުތަކާއި ދޯނިފަހަރު ފުރައިގެން ފުރަ މާލެ އަށް އައީ ގައުމީ ދިފާއުގައި."
ކަމަދޫ އިލެކްޝަނުގައި ޕީޕީއެމް ބަލިވުމުން ފާޑުކިޔަމުން ވެސް ބައެއް މީހުން ބުނެފައި ވަނީ "އިންތިހާބުގައި ފިނިފެންމަލަށް ނޫނެކޭ" ބުނެފައިވާ ކަމަށެވެ. ސައީދު ވިދާޅުވި ފިނިފެންމާ ރައްޔިތުން ބޭނުން ނުވާ ކަމަށް ވެސް ބައެއް މީހުން ލިއެފައިވެ އެވެ.
"ކަމަދޫން ފިނިފެންމާ ބަލިވީ. ޓީމު ތަރައްގީ ރޮއްވާލީ،" އެކަކު ކުރި ޓުވީޓެއްގައިވެ އެވެ.
Raiy finifenmaa. Farivumuge kurin araamu libigannanjehey. Bageechaain lazzathu libigannavaa. pic.twitter.com/cFQozumaog
— Niyaz Ibrahim (@niyaz_ibrahim) August 20, 2017
ސައީދަށް ފާޑުވިދާޅުވެ ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ކުރެއްވި ޓުވީޓެއް.
ސައީދު ފިނިފެންމާއާ ގުޅުވައި ތައުރީފް ކުރެއްވި ފަހުން "މާ ވިއްކާ ފިހާރަތަކުން ފިނިފެންމާ ނުވިކޭ" ކަމަށް ބުނެ ވެސް ބައެއް މީހުން ޖޯކު ޖަހާފައިވެ އެވެ.
ރައީސް ޔާމީނަށް ތައުރީފް ކުރައްވަމުން ގޮސް މިނިސްޓަރު ސައީދު "މާބޮޑުވަރުވެ" ފާޑުކިއުން އަމާޒުވެފައިވާއިރު އޭނާގެ ދިފާއުގައި ޓުވީޓެއް ކޮށްލާނެ ޕީޕީއެމް މީހަކު ނެތް ކަަމަށް ބުނެ ވެސް އިދިކޮޅު ސަޕޯޓަރުން ގެންދަނީީ ޖޯކު ޖަހަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީޕީއެމް4ލައިފް
21 August 2017
ތިޔަ ސައީދުއަކީ ރައީސް ޔާމީނަށް ލޯޔަލް މީހެއް ކަމަށް ނުބެލެވޭ. ސަރުކާރު ތެރޭގައި އުޅޭ ގާސިމްގެ އޭޖެންޓްއެއް. އެހެންވީމަ، ނޭގޭ ކަމަށް ހަދާފަ، ޓްވިޓަރއާއި ފޭސްބުކްގައި ރައީސް ޔާމީނަށް ޖޯކުޖައްސުވަންވެގެން ފިނިފެންމަލެކޭ ކިޔައިގެން އުޅެނީ. ޕީޕީއެމްއަށް ލޯޔަލް ނޫން މިނިސްޓަރުން ސަރުކާރުގައި މާގިނަދުވަހު ބައިތިއްބާނެކަމަށް ނުބެލެވޭ!
ނިބިހޫރު
21 August 2017
ދެން ކީކޭ ބުނާނީވެސް ދޯ؟ މީ އަދި އަލަށް އިވުނު ވާހަކައެއް. ފިރިހެނަކަށް ފިނިފެންމަލުން ނިޞްބަތް ކުރި އަޑެއް މީގެކުރިން ދުވަހަކުވެސް ނާހަން. މިހާރު އަހަރެމެން އަންހެން ކުދިންނަށް މަލެއް ދިއްކޮށްލާނޭ ފިރިހެން ކުއްޖަކުވެސް ނުވޭ. ފިރިހެން ކުދިން ފިނިފެންމާ ހަދިޔާ ކުރަން މިފެށީ ހަމަ ފިރިހެން ކުދިންނަށް. ވަޓްއަ ޖޯކް.....
އަބޫ
21 August 2017
ލަދުޙަޔާތް އަރުއްވައިގަތީމާ ދެން ކޮންމެ އެއްޗެއްވެސް ކިޔާފާނެ. މިބޭފުޅާ ދިޔަ ޖަލްސާއެއް ފަންކްޝަންއެއްގައިވެސް މިހާތަނަކަށް ނެތް ރައީސް ޔާމީނަށް ސަނާކިޔުން ނޫން ކަމެއް ކޮށްފައެއް. ވެދާނެ އިކޮނޮމިކް މިނިސްޓްރީގައި މިނިސްޓަރގެ ޖޮބަށް ވާދަކުރާ ބޭފުޅުން ގިނަވީމަ ވާގޮތެއްކަމަށްވެސް.
ޒޫނާ
21 August 2017
އަޅުގަނޑަށް ފެންނަނީ މިނިސްޓަރ ސަޢީދު ފިނިފެންމަލެއް ހިއްޕަވައިގެން ރައީސް ޔަމީންގެ ފަހަތްޕުޅުން "ފިނިފެންމަލެކޭ" އެ ލަވަ ވިދާޅުވަމުން ގެންދަވަން. އޭރުން އެވިދާޅުވި ބަސް މާ ބޮޑަށް ވެސް އާލާވެ، އެކަމުގެ ޝަރަފް ލިބިލައްވާނެހެން.
ދިވެހިސާހިބާ
21 August 2017
ވިސްނުން ވަޒަންކުރަނީ މިނެކިރުމަކުން ނޫނެވެ. ހަމައެކަނި އެމީހަކުގެ ބަހާއި ޢަމަލުންނެވެ.
ޔަޤީން
20 August 2017
ތިކަމާ، އެފަޅީގަ ތިބި މީހުންވެސް މި ސަޢީދު އާ ދިމާކޮށްފަ ހީ، ހަދާނެކަން ހަމަ ޔަޤީނެވެ. ސަޢީދު ކުރީ ތަޢުރީފެއް ނޫނެވެ. ހުޝާމަދެވެ. މިކަލޭގެ ދެން ޕޯޑިއަމަކަށް އަރުވަން އެމީހުން ބިރުގަންނާނެ އެވެ. ކިނބިހިންޏަކަށް ރަން ބޮއްޔަކަށް އެރުނީމައި ތިކަހަލަ ވާހަކަތައް ދެއްކޭނެއެވެ. ސަރުކާރުގެ ވަޒީރުންގެ ގޮތުގައި މިކަހަލަ މީހުން ތިބީމައި، ސަރުކާރުގެ ޙައިބަތު ވަރަށް ސާފުކޮށް ހާމަވެއެވެ.
ބޯގުޑިރާޖާ
20 August 2017
ދެވެހިންނަށް ހީވާކަހަލަ ގިނައިން ވައިޖެހިވަރަކަށޭ ތިމާގެ އަގުއަރާނީ، ބަލަ އަގު ގިނަފަހަރަށް ވެއްޓެނީ ތާކުންތާކުނުޖެހޭ ތައުރީފުކުރާތީއޭ ސައީދު. ދެން އަތްޖާ. ވަރަށް ވެދުން
އަތްފުނާ
20 August 2017
ފިިނުފެންމަލަކީ ހުރިހާ ޖިންސަކަށްވެސް ބަދަލުކުރެވޭ މަލެއް އަދި ލަގަބެއްގެ ގޮތުންވެސް.ލޯބިދޭ ، ލޯބިކުރާ އަދި ލޯބިވާ ބަޔަކަށް.އަދި ކަމެއް ރަނގަޅު ގޮތުގައި ކުރާތިވެ އެކަމަށް ދޭ ނިށާނެއް.ސަޢީދުގެ ތައުރީފުގައި ފިނިފެންމަލުގެ ވަކި ކުލައެއް ހާއްސައެއް ނުކުރޭ.މާނަ ވަނީ ފިނފެންމަލުގެ ކުލަތަކުގައި އަދި ފިނިފެންމަލުގައެއްނު.ވިމާ ސަޢީދު އެ ކުރި ތައުރީފު ރަނގަޅު އެކަމަކުވެސް ދެ ޖިންސުގެ މީހުނަށް ތައުރީފަށް ބޮޑުވަރު ކުރުން އެއީ ދިނުގައިވެސް ރަނގަޅު ގޮތެއްނު.
ައިގްބާލް
20 August 2017
މިސޮރުގެ ދުވަސް ދާހެން ހާދައެބަހީބެއޭ
އަދުރުބޭ
20 August 2017
ބޮޑުތަކުރުފާނު ރޯސް އަކަށް ބަދަލުވީތޯ..؟؟؟؟