ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

މަހްލޫފްގެ މެސެޖެއް ބިސާމަށް: އަނިޔާވެރިވުމުގެ ނަތީޖާ ހިތިވާނެ

ޕީޖީ ބިޝާމް އަދި މަހްލޫފް. - ފޮޓޯ: މިހާރު

ޣައިރު ގާނޫނީ އަމުރުތައް ކުރައްވައި، ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ނަމަ، އެކަމުގެ ނަތީޖާ ހިތިވާނެ ކަމަށް ވިދާޅުވެ، އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމަށް ބަހުގެ ހޫނު ހަމަލާތަކެއް މިއަދު ދެއްވައިފި އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ގަދަކަމުން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި މަޖިލީހުގެ އިދިކޮޅު 13 މެމްބަރެއްގެ މައްޗަށް ދައުވާކޮށް، ދައުލަތުން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.

އިދިކޮޅު ހަރަކާތުގެ މައި ހަރުގެ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްލޫފް ވިދާޅުވި ގޮތުގައި "ރައީސް ޔާމީންގެ އޯޑަރަށް" ބިޝާމް މަސައްކަތް ކުރައްވަނީ ގިނަ ބައެއްގެ މައްޗަށް ދައުވާކޮށް ޖަލަށް ލުމަށެވެ. އެ ކުރައްވާ ކަންކަމުގެ "ހިތި ރަހަ" ވަރަށް ސާފުކޮށްލާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

ބިޝާމް، ޣައިރު ގާނޫނީ އަމަލުތައް ހިންގަވާނަމަ، އެކަންކަމާ ގުޅޭ ތަހުގީގު ކޮށް، އެކަމަނާ ޖަލަށް ދާން ޖެހޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ އޯޑަރަށް ބިޝާމް ކުރައްވާ ކަމަކީ ގިނަ ބައެއްގެ މައްޗަށް ދައުވާކޮށް ޖަލަށްލުން. އާއިލާތަކާ ބިކަކޮށް ދުރު ކުރުން. އޭގެ ނަތީޖާއަކަށް ވާނީ ބިސާމް ވެސް ޖަލަށް ދާން ޖެހުން،" މަހްލޫފް ވިދާޅުވި އެވެ.

"މިއީ ކޮންމެހެން ދައްކާ ހިތަކުން ދައްކާ ވާހަކައެއް ނޫން. ބިރެއް ދެއްކުމުގެ ގޮތުން ދައްކާ ވާހަކައެއް ނޫން،"

މަހްލޫފް ވިދާޅުވި ގޮތުގައި އިދިކޮޅު މެމްބަރުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ނެތި އެވެ. އެހެންވެ، ބިޝާމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިގެން ބިޝާމް މަގާމުން ވަކި ކުރައްވަން މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ދައުވާ އުފުލި، އިދިކޮޅު 13 މެމްބަރުން.---މިހާރު ފޮޓޯތައް

މަހްލޫފް ވިދާޅުވީ 13 މެމްބަރުންގެ މައްޗަށް ދައުވާ ކުރަން ނިންމީ ބިރު ދެއްކުމުގެ ގޮތުން ކަމަށެވެ. އެކަމަކު އިދިކޮޅު ހަރަކާތްތަކުގައި މަސައްކަތް ކުރައްވާ އެއްވެސް މެމްބަރެއްގެ އަޒުމަކަށް އަދި ހިތްވަރަކަށް ވެސް ބަދަލެއް ނާންނާނެ ކަމަށާއި މެމްބަރުން ތިއްބެވީ ސާބިތުކަމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން އެކި ދައުވާތައް ކުރި 13 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ފުލުހަށް ހާޒިރުކުރި ނުވަ މެމްބަރުންނާއި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، އެެ ދުވަހު މަޖިލީހަށް ވަން ތިން މެމްބަރުންނާއި އަދި މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ.

މަޖިލިހުގެ އިދާރާ އަށް ގަދަކަމުން ވަން މައްސަލާގައި ފުލުސް އޮފީހަށް ހާޒިރުކުރި ނުވަ މެމްބަރުންނަށް ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް އަންނާނެ އެވެ.

ފާރިސްގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ފާރިސްގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

މެމްބަރުކަމުގެ ގޮނޑި ގެއްްލޭޭނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ. އެއަށް ވުރެ ކުރު ހުކުމެއް އައިސްގެން ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

21 ކޮމެންޓް, 127 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 6%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔާމީން2018

21 August 2017

ބިރުދައްކަނީ އެހެންބައެއްތޯ!! ޕްރޮސިކިއުޓަރ ޖެނެރަލްއަކީ މައްސަލަތައް ރަނގަޅަށްބެލުމަށްފަހު ބުރަދަންހުރިނަމަ ދައުވާއުފުލާބޭފުޅެއް.. މިހާތަނަށް ކިތައްބޭފުޅުންގެ މައްސަލަތޯ އަނބުރާފޮނުވާލީ ... އަނބުރާފޮނުވާލައިފިއްޔާ އޯކޭ؟

The name is already taken The name is available. Register?

އަލީ ނަސީރު

21 August 2017

ނާގާބިލުމީހުން ކަންކަމަށް އައްޔަންކުރުމަކީ ތަންތަން ފަސާދަކުރުމަށް ގަސްދުގައި ކުރާކަމެކެވެ.ބިސާމަކީ ތިޔަފަދަ މަގާމަކަށް އެކަށީގެންވާ މީހެއްނޫންކަމަށް ވަރަށްގިނަބަޔަކު ދިޔައީ ބުނަމުން. މިއަދު ފެންނަމުން މިދަނީ އެކަމުގެ ނޭދެވޭ އަސަރު ބަޔަކަށް އަދި މުޅިގައުމަށް ކުރަމުންދާ ތަނެވެ.މިނިވަން މުއައްސަސާތަކުގެ ވެރިންނަކީ ހައްގުބަސްބުނުމުގެ ގާބިލުކަން ނެތްބަޔަކަށްވާނަމަ،އެފަދަމީހުންގެ ސަބަބުން ގައުމާއި ރައްޔިތުންނަށްލިބޭނީ ދެރަޔާ ނިކަމެތިކަމެވެ. މުއިއްޒު ވަކިކުރީ ބުނީމާ ބުނާގޮތަށް ނަހަދާތިއެވެ.މުހުތާޒު އައްޔަންކުރީ ބުނީމާ ބުނާގޮތް ހަދައިދޭނެ ކަމުގެ ޔަގީންކަން ދިނީމައެވެ. މިއަދު މުހުތާޒު ކޮބައިތޮއެވެ. ބިސާމް އައްޔަންކުރީ ގާނޫނު ނެގެހެއްޓުމުގެ ގާބިލުކަން ނުހުންނާނެކަން ޔަގީންވާތީއެވެ. ވަމުންދާގޮތް ދެކެނެތިބެށެވެ.ވަރަށްސަލާމް

The name is already taken The name is available. Register?

ޔާމީން2018

21 August 2017

ބިރުދައްކަނީ އެހެންބައެއްތޯ!! ޕްރޮސިކިއުޓަރ ޖެނެރަލްއަކީ މައްސަލަތައް ރަނގަޅަށްބެލުމަށްފަހު ބުރަދަންހުރިނަމަ ދައުވާއުފުލާބޭފުޅެއް.. މިހާތަނަށް ކިތައްބޭފުޅުންގެ މައްސަލަތޯ އަނބުރާފޮނުވާލީ ... އަނބުރާފޮނުވާލައިފިއްޔާ އޯކޭ؟

The name is already taken The name is available. Register?

ހީހީ ހަލާކު

21 August 2017

ޕީޖީ ދަންނަވާފާނަންތޯ މަޖިލިސް މެންބަރުން މަޖިލިސް ކުރާ ގެއަށް ވަނަނުދީ ފުލުހުން ހިފެހެއްޓީ ގާނޫން އާ އެއްގޮތަށްތޯ. ނޫން ކަމައް ވަނީނަމަ އަވަހައް އެބޭފުޅުން(މަޖިލިސް މެންބަރުން) ދޫކޮށް އިންސާފުން މިކަން ބެލުން ރަނގަޅު.

The name is already taken The name is available. Register?

ހޮނޑާފުށީބޮޑުހުސޭން

21 August 2017

މަހުލޫފު ތިޔަ ބުނުއްވި އެއްޗަކުން އެމަންޖެއަށް ހަމަނިދި ނުނިދޭނެ ، ބިޝާމް ކުރީބައިގަ ޖަލަށް ޒިޔާރަތްކޮށް އެތަނުގެ ދިރިއުޅުން ހުންނަގޮތުގެ ކަންތައްތައް ބަލާލަންފެނޭ ،

The name is already taken The name is available. Register?

ސެމީ

21 August 2017

ރައީސުލްޖުމްހޫރިއްޔާގެ ޕާސަނަލް ސެކްރެޓަރީއަށް ދައުވާ އުފުލޭނީވެސް އެބީދައިން މީ ދެން އެންމެންނަށް އެނގޭ ބޮޑުސިއްރެއްނޫންތޯ ހުރިހާ މިނިވަން މުއައްސަސާތަކުގެ ހާލު ނުވިތާކަށް ކޯޓުތައްވެސް ހަމަ އެހެން

The name is already taken The name is available. Register?

ކިޔުންތެރިއެއް

21 August 2017

މަހުލޫފުގެ ތިޔަ ހިތްވަރަށް ހަމަ ސާބަސް

The name is already taken The name is available. Register?

ދެނޯ ދެނޯ

21 August 2017

ދަރިންނައް ކަންމަމާމެދު ސުވާލު ކުރަން ދަސްކޮއްދީ، އޭރުން މިގައުމުގަ ގޮންޑިކޮއްކޮ މަރުމޯލުން މުސްތަގުބަލުގަ މަދުވާނެ.

The name is already taken The name is available. Register?

ނަޑެއްލާ

21 August 2017

މި ކަމަނާވެސް ރައްޔިތުންނާއި މެދު ބޭއިންސާފުން ކަންކަން ކުރައްވާފައި ވާނަމަ މި ގޮއްޔަ އަށްވެސް ޤާނޫނުގެ ދިގު އަތް ފޯރަން ޖެހޭނެ. ރައްުޔިތުން އިންތިޒާރު ކުރަނީ އެދުވަހަކަށް.

The name is already taken The name is available. Register?

އިލްހާމް

20 August 2017

މިކަމާނާއަކީ އަލައްމަޤާމެއް ލިބުނީމަ ވާނުވާ ނޭގޭ ކަމާނާއެއް. މީނަބޭނުންވަނީ ރެކޯޑެއް ހަދާށޯ. އެންމެގިނަ ދައުވާ އުފުލާ އެންމެގިނަ މީހުން ޖަލައްލީ ތިމަންކަމަނާގެ ޕީޖީ ކަމުގައޭ ބުނާށޯ. މާޒީން އިބުރަތް ލިބިގަނެ އިސާހުވުމަށް ނަސޭޙަތްތެރިވަން. ކުރީގެ ޕީޖީ އަށްވީގޮތް ހަނދުމަފުޅު ހުންނާނެކަމަށް އުންމީދުކުރަން

The name is already taken The name is available. Register?

ބަރުބޮޑު އަލި ފުތާ

30 January 2018

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454