ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ ބަޔަކު ގެފުޅު ވަށައިގެން ތަވާފްކުރަނީ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/ މިހާރު
22 އޯގަސްޓް 2017 - 14:34
ރާއްޖެ އަށް ސައޫދީ ސަރުކާރުން އެންމެ ފަހު ވަގުތު ހަމަޖައްސައިދިން 1،000 ކޯޓާގެ ތެރެއިން ރައީސް އޮފީހުގެ ބެލުމުގެ ދަށުގައިވާ 500 ކޯޓާ ބަހާނެ އުސޫލެއް ސަރުކާރުން އަދިވެސް އާއްމެއް ނުކުރެ އެވެ.
ސައޫދީ ސަރުކާރުން ކުރިން ނިންމާފައި އޮތީ ރާއްޖެ އަށް މި އަހަރު 1،000 ކޯޓާ ދިނުމަށެވެ. އެ ކޯޓާ ހައްޖު ކޯޕަރޭޝަނާއި ތިން ކުންފުންޏަކަށް ބަހާލައި، މި އަހަރު ޖާގަ ލިބުނު އެންމެން މިހާރު ތިބީ މައްކާގަ އެވެ.
މީގެ ތިން ދުވަސްކުރިން ރާއްޖެ އަށް އިތުރކޮށްދިން 1،000 ކޯޓާގެ ތެރެއިން 500 ކޯޓާ ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އަނެއް 500 ކޯޓާ އަށް ހަދާނެ ގޮތެއް އަދި ނޭނގެ އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފައި ވަނީ ބާކީ 500 ކޯޓާއާ ގުޅޭ މައުލޫމާތު އެނގޭނީ ރައީސް އޮފީހަށް ކަމަށެވެ. އެކަމަކު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް މިއަދު ވިދާޅުވީ ހައްޖު ކޯޓާއާ ގުޅޭ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.
އެ މިނިސްޓްރީން މި މައްސަލާގައި މިހާތަނަށް ޖަވާބުދާރީނުވާތީ، އެ 500 ކޯޓާ ބަހާނީ ހައްޖަށް ގެންދަން ހަވާލުވި ކުންފުނިތަކުގެ މެދުގައި ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.
ހައްޖު ކޯޕަރޭޝަނަށް ދިން 500 ކޯޓާ އިން ހައްޖަށް ގެންދަން ބޭނުންވާ މީހުން ނަން ނޯޓުކުރަން ހުޅުވާލި ފުރުސަތު ރޭގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ ނަމަވެސް ނަން ނޯޓުކުރި މީހުންގެ އަދަދެއް ވެސް ހާމައެއް ނުކުރެ އެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު އެންމެ ފަހުން ހައްޖަށް ދާ މީހުން ފުރާނެ ތާރީޚެއް ކަމަށް މިހާރު ލަފާކޮށްފައި ވަނީ އަންނަ ހޮނިހިރު ދުވަހެވެ.
ރާއްޖެ އަށް މި އަހަރު ފުރަތަމަ ހަމަޖައްސައިދިން 1،000 ކޯޓާގެ ތެރެއިން 700 ކޯޓާ ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. ބާކީ 300 ކޯޓާ ދިނީ ސިސިލްފަރާއި ޒައީމާ އާއި ހަރަމައިން ކުންފުންޏަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ihaaru.
18 April 2019
ކޯޓާއެއްނޫން މުހިންމީކީ ވިޔަފާރި އުސޫލް ދޫކޮށްލާފަ ހައްޖައް، އުމްރާއައް ދިއުމުން މަހްރޫމް ވެފަވާ މީހުންނައް ފުރުސަތު ދީފަ ބާކިއޮތަން ފުރާނީ، މީއަޅުކަމެއް، ވިޔަފާރިއެއްނޫން، ހޭބަބަހައްޓާ!
ކުޑޭ
23 August 2017
އަޅުގަނޑު އަޑުއެހިން މިހާރު އެބަހައި ނިމިފައިވާ ވާހަކަ
އުދުހޭ
23 August 2017
ސްޓީލިންގ ހައްޖުކޯޓާ ކިޔާ ޑޮކިއުމެންޓްރީއެއް ހަދަދުވަހަކުން މީގެ ހަގީގަތް އެނގިދާނެ!
ބިލް
22 August 2017
މެޑަމް ގެ ފައި މައްޗައް ވެއްޓޭ. އާދޭސް ދަންންވާ
މެންޓަލިސްޓް
22 August 2017
25000 އަށް ހައްޖުކޯޓާއެއްވިއްކާ ،،، އޭރުންދެން ބައިއަޅާނީ ،،، ބުރޯކަރފީސްއާޢިއެކު ،،،، އޭރުންވެސް ސަޔެއްބޯލާނެ ވަރުވާނެ ،،، ދެންފަހުންބުނާނީ ދީނާގައުމަށްޓަކައި ހައްޖުކޯޓާވިއްކީއޭ ،،، ދެން 2-3 އާޔަތްކިޔާލީމައި ޕަބްލިކްއޯކޭވާނެ ،، ،ވަރަށްވެދުން
އަލީ ނަސީރު
23 August 2017
ކޮންމެހެން އެތަނައް ނުގޮސްވެސް އަރަބިންނައް ލާރިކޮޅު ފޮނުވީމަ ނިމުނިއްޔޭ!
މުގާބޭ
22 August 2017
ހައިކޯޓުން ތި ކޯޓާތަކަށް ހަދާނެގޮތެއްގެ އިންތިޒާރުގާ މިހުރީ.
އަލީގ
22 August 2017
ސައުދީންވެސް އެންމެފަހުވަގުތު ޔާމީނައް ލަނޑުދިނީތާ. ދެންތި ކޯޓާތަކައް މީހުން ހަމަޖައްސާއިރައް ޑޮލަރުހޯދަން އެންމެން ދުއްވައިގަންނާނެ. ސަރުކާރުގެ އަމަލުތައްމިފަހުން ހުރިގޮތުން އެވަރައް ޑޮލަރު ހޯދައިދެވިދާނެހެން ވަރައްހީނުވޭ ދެންއެންމެން ރުޅިގަދަވާނީ ސަރުކާރާމެދު އަނެއްކާ އަނެއްކޮޅުން މިކޯޓާތަކައް މީހުން ހަމަ ނުޖައްސާ ތިބެފިއްޔާ އޭގެންވެސް ރައްޔިތުންނައް ފެންނާނީ ސަރުކާރުގެ ނާގާބިލުކަން، ސަލާމަތް އެއްގޮތެއްވެސް ނެތް.
އަލީގ
22 August 2017
އަނެއްކާ މިހާރު ހުރިހާވެރިން ލިބޭފައިސާތައް ޑޮލަރައް ބަދަލުކޮއް އަތުނުޖެހޭ ހިސާބުގަ ހުރި އެކައުންޓުތަކުގަރައްކާކުރުން އިތުރުކުރަންޖެހިފަމިއޮތީ ބާރުގެއްލޭނެދުވަސް ކައިރިވަމުންއަންނަނީ ދެން ހުރި ޑޮލަރުކޮޅައް ރައްޔިތުން ހައްޖައްފޮނުވީމަ މިވެރިން ދެން ކިހާބިކަވާނެ.
ހުސެންރަސީދު
22 August 2017
ސަރުކާރުން އިހްމާލުވެއްޖެ! މިކަމުގެ ޒިންމާ އިސްލާމިކް މިނިސްޓަރ ނަގަންޖެހޭނެ
މޯޑް
22 August 2017
މިކަމުގައި ޒިންމާދާރުކަން ކުޑައީ އިސްލާމިކް މިނިސްޓްރީގެ. މިއަދުގެ ވަގުތެއްގައި އިތުރުވި 1000 ކޯޓާ އެއްކޮށް ޙައްޖު ކޯޕަރޭޝަނާއި ހަވާލުކޮށްފި. އެތަނުގެ ވެރިން ނުވާނެއޭ ބުނެބުނެ ތިއްބާ. މިނިސްޓްރީގެ އިހުމާލު ހުރިހާވެސް މައްސަލައަކީ.އެއް ކަމަކީ ޙައްޖާއި ވަރަށް ކައިރިވީމާ އިތުރު ކޯޓާ ހޯދަން އުޅުން. މީހުން ފުރައިގެން ދާ ފަހުން އަދި މިމަސައްކަތް ފަށަނީ ސަޢުދީ ސަރުކާރުގަ ދަންނަވައިގެން އިތުރު ކޯޓާ ހޯދަން. ދެން ސަޢުދީން ކޯޓާ ދޭން ނިންމިއަސް ލިޔެކިޔުންތައް ހަމަޖައްސައިގެން ކަންކަން ނިމޭ އިރު މި އޮންނަނީ ޙައްޖު މަސް ބޯމަތިވެފައި. އިތުރު ކޯޓާއަށް ޙައްޖަށް ދާ ބަޔަކު އުޅެންޖެހޭނީ ވަރަށް ހާލުގައި. ޙައްޖު ކޯޕަރޭޝަނަށް ވިޔަސް އަމިއްލަ ޖަމާޢަތަކަށް ވިޔަސް އެންމެ ފަހު ވަގުތު އިންތިޒާމްތައް ހަމައެއް ނުޖެއްސޭނެ. މިއީ ޔަޤީންކަމެއް.
ޒާބޭ
22 August 2017
500 ކޯޓާ މީހާރަށް ދީފިން. ދެން ގެންދޭ އަވަހަށް.