ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

އޯޑިއޯ ލީކުކުރި މައްސަލާގައި ސިފައިންގެއިން ކަނޑާލި މީހާގެ މައުލޫމާތު އާއްމުކޮށްފި

ސިފައިންގެ ކަނޑާލި ފާއިޒު ރައީސް ނަޝީދުގެ ބޮޑީ ގާޑެއްގެ ގޮތުގައި ކުރިން ހަރަކާތްތެރިވަނީ.

26 އޯގަސްޓް 2017 - 22:26

55 comments

ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ސިފައިންނާ ބައްދަލު ކުރައްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ދެއްކެވި ވާހަކަތަކުގެ އޯޑިއޯ ލީކުކޮށްލި މައްސަލާގައި އެއްވެސް މީހަކު ވަޒީފާއިން ނުކުރާ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލައާ ގުޅިގެން ސިފައިގެއިން ވަކިކޮށްފައި ވަނީ ކުރިން ރައީސް ނަޝީދުގެ ބޮޑީ ގާޑެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ފާއިޒް (މަބޫ) ކަމަށް މަހުލޫފް ވިދާޅުވެފައިވެ އެވެ.

މަހުލޫފް ވިދާޅުވީ ފާއިޒް ސިފައިންގެއިން ވަކިކުރީ އޭނާ ގެންގުޅުނު ފޯނު ހިފެހެއްޓުމުގެ އެއް ދުވަސްކުރިން ރީސެޓްކޮށްފައި އޮތުމުން އެއްވެސް ހެއްކެއް ނެތި ޝައްކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު މަޖިލީހުގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިން ގާނޫނާ ޚިލާފު އަމަލެއް ހިންގާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލީހަށް ގަދަކަމުން ވަންނަވައި ގޯސް ހެއްދެވީ މެމްބަރުން ކަމަށާއި އެހެންވެ އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގު އަވަހަށް ނިންމައިދޭން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އަރިހުގައި އެދިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ސިފައިންގެ މީހަކު ވަކިކުރި ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެކަން ދޮގުކުރައްވައި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ސިފައިންގެ މީހަކު ވަޒީފާއިން ވަކިކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އޯޑިއޯ ލީކުވި މައްސަލައިގެ ތަހުގީގަށް ސިފައިންގެ މަރުކަޒަށް ގެންދިޔަ އެސްޕީޖީގެ އޮފިސަރުންތަކެއް ބަންދުކޮށްގެން އުޅުުނު ކަމަށް ވެސް އަޑުއެރި އެވެ. އެކަމަކު އެ ވާހަކަ ވެސް ސިފައިން ވަނީ ދޮގުކޮށްފަ އެވެ.

55 ކޮމެންޓް, 172 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 3%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައިޝަން

27 August 2017

އުޅޭތަނުގެ އަގު ނުހިފަހައްޓާ ތަނަށް ހުރުމަތްތެރިކޮށް ނުހިތާ ގައްދާރުން ސިފައިންގެއަށް ބޭނުމެއްނޫން. މިލިޓްރީ ތަންތަނުގެ ވެރިން މިލިޓްރީ މީހުންގާތު ދަްކާ ވާހަކައަކީ ސިއްރެއް. ފޯނު އޮންނަނީ ވަޒީފާގެ އަޚުލާގާ ޚިލާފްވާކަށް ނޫން. ފޯނު ގެންގުޅެން ނޭނގޭ ހޭނުޖެޭ ކުޑަކުދިން ސިފައިންގޭގައި ބައިތިއްބައިގެން ކިހިނެއް ގައުމު ހިންގާނީ

The name is already taken The name is available. Register?

ސައިޚް

28 August 2017

ސިފައިން އެއްކޮއްގެން ގައުމުގެ ހަމަނުޖެހުމަށް ، އަދި މީހުނަށް ނުހައްގު އަދަބުދިނުމަށް ގޮވާނަމަ އެކަން ހުއްޓުވުމަކީ ސިފައިންގެ ވާޖިބުކަން " ހައިސަން " އަށް ނޭގޭތީ ދެން ކީއްކުރާނީ،

The name is already taken The name is available. Register?

އަށްޑޫ މީހާ

27 August 2017

ސިފައިންގެއިން ބުނީ ނުކަޑަމޭ. އެކަމަކު މަވެސް ޔަގީންކަން މިދެނީ ކަނޑާލައިފިކަމަށް.

The name is already taken The name is available. Register?

ރިޓަޔަޑް

27 August 2017

ފާއިޒަކަސް ކާސިމަކަސް ތިކުރީ ވަރަށްބޮޑު ގޯހެއް އެހެންވިއްޔާ ސިފައިންގެ އާމަރީގެ ފޮޓޯވެސް ނަގާފަ ދޭންވީނުން އިދިކޮޅުމީހުންނަށް ކޮބާ އިޙްލާސްތެރިކަން ކޮބާ ކުރިހާ ހުވާތަށް ކޮބާ ހެދިހާ ޓްރެއިންނިންގތަށް ހުސް ގައުމަށް ހަރާންކޯރްވާމީހުން

The name is already taken The name is available. Register?

ދިދިފެ

27 August 2017

ކޮބާ 7 ފެބުރުއަރީ... ކޮބާ 8 ފެބުރުއަރީ.. މިހާރު ދޯ އެނގުނީ ޓްރޭނިން ހެދި ސިފައިން އެހެން އުޅެގެން ނުވާނެކަން.. ކޮބާ. އެމްއެންޑީއެފް ހަބޭސް ވެގެން އުޅުނު މީހުން.. ކޮބާ ހަރުގެ ތަޅާލި މީހުން.. ކޮބާ މުޒާހަރާގަ ވެއްޓިފަ ތިބި އާއްމުން ގައިގަ ކޮޅުފައިން ތެޅި މީހުން. ކޮބާ އިންސާނީ ކަރާމަތް ނަގާލި މީހުން...

The name is already taken The name is available. Register?

ޕޮކަންޑިމޭން

27 August 2017

ޔާގޫތުގެއިން ކައިއުޅޭ ނަޝީދު ދިނީމަ ލައިގެން އުޅޭ މިފަދަ ސިފައިން ބޭރުކުރަންވީތާ މިހާރު ކޮންދުވަހެއް.

The name is already taken The name is available. Register?

ޕޮކަންޑިވާނުވާ

27 August 2017

ކާމިނީގެއިންނާ ދވހން ކައިގެން އުލޭ ސިފައިން އުޅެންޏާ ޔާގޫތުގެއިންނާ ކެނެރީގެއިން ކައިގެން އުޅޭ މީހުންވެސް އުޅޭނެ.. އުޅެންވާނެ.. ނޫނީ 7 ފެބުރުއަރީ މައްސަލަ ތަހުގީގުކޮށް ގޭޓުކުރިމަތީ ތެޅިއެރުވި އެންމެންވެސް ވަކިކުރޭ.. ހިތްވަރެއް ހުރިއްޔާ.. ބޭން ޖަހާފަ ކޭކޭއިން ބީކޭއަށް އައި މީހުންވެސް ވަކިކުރޭ.. ގޮތެއް ހުރިއްޔާ.. ލޮރީގަ އަވަގުރާމަ ގޮވަމުން ރައީސްގެ އިސްތިއުފާއަށް ގޮވި މީހުންވެސް ވަކިކުރޭ.. އިންސާފެއް ބޭނުމިއްޔާ..

The name is already taken The name is available. Register?

ަސދސދަސދ

27 August 2017

ހާދަ ހަޑިކޮށް އުޅުއްވާ މިނިސްޓަރެކޭ ދޯ ؟ ސިފައިނަކީ އެތެރޭގައި ތިއްބަސް ބޭރުކޮށްލިޔަސް އެއްބައެއް. އެމީހުން ތަމްރީންވެފައި ތިބެނީ އެގޮތަށް. ބަލަން ތިބެމާ ހިނގާ

The name is already taken The name is available. Register?

ޔާމީން2018

27 August 2017

ކޮންމެ ސަރުކާރެއް އޮތަސް ސިފައިންގެ ތެރޭގައި ތިބެން ޖެހޭނީ އެއިރަކު އޮންނަ ސަރުކާރަކަށް ތެދުވެރި އިޚުލާސްތެރި ބައެއް. ވަކިން ބޮޑަށް ފުލުހުންނާއި ޚިލާފަށް ސިފައިންގެ ތެރޭގައި މިޑިސިޕްލިން އޮންނަންޖެހޭނެ. މިޑިސިޕްލިން ނުގެންގުޅެވޭ މީހުނާއި ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ، ތަނުގެ ސިއްރު ހިފަހައްޓަން ޖެހޭނެ. ސިޔާސަތަށް ނުރުހޭނަމަ ރީތިކޮށް ވަޒީފާ ދޫކޮށްލާފައި ދިޔާމަ ނިމުނީ. ތަން ފުޑާލުމަކުން މޮޅެއް ނުލިބޭނެ. މާދަމާ އެހެން ބަޔަކު ސިފައިންނަށް އަމުރު ކުރަން އަޔަސް މިކަން މިގޮތަށް ހިފެހެއްޓީމަ ހަމަ އެބަޔަކަށްވެސް ފައިދާ ކުރާނެ.

The name is already taken The name is available. Register?

ހަސަން

27 August 2017

ބޭފުޅާ އެބަ އެނގޭތޯ ތިކިޔޭ ނުކިޔޭ .. އެބަ ބުނޭ " ސިޔާސަތަށް ނުރުހޭނަމަ ރީތިކޮށް ވަޒީފާ ދޫކޮށްލާފައި ދިޔާމަ ނިމުނީ " ... ސިފައިންނަކީ ސިޔާސީ ޕާޓީ އެއްތަ. ތަން ފުނޑާލި މީހުން ފެނުނު 2012 ގަ.

The name is already taken The name is available. Register?

ހިރުގައިރިހެނީ

27 August 2017

2012ގައިވެސް ތިބޭފުޅާ ތިހެން ބުނިނަމަ ކޮންފަދަ ހެއްޔެވެ؟ ދެން ބަޔަކު ހައްޔަރުކޮށަފައިވެސް ހައްޔަރެއް ނުކުރަމޭ ބުނަން ޖެހޭ ހެއްޔެވެ؟ ވަޒީފާއިން ވަކިކޮށްފައި ނުކުރަމޭ ބުނަން ޖެހޭ ހެއްޔެވެ؟ ތިޔަބުނާ އުޞޫލުތަކާއި ޚިލާފުވުމުން ހައްޔަރުކޮށްފީމޭ ވަކިކޮށްފީމޭ ބުނީމާ ނިމުނީ ނޫން ހެއްޔެވެ؟ ފާޅުގައި ދޮގު ހަދާކަން ފަޅާއެރުމުން މުޢައްސަގެ އަގު ހިފެހެއްޓޭނެ ހެއްޔެވެ؟ އިތުބާ ރު ދެމެހެއްޓޭނެ ހެއްޔެވެ؟

The name is already taken The name is available. Register?

ޤަމާރު

27 August 2017

ކަލޭ ކިތައް ފަހަރު ކިތައް ނަމުގަ ތި ކޮމެންޓް ކުރާނަންތަ؟ ކޮންމެ ނަމެއް ޖަހައިގެން ތި ކޮމެންޓް ކުރިޔަސް މި ފެންނަނީ ގިނައިން ޑިސްލައިކް ލިބިފަ ހުރިތަން..

The name is already taken The name is available. Register?

ޙަސަން އަޙްމަދު

27 August 2017

މިއުޅޭ ބައެއް ކޮހުންނަށް ހީވެފަ އޮންނަނީ ސިފައިންނާ ފުލުހުންނަކީ ސަރުކާރު ހިމާޔަތް ކުރަން ޖެހޭ ބައެކޭ. އެމީހުން ކުރަން ޖެހޭ ޖަންތައް ގާނޫނުގަ ވާނެ.

The name is already taken The name is available. Register?

ދޮން އާމިރު

27 August 2017

ތީ ކޮސްވާހަކަ...

The name is already taken The name is available. Register?

ވިސްނާމީހާ

27 August 2017

މަހުލޫފް ވިދާޅުވީ ފާއިޒް ސިފައިންގެއިން ވަކިކުރީ އޭނާ ގެންގުޅުނު ފޯނު ހިފެހެއްޓުމުގެ އެއް ދުވަސްކުރިން ރީސެޓްކޮށްފައި އޮތުމުން ކީއްވެތޯ ކަމެއް ނުކުރާނަމަ ރީސެޓްކުރަންވީ؟؟ ކީއްވެތޯ ކަމެއްނެތި ވަކި ކުރީ؟؟ ނަޝީދު ދިޔަފަހުން ކިތަށްދުވަސް ވަކި ނުކުރޭ މިއަދު ވަކިކޮށްފިއޭ ބުނާނީ ކޮންމެވެސް ޤާނޫނަކާއި ޚިލާފްކަމެއް ކުރީމަ

The name is already taken The name is available. Register?

ހަސަން

27 August 2017

ފޯނު ރިސެޓް ކުރަން ޖެހޭ ބައިވަރު ސަބަބު ހުރޭ ... ތިދައްކަނީ ކުޑަކުދިން ދައްކާކަހަލަ ވާހަކަ.

The name is already taken The name is available. Register?

މަހާ

27 August 2017

ފޯން ރީސިޓުކުރުން މިވަނީ އިއްތިފާގެކަށް ވެފައި

The name is already taken The name is available. Register?

ފާއިޒް

27 August 2017

ފޯނަށް ވައިރަސް އަރައިގެން ސްޓަކް ވާތީ... ޖަވާބު ލިބިއްޖެ ކަމަށް ހީކުރަން.

The name is already taken The name is available. Register?

މަމަހްލޫފް

27 August 2017

ފާއިޒް ކަލޭމެން ބޭނުންހާ އެއްޗެއް މި ޤައުމުގާ ނުހެދޭނެ

The name is already taken The name is available. Register?

އަހުމަދު

27 August 2017

ހަމަ ފޮރުވަން ރީސެޓް ކޮއްލީ. ތިޔަކަހަލަ ތަނަށް ނާގާބިލް މީހުން ރަނގަޅުވާނީވެސް ބޭރުކުރިއްޔާ. އަމިއްލަ ނަފްސާ ސުވާލުކޮށްބަލަ ތިމާއަކީ ގާބިލް މީހެއްތޯ

The name is already taken The name is available. Register?

ޙުސައިންބޭ އަށްޑޫ

27 August 2017

ޙުުުުުުުުުުުުސްް ދޮޮޮޮޮޮޮޮޮޮޮޮގުު މަބޫ ކަަަނޑާލައިފި.

The name is already taken The name is available. Register?

ހޭކެނޑޭ

27 August 2017

މި ހުންނަނީ ވަރަށް ނުރައްކާ ތެރި ކަންތައްތައް. ޤައުމީ ދިފާއީ ބާރުން ރައްޔިތުން ނަށް އޮޅުވާލާ ދޮގު ޙަބަރު ރައްޔިތުންނަށް ދިފާއީ ބާރުން ނެރޭ ކަމަށް ވަންޏާމު އެވެރިންގެ ތެރޭގައިވެސް ހަމަ ނުޖެހި އެވެރިން އެވެރިންނާއި ކުރިމަތި ލުމަކަށް ދިއުން އެކަށީގެންވޭ. ސަބަބަކީ އެވެރިންގެ ތެރޭގަވެސް ތިބޭނެ އިސްލާމް ދީން ދެކެ ލޯބިވާ ރައްޔިތުން ދެކެ ލޯބިވާ ދީނުގެ ކަންކަމަށް އިސްކަންދޭ ދޮގު ހެދުމާއި މަކަރު ހެދުމަށް ނަފްރަތު ކުރާ މީހުން. އަދި މިފަދަ ދޮގު ބަޔާންތަކަށް ނަފްރަތު ކުރާ މީހުންވެސް ތިބޭނެ. މި ކަމަކީ ޙަޤީގަތެއް ކަމުގައި ވާނަމަ ދެންވެސް މިފަދަ ދޮގުބަޔާން އަސްކަރިއްޔާއިން ނުނެރޭނެ ކަމަށް ދެކެން.

The name is already taken The name is available. Register?

ކޮޅުވެއްޓި

27 August 2017

ފިޔާތޮށި މީހުންގެ ސަރުކާރުން ހަދަނީ ހުސް ދޮގު. މަކަރާ ހީލަތުން ގައުމު ހިންގޭނީ ވަކިދުވަހެއްވަންދެން. 2018 މީ މާތް ﷲ ގެ ވާގިފުޅާއެކު ނުބާމީހުން ބަލިކުރައްވާ ގައުމު ސަލާމަތުގެ އައްސޭރިއަށް ގެނެސްދެވޭނޭ އަހަރެއްކަމުގައި ލައްވާންދޭވެ. ޢާމީން

The name is already taken The name is available. Register?

ހޯބޯ

27 August 2017

މަކަރާ ހީލަތުން ގައުމު ހިންގި މީހުންނަށް ހިންގުނީ 3 އަހަރު ދުވަހު. ހަނދާނެއް ނެތް ދޯ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454