ޚަބަރު / ޓޫރިޒަމް

އިއުލާން ނުކޮށް ޓޫރިޒަމަށް ރަށްތައް ދޫކުރެވޭ ގޮތަށް ކޮމެޓީން ފާސްކޮށްފި

ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހެޅުއްވި ނިހާން: އިސްލާހުގައިވާ ގޮތުން އާންމުކޮށް އިއުލާނުކޮށްގެންނާއި ނުކޮށް ވެސް ރަށްތައް ދޫކުރެވޭނެ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާން ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތް ހަދަން ސަރުކާރުން ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އާންމުކޮށް އިއުލާނުކޮށްގެންނާއި ނުކޮށް ވެސް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވިދާނެ އެވެ. އާންމުކޮށް އިއުލާނު ނުކޮށް ކުއްޔަށް ދޫކުރެވޭނީ ރަށުގައި، ނުވަތަ ބިމުގައި ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަޝްރޫއުގެ ތަފްސީލާ އެކު ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުންނެވެ.

ވ. އަންބަރާ: ލަންކާ ކުންފުންޏަކުން އަންނަނީ މި ރަށުގައި ރިސޯޓެއް ހަދަމުން.-- ފޮޓޯ: ރިލްވާން ސައީދު

ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު ކޮމެޓީން ފާސް ކުރިޔަސް، ކޮމެޓީ ރިޕޯޓު މާދަމާ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ވަނީ އެޖެންޑާ ކޮށްފަ އެވެ. އަދި ކޮމެޓީ ރިޕޯޓު ހުށަހަޅައި މެމްބަރުން ބަހުސް ކުރެއްވުމަށް ފަހު، މި އިސްލާހު ފާސް ކުރަން ފެނޭތޯ މާދަމާ ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.

މަޖިލީހުގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މި އިސްލާހަށް މަޖިލީހުގެ ކޮމިޓީގައި މާ ބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ކޮމިޓީން ނިންމީ ޖުމްލަ އަށް ބަދަލެއް ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށްތައް ދޫކުރެވޭ ގޮތަށް ނިންމީ. މާ ބޮޑު ބަދަލެއް ނޫން އެއީ. ބަދަލު ގެނެޔަސް އިސްލާހު އޮތީ ހަމަ ސަރުކާރުން ބޭނުންވާ ގޮތަށް،" އެ މެމްބަރު ވިދާޅުވި އެވެ.

ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން އިއުލާން ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭނީ އެ މަޝްރޫއެއް ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނެއްގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައި އާންމު ކުރާ އެކުއިޒިޝަން ފީ އެއްފަހަރާ ދެއްކުމާއި އެ މަޝްރޫއަށް ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލު ފަރާތަކަށްވުމުންނެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޓޫރިސްޓު ރިސޯޓު ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް ދޫކުރަން ވާނީ ޓޫރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަށެވެ.

ސަރުކާރުން ހުށަހެޅި އިސްލާހަށް ޕީޕީއެމްގެ އެއްވެސް މެމްބަރަކު ވޯޓު ނުދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެދިވަޑައިގެންފަ އެވެ. މައުމޫން އެ މެސެޖް ފޮނުއްވުމާ އެކު ބައެއް މެމްބަރުން ވަނީ އެކަމާ ދެކޮޅު ހައްދަވައި އިސްލާހަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީޕީއެމްގެ މެމްބަރަކު ވިދާޅުވި ގޮތުގައި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ މެދު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މާދަމާ ގޮތެއް ނިންމާނެ އެވެ. އެނގިފައިވާ ގޮތުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މާދަމާ މެންދުރު 12:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

"ރަށްތައް ދޫކުރެވޭ ގޮތަށް ނިންމީ. މާ ބޮޑު ބަދަލެއް ނޫން އެއީ. ބަދަލު ގެނެޔަސް އިސްލާހު އޮތީ ހަމަ ސަރުކާރުން ބޭނުންވާ ގޮތަށް،" - މެމްބަރެއް

މި އިސްލާހުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެމްޑީޕީ އާއި އަދާލަތު ޕާޓީން ވެސް ވަނީ ބުނެފަ އެވެ. މި އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވެސް ވިދާޅުވެފައި ވަނީ ބިޑު ކުރުމަކާ ނުލާ ތަންތަން ކުއްޔަށް ދޫކުރަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރަށްރަށާއި ބިން އަދި ފަޅުތައް ދޫކުރަން ވެގެން ކަމަށެވެ.

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވާ ގޮތުގައި ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅުތައް، އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރުމަކީ ކުރިން ވެސް ކުރަމުން އަންނަ ކަމެކެވެ. މަޖިލީހުން މިހާރު މަސައްކަތް ކުރަނީ އެކަން "ގާނޫނުގެ އިންފާރު"ގެ ތެރެއަށް ޖެއްސުމަށް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ. މި އިސްލާހުގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

ޓޫރިޒަމާ ބެހޭ ކަންކަމަށް ފަޅު ރަށްތައް ދޫކޮށްގެން ހަ މަސް ތެރޭގައި ދައުލަތަށް 40 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. މިއީ އެ ގޮތަށް ރަށްތައް ދޫކޮށްގެން މިހާ ގިނަ އަދަދެއްގެ ފައިސާ ލިބުނު ފުރަތަމަ ފަހަރު ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

17 ކޮމެންޓް, 89 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 4%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަމަނަ

29 June 2016

ރައްޔިތުންގެ މުދަލުން ވައްކަން ކުރުަމަށްޓަކާ ދޮރަކަށް ފަހު ދޮރެއް ރައްޔިތުންގެ މަޖިލިހުން ހުޅުވަމުންދާ މިދަނޑިވަޅުގައި ކޮށްލަން ބޭނުންވާ ސުވާލަކީ "ތިޔައީ ހަމަ ރައްޔިތުންގެ މަޖިލިހެއްތޯ؟؟؟ ނުވަތަ އަމިއްލަ މަޖިލިހެއްތޯ؟؟؟"

The name is already taken The name is available. Register?

މުތު ޅަހުއްތު

29 June 2016

މާތްﷲ ގަންދީ ހުވައިކޮށް ބުނަން ތިޔަގޮތަށް ދީފައިވާ ރައްތަކާއި، ހިންގާފައިވާ ޖަރީމާތައް ނިކަންރަނގަޅަށްބެލި އެބަޔަކަށް ޙައްޤު އަދަބު ލިބޭނެ ދުވަސް ކަށަވަރުންވެސް އަންނާނެ!

The name is already taken The name is available. Register?

ބުރޯކަރ..

29 June 2016

އަޅުގަނޑުމެންގެ މެޖޯރިޓީ ހޯއްދަވަން އަޅުގަނޑުމެންގެ ފައިބުޑްއަ 2018 ގައި ވަޑައިގަންނަވަން ޖެހޭނެ...

The name is already taken The name is available. Register?

މިޖެހުނީ ކޮންތާކު؟

29 June 2016

"ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވާ ގޮތުގައި ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅުތައް، އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރުމަކީ ކުރިން ވެސް ކުރަމުން އަންނަ ކަމެކެވެ. މަޖިލީހުން މިހާރު މަސައްކަތް ކުރަނީ އެކަން "ގާނޫނުގެ އިންފާރު"ގެ ތެރެއަށް ޖެއްސުމަށް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ." މިބުނާ ބަހުގެ މުރާދަކީ، ކުރިން ގާނޫނުގެ އިންފާރުން ބޭރުގަ ކުރީތީވެ އެކަން ކޮރަޕްށަނަށްވާތީ، ގާނޫނުގެ އިންފާރުގެ ތެރެއަށް އެކަން ގެނައުމުން އެއީ ކޮރަޕްށަންގެ އަމަަލަކަށް ނުވާނެއޭތޯއެވެ؟ އެހެންކަމުގައި ވަނީނަމަ، މަޖިލިސް މެމްބަރުން ލާރިއަށް ވޯޓުވިއްކުން ފަދަ އަމަލުތައްވެސް ގާނޫނަށް ގެންނަ އިސްލާހަކުން ގާނޫނުގެ އިންފާރުގެ ތެރެއަށް ގެނައުމުން އެއީ ކޮރަޕްށަންގެ އަމަލަކަށް ނުވާނެނޫންތޯއެވެ؟

The name is already taken The name is available. Register?

ހުދުކުލަ

29 June 2016

އުންމީދު އެއްކޮށް ގެއްލިއްޖެ. ޜަސްގެފާނުގެ ކިބައިން މިގައުމު ސަލާމަތްކޮށްދެއްވާންދޭ.

The name is already taken The name is available. Register?

މޭންޑޭޓްރީ

28 June 2016

ޓޫރިޒަމްގެ ބޭނުން ތަކަށް ރާއްޖޭގެ ރަށް ތައް ބިޑް ނުކޮށް މިހާރު ގާނޫނަށް ގެންނަ ބަދަލުން އެކަން ކުރަން ސަރުކާރުން ހުށައަޅާފައިވާ ގޮތަކީ އެއީ ގުޑް ގަވަރނެންސް ގެ ކޯރޑް އޮފް ޕްރެކްޓިސް އަށް ފެތޭ ގޮތެވެ. ކަން މިހެން ހުރުމުން ބައިނަލް އަގްވާމީ މިންގަނޑުން ކޮންފްލިކްޓް އޮފް އިންޓަރެސްޓް ކުޑަވާނެ މިހާރު މަޖްލީހަށް ހުށައަޅާފައިވާ ޓޫރިޒަމް އާއި ބެހޭ ގާނޫނަށް ގެންނަ އިސްލާހުން. ރާއްޖެ އަކު ނުތިބޭނެ ގުޑް ގަވަރެންންސް ގެ ކޯރޑް އޮފް ޕްރެކްޓިސް ދަންނަ ބަޔަކު. އެއީ ޔަގީން ކަމެކެވެ. ގިނަ މީހުންނަށް އެއީ އޮންނަ ކޯރޑެއް ކަން ވެސް ނޭގޭނެއެވެ. ރާއްޖޭގައި އުޅެނީ ފޭސްބުކް އެން ޓްވިޓާރ ވޯމް ކުރާ މީހުންނެވެ. އެއަކުން އަދި ކަަރަޕްޝަން ޕޮލިސީގެ އަލިފުބާ ވެސް ނޭގޭނެއެވެ. ފުރަތަމަ ފޭސްބުކް ފެށިފައިވަނީ ކަރަޕްޝަން ގެ ތެރޭންނެވެ. ދެން ކިހިނެއް ހަދާނީ. ކަން މިހެން ހުރުމުން ސަރުކާރުން މިހާރު މަޖްލީހަށް ހުށައަޅާފައިވާ ގޮތަށް ޓޫރިޒަމް އާއި ބެހޭ ގާނޫނުގެ ޕްރިންސިޕަލް ކޯސް ނުގެއްލޭ ގޮތަށް އެގާނޫނު މަޖްލީހުން ފާސް ކޮށްދެއްވުމަކީ އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

The name is already taken The name is available. Register?

ބިޔުޓިފުޅި

29 June 2016

މީނާ ހިތުން މިނޫނީ އެއްޗެއް ދަންނަ މީހަކު ނޫޅޭނެ. ކޮންމެ ދެބަހުން އެއްބަސް އިނގިރޭސިން ލިޔެވުނީމާ ހިތައް އަރަނީ ދެން ތިބި އެއްމެންގެ މައްޗައް މީނާ މޮޅުވެ ގަދވީކަމަށް. ކޮއްމެ ފަދަކަމެއްގައިވެސް އިނގިރޭސި ލަފުޒެއް ލިޔެލެވުނީމާ މީނާހިތުން އެކަމެއް އެ ސާބިތު ކޮށްދެވުނީ. އެ ހެޔޮ ކޮއްމެ ފަދަ ދޮގެއް ހަދަންވިޔަސް. ބަލަ ކޯޑެއް ބޯޑެއް ކިޔާނެ ކަމެއް ނެތް، ތިޔަ ގާނޫނަކީ ހަމަ ކޮރަޕްޝަނަށް ކޮށި ބޮޑު މަގެއް. ގުޑް ގަވަރނަންސް އަކީ ޓްރާންސްޕެރެންސީއާ އެކީ ފުރިހަމަވާ ކަމެއް.ހިތުން މާ މޮޅު މީހަކަށް ހެދިގެން މި އުޅެނީ ހަމަ އުޑެއް ބުޑެއް ނުދަންނަ ޖާހިލެއްކަން ކޮށްފައި ހުންނަ ކޮމެނޓް ތަކުން ސާފުކޮށް އެނގޭ. ޙެޔޮ މި ކޮމެންޓް ޝާއިިއު ނުކުރިޔަސް.

The name is already taken The name is available. Register?

ހެއްރަބެ

29 June 2016

އާނ!! ތިޔަބުނީ ތެދެއް!! ވައްކަން ކުރެވޭނެ ހުރިހާގޮތަކަށް މަގުފަހިކޮށް ދިނުމަކީ މަޖިލިހުގެ ވާޖިބެއް!!!

The name is already taken The name is available. Register?

ލޮލް

28 June 2016

ކޮމެޓީއިންވެސް ފާސްވާނެ. މަޖިލީހުންވެސް ފާސްވާނެ. ދެން ފެންނާނީ ވާނުވާއެއް ނޭނގި މަޖިލިސް މެމްބަރުންނާއި ސިޔާސީ މީހުންގެ ރިސޯޓްތައް.

The name is already taken The name is available. Register?

އުމަރު

28 June 2016

ޓޫރިޒަމް މާސްޓާރ ޕްލޭނެއް އެބައޮތް، އެޕްލޭނުގެ ދަށުން އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރެވުނު، އެކަމަކު އެންމެ ބާރަށް ތަރައްޤީވަމުން އަންނަނީ މާލެކާރީގެ ރަށްތަކެއް، އެއީ ބީލަމުގެ އުސޫލުން ބޮޑު އަގު ޖަހައިގެން އަދި އެތަކެއް މިލިއަން ޑޮލަރު އެޑްވާންސްކޮށް ދީގެން އަތޮޅުތެތެރެއިން އިންވެސްޓަރުން ރަށްތަކެއް ނަގައިގެން ތިއްބައި، ޓޫރިޒަމް މިނިސްޓަރު ވަކި ބަޔަކު އަތުގައި ހިފައިގެން ރަށްތަކެއް އެމީހަކު ބޭނުންގޮތަކަށް އެގްރީމެންޓް ހަދައިގެން ދިނީމާ ނުހެދިހުރި ރަށްތަކެއް ހަމަ ހުންނާނީ ނުހެދި އަދި އެރަށްތަށް ނަގައިގެން ބެންކުން ލޯނު ނަގައިގެން ސަރުކާރަށް ދެއްކި ފައިސާނުދެއްކިގެން ބައެއް މީހުންގެ ގެދޮރު ވިއްކާލާ ހިސާބަށްވަނީ ގޮސްފައި، އެހެންކަމުން ރަށްތަކާއި ފަަޅުތަކާއި ގިރިތަށް ތިޔަހެން މީހެއްގެ ނިންމުމަކަށް ދޫކޮށްލެވެންޏާ އޭގެ ތެރޭގައި ކޮރަޕްޝަން ނޮއޮންނާނެ ގޮތެއް ނުވާނެ، އަދި ކަޅުފައިސާ އެނބުރޭނެލެއް މަދެއްވެސް ނުވާނެ، ތިޔަ އިސްލާހް ހުށަހަޅި ފާސްވުމުން ރަށްތަކެއް ދޫކުރަން ފެށުމާއި އެކުގައި ގަވަރުނަރު ފުރާވަޑައިގަންނަވާނެ، އަދި ބައެއް ބެންކުތަކުން އެފައިސާ ސިއްރުކޮށްގެން ގެންގުޅެ އަދި ކަޅުބާޒާރުގައި ޑޮލަރު ވިއްކުން އިތުރުވެ ބެންކުތަކަށް އަނެއްކާވެސް ޑޮލަރު ނުލިބެންފަށާނެ، މީގެ ސަބަބުން ތަކެތީގެ އަގުމައްޗަށްގޮސް އިތުރަށް މިޤައުމުގެ އިޤްތިސާދާއި ދޭތެރޭގައިއޮތް އިތުބާރު ގެއްލިގެން ހިނގައިދާނެ، ތިޔައީ ވަރަށް ނުރައްކާތެރި އިސްލާހެއް

The name is already taken The name is available. Register?

ޖަމީލުބެ

28 June 2016

ވަރަށް ކެރިގެން ވޯޓް ދޭނެ ކަމަށް އެއްބަރަކު ކޮމެންޓު ކުރެއްވިއެވެ.

The name is already taken The name is available. Register?

މީދޯ

28 June 2016

އިއުލާން ނުކޮށް ރަށް ތައްް ޓޫރިޒަމް ގެ ބޭނުން ތަކަށް ދޫކުރެވޭ ގޮތަށް އޮންނަ އޮތުން ގާނޫނީ ގޮތުން އެއަށް ރައްކާތެރި ކަން ލިބިފައި އޮތުމަކީ އެއީ ވަރަށް މުހިއްމު ކަމެކެވެ. އެއިރުން ބްރޯ މެން އެމްއެމްޕީއާރުސީ ތެރޭގައި ގަތް ގަނޑު ނުގަނެވޭނެ ނޫންތޯއެވެ. މިރާއްޖޭގެ ޒުވާނުންނަކީ ކްރުއަލް މައިންޑްގެ ގޭމް ތައް ކުޅެން ވަރަށް ފައްކާ ބަޔެކެވެ. އެހެން ކަމުން އެފަދަ ގޭމް ނުކުޅެވޭ ގޮތަށް ކަންކަން ރޭވިފައި ހުންނަން ޖެހޭނީ. އެކަން ކުރެވޭނީ ބިޑް ނުކުރާ ރަށް ތަކަށް މިހާރު ސަރުކާރުން ހުށައަޅުއްވާަފައިވާ އިސްލާހާއި އެއްގޮތަށް އެގާނޫނަށް ބަދަލު ގެނެސްގެންނެވެ. އެއީ އޭގައި އެންމެ ރަނގަޅު ގޮތަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454