މިއަންމާގެ ރަކީން ސްޓޭޓުގެ ހަމަނުޖެހުންތަކުން ސަލާމަތްވާން ބައެއް މީހުން އެ ސްޓޭޓް ދޫކޮށް ދަނީ.
06 ސެޕްޓެމްބަރ 2017 - 18:37
މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުން ދާ ޖަރީމާތައް ކުށްވެރިކޮށް، ރާއްޖެއިން އިސްވެ ބައިނަލްއަގްވާމީ ހަޅުތާލެއް ފަށަން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު މިއަދު ގޮވާލައްވައިފި އެވެ.
ރޮހިންޖާގެ މުސްލިމުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ދިވެހި ސަރުކާރަށް ގޮވާލެއްވީ އެ މީހުންނަށް އެހީވުމަށެވެ.
ރޮހިންޖާ މުސްލިމުންނާ މެދު އެ ގައުމުގެ ސިފައިން އަނިޔާވެރިވާން ފެށީ މިދިޔަ މަހުގެ 25 ގައި ރޮހިންޖާގެ ބަޔަކު ފުލުހުންގެ ޕޯސްޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ އެވެ. އޭގެ ރައްދުގައި ސިފައިން ދޭން ފެށި ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ބައެއް ވިލެޖްތަކުގައި ހުޅު ޖަހައި އަންދާފައިވެ އެވެ.
I urge the Govt of Maldives to assist people of Rohingya & lead an international protest against the Myanmar regime condemning their actions
— Mohamed Jameel Ahmed (@MJameelAhmed) September 6, 2017
ރޮހިންޖާގައި ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ގުޅިގެން، ރާއްޖެ އިން ވަނީ މިޔަންމާއާ އެކު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލާފަ އެވެ.
ކުރީގެ ދެ ރައީސުން ކަމަށް ވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ވެސް ވަނީ އެ ޖަރީމާތައް ކުށްވެރިކުރައްވައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން މިހާރު ހަމަޖައްސާފައިވަނީ މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިޔުމަށެވެ.
މިއަންމާގެ އަނިޔާވެރި އަމަލުތަކާ ގުޅިގެން އެތައް ހާސް ބަޔަކު މިހާރު ވެސް ބަންގްލަދޭޝް އަށް އެތެރެވެއްޖެ އެވެ. ނަމަވެސް އެ މީހުންނަށް އެހީވުމުގައި ދުނިޔޭގެ ވެރިންނާއި ޖަމާއަތްތައް ފަސްޖެހިފައި ވާތީ އާންމުންގެ ވަރަށް ބޮޑަށް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޟާކިރު އަލީ
07 September 2017
ޢެތެރޭގެ ކަންތައް ހައްލުނުކުރެވިގެން އުޅޭ އިރު ތިކަން ކިހިނެތް ވާނީ، ޖަމީލް ވަޑައިގަންނަވާޛއާއިލާާއާއިއެކުހަޅުތާލު ކުރައްވަން ،އަހަރުމެން ނަކަށްނެތް ކުރެވޭކަށް
.ރޮހިންޖާ
07 September 2017
،ތިޔަބުނީ ޔަހޫދީން މޫސާގެފާނަށް ބުނިގޮތަށް، މޫސާޔާ މުސާގެ ކަލާނޮގެ ހަނގުރާމަ ކުރާށޭ އަހަރެމެން މިތާގަ ބަލަން ތިބޭނަމޭ!
1234
07 September 2017
ކީއްވެބާ ކުރީގެ ރައިސް ޑރ.ވަހީދުއާއި ޑރ.ޝަހީދު މިކަމާ އެއއވެސް އެއްޗެއް ވިދާޅުނުވަނީ?
ޕޮގުބާ
06 September 2017
ކަލޯ ހަރުތާޅުކުރަން އެބަތިބި މާކައިރީގަ މުސްލިމް ގައުމުތަށް ކަލޭތިއުޅެނީ ދިވެހިރާއްޖެ ފުނޑާލަންތަ ރާއްޖެއަކީ ނިކަމެތި ފަގީރު ގައުމެއް މުސްލިމް އެހެންގައުމުތަކުން އަޅާނުލާ ވަށައިގެން ބަލަންތިބޭއިރު އަހަރުމެންވީ ހަރުތާޅު ކުރަންދޯ ކަލޭވީނު އދ. އިގިރޭސްވީލާތާގުޅިގެން ބަޔާތަށް މިކަމުގަނެރެން ރާއްޖޭގެ މީހަހު 2މަހަށްޖަލަށްލާއިރަށް އިގިރޭސްވީލާތާ އދ. ގައިމް އިންސާނީ ހައްގުތަށް ހިމާޔަތް ކުރާށޭކިޔާ ރާއްޖެއަށް އިންޒާރުދެ. މިޔަންމާގެ އެއުޅެނީ މުސްލިމުންނެއްނޫން ދޯ ޖަނަވާރުންދޯ އެމީހުންގެ ހައްގުތަށްހިމާޔަތް ކުރާކަށް އދ. އިގިރޭސްވީލާތާ ހުރިހާ ގައުމުތަކަކުންސަންސޫކީ އަކަށް އިންޒާރެއްދޭކަށް ނުކެރެ މިޔަންމާގެ މުސްލިމުންގެ ހައްގުތަށް ހިމާޔަތް ކުރާށެކެކިޔާ އިންޒާރެއް އެއްވެސް ގައުމަކުންވެސް ދޭކަށްނުކެރެ ހުރިހާގައުމަކުންވެސްތިބީ މިޔަންމާގެ ބުޑިސްޓުން ދެކެބިރުން ވަށައިގެންއަތްޖަހާ ސާބަސްދޭން
ސޮކްތެރެޕީ
06 September 2017
ޖަމީލުމެން ތިތާހުރެ ލައްކަކަންތައް ކުރެވޭނެ ނަމަވެސް ސިއާސީކުރަނީ.
ދީދީ
06 September 2017
މިވެސް މި ޖިހާދީންގެ ކަންތައް. އާންމު މުސްލިމުންނައް ހުރިހާ އަިޔާއާ ވޭނެއް ބަރުދާސް ކުރަންމިޖެހެނީ، ރޮހިންގާ ބަރުމާއިން ވަކިވެގަތުމައް ކުރިމަސައްކަތުގެ ތާރީހުކިރާލީމައެންގޭނެ.
އިބްރާހިމް ނާބިތް
06 September 2017
ޢަޅުގަނޑު މިކަމަށް ތާއީދު ކުރަމެވެ. އަޅުގަނޑުވެސް ސަރުކާރަށް މިކަން ކޮއްދެއްވުމަށް ގޮވާލަން!